19 އޮކްޓޯބަރ 2021 - 12:11
މިމަހު 25 ވަނަ ދުވަހު ބަހްރޭނުގައި ފަށާ އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމުގެ ކޯޗު އަލީ ސުޒޭން ޓީމާ ގުޅޭނީ އަންނަ އާދިއްތަ ދުވަހު ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.
ރާއްޖޭގެ ޒުވާން ޓީމު އިއްޔެ ބަހްރޭނަށް ފުރިއިރު، އޮގަސްޓް މަހު 10 ވަނަ ދުވަހު 23 އަހަރުން ދަށުގެ ގައުމީ ޓީމު ހަވާލުކުރި ކޯޗު ސުޒޭން ޓީމާ އެކު ދަތުރެއް ނުކުރެ އެވެ. ކޯޗުންގެ ގޮތުގައި ޓީމާ އެކު ދިޔައީ ދެ އެސިސްޓެންޓް ކޯޗުން ކަމަށްވާ ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) އާއި މުހައްމަދު ޝާހިދު (ޝާޑު) އެވެ. ގޯލްކީޕަރު ކޯޗުންގެ ގޮތުގައި އިމްރާން މުހައްމަދާއި ހަސަން ހަމީދު (ޑަކޭ) ހިމެނޭއިރު ޑރ. ހިޝާމް އަލީ ޒަކީ އާއި ކިޓް މެނޭޖަރު އިސްމާއިލް ނަސީރު (އިއްސެ) ގެ އިތުރުން މެނޭޖަރު މުހައްމަދު އަދުހަމް ވަނީ އިއްޔެ ޒުވާން ގައުމީ ޓީމާ އެކު ބަހްރޭނަށް ފުރައިފަ އެވެ.
މިމަހު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ޓީމުގެ ދެ ކުޅުންތެރިއަކު ވެސް ވަނީ ކޮލިފައިންގައި ވާދަކުރާ ޒުވާން ޓީމުގައި ހިމަނައިފަ އެވެ. އެއީ ވާތު ބެކް ހައިޝަމް ހަސަން (ބިޑި) އާއި ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) އެވެ. މި ދެކުޅުންތެރިންގެ އިތުރުން ވެސް އަބްދުﷲ ޔާމީން (ޔާން) އާއި ހަސަން ނަޒީމް (ޗޯޓު) އަދި މުހައްމަދު ޖައިލަމް (އޮގީ) ފަދަ ސީނިއާ ގައުމީ ޓީމުގެ ތަޖުރިބާ ހުރި ޒުވާން ކުޅުންތެރިން މި ޓީމުގައި ހިމެނެ އެވެ.
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ސީނިއާ ޓީމަށް ވެސް އިރުޝާދު ދިން ކޯޗު ސުޒޭންއާ އެކު، ސީނިއާ ޓީމުގެ ޒުވާން ކުޅުންތެރިޔާ ހައިޝަމް ވެސް ޓީމާ ގުޅެން ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހު އެވެ.
ބަހްރޭނަށް ފުރި 23 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމް. -- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، އަހުމަދު ނާހިލް އިބްރާހިމް، އަހްނަފް ރަޝީދު، ހަމްދޫން އަބްދުލް ލަތީފް، ހައިސަމް ރަޝީދު، ހަސަން އަލީފް އިބްރާހިމް، ހަސަން އީނާޒް، ހަސަން ނައްވާޝް، ހުސެއިން އަހުސަމް މޫސާ (ތިއްތޭ)، މުހައްމަދު ޖައިލަމް (އޮގީ)، މޫސާ އަޒީމް ހަސަން، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، ޝައިފުﷲ އިބްރާހިމް، ޒައިން ޒަފަރު، ޒަޔާން ނަސީރު، އަބްދުﷲ ޔާމީން (ޔާން)، އިސްމާއިލް ޒާން އާމިރު، ހުސެއިން ފައިސަލް (ފައިޓޯ)، އަލީ ނާޖިހު (ނާޖީ)، އަލީ އަޖްފާން އަމްޖަދު، ހަސަން ނަޒީމް (ޗޯޓު)، އިޝާގު ރަޝީދު، ހައިޝަމް ހަސަން (ބިޑި)
ކޮލިފައިން އަށް ފުރުމުގެ ކުރިން ރާއްޖޭގެ ޒުވާން ޓީމު ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ޅ. އަތޮޅުގައި ޓްރެއިނިން ކޭމްޕެއް ކުރިޔަށް ގެންގޮސްފަ އެވެ. އަދި އެ ކޭމްޕުގައި ޒުވާން ޓީމު ވަނީ ނައިފަރާއި ހިންނަވަރުގައި ރަހުމަތްރެރިކަމުގެ ހަ މެޗެއް ކުޅެފަ އެވެ.
ރާއްޖެ ހިމެނޭ ކޮލިފައިން ގުރޫޕް ސީގެ ފުރަތަމަ މެޗުގައި މި މަހު 25 ވަނަ ދުވަހު ކުޅޭނީ އިރާގާ ދެކޮޅަށެވެ. އިރާގަކީ އޭއެފްސީ 23 އަހަރުން ދަށުގެ ފުރަތަމަ މުބާރާތް 2013 ވަނަ އަހަރު ކާމިޔާބު ކުރި ޓީމެވެ. އަދި މި ގުރޫޕުގައި ހިމެނޭ އެންމެ ވަރުގަދަ ޓީމަކީ ވެސް އިރާގެވެ. ދެވަނަ މެޗުގައި 28 ވަނަ ދުވަހު ބަހްރޭނާ ވާދަކުރާއިރު، ފަހު މެޗުގައި މި މަހު 31 ވަނަ ދުވަހު ވާދަކުރާނީ އަފްގާނިސްތާނާ ދެކޮޅަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފޯޓރ
19 October 2021
މި ޓީމަށް އޮފިސަލު ޖޯޒީއެއް ނެތީތަ? ސީނިޔާރ ޓީމަށް އެކަނިތަ ޖޯޒީ ހެދީ
ހާދިރު
19 October 2021
އެޓީމުވެސް ހަލާކުވީ
ޗޮސްބެ
19 October 2021
ސުޒޭނޭ، އެނޫން މީހަކު ނެތީތަ.
މިހާދު
19 October 2021
ސާފްޗެންޕިއަންޝިޕުގައި އެފް.އޭ.އެމުން ހިންގި ކޮރަޕްޝަން ވެސް އެބަޖެހޭ ބަލަން.
ޖުއްބާ
19 October 2021
ވަރައް ރަގަޅު ނުކުތާއެއް ތިބުނީ. ސާފްޗެންޕިއަންސިޕުގެ ފައިނަލް މެޗައް އެފް.އޭ.އެމުން ގަސްތުގަ އިތުރު ނާޖާއިޒު ލާރިހޯދަން 3 ހާސް ޓިކެޓު ވިއްކީ ދަނޑުގަ ހުރި ޖާގައިގެ އިތުރައް. މީ ފީފާ އާއި އޭ.އެފް.ސީ ގަވާއިދުތަކުގަ ކަނޑައެޅިގެން މަނާކަންތައް. އަދިވެސް އެތައް ކޮރަޕްޝަނެއް އެފް.އޭ.އެމުން ހިންގި.
ބެސްޓު
19 October 2021
ސުޒޭނަށް ބަލަދުއަރާފާތަ؟
ތުއްތޭ
19 October 2021
އެބޭޅާއަކީ މޮޅު ބޭޅެއް. ކްރައިފްމެން ވެންގާމެން ފާގަހަސަންބެ ނުވާނެ އެއްޗަކަށް ސުޒީ ކައިރީގަ. އެބޭޅާއަށް މެންޔުނައިޓުން އެތަށްވަރަކަށް ގުޅައިފި އޮލޭ ދަ ވީލް ބޭރުކޮށްފަ ހަވާލުވާންވެސް .އެކަމަކު އެބޭޅާ ބޭނުމެއް ނުވޭ. އިން ސުޒީ ވީ ޓްރަސްޓް. މަހަަލްދީބް ފޯ 2022. އެވެސް ލެއްބެއާ އަންދަރޭއާ ކުޑަމޫސައާ ލައްޗޭ ލައިގެން
ޑަބިޔާ
19 October 2021
ކަތިވަޅިއޭއާ ހަންޖަރޭއާ ލޮންސިއޭއަށް މިފަަހަރު ސްކޮޑުން ޖާގަ ނެތީތަ؟ ހާދަ ދެރަކަމެކޭ.
އެމްޑީ މޮޖޮރިމުލް
19 October 2021
މިފަހަރު ގޯލްކީޕަރު މުންޑެއް ނޫނީ ކަނޑިއްކެއް ލައްވަން ޖެހޭ. އޭރުން އެއީ ފުޓްބޯޅައަށް ސުޒެއިން ގެނައި އިންގިލާބަކަށް ވާނެ. އިއްމާ ބޮޑު އެއްޗެއް. ބޮޑު އެއްޗެއް. އޮލިމްޕަހާ ހަމައަށް ދާވަރު އެއްޗެއް.
ފުޅައް
19 October 2021
ކަލޭ އަރަންވީނުން ގޯލައް ކިތައް އެތި މައިތިރި ކުރެވޭތޯ
ލޭމް
19 October 2021
ބައްކު، ފައިޓޯ، ޗޯޓޯ، ބިޑި، ސުއްޓާ، މީ މީހުނަ ކިޔާ ނަންތަ؟
ާކަރީމް
19 October 2021
"ލޭމް"، މީ މީހުނަ ކިޔާ ނަންތަ؟