މާލެ- ސެޕްޓެމްބަރު 26، 2021: ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު މޫސުން ގޯސްވުުން: މޫސުން މިހާ ބޮޑަށް ގޮސްވެފައިވާތީ މެޓުން ވަނީ ކަނޑު ދަތުރުކުރާ މީހުންނާއި ބްރިޖާއި ހައިވޭގައި އުޅޭ މީހުން ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައި--. ފޮޓޯ: ނިޝާން އަލީ/ މިހާރު
11 އޮކްޓޯބަރ 2021 - 10:51
މާލޭގެ މަގުތަކުގައި ބޮޑުވާ ފެން، ބިމު އަޑީގައި ރައްކާކޮށް، އެ ފެން ބޭނުންކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ފަށައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެ މަސައްކަތް ކުރަނީ ވޯލްޑް ބޭންކުން ރާއްޖެ އަށް ލޯނާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ އިން މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް (އެމްޔޫޑީއާރުޕީ) ގެ ދަށުން ކަމަށެވެ.
އެ ޕްރޮޖެކްޓުގެ މައިގަނޑު މަގްސަދަކީ މާލޭގައި ފެންބޮޑުވާ ސަރަހައްދުތައް ހޯދައި އެ ފެން ބިމު އަޑީގައި ރައްކާކުރުމަށްޓަކައި ސްޓޯރޭޖް ސިސްޓަމްތަކެއް ޑިޒައިންކުރުމެވެ.
އެމްޔޫޑީއާރުޕީގެ ކޮމިއުނިކޭޝަން އޮފިސަރު މޫސާ ރިލްވާން "މިހާރު" އަށް ވިދާޅުވީ މުޅި ޕްރޮޖެކްޓު އެއްކޮށް ނިންމާލެވޭނެ ތާރީހެއް އަދި ދަންނަވަން ނޭނގޭ ކަމަށެވެ. އެކަމަކު ސްޓޯރޭޖް ސިސްޓަމްތައް ޑިޒައިން ކުރުމުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.
ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދު ތަކުގެ ބިމު އަޑީގައި ރައްކާކުރާ ވާރޭ ފެން ބޭނުންކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ބޮޑަށް ވިސްނުން ހުރީ އަލިފާން ނިއްވުމަށް އެ ފެން ބޭނުންކުރަން ނަމަވެސް ވަކި ގޮތަކަށް ނިންމާނީ ދިރާސާތަކަށް ފަހު ކަމަށް ރިލްވާން ވިދާޅުވި އެވެ.
"ހުށަހެޅިފަ ހުރި ކަންތައްތަކަށް ބަލާއިރު އެއީ އެއް ކަންތައް، ފަޔާ ހައިޑްރެންޓް ސިސްޓަމަށް އެ ފެން ގުޅުން. ދެން މިހާރު މާލޭގައި ގްރީން އޭރިޔާ އިތުރުކުރުމުގެ ކަންކަން ވެސް ކުރިއަށް ދާއިރު، އެފަދަ ގްރީން އޭރިއާތަކަށް ފެން ދިނުމާ އެފަދަ ކަންކަމަށް އެ ފެން ބޭނުންކުރެވިދާނެތޯ އެއީވެސް އޮޕްޝަނެއް،" ރިލްވާން ވިދާޅުވި އެވެ.
މި މަޝްރޫއަށް ބޭނުންވާ ސްޓޯރޭޖް ސިސްޓަމްތައް ޑިޒައިން ކުރާނެ ފަރާތެއް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އިއްޔެ ހުޅުވާލާފައި ވާއިރު، އެ މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ ހަ މަސް ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޑުހަސަނު
11 October 2021
އަނެއްކާ އަނެއް ލާރިގަނޑު ކާލާނެ ގޮތެއް ބެލީ ދޯ. ބުނަން ބޯއީ ކެޔަސް ބުޔަސް ހައްދެއް އޮންނަންވާނެ.
ޑެބީ
11 October 2021
ތިފެން ބޭނުން ކުރަންވާނީ ދެއުޅިއެއް ނުވާ ސިޔާސީ މީހުން އިސްލާހުވޭތޯ ފެންވަރުވަން.
ޔޫނުސް
11 October 2021
ތިސިސްޓަމް އަފުންގެ ރަށުގަވެސަ ހަރުކުރަންވާނެ. މާލޭގަ އެކަންޏެއްނޫން.
1828
12 October 2021
މާލޭ އަކަންޏަށޯ ވާރޭ ވެހެނީ. ދެން އެހެންވީމައި ކިހިނެއް އަފުންގެ ރަށުގައި އެ ހަރުކުރަނީ؟
ލޯލާ
11 October 2021
މަމި އުޅޭ ތަނުގެ ފާހާނާ ތައްޓަށް ތިފެން ގުޅާލެވޭނެ ގޮތެއް ވ ސަޅިވާނެ. މިހާރު ފްލެޝް ކުރަންވެސް ޖެހެނީ ސަފްލައިފެން.
ދެބަންދިހާރު
11 October 2021
މިއައްކިޔަނީ މިރިނުވެ ގޮބަޅި ކާށިވުން
މުޑަހަންޖާ
11 October 2021
ތިކަމުގެ ހަރަދަށް ދަނީ ކިހާވަރެއްތޯއާއި ތިކަމުން ލިބެނީ ކިހާ ފައިސާއެއްގެ ފައިދާއެއްތޯ ރައްޔިތުންނަށް ނާންގާ، ރައްޔިތުންގެ ފައިސާއަކީ މާލޭމީހުނަށް އިނގިރޭސި ފިލްމުތަކުން ފެންނަހާކަމެއް ކުރަން ހުންނަ ފައިސާކަމުގައި އޮންނަ އުސޫލު ބަދަލުކުރަންޖެހޭ.
ބޮޑުމީހާ
11 October 2021
ތިފެން ރައީސް އޮފީހަށް ގެންގޮސް މިނަރަލް ވޯޓަރ ހަދާބަލަ. ކަނޑުގ ކަންނެލި ޖަގަހަ ހަދާ، ފްލޯޓިންގ ސިޓީއާއި ބްރިޖްއެޅި މީހުންނަށް ތިކަންވެސް ވާނެ
ނަޒަރު
11 October 2021
ތިކަމެއް ޕްލޭން މިނިސްޓްރީ އަކަށް ނުވާނެ، ވިޔަސް ވާނީ ސިޓީ ކައުންސިލާ ތިކަން ޙަވާލު ކޮށްލައިގެން.
މާލުކާ
11 October 2021
ރިޔަން ޑިޒައިނަށް ތިޔަ ޕްރޮޖެކްޓް އަވަހަށް ޙަވާލު ކުރޭ!
ފައިލ
11 October 2021
2023 ގެ މެނިފެސްޓޯގައި ޖަހާތި، މުޅިރާއްޖެއަށް ވެހޭފެން ، ބިމުއަޑިއަށް ދާގޮތައް ތެލަށް ބަދަލުވާނިޒާމެއް ހަދާނެވާހަކަވެސް، މިއުޅެނީ މަގެއްމަތީގައި އޮންނަ ގާގަނޑެއް ރަނގަޅު ނުކޮއްލެވިގެން