އިމާދު: އޭނާ ފެނުނީ ދަންޖެހިފައި ހުއްޓާ
18 ސެޕްޓެމްބަރ 2021 - 01:24
އިޓަލީ މީހަކާ އިނދެގެން އުޅޭ ދިވެހި ފިރިހެނަކު، އިޓަލީގެ މިލާނުގައި ދަންޖެހިގެން، މަރުވެފައި ހުއްޓާ މިއަދު ފެނިއްޖެ އެވެ.
އިޓަލީގައި ހުރި ދިވެއްސަކު "މިހާރު" އަށް ބުނީ، އެއީ ނޮޅިވަރަމްފަރު ވައިމަތީގޭ މަހުމޫދު އިމާދު 44، ކަމަށެވެ. އަދި އޭނާ އަށް އަނިޔާކޮށް ދަންޖައްސައި، މަރައިލީ ކަމަށް އިޓަލީގައި އުޅޭ ބައެއް ދިވެހިން ބުނަމުންދާ ކަމަށް އޭނާ ބުންޏެވެ.
"މިލާނުގައި އޭނާ އުޅޭ ގޭގައި ދަން ޖައްސާފައި ހުރި ކަމަށް ވަނީ. ފުލުހުން މާދަމާ އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނާނެ ކަމަށް ވަނީ،" އޭނާ ކިޔައިދިނެވެ.
"މާ ބޮޑަކަށް އަދި ވީ ގޮތެއް އަދި ކަށަވަރެއް ނޫން."
އިމާދުގެ އާއިލާ އިން ބުނީ، އޭނާ އިޓަލީގެ މީހަކާ އިނދެގެން އުޅޭތާ 10 ވަރަކަށް އަހަރު ވެދާނެ ކަމަށާއި އާއިލާ އަށް ވެސް އެކަން އެނގުނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
"އޭނާ އެކަނި އެ ގޭގައި މި ވަގުތު އުޅެނީ. އޭނާގެ އަންހެނުން އަޅުގަނޑަށް ގުޅާފައި ބުނީ އޭނާގެ މަންމަ އެ ގެއަށް ދިޔަ ވަގުތު ގޭގެ ގާޑްންގައި ދަންޖެހިފައޭ ހުރީ. ބޭރު ފުށުން އެއްވެސް ގެއްލުމެއް ނެތޭ ފެނިފައެއް. އެކަމަކު ފޯނު އޮތީ ހަލާކުކޮށްލައިފައޭ ބުނި،" އާއިލާ އިން ބުންޏެވެ.
"ފުލުހުން މާދަމާ ބޮޑީ ވޮޝް ކުރާނެ. އަޅުގަނޑުމެންނަކަށް ވެސް އިތުރު މައުލޫމާތެއް އަދި ނޭނގޭ. ބޮޑީ ވޮޝްކުރާއިރު މިކޮޅަށް ވީޑިއޯ ކޯލެއް ކުރާނެ. އޭރުން ޒަހަމެއް ހުރިއްޔާ ފެންނާނެ."
ދަންޖެހުނީތޯ، ނުވަތަ ދަން ޖެއްސީތޯ އެހުމުން އާއިލާ އިން ބުނީ އެއިން ކަމެއް ވެސް އަދި ނޭނގޭ ކަމަށެވެ.
އިމާދަކީ އިޓަލީގެ ޕާސްޕޯޓް ވެސް އޮތް މީހެކެވެ. އަމިއްލަ ރަށުގައި ގެސްޓް ހައުސްއެއް އެޅުމުގެ މަސައްކަތުގައި އުޅުމަށް ފަހު އޭނާ އެނބުރި އިޓަލީ އަށް ދިޔައީ މޭ މަހުގެ ތެރޭގަ އެވެ.
"އޭނާގެ އަންހެނުންނާއި އަންހެނުންގެ ބައްޕަ މިހާރު ހުރީ މިކޮޅުގައި ނޮޅިވަރަމްފަރުގައި ގެސްޓް ހައުސްގެ މަސައްކަތުގައި،" އާއިލާ އިން ބުންޏެވެ.
އެޑިޓަރުގެ ނޯޓް: ހަބަރު ޝާއިއުކުރި ފަހުން އާއިލާގެ ފަރާތުން ލިބުނު ބައެއް މައުލޫމާތާ އެކު، މި ހަބަރު މިހާރު ވާނީ ބަދަލު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
18 September 2021
ގެސްޓް ހައުސްއެއް ހަދަނީ.... ލައިފް އަމިއްލައަށް ނިންމާ ނުލާނެ.
ކަދީދަ
18 September 2021
މީ އިންހެރިޓެންސް އާ ގުޅުން ހުރި ކަމަކަށް ނުވާނެބާ. ޜާއްޖޭން ގެސްޓް ހައުސް އެއް އެއީ ރަންބިސް އަޅާ އަސްދޫންޏެއް ލިބުން.
ށަވިޔަނި
18 September 2021
ހިތާމަވެރި ހާދިސާއެއް. ﷲ މަރްޙޫމުގެ ފާފަ ފުއްސަވައި ރަހްމަތް ލައްވަވައި ސުވަރުގެ މިންވަރުކުރައްވާށި އާމީން.
ރަދީފްއޮފިޝިއަލް
18 September 2021
ސޭޑް އެންޑިންގ.
ބުރުގާ
18 September 2021
މިޔޮއްކުޑަ ރާއްޖޭގެ ދިވެހިން މުޅި ދުނިޔޭ އެތަންމިތާ އެބައުޅޭދޯ...
ށަވިޔަނި
18 September 2021
ދުނިޔެ މިހާރު އެހާކުޑައޭ. އެހެންވީމަ އުޅޭނެއެއްނޫން.
ޑޮން ކޯރލިއޯނީ
18 September 2021
ރަށުގައި ގެސްޓު ހައުސްއެއް ހަދަން މިދިޔަ މޭމަސް ހާތާވެސް ރާއްޖޭގައި އުޅުން މީހެއް ، އަމިއްލައަށް މަރުވާން ނިންމަފާނެ ސަބަބެއް ނެތިއްޔާ ބަލަންވާނީ އަމިއްލައަށް މަރުވީ ނޫންކަމަށް ، އާއިލާއަށް ކެތްތެެރިކަން ދެއްވާ މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާށި
ބޮކިފުރާޅު ޢީސާ
18 September 2021
ދިވެހިއަންހެނުން ބަންގާޅީންނާ ގުޅުނީމާ ދިވެހިން މިޖެހެނީ އަންހެނުން ހޯދަން ބޭރުތެރެއަށް ނުކުންނަން. މީވެސް މިހާރު އިޖްތިމާއީ ބޮޑުމައްސަލައެއް.
ރަށު މީހެ އް
19 September 2021
ދިވެހިން ކައިވެނި ކުރަން ޖެހެނީ ހަމަ އެކަނި ދިވެހިން ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާތަ ކޮން ފޮތަކު އޮއ އް ގޮތެ އް އެއީ އ
ފާލެފްޓިސްޓް
18 September 2021
ހިތާމަ ހުރިކަމެއް!!! ރަގަޅަށް ތަހްގީގުކޮށް ބަލަންޖެހޭ މަރާލައިފަތޯ މަރުވެފަތޯ އިނދެގެން އުޅޭތާ 10 އަހަރު އަންހެނުންނާއި ބައްޕަ ނެތްވަގުތެއްގައި އެކަމަށް ފާރަލަމުން އައި ބަޔަކު ފުރުސަތުގެ ބޭނުން ހިފާލީ , މިހާރު މިތަންތަނުން މީހުންނާއި އިންނައިރު ދިވެހިން ވިސްނާލަން އެބަޖެހޭ ހަމަ ކުލަ ދޮންވީމަ އިނަކަސް ކަމަކުނުދާނެ , އާއިލާއަށް ކެތްތެރިކަން ދެއްވާށި.
ޢިއްވެ
18 September 2021
މި ދެން ދޮން ކުއްޖަކަ އިންނަން ނުލިބިގެން ދައްކާ ވާހަކަ އެއް ކޮންމެ ކުލައެއްގެ ކުއްޖަކައް ވިޔަސް އިނަންވީ ހަމަ ދެމީހުން ގުޅެންޔާ ކޮބާ މައްސަލަ އަކީ ދިވެހި ކުއްޖަކާ އިނިޔާ މިކަހަލަ ކަމެއް ނުވަނީ ތަ ނުލާހިކު ގިނަ ދިވެހިން އުޅޭ ބޭރު މީހުނާ އިނދެގެން ހަމަ ރަންގަޅަށް
ޙަސަން އަޙްމަދު
18 September 2021
އޭނަގެ ކައިވެންޏަކާ ކުލައަކާ އޮތީ ކޮން ގުޅުމެއް؟ އޭނާ އެމީހާއާ އިނީ ކަޅަސް ދޮނަސް އެމީހާއާ ހިތާވާތީ. ދެވަނަ ކަމަކީ އޭނާ މަރުވީ ވަކި ކުލައެއްގެ މީހަކާ އިނީތީބާ؟ ދިވެހިން ވިސްނާލަން ޖެހެޔޭ ތި ކިޔަނީ. އަޖައިބު ހީވޭ. ބޮބީ މަރުވީ ކާކާ އިނީތީ؟ ރ އަތޮޅު ރަށެއްގެ ލޯންޗު ޑްރައިވަރެއް ފިހާރައެއް ތެރޭ މަރާލީ ކޮން ގައުމެއްގައި ކޮން ބައެއް؟
ކުލަ
18 September 2021
ދިވެހި އަންހެނުން ރައްޓެހިވެގެން އުޅޭތާ އެތައް ޒަމާނެއްފަހުން ވަކިވާން ބުނާނެ މިކަހަލަ އެއްޗެހި “އަދި އަހަންނަށް ލޯތްބެއް ނުވެވޭ” ދެންދާނީ ހުދުކުލަޔާ ރީނދޫކުލަޔަށްދޯ :ޕ
މާކުންބޭ
18 September 2021
ގޮތްނޭގޭ މީހުނާ ކައިވެނި ނުކުރަން ޖެހެނީ މިހެންވެގެންނެވެ.ދިވެހި އަންހެނުންވެސް ފިރިހެނުންވެސް ބޭރު މީހުންނާ ކައިވެނިނުކުރުމަށް ގޮވާލަން.
ޢަންގަ
18 September 2021
އަނެއްކާ އަނެއް މުކޮސް ވާހަކަ ދައްކާ ދިވެއްސެއް ބޭރުމީހެއް ވިޔާ ގޮތް ނޭންގޭ މީހަކައް ވަނީ 10 އަހަރު ކައިވެނި ކޮއްގެން ނޫޅޭނެ ދޯ ގޮތް ނޭންގޭ މީހަކާ
ޖަގަހަ
18 September 2021
މިތާ އިއްޔެވެސް 2 މީހުންގަޔައް ވަޅިހެރި.
ރަށުމީހެ އް
19 September 2021
ގޮތް ނޭންގި އެއެއ އް ނޫން އެމީހުން އިނދެގެން އުޅުނީ ވާނުވާ ނޭންގި ނިޔާވެފަ އޮއ އް މީހެ އްގެ ވާހަކަ ކޮންމެ ހެން ދެ އް ކުނަސް ވަރި ހަމަ ދޯ
ޚިމް
18 September 2021
ދިވެހިރާއްޖޭގަ ހެން ވާނުވާ ނޭނގި. އިންސާފު ނުލިބި ހެކިން ނުލިބި ކޮފީ އެޅިގެން ނުދާނެ ކަމަށް އުއްމީދުކުރަން. ޢިންސާފުވެރިކޮށް މިކަން ބަލައިދޭނެ ކަމަށް ހިކުރަން. އާއިލާ ކެތްތެރިކަން ދެއްވާ މައްޔިތާ އަށް ފާފަ ފުއްސަވާށk