ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ނަޝީދު ރާއްޖެ ވަޑައިގެން ރައީސްއާ ބައްދަލުވި ވަގުތުކޮޅު

އެންމެ ހައި ސިކިއުރިޓީއާ އެކު އެއާޕޯޓުން ނަޝީދު ވަޑައިގަތީ ހޮޓެލް ޖެންއަށް. އެ ސަރަހައްދުގައި ހަތިޔާރާ އެކު ސިފައިން އަންނަނީ ހަރަކާތްތެރިވަމުން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މިއަދު އެއާޕޯޓްގައި. -- ފޮޓޯ: މަބްރޫކް އަޒީޒް/ޓްވިޓާ

11 އޮކްޓޯބަރ 2021 - 15:26

69 comments

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ފަރުވާ އަށް ރާއްޖޭން ބޭރުގައި އުޅުއްވާތާ ހަތަރު މަސް ފަހުން މިއަދު ރާއްޖެ ވަޑައިގަތުމާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހޫނު މަރުހަބާއެއް ވިދާޅުވެއްޖެ އެވެ.

ނަޝީދު މަތިންދާބޯޓުން ފައިބައިވަޑައިގެންނެވުމާ އެކު ރައީސް ވަނީ ނަޝީދުގެ ހަށިކޮޅުގައި ބައްދާލައްވައި މަރުހަބާ ވިދާޅުވެފަ އެވެ. ސިޔާސީ ތަފާތުވުންތައް ހުއްޓަސް އެ ވަގުތުކޮޅުން ފެނުނީ ދެ ބޭފުޅުންގެ އޮތް ގާތް ގުޅުމެވެ.

ސިޔާސީ މަސައްކަތްތަކުގައި މި ފަހުން ގުޅުން ގޯސްވެފައި ވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނަޝީދަކީ އަބަދުވެސް އެކުގައި އުޅުއްވި ދެ ބޭފުޅުންނެވެ.

ފަރުވާއަށް ބޭރުގައި ހަތަރު މަސް ހޭދަކުރައްވައި ނަޝީދު މިއަދު މާލެ ވަޑައިގަތީ ދުބާއީގައި އޮތް އެކްސްޕޯ ނިންމާލެއްވުމަށް ފަހު އެވެ. އެނގިފައިވާ ގޮތުގައި އެމަނިކުފާނު ރާއްޖޭގައި ހުންނަވާނީ ތިން ދުވަހެވެ.

ކުރު ދަތުރަކަށް ނަޝީދު ރާއްޖެ ވަޑައިގެންނެވި ސަބަބެއް އަދި ނޭނގެ އެވެ. އެއާޕޯޓުން ސިފައިންގެ އެންމެ ހައި ސިކިއުރިޓީއާ އެކު ވަޑައިގަތީ ހޮޓެލް ޖެންއަށެވެ.

ނަޝީދު ޖެން ހޮޓެލްއަށް މިއަދު ވަދެވަޑައިގަންނަވަނީ. -- ފޮޓޯ: ޓުވިޓާ

ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދަށް ހަމަލާދިން އިރު އެ މަނިކުފާނު ދިރިއުޅުއްވީ އާއިލީ ގެކޮޅު ގ. ކެނެރީގޭގަ އެވެ. ހަނި ގޯޅިއެއްގައި ހުންނަ އެ އެ ގެކޮޅުގައި ސެކިއުރިޓީ ފޯރުކޮށްދޭން އުނދަގޫތަކެއް ކުރިމަތިވާ ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފަ އެވެ.

ރާއްޖެ ވަޑައިގެން މަޖިލީހުގެ މަސައްކަތްތަކާ ހަވާލުވެވަޑައިގަތުން ލަސްވާ ސަބަބެއް ކަަމަށް އެ މަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ބޭސްފަރުވާ ނުނިމުމާއި އެކަށީގެންވާ ސެކިއުރީޓީއެއްގެ ޔަގީންކަން ނެތުމުން ފުރާނަ އަށް ނުރައްކާ އޮތުމެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ.

ނަޝީދު މާލެ ވަޑައިގެން އެއާޕޯޓުގައި. ކުރު ދަތުރަށް ފަހު އިނގިރޭސިވިލާތަށް އެމަނިކުފާނު އެނބުރި ވަޑައިގަންނަވާނެ

ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދަށް ހަމަލާދިނީ ކެނެރީގެ އިން ނުކުމެވަޑައިގެން ހިންގަވާފައި މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށް އުޅުއްވަނިކޮށެވެ. ބޮން ގޮވުމާ އެކު އޭގައި ހުރި ރޭޒާ ފުއްތައް ހަށިކޮޅަށް ވަދެ ފުން ޒަހަމްތަކެއް ލިބުނެވެ. އެ މަނިކުފާނު ޖަރުމަނަށް މިދިޔަ މެއި މަހު ފުރާވަޑައިގަތީ އިތުރު ފަރުވާ އަށެވެ. އޭގެ ފަހުން އުޅުއްވަނީ އިނގިރޭސި ވިލާތުގަ އެވެ.

ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ އިންކުއަރީއެއް ހަދައިފަ އެވެ. ސެކިއުރިޓީ ފޫއަޅުވާލައި ހަމަލާދެވުނީ ސަލާމަތީ ކަންކަން ދޯދިޔާކަމުން ކަމަށް ނިންމައި އިސްލާހު ކުރަން ގިނަ ލަފާތަކެއް ދީފައިވެ އެވެ. އެކަންކަން ތަންފީޒުކުރޭތޯ މަޖިލީހުގެ ކޮމިޓީން އަންނަނީ ބަލަމުންނެވެ.

ހައްދުފަހަނައެޅި ފިކުރުގެ ބަޔަކު ނަޝީދަށް އަމާޒުކުރި ހަމަލައަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް ދައުވާ އުފުލައި ޝަރީއަތް ވެސް ކުރިއަށް އެބަދެ އެވެ.

69 ކޮމެންޓް, 70 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 0%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަފުން

12 October 2021

މިއީ ކޮން ގައުމެއްގެ މަޖިލިސްގެ ރައީސްތޯ؟. ތިން ދުވަހުގެ ދަތުރުފުޅެއްގައި ރާއްޖެއަށް މި ވަޑައިގަތީ.

The name is already taken The name is available. Register?

އަހަންމަދާ

12 October 2021

ފެނިފަ އެކުވެރިވާތަން ނިކަން ހަތުރުންގެ ހިތްތަކަށް ނުކުޅަދާނަވެއޭ، ދެން ކިޔާނެ ބަހެއް ނެތި އަގައިން ބަސް ވެސް ހުސްވެ މާޔޭސްވެޔޭ

The name is already taken The name is available. Register?

ކަހަންމަދާ

12 October 2021

އަބަދުވެސް އެކުވެރިކަމުގެ ތިބޭނެ 2 މީހުން އެހެން މީހުން ކުރިމަތީ ކުޅޭ ޑްރާމާއަށް ގިނަ ބަޔަކު ތިބީ ލޯހުޅުވިފައި. ހުރި މަކަރުވެރިކަން ހިތަށް އަރާފަ ބަސް ހުއްޓެންޔާ ހުއްޓެންވީ. ރަހްމަތްތެރިއާއަކީ ކޮން ކަހަލަ މީހެއްކަން އެނގިހުރެ ހައްޕުކިޔައިގެން ހުރުމަކީ މަކަރުވެރި ފިނޑިގޮތެއް. އެއީ ގައުމުގެ މަސްލަހަތު އިސްނުކޮށް ރަހްމަތްތެރިކަމަށްޓަކައި ގައުމަށް ވާނެ ގޮތެއް ވާން ދޫކޮށްލާ ހަރުދަނާކަން ނެތް މީހެއް.

The name is already taken The name is available. Register?

ޕަސަމަކް

12 October 2021

އަހަރެން ކުޑަ އިރު ކިޔާވާހަކަ އޮސާކާ ފްރޮގް އާއި ކިޔޯޓޯ ފްރޮގް ގެ ވާހަކަ ހިތައް ވަނީ ކުއްލިއަކައް. ތިކުދިންވެސް އެވާހަކަ ކިޔާލަބަލަ. ފޮޓޯވެސް ވަރައް ވައްތަރު ދެބޮއް އެއްބޮއް އަނެއްބޮކުގެ ކޮންޑުގަހިފައިގެ ކޮއްޅައްތިބޭތަން.

The name is already taken The name is available. Register?

ބަވސނަ

11 October 2021

ގަލޮޅު ދަނޑުގެ ޕޯޓުރެއިޓަކަށް ތޯ ވަޑައިގަތީ؟

The name is already taken The name is available. Register?

ބާލީސް ރަޒިއްޔާ

11 October 2021

ކަލޯ އިކްރާމް އެބައިން މިމަންޒަރު ބަލާފަ ދައް ވިކަވިކާ ތިމައްނަޔައް ވެސްެ މިފެންވަރުގެްް އިއްޒަތެއްު އަރުވަން ޖެހޭނޭ ކިޔާފަު ގައުމުގެ ރައްޔިތުންނައް ބަވަން

The name is already taken The name is available. Register?

ބިލް ކުލިންޓަން

11 October 2021

އިބޫ އެތަނަށް ނުދިޔަނަމަ އޭނާގެ ޖޮބު ގެއްލުނީސް.

The name is already taken The name is available. Register?

އޮބާލީތަ

11 October 2021

ކޮބައިތަ ކޮވިޑްގަ އަދިވެސް ބާއްވަންޖެހޭ ގައިދުރުކަން؟

The name is already taken The name is available. Register?

ބަކަމޫން

12 October 2021

އެކަންއޮތީ ގަލޮޅުދަނޑުގައި. ބަރާބަރަށް މާސްކްވެސް އަޅައިގެން

The name is already taken The name is available. Register?

އަލިފުޅު1111

11 October 2021

ބޮޑު މުސާރަ ނަގައިގެން ޒިންމާ ނުނަގާ ނާޗަރަންގީ ކުޅެން އެއްޤައުމުން އަނެއްޤައުމަށް ދުއްވުމީވެސް ޤަވާޢިދު ތަންދޭ ކަމަކަށްވާއިރު ސިވިލް ސާވެންޓުންނާ އެހެން މުވައްޒަފުންވެސް ސަރުކާރުގެ މަސައްކަތް ކުރާނެ ކަމެއްނެތް. މުސާރަ ނަގައިގެން މަޖާކުރަން ދަތުރު ދާންވީ. ިިިިިި

The name is already taken The name is available. Register?

ބެލެންސް

12 October 2021

އެހެންނޫނަސް ތި ސިވިލްސާވަންޓުން މަސައްކަތް ކުރޭތަ؟ ސޮއެކޮށްފާ ސަޔަށް ކޮފީއަށް. މީހުންނަށް ޚިދުމަތްދެނީ ބަރަވެލި ސްޕީޑަށްވުރެން ލަސްކޮށް

The name is already taken The name is available. Register?

ކިއެއްވެތޭ

11 October 2021

ނަޝީދު ހޮޓެލް ޖެންގެ ސުއިޓެއްގައި ސަރުކާރުގެ ޚަރަދުގައި ބަހައްޓަންވީ އެޚަރަދު އެގޮތަށް ނުކުރެވޭނެއޭ ކިއެއްވެތޭ ސިފައިންގެ ތެރޭގައި ހުންނާނެއޭ ފެންވަރުގެ އެކޮމެޑޭޝަން އެތަނުގައި ނުބެހެއްޓެންވީ އެއިރުން މާބޮޑަށް ރަނގަޅު ވާނެ ނޫންތޭ އެއްގޮތަކަށް ވެސް ރައްޔިތުން ބަނޑަށް ތިއްބާ ވަކި އާއިލާ އެއްގެ ބަޔަކަށް ވުމުން ދައުލަތުގެ ޚަޒާނާ އެފަދަ އާއިލާ އަކަށް ހުސްކޮށްލަން ނުޖެހޭނެއޭ ދެން މެމްބަރަކު އިއްޒަތް ނުލިބިގެން ޝަކުވާ ކުރުމުން އެމައްސަލަ އަށް ވާންވީ

The name is already taken The name is available. Register?

ލޮއްލޯ

11 October 2021

ތީ އިކުރާމު ދޯ ފޭކް ނަމެއްގަ ބޮޑާ ތިހާކަނީ އިއްޒައްތެރި ސޫއިޓެއް ޖެން އިން ހިލޭ ނުދީގެން ލޮލް. ވައިބާ ގްރޫޕްގަ ތި ޝަކުވާ ލިޔެބަ. ލޮލް

The name is already taken The name is available. Register?

ކޮއްކޮބޭ

12 October 2021

ކޮހޭތިގޮވެނީ މިހާރު. ތިބުނާ ފެންވަރުގެ އެކޮމޮޑޭޝަނުގައި ރައީސުންނެއްނުބޭތިއްބޭނެޔޭ.

The name is already taken The name is available. Register?

ހަސަދު

11 October 2021

ޑުރާމާ ކުޅުއްވައިގެން ރައްޔިތުން ހައްދާ ސިޔާސީ މީހުންގެ ކިބައިން ގައުމު ސަލާމަތް ކުރަމާ!!!

The name is already taken The name is available. Register?

ބެޓަރ

12 October 2021

ޑްރާމާ ކުޅެނީ ރައިއްޔަތުން. މަޖްލިހަށްހޮވާފާ ތިބި މެމްބަރުންނަށް ބަލާލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454