ހުޅުމާލޭގައި ހުންނަ ފިޔަވަތި.-
18 ސެޕްޓެމްބަރ 2021 - 21:23
ފިޔަވަތީގައި ރޭ ހިނގަދިޔަ ކަންތައްތައް ބަލަމުން އަންނަ ކަމަށާއި އެ ތަނުގައި އުޅޭ ކުދިންގެ ކަރާމާތަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރަން ޗިލްޑްރަންސް އޮމްބަޑްޕާސަންގެ އޮފީހުން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން އޮމްބަޑްސްޕާސަންގެ އޮފީހުގެ މުވައްޒަފުން އެ ސަރަހައްދަށް ގޮސް މޮނިޓާ ކޮށްފައިވާ ކަމަށެވެ. އަދި، އެކަމާ ގުޅިގެން އިތުރަށް ބަލަމުންދާ ކަމަށާއި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ، އުމުރުން ނުވަ އަހަރުން ދަށުގެ ކުދިން ބެލެހެއްޓުމަށް ހާއްސަ ކޮށްފައިވާ މަރުކަޒުގައި އުޅޭ ކުދިންތަކެއް އެ ތަނުގެ އިއްޔެ ފުރާޅުމައްޗަށް އަރައި ތަނަށް ގެއްލުން ދީފައިވެ އެވެ. އަދި ބޭރަށް ނުކުމެ ނުކިޔަމަންތެރިކަން ދައްކާތާ 24 ގަޑިއިރު ފަހުން، އެ ތަނުގައި ރޭ އަލިފާން ވެސް ރޯކޮށްލާފައިވެ އެވެ.
"އިއްޔެ ހިނގާދިޔަ މި ހާދިސާއާ ގުޅޭ ފޮޓޯ އަދި ވީޑިއޯ ބައެއް ނޫސްތަކުގައި އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އެކިއެކި ފަރާތްތަކުން އާއްމު ކުރަމުން ގެންދިޔަކަން ހިތާމައާއެކު ފާހަގަކުރަމެވެ. އެހެންކަމުން، އެންމެހާ ފަރާތްތަކުން ވެސް ފިޔަވަތީގައި ތިބޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ މިފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ބުންޏެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމުގައި ހަރަކާތްތެރިވާ އެންމެން ވެސް އެ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ލިބިދޭންޖެހޭ ހުރިހާ ހައްގެއް ކަށަވަރު ކޮށްދިނުމުގައި ދެމިތިބުމަށް އެދިފަ އެވެ. އަދި އެފަދަ ހާދިސާތަކާ ގުޅިގެން މުއައްސަސާތަކާއި މުޅި މުޖުމަތައުގެ ފަރާތުން ކުދިންގެ ރައްކާތެރިކަން އިސްކޮށް، އެ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމާއި ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތްކޮށް، އެކަންކަން ހާސިލްކުރަން އެއްބާރުލުން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ބުންޏެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ކަންތައްތައް ތަންފީޒުކުރާ ވަރު ކަނޑައެޅުމަށް ޗިލްޑްރަން އޮމްބަޑްސްޕާސަންގެ ނަމުގައި މިނިވަން މަގާމެއް އުފެއްދީ މިދިޔަ އަހަރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
19 September 2021
އަދި އިތުުރު ކޮމިޝަނެއް ހަދަންވީ!
ޖިބްރީ
19 September 2021
ފާޑު ފާޑު ފަރަންޖީ ނަންނަން ކިޔާ މަގާމު އުފައްދާ ރަޔްޔިތުން ޖޫރިމަނާކޮއްގެން ބޮޑުމުސާރަ އެވެރިންނަށް ދީ ވާކަމެއް ހަރާން އަނެއްކޮޅުން އެމީހުން ފަސްބައި ބަލަން އެހެންނަމެއް ކިޔާފަ ބަޔަކުނެރެނީ
ޙިނި
19 September 2021
ޢާއިލާ ތަކައް ތިކުދިން އެޑޮޕްޓު ކުރުމުގެ ފުރުސަތުދީބަލަ. ތަންތާ ހުޅުޖަހާ ކުދިން ދައުލަތުގެ މުސާރަނަގައިގެން ތިޔަ އުފައްދަނީ. ފެއިލިޔާރ ގަބޫލުނުކުރެވޭ ބަޔަކައް ކަމެއް އިސްލާހެއް ނުކުރެވޭނެ.. ދެން އަނެއްކާވެސް އާބަޔަކުލާ ފެއިލްވާން
އެޑްމުންޑޯ
19 September 2021
ފިޔަވަތީގެ މައްސަލަ އަށްވުރެ މާބޮޑު މައްސަލައަކޭ ، މަގުމަތީގެ ވަންނާނެތަނެއްނެތިފައި ތިބި ދެބަދޭތެރޭ އުޅޭ ކުދިންގެ މައަސްލައަކީ ، އެތައްމިތާގައި ބިއްޖެހިފައި އެތިބަ ހަމަހޭވެރިކަން ފިލާގޮސްފައިވާ ކުދިންގެ ކަންތައް ބެލުން މާމުހިއްމުވާނެހގެން ހީވަނީ
ާއުނިމާ
19 September 2021
މުއައްސަސާތައް އުފެއްދި މަޤާމުތައް އުފެދި ބޮޑެތި މުސާރަތައް ދެވޭ، ނަމަވެސް ޒިއްމާ ނެގޭތަނެއް ނުފެނޭ، ޤައުމުގެ ބޮޑެތި މައްސަލަތައް ހައްލުވާތަނެއް ނުފެނޭ! ވާ ވައުދުތައް ދަނީ ޗޮކުން!
ހަސަނު
19 September 2021
ބަލަމޭ؟؟ ތިޔަހެން އެތާ ދޮރު މަތީ ބަލަހައްޓައިގެން ނުހުންނާށޯ އެހަކައްދުވަހުވެސް ޖެންޑާ އިން ބުނި...
ހައްލުގެ ހައްލު
19 September 2021
ދައުލަތުގެ އާއްމުދަނީއާ ނުބައްދަލު ބޮޑެތި މުސާރައާއި އިނާޔަތްތަކާއެކު ސަރުކާރުގެ ކޮންމެ އޮފީހަކަށް ސިޔާސީ މީހުންގެ ބިޔަ ފައުޖެއް އަދިވެސް އިތުރުކޮށްލަން ވީއެވެ. ޒިންމާގެ ވާހަކަ ދުލަށްވެސް ނުގެނެސް ކުދިންނާއި ބެލެނިވެރިންނާއި ކުށްވެެރިންނަށްވެސް ހައްގުތައް ބަންޑުންކޮށްލަން ވީއެވެ. ހުރިހާކަމެއް ހައްލުވެދާނެއެވެ.
ޖަމަލު
19 September 2021
ލޮލް. ބޭކާރު މަގާމެއް. ބޭކާރު ވުޒާރާއެއް. ދައުލަތް ބަހަން ޖެހުނީމަ ވާނީ މިހެން
މަންދި
19 September 2021
ހުރިހާ މައްސަލައަކީ ދަރިން ހޯދާ އެދަރިން ދޫކޮއްލީމާ ދައުލަތުން އެކުދިންނާއި ހަވާލުވިވުން. މިކަން ހިއްޓާލަންވީ. ކުދިން ބެލުމާއި ބޮޑުކުރުމަކީ މައިންބަފައިންގެ ކަމެއް.
ހަސަނު
19 September 2021
މައިން ބަފައިނާ ގާތް ތިމާގެ މީހަކު ނެތިއްޔާ ކިހިނެއް ހަދާނީ؟
ލޮލްޒ
19 September 2021
ކޮންކަލަ ވިޔާނުދާ ވާހަކައެއް. ކުދިން ހޯދާ ދޫކޮއްލުމަކީ އެކުދިން ކުރި ކުށެއްނޫން. މައިންބަފައިން ކުރި ކުށެއް. ދައުލަތުން ބަލައިދޭން ޖެހޭނެ. މައްސަލައަކީ ހެސްކިޔާފަ ސިޔާސީ މަގާމު އުފައްދައިގެންވެސް ނުބެލޭތީ.
އައްބެ
19 September 2021
ވެވަށް ވެއްޓުނު ގެރި ނަގަން އުޅޭގޮތަށް ދައުލަތުގެ މުވައްސަސާތަކުން އަބަދުވެސް މިއުޅެނީ. ޙައްޤުތަކުގެ ބޮޑުކަމުން މައިން ބަފައިނަށް ނޯވޭ ދަރިންނަށް އަދަބެއް ދެވޭކަށް، ޓީޗަރުންނަކަށް ނޯވޭ ސްކޫލްގައި ކުދިންނަށް އަދަބެއް ދެވޭކަށް. ފުލުހުންނަކަށް ނޯވޭ ކުށްވެރިޔަކަށް އަދަބެއް ދެވޭކަށް، ކޯޓުތަކަކަށް ނޯވޭ އިސްލާމީ ޝަރީޢަތަށް ޙުކުމެއް ކުރެވޭކަށް. ހައްތާވެސް ހުޅަނގުގެ ޑިމޮކްރަސީއާއި ޙައްޤުތައް. މިއީ މުސްލިމުންގެ ހަލާކަށް އުފައްދާފައިވާ ނިއުކުލިއަރ ހަތިޔާރު.