ހިޔާ ޓަވަރުތައް ކައިރީ ފްލެޓަށް ބަދަލުވުމަށް މުދާ ހިފައިގެން ގޮސް ތިބި ބައެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ސެޕްޓެމްބަރ 2021 - 11:02
ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ އާއިލާތަކަށް ހާއްސަކޮށްގެން ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރަން ފަށައިފި އެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓުތަކަށް މީހުން ބަދަލުވުމާ އެކު އެތަނުގެ އާބާދީ 30،000 އިން މައްޗަށް އަރައިގެންދާނެތީ އެ މީހުންނަށް ހިތްފަސޭހަކުރެވޭނެ އިންތިޒާމު އެތަނުގައި މުހިއްމު ކަމަށެވެ.
ހިޔާ ފްލެޓްގެ އެޗް5 އިން އެޗް15އާ ދެމެދުގައި އޮތް ހުސް ބިމުގައި މި ޕާކު އެޅުމަށް މިވަގުތު އެޗްޑީސީން ކުރަމުން އަންނަ މަސައްކަތަކީ އެތަން ފެހިކުރުމެވެ. ރުކާއި އެކި ބާވަތުގެ ގަސްތައް ވަނީ އިންދަން ފަށައިފަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި އެތަނުގެ މަސައްކަތް ނިމޭއިރު ތަފާތު އެކި ވައްތަރުގެ ގަސް އެ ޕާކުގައި ހުންނާނެ އެވެ. އަދި ޕްލާޒާއަކާއި ޕްލެޓްފޯމްތަކެއްގެ އިތުރުން އައުޓްޑޯ ޖިމެއް ވެސް އެތަނުގައި ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ މާސްޓާ ޕްލޭންގައިވާ ގޮތުން މިތަނުގެ ޖާގައަކީ 1.2 ހެކްޓަރެވެ. އެއީ ފޭސް އެކެއްގައި އޮންނަ ސެންޓްރަލް ޕާކުގެ ޖާގައިގެ ދެބައި ކުޅައެއްބަ އެވެ.
ހިޔާ ފްލެޓްގައި އުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރަން އެ ސަރަހައްދުގައި ޕާކެއް އަޅަން ނިންމިއިރު މިވަގުތު އެ ސަރަހައްދާ ކައިރީ އެފަދަ އެއްވެސް އިންތިޒާމެއް ނެތެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެ ޕްރޮޖެކްޓުގެ ދަށުން 6،720 މީހަކަށް ފްލެޓް ލިބިފައިވާއިިރު އޭގެ ތެރެއިން 60 އެއްހާ މީހުން މިހާރު ފްލެޓްގައި ދިރިއުޅެން ފަށައިފި އެވެ. އެކަމަކު މީހުން ބަދަލުވާން ފެށިއިރު ވެސް އެތަނުން އެއްވެސް އަސާސީ ހިދުމަތެއް ނުލިބޭތީ އެކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ.
އެހެންވެ އެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
28 September 2021
އެއްކަމަކަށް އެކިދިމަދިމާލުން ޙަރަދުކުރުން ހުއްޓުވާންޖެހޭ. މިގޮތުން މާލޭރަސްފަންނާއި އާޓިފިޝަލްބީޗް މަސް ފެންގަނޑަކަށް ބަދަލުކޮށްލާފައި ހުޅުމާލެ ވަކިސަރަޙައްދެއް މާލޭމީހުން މޫދަށްއެރޭ ތަނެއްގެގޮތުގައި ބޭއްވުން އެންމެރަނގަޅު. # ފުދުންތެރިކަން ކުޑަ އަހަރުމެންފަދަ ވަސީލަތް މަދު ބަޔަކަށް އެތައް ބީޗަކާއި ސްވިމިންގ ޓްރެކް ޕޫލު ބެލެހެއްޓުމަކީ ކުރެވޭނެ ކަމެއްނޫން. ސިޓީ ކައުންސިލާއި އެޗްޑީސީ ގުޅިގެން މިފަދަކަންކަން ކުރެވޭނެ. އަދި ޙަރަދުވެސް ކުޑަވާނެ.
ބޮޑުމީހާ
28 September 2021
ކިތަންމެ ޕާކެއް ދެން އެޅިޔަސް ވޯޓެއް ނުދޭނަަނަް
ރިބޫމް
28 September 2021
ފްލެޓްތައް ކައިރީ އެކަށީގެންވާ ވަރަށް ޕާކް ކުރެވޭނެ ޖާގަ ބަހައްޓާތި އެހެންނޫނީ މަގުތައް ފުރޭނީ..މިހާރުވެސް ފްލެޓް 13'14'15'16 ކައިރީގައިއޮތް ޕާކިންގް ފުލްވޭ..އަދި ގިނަބަޔަކު ފްލެޓަށް ބަދަލުނުވޭ..
ޖޯން
28 September 2021
ތަންކޮޅެއް އަވަހެއް ނޫންތަ؟
ހުސައިން
28 September 2021
ތިއީމާކުރިންވެސް ޕްލޭންކުރެވިފައިވާ ޕާކެއް. މިސަރުކާރުގެ ޕްލޭނެއްނޫން
ލުތުފީ
28 September 2021
ތި ހުރިހާ ކަމަކީވެސް ލައުހުލްމަހުފޫޛް ގައި މާކުރިން ލިޔެވިފަހުކަންކަން.
ތުއްތޮން
28 September 2021
އަދި ތަންފުކެއް އަވަސް 2023 ކުރަންހުރިނަމަ ރަނގަޅުވީސް
މަސޮރު
28 September 2021
ހުރިހާ ކަމެއް އެކޮޅުކޮޅުން ކުރަންވީމަ ވާނީ ތިފަދަ ގޮތެއް... މިސްކިތެއް ނެތް، ޒަރޫރީ އެއްވެސް ޚިދުމަތެއް ނެތް... ސްކޫލެއް ނެއް.
ސަސު
28 September 2021
މަގުތަކުގަ ތާރު އަޅާ، ޕާކިން ޒޯނުހަދާ، މިސްކިތްހުޅުވާ، ކުނި ނެގޭނެގޮތާއި، އަސާސީ ބޭނުން ތަކަށް ފިހާރަތަށް ނިންމާ ހުޅުވައިދިން ކަމަށް ހަބަރުގަ ޖަހާނީ ކޮންދުވަހުންބާ
ލީލާ ބަންސާލީ
28 September 2021
ތިޕާކަށް ކިޔަންޖެހޭނީ ޔާނު ޕާކު ނުވަތަ ޔާމީނު ޕާކު ނުވަތަ މެޑަމް ޕާކް.