އިމާދު: އޭނާ ފެނުނީ ދަންޖެހިފައި ހުއްޓާ
18 ސެޕްޓެމްބަރ 2021 - 20:05
އިޓަލީގެ މިލާނުގައި އިއްޔެ ދަންޖެހިފައި ހުއްޓާ ފެނުނު ދިވެހި ފިރިހެން މީހާގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ އާއިލާއިން މިއަދު ބުނެފި އެވެ.
އިޓަލީގެ މީހަކާ އިނދެގެން އުޅުނު ހދ. ނޮޅިވަރަމްފަރު، ވައިމަތީގޭ މަހުމޫދު އިމާދު، 44، ގޭގެ ބަގީޗާތެރޭގައި ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ މައިދައިތައަށެވެ. އެ ވަގުތު، ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ގެއްލުމެއް ނެތަސް ފޯނު އޮތީ ހަލާކުކޮށްލާފައި ކަމަށް، އެ މީހައާ ހަވާލައިފީ އާއިލާއިން ރޭ ބުުންޏެވެ.
މީޑިއާތަކުގައި އެ ހާދިސާ އެންމެ ފުރަތަމަ ރިޕޯޓުކުރީ ވެސް އިޓަލީގައި ދިވެއްސަކު މަރާލައިގެން އުޅޭ ކަމަށެވެ. ނަމަވެސް އިމާދުގެ އެއްބަނޑުއެއްބަފާ ބޭބެ، އަހުމަދު ހަނީފު "މިހާރު" އަށް މިރޭ ބުނީ ކޮއްކޮގެ މަރާ ގުޅިގެން އެއްވެސް މީހަކަށް ޝައްކެެއް ނުކުރެ އެވެ.
އަނިޔާވެރިކޮށް އެއްވެސް ކަމެއް ހިންގާފައިވާކަމުގެ އެއްވެސް މައުލޫމާތެއް ވެސް މިހާތަނަށް ލިބިފައިނުވާ ކަމަށް ހަނީފު ބުންޏެވެ.
އޭނާ ބުނީ އެ މައްސަލަ ފޮރިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީ މެދުވެރިކޮށް އިޓަލީގެ އިދާރާތަކުން ރަސްމީކޮށް މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ވީހާ ވެސް އަވަހަކަށް ހަށިގަނޑު ގެނެވޭތޯ ބަލަމުން އަންނަކަމަށް ހަނީފު ބުނެ އެވެ.
"އިރުއޮއްސުނުހާއިރު މައުލޫމާތު ލިބުނީ ކޮއްކޮގެ ހަށިގަނޑު އަދި ވެސް އޮތީ ފުލުހުންގެ ބެލުމުގައި ދަށުގައިކަން. މި ބަލަނީ ވީހާ ވެސް އަވަހަކަށް ހަށިގަނޑު ގެނެވޭތޯ،" އޭނާ ބުންޏެވެ،
އިމާދު އިޓަލީގެ މީހަކާ އިނދެގެން އުޅޭތާ 10 ވަރަކަށް އަހަރު ވެދާނެ ކަމަށް އާއިލާއިން ބުންޏެވެ. އަމިއްލަ ރަށުގައި ގެސްޓް ހައުސްއެއް އެޅުމުގެ މަސައްކަތުގައި އުޅުމަށް ފަހު އޭނާ އެނބުރި އިޓަލީ އަށް ދިޔައީ މޭ މަހުގެ ތެރޭގަ އެވެ. އިމާދު މަރުވި އިރު އޭނާގެ އަންހެނުންނާއި އަންހެނުންގެ ބައްޕަ ހުރީ އިމާދުގެ ރަށް ނޮޅިވަރަންފަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމިދު ޝާހިދު
19 September 2021
މިކަމުގެ ހަގީގަތް ހޯދުން ވަރަށް މުހިންމު. އާޓިކަލް ކިޔާލުމުން އިނގެނީ އޭނާގެ އަންހެނުންނާއި ބަފައިބެ ރާއްޖޭގައި، އޭނާގެ ރަށުގައި ގެސްޓް ހައުސްއެއް އެޅުމުގެ މަސައްކަތުގައި އަވަދިނެތި ތިބިކަން. އަދި މަރުވެފައި ހުއްޓާ ފެނުނީ މައިދާތައަށްކަން. އެވެސް ދަންޖެހިގެން. ދަން ޖެހުނުނަމަ އެއީ ވަރަށް ބޮޑު ކުފުރުމަރެއް. އެކަމަކު ބަޔަކު އޭނާ މަރާލާފައި ދަންޖެއްސިނަމަ އޭނާގެ ބޮޑު ދުޝްމަނަކު އެކަންކުރާނީ. މާފިޔާވެސް މީގެ ފަހަތުގައިވެދާނެ. ރަނގަޅަށް ތަހުގީގުކުރޭ.
އައްބެ
19 September 2021
ފޮރިންގ މިނިސްޓްރީން މައްސަލަ ބަލަމުންދޭ، ފުލުހުން މައްސަލަ ބަލަމުންދޭ، މަރުގެ ކޮމިޝަނުން މައްސަލަ ބަލަމުންދޭ، ހިޔުމަން ރައިޓްސް ކޮމިޝަނުން މައްސަލަ ބަލަމުންދޭ، މަޖިލީހުން މައްސަލަ ބަލަމުންދޭ، އޮމްބަޑު ޕާޝަން މައްސަލަ ބަލަމުންދޭ، ނޫސްވެރިން މައްސަލަ ބަލަމުންދޭ، الله أعلم
ކުރީގެ
19 September 2021
އޮމްބަޑުސްޕާސަން ތިކަން ބަލަމުން އެބަދޭ
ރަދީފު ބިން ރަފައިދާ
18 September 2021
ބަޔަކު އެބަ ތުހުމަރުކުރޭ ނުވަތަ ޝައްކުކުރޭ އޭނާ މަރާލީކަމަށް. މިހެންވީއިރު އިޓަލީފުލުހުން އެކަންކުރިއްޔާނޫންތޯ ޕުރޮފެޝަނަލްވާނީ ދިވެހި ފުލުހުންނަށްވުރެ. ދިވެހިން ތަމްރީނުވާންވެސް މިދާންޖެހެނީ ޔޫރަޕަށްވިއްޔަ.