ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

މުބާރާތުގެ ކުރިން ގައުމީ ޓީމަށް އެކުވެރިކަމުގެ މެޗެއް ނެތީތަ؟

ގައުމީ ޓީމުން މާލޭގއި ކުރިއަށް ގެންދިޔަ ޓްރޭނިންގެ ތެރެއިން. --- ފައިލް ފޮޓޯ: އެފްއޭއެމް

އަންނަ މަހު 1 ގައި ރާއްޖޭގައި ފަށާ، ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން ބަންގްލަދޭޝް، ނޭޕާލް، އިންޑިއާ އިން ވަރުގަދަ އެކުވެރިކަމުގެ މެޗުތަކެއް ކުޅުނެވެ. ބަންގްލަދޭޝް އިން ވަނީ ކިރިގިސްތާންގައި އޮތް ޓްރައި ނޭޝަން ކަޕުގައި ވާދަކޮށްފަ އެވެ. ނޭޕާލާއި އިންޑިއާ އިން އެކުވެރިކަމުގެ ސީރީޒް ދެ މެޗު ކުޅުނެވެ. އަދި ކުރިން ވެސް ނޭޕާލުން ވަނީ ޓްރައި ނޭޝަން ކަޕެއްގައި ކުޅެފަ އެވެ.

ކޮންމެ މުބާރާތަކަށް އަދި ރަސްމީ ކޮންމެ މެޗަަކަށް ތައްޔާރުވާއިރު އަބަދުވެސް އުފައްދާ ސުވާލަކީ ރާއްޖެއިން އެކުވެރިކަމުގެ މެޗެއް ނުކުޅެނީ ކީއްވެހެއްޔެވެ؟ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ހާއްސަ އެވެ. އަމިއްލަ ގައުމުގައި ބާއްވާ މުބާރާތަށް އާ ޖޯޝާއި ފޯރިއެއް ގެނައުމަށް އެފްއޭއެމުން ދަނީ ކެމްޕޭނެއް ހިންގަމުންނެވެ. އެންމެ ފަހުން ރާއްޖޭގައި މުބާރާތް ބޭއްވީ 2008 ގައި ލަންކާއާ ގުޅިގެންނެވެ. ސިޔާސީ ގޮތުން ހަލަބޮލި އެ އަހަރުގައި އޮތް ޖޯޝާއި ފޯރި އަލުން ގެނައުމަށް، ކުރަން ޖެހޭ މަސައްކަތް ވެސް ގިނަ އެވެ.

މިފަހަރުގެ މުބާރާތަށް ތައްޔާރު ވުމަށް ރާއްޖެއިން ވަނީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެން މަސައްކަތް ކޮށްފަ އެވެ. ރާއްޖެއާ އެކު މެޗުތަކެއް ކުޅެން ބަންގްލަދޭޝް އަށް ދިއުމަށް ދައުވަތު ލިބުނެވެ. ނަމަވެސް ބަންގްލަދޭޝްގައި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން އެ ގައުމަށް ދަތުރު ކުރުން ރައްކާތެރި ކަމަކަށް ނުވާތީ އެފްއޭއެމުން ނިންމީ މެޗު ކުޅެން އެ ގައުމަށް ދަތުރު ނުކުރުމަށެވެ.

މާފަންނު ޓާފް ދަނޑުގައި ކުރިއަށް ގެންދިޔަ ގައުމީ ޓީމުގެ ޓްރޭނިންގެ ތެރެއިން. -- ފައިލް ފޮޓޯ: އެފްއޭއެމް

"އޭގެ ފަހުން އަޅުގަނޑުމެން (ބަންގްލަދޭޝް) އަށް ހުށަހެޅިން މެޗު ކުޅެން ރާއްޖެ އަށް އަންނަން ވީނުންތޯއޭ. ނަމަވެސް ބަންގްލަދޭޝް (ފެޑެރޭޝަން) އިން ބޭނުންވީ އެ ގައުމުގައި ވެސް އެއް މެޗު ކުޅެފައި ދާން. އެކަމަކު އެ ގައުމަށް އަޅުގަނޑުމެންގެ ކުޅުންތެރިން މި ހާލަތުގައި ފޮނުވަން ޖެހިލުންވާތީ އެކަމަށް އެއްބަސް ނުވެވި ދިޔައީ،" އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.

ގަތަރަށް ޓީމު ފުރައިގެން ދިޔައިރު ސްރީ ލަންކާއާ އެކު މެޗެއް ކުޅެން ހަމަޖެހުނު ކަމަށް ބައްސާމް ވިދާޅުވި އެވެ. އެއީ އޭރު ގަތަރުގައި ލަންކާ ވެސް ޓްރޭނިން އަށް ކޭމްޕް ކުރުމުން އެފްއޭއެމުން ވިސްނައިގެން ތިބީ ގަތަރުގައި އެ މެޗު ކުޅުމަށެވެ. އަދި މެޗު ކުޅުމާ މެދު ގޮތް ނިންމަން އެފްއޭއެމުން ދޫކޮށްލީ ރާއްޖޭގެ ކޯޗިން ޓީމުގެ އަތް މައްޗަށެވެ. ގަތަރު ދޫކޮށް ލަންކާގެ ޓީމު މިހާރު ވަނީ ޓްރޭނިން ކޭމްޕުގައި ސައުދީ އަށް ގޮސްފަ އެވެ.

ރާއްޖޭގެ އިތުރުން ނޭޕާލުން ވެސް ޓްރޭނިން ކޭމްޕް ކުރިއަށް ގެންދަނީ ގަތަރުގަ އެވެ. ނޭޕާލް ވެސް ރާއްޖެއާ އެކު މެޗެއް ކުޅެން ހުށަހެޅި ކަމަށް ބައްސާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނޭޕާލްގެ ފުރުސަތު ބޭނުން ކުރެވެން ނެތީ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅެން އޮތުމުން ކަމަށެވެ.

މުބާރާތަށް ގައުމީ ޓީމު ތައްޔާރުވާއިރު ވާދަވެރި، އެކުވެރި މެޗުތަކެއް ކުޅުމުގެ މުހިންމުކަން ފާހަގަކުރީ ގައުމީ ޓީމުގެ ކުރީގެ ކޯޗު ރިކީ ހާބަޓް އެވެ. ކުރިން ރާއްޖޭގެ މީޑިއާ އަށް ދީފައިވާ އިންޓަވިއުގައި އޭނާ ބުނީ ޓްރޭނިން ކޭމްޕުގައި ހާސިލުވާ މިންވަރަށް ވުރެ ބޮޑަށް ވާދަވެރި، ފްރެންޑްލީ މެޗުތަކުން ހާސިލުވާ މިންވަރު ބޮޑު ވާނެ ކަމަށެވެ. ރާއްޖޭގެ ކޯޗުކަމުން ހާބަޓް ވަކިވުމަށް ފަހު އޭނާ ބުނެފައި ވަނީ ރާއްޖޭގެ ކޯޗު ކަމުގައި އޭނާ ހޭދަކުރިއިރު ގިނަ ފްރެންޑްލީތަކެއް ހޯދައި ދިނުމަށް އެފްއޭއެމްގެ ކިބައިން އެދުނު ކަމަށެވެ. ނަމަވެސް އެފްއޭއެމަށް އެކަން ކޮށްނުދެވުނު ކަމަށް އޭނާ ބުންޏެވެ.

ގައުމީ ޓީމުގެ ޓްރޭނިންގައި އެސިސްޓެންޓް ކޯޗް އިންމަ ކުޅުންތެރިންނަށް އިރުޝާދު ދެނީ: ގަތަރުގެ ޓްރޭނިން ކޭމްޕުގައި ޓީމު ލީޑު ކުރަނީ އޭނާ. -- ފައިލް ފޮޓޯ: އެފްއޭއެމް

މުބާރާތަކަށް ޓީމު ތައްޔާރުވާއިރު ވާދަވެރި ފްރެންޑްލީ މެޗުތަކެއް ކުޅެން މުހިންމުވާ ސަބަބަކީ މެޗު ފިޓްނަސް އާއި މެޗުގެ ފީލް ކުޅުންތެރިންނަށް ގެނެސް ދިނުމެވެ. ޓްރޭނިން އެކަނި ހަދައިގެން ހާސިލުވާ މިންވަރަށް ވުރެ ބޮޑަށް، ވާދަވެރި ފްރެންޑްލީ މެޗުތަކުން ހާސިލު ކުރެވޭ މިންވަރު ބޮޑު ވާނެ އެވެ. މުބާރާތަށް ދާއިރު މެޗުތަކުގައި ކުޅުންތެރިންނަށް ހެދޭ މިސްޓޭކުތައް ކުޑަ ކުރުމަށް ވެސް ފްރެންޑްލީ މެޗުތައް މުހިންމުވެ އެވެ.

ގަތަރުގެ ޓްރޭނިން ކޭމްޕަށް ފަހު ޓީމު މާލެ އަންނާނީ މި މަހު 28 ގަ އެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހު 1 ވަނަ ދުވަހުގެ ރޭ ނޭޕާލްއާ ދެކޮޅަށެވެ. މުބާރާތުގައި ވާދަކުރާނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ޓީމެވެ. އެހެންވެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ އޮކްޓޯބަރު 16 ގަ އެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ މެޗު ޝެޑިއުލް

- އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ރާއްޖެ

- އޮކްޓޯބަރު 7 (ރޭގަނޑު): ރާއްޖެ - ބަންގަލަދޭޝް

- އޮކްޓޯބަރު 10 (ހަވީރު): ރާއްޖެ - ސްރީ ލަންކާ

- އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ރާއްޖެ

6 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑޭ

21 September 2021

ނިއު ކުޅޭތަ

The name is already taken The name is available. Register?

ވަކުންޖު

20 September 2021

މިހެންހެދީމަ ވާއެއްޗަކީ ޓީމު ފޯމަކަށްއެޅި ކުޅެވެން ފަށާއިރު އޮންނަނީ މުބާރާތުން ކަޓާފަ. ދެން ބައްސާމުމެން ބުނާނެ ކީއްވެހޭ ފޯމަކަށް އެޅޭއިރު ކަޓަނީ، އެމީހުންނަކަށްނޭގޭ ކުޅުމުގެ ވައްޓަފާޅިއާ، ފުރަތަމަ 11 ހޮވަން ވާދަވެރި މެޗުކުޅެން ޖެހޭނެކަމެއް. އެގޭނަމަ ހީއެއްނުވޭދޯ މިފަދަ ބޮޑުފުރުސަތެއް ލިބޭއިރު ފުރިހަމައަށް ތައްޔާރުުނުވެ ތަށިހޯދަން އުޅޭނެހެން. ނޫނީ ފައިސާނެތީސް އަޖުމަބަލަން ބިޑު ހުށަހެޅީމަ ކާމިޔާބުވީ އެކަމަކު ލަދުން ނުކެރުނީ ދޫކޮށްލާކަށް!

The name is already taken The name is available. Register?

ބާބާ

20 September 2021

އެއްވެސް މީހަކު ނުބުންޏަސް އެބައެނގޭ ފްރެންޑްލީއެއް ކުޅެގެންކަން ޓީމުގެ މިހާރުގެ ހާލަތު ދަނެގަނެވޭނީ. ޓީމުއެކުލަވާތޯ. ޕްރެޝަރުގަ ޓީމުގެ ޕާފޯމަންސް ހުރީކިހިނެއްތޯ، މިކަހަލަ އެތައްކަމެއް! އެކަމަކު ގައުމުގައި މިވަރު މުބާރާތެއް ބާއްވާއިރު އެންމެ ފްރެންޑްލީއެއްވެސް ނުކުޅެވި މުބާރާތް ފަށަން މިޖެހެނީ. ދެން އަހަރުމެން ބައްސާމުއަށް ޝުކުރުދެންނެވުންނުން އިތުރު ކޮންކަމެއް ކުރާނީ! އަދިކިރިއާ ސްޓްޑިމްގަ ކުލަކޮޅެއް ލަނީ އެވެސް ފެންކުލަ..

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

20 September 2021

ގައުމީ ޓީމަށް އެކުވެރިކަމުގެ މެޗެއް ނެތީ ކުރީ ސަރުކާރުގެ ސަބަބުން.

The name is already taken The name is available. Register?

ހަސަނު ކިޔާ ސޮރު

20 September 2021

ކޮންމެހެން ކޮންމެ ކަމެއް ސަރުކާރޭ ނުކިޔާ.. މީ އެންމެން އެކައްޗަކަށް ވެގެން ގައުމީ ޓިމައް ހިތްވަރު ދޭންވީ ވަގުތު. ތިންވަނަ ފަހަރު މީ އެފަހަރު. އިންޝާﷲ.

The name is already taken The name is available. Register?

ކަދީދައްތަގެ މުނީރާ

20 September 2021

މެޗުކުޅޭކަމެއްނެތޭ. ލާރިއެއްނެތޭ. ގައުމުއޮތީ ދަރާފައޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454