އުރީދޫގެ މޫލީގެ މެސްކޮޓް
12 އޮކްޓޯބަރ 2021 - 13:57
އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީގެ މެސްކޮޓް ލައްވައި ގޯލެއް ޖަހައިގެން މާދަމާ ރާއްޖެ ކުޅޭ މެޗުގެ ދެ ޓިކެޓު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އުރީދޫން ވަނީ އެ ކުންފުނީގެ މޫލީ ފޭސްބުކް ޕޭޖުގައި މިކަމަށް ހާއްސަ ޕޯސްޓެއް ޝެއާކޮށްފަ އެވެ. މި ޕޯސްޓުގައި ފެންނަ ވީޑިއޯގައި މޫލީ ގޯލު ޖަހާތަން ސްކްރީންޝޮޓް ނެގުމަށް ފަހު އެ ސްކްރީންޝޮޓް ކޮމެންޓު ކުރާ ކޮންމެ މީހަކަށް ޓިކެޓު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ޕޯސްޓުގައި ސްކްރީންޝޮޓް ކޮމެންޓު ކުރާއިރު އުރީދޫ ސާފް ޗެމްޕިއަންޝިޕް ހޭޝްޓެގެއްގެ ގޮތުގައި ބޭނުންކުރަން ޖެހޭނެ އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހަވީރު 6:00 އާ ހަމައަށެވެ.
މޫލީގެ ޕޯސްޓު--
އުރީދޫން ވަނީ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު އެހެން މެޗުތަކުގައި ވެސް ހިލެ ޓިކެޓު ހޯދަން ފުރުސަތު ހުޅުވާލައިފަ އެވެ.
މާދަމާރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ ރޭގަނޑު 9:00 ގަ އެވެ.
އުރީދޫ އަކީ މިއަަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
12 October 2021
ހެލޯ މޫލީ ގޫލީ ބްރަދާ.ގޯލް.