ރެފްރީސް އެސޯސިއޭޝަންގެ ކޮންގްރެސްގެ ތެރެއިން.-- ފޮޓޯ: ރެފްރީސް އެސޯސިއޭޝަން
05 ޑިސެމްބަރ 2016 - 11:52
ރެފްރީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރްއޭއެމް)ގެ ރައީސަކަށް މުހައްމަދު އަނީލް އަދި ނައިބު ރައީސަކަށް ޖައުފަރު ރަޝީދު އިންތިހާބުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ ބޭއްވި މި އެސޯސިއޭޝަންގެ އިންތިހާބުގައި ފުޓްބޯޅަ ރެފްރީންގެ ޖަމިއްޔާގެ އެގްޒެކްޓިވް ކޮމިޓީ މެންބަރުންގެ ގޮތުގައި ހަމަޖެއްސީ ކުރީގެ ފީފާ އެސިސްޓެންޓް ރެފްރީ މުހައްމަދު ސައީދާއި ފީފާ އެސިސްޓެންޓް ރެފްރީ އަހްމަދު އަމީޒާއި ފީފާ އެސިސްޓެންޓް ރެފްރީ އަބުލް ހަކީމް މޫސާ އާއި ފީފާ ރެފްރީ އަލީ އާދިލްގެ އިތުރުން ފީފާ ރެފްރީ އިސްމާއިލް އިޒުހާން އެވެ.
މި އެސޯސިއޭޝަނަކީ ރާއްޖޭގެ ތަޖުރިބާކާރު ރެފްރީންގެ އިސްނެގުމާ އެކު މިއަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހު ރަޖިސްޓްރީ ކުރި އެސޯސިއޭޝަނެކެވެ.
މި އެސޯސިއޭޝަނާ އެކު ރާއްޖޭގެ ފުޓްބޯޅަ އާއި ފުޓްސަލް ރެފްރީންގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ. އަދި ރާއްޖޭގެ ރެފްރީންގެ ކުރިއެރުވުމަށާއި ތަމްރީންތަކަށް ބޭނުންވާނެ ބޭރުގެ އެހީ ހޯދުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ގަބޫލުކުރެ އެވެ.
ކުރިން ވެސް ރާއްޖޭގައި ރެފްރީސް އެސޯސިއޭޝަނެއް އޮތެވެ. އެ އެސޯސިއޭޝަނުގެ މަސައްކަތް އެންމެ ރަނގަޅަށް ކުރިއަށް ގޮސްފައެއް ނުވެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ރެފްރީންގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ކަމަށްޓަކައި ބޭރުގެ ރެފްރީސް ޑައިރެކްޓަރެއް ގެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޮންފީފާ
06 December 2016
ތެދުވެރިކަމާ އެންމެންނަށް ހަމަހަަ އުސޫލަކުން ގެންގޮއްސިއްޔާ ކިތަންމެހާވެސް ރަނގަޅު...
ގިޔާސް
06 December 2016
ފީފާ އިން ރިޓަޔަރ ކުރަންވާ އިރަށް މެޗްތަށް ނުލިބިދާނެތިޔޯ..އެސޯސިއޭޝަން ހެދީ....
މަޒް
05 December 2016
ފުރަތަމަ ތި އެސޯސިއޭޝަން ގެ ހިންގާ ގަވާއިދު ރަނގަޅަށް ބަލާލުން މުހިއްމު.. ރެފްރީސް އެސޯސިއޭޝަންއެއް ވެއްޖެޔާ ހުރިހާ ކުޅިވަރެއްގެ ރެފްރީން ހިމަނަށް ޖެހޭނެ
ާަައަޙްމަދު ފަޔާޟް
05 December 2016
ރެފްރީ އެސޯސިއޭސަން ހަދާ އިންތިހާބެއް ބޭއްވިއިރު ރާއްޖޭގަ ތިބި އެފް.އޭ.އެމްގެ ކިތަށް ރެފްރީންނަށްބާ އިގުނީ....
ގިޔާސް
06 December 2016
އެންމެ ފުރަތަމަ ރެފްރީންގެ އެސޯސިއޭޝަން އެއް ހަދަންވެގެން ހަމަ ތިމީހުން އެއްވެސް ބަޔަކަށް ނާންގާ ބާއްވަން އުޅެނިކޮށް ފަޅާއަރައިގެން އެކަން ފަނިވެގެން ..މިފަހަރު އެއްވެސް ބަޔަކަށް ވޯޓް ލުމުގެ ފުރުސަތު ނުދީ އެކަން އަމިއްލަ އަށް ހޮވިގެން އިންތިހާބު ވީކަމަށްވަނީ...އެހެން ރެފްރީންގެ ހައްޤުތަށް ކޮބާ؟؟.
ޝިފާން - ފީފާ ރެފްރީ
05 December 2016
މަރުހަބާ.. ތިޔަ އެސޯސިއޭޝަންގެ އިންތިހާބު ބޭއްވި އިރު އަހަރެމެނަށް ނޭނގޭ.. ވަކި ބަޔަކު އިންތިހާބު ކުރަން ވެގެން މީހުނަށް ނާންގާ ސިއްރުން ހުރިހާ ކަމެއްކުރީ.. ރެފްރީ އެސޯސިއޭޝަން ކިޔާނަމަ އެހެން ކުޅިވަރުތަކުގެ ރެފްރީންގެ ހައްގު ކޮބާ؟ޕ
ރެފެރިމުހަމަދު
05 December 2016
ކިހިނެއް އިންތިޚާބުކުރީ ޖަލްސާއަށް ދިޔައީ ހޮވިފަތިތިބި މީހުން އެކަނި އަމިއްލަޔަށް އިންތިޚާބުވެގެނ ތިބި ބައެއް
ފީފާ ރެފްރީ
05 December 2016
ވޯޓްލާން ބޭނުންނަމަ ފުރަތަމަޖެހޭނީ ފުރިހަމަ މެމްބަރަކަށްވާން. މިކަމަށް ހިތްވަރާއި މަސައްކަތް ބޭނުންވާނެ. އަބަދަކު، ހިހޫތަނުން ކާލައިގެން ނުޅެވޭނެ. ރެފްރީކަމަކީ، ބުރަމަސައްކަތެއް. ބުންވަރު، ހިތްވަރު އަދި، ރަނގަޅު އަޚްލާގް ބޭނުންވާ ހުނަރުވެރި ކަމެއް.....
ގިޔާސް
05 December 2016
އެހެންވެގެންތަ އިޒުހާން ފީފާ އަށް ފޮނުވީ....
ގިޔާސް
05 December 2016
ހަމަ އެކަނި ފީފާ މީހުން ވޯޓް ލެވޭގޮތައް ހަދާފައިވާ އެސޯސިއޭޝަނެއް../ވޯޓް ނުލާ ރައީސް ވެސް ދެންތިބި މީހުންވެސް ހޮވާފަ ތިބީ..އަދި ގިނަ ރެފްރިންނަކަށް އެނގިފާވެސް ތިކަމެއް ކުރިއަށް ދާ ކަމެއްވެސް..އަމީޒް ގެ ދައުރު ހަމަވާތީ އެހެންވެ ކޮއްލި ކަމެއް ކަމަށް ވަނީ.............