މަންދު ކޮލެޖުގެ ޗެއާމަން އިބްރާ (ވ)، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ (ކ) އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް.-- ފޮޓޯތައް: މިހާރު
24 އޮކްޓޯބަރ 2021 - 12:45
މަންދު ކޮލެޖަށް ގެއްލުމުގެ ބަދަލުގައި 15 މިލިއަން ރުފިޔާ ދިން ނަމަވެސް އެ ފައިސާ ދީފައި ވަނީ ހުކުމުގައި ބުނާ މުއްދަތަށް ވުރެ ފަހުން ކަމަށް ބުނެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ދައުވާކޮށްފި އެވެ.
އެ މައްސަލަ ސިވިލް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ މިިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ރަޖިސްޓްރާ ނިންމެވުމުން އެކަން ފަނޑިޔާރުންނަށް އިލްތިމާސްކުރުމުން މައްސަލަ ބަލައިގަންނަން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ.
އިބްރާ ވިދާޅުވީ ޑރ. އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފު ވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ކަމަށާއި އެއީ ސަރުކާރުން ގާނޫނަށް ކިޔަމަންވާން ޖެހޭނެކަން އަންގައިދޭން ކަމަށެވެ.
"މަގުސަދަކީ ސަރުކާރުން ހުކުމްތަކާއި ގާނޫނަށް ކިޔަމަންތެރިވާންޖެހޭނެ ކަން އެންގުން. މިހާރު އެގޮތަކަށް ނޫން ކަންތައް މި ވަނީ. ގާނޫނުއަސާސީއާ ހިލާފަށް ކަންތައް ކުރީމަ އޭގެ ނަތީޖާއެއް ވެސް ނުކުންނަން ޖެހޭ،" އިބްރާ ވިދާޅުވި އެވެ.
އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުން ބާތިލްކޮށް ސަރުކާރުން އެތަން އަތުލި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ސިވިލް ކޯޓުގައި ކުރި ދައުވާއަކާ ގުޅިގެންނެވެ.
އެ ހުކުމްތަކަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މަންދު ކޮލެޖުން ދައުވާކުރި އެވެ. ނަމަވެސް ޑިސްޕިއުޓު މަރުހަލާގައި ދެ ފަރާތުން އެއްބަސްވީ 15 މިލިއަން ނަގައިދޭށެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ހަރަދު ކަމަށް ދައުލަތުން ބުނެ އެވެ.
މަންދުގެ ބަދަލުގެ މައްސަލައިގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ މައްޗަށް ވެސް ދައުވާ ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންމެން ޤަމާރުތަ؟
25 October 2021
ތިޔަ އުޅެނީ ރައްޔިތުންގެ ލާރި ފޭރެން. ޕެޓިޝަނެއް ހަދަންވީ.
ކަނބިލި
25 October 2021
އިބުރާ ސަރުކާރުކޮޅަށް ފައި އެއްލައިގެން މިއުޅެނީ ނުހައްގުން ބައިތުލްމާލުން ފައިސާ ހޯދަންތާ. އެމްއީއެސް އިމާރާތަކީ އަޅާ ނިމިފައިހުރި ތަނެއް. އިބުރާއަށް ކޮލެޖު ހިންގަން ދިނީ ވަކި މުއްދަތަކަށް. މުއްދަތު ހަމަވުމުން އެތަނުން ނިކުންނަން ޖެހޭނެ. ނުނިކުތުމުން އެކަން ސަރުކާރުން ތަންފީޒުކުރީމާ ލިބުނު ގެއްލުމޭ ކިޔާފާ އިބުރާއަށް މިލިޔަނުން ފައިސާ ދައުލަތުން ދޭންޖެހޭ ސަބަބެއް އޮންނާނެކަމަކަށް ނުވިސްނޭ އެއްގޮތަކަށްވެސް
ދެންނެތްތަ
25 October 2021
15 މިލިއަން ދޭން ނުޖެހޭ މީހަކަށް 15 މިލިއަން ދީގެން މައްސަލަޖައްސާނެ މީހަކު މިގައުމުގަ ނެތުމަކީވެސް ހިތާމަހުރި ކަމެއް
ސުޕްކޯޓް އަކީ
25 October 2021
ފައިސާގެ އަގު ކިޔަނީ ހަމައެކަނި އޭގަ ޖަހާފަ އޮންނަ އަދަދަކުން ނޫން. ފައިސާގެ އަގު ގުޅިފައިވާނެ ވަގުތާ ވެސް. މިއަދުގެ 1000 ރުފިޔާ އަކީ މާދަމާގެ، ނޫނީ 10 އަހަރު ފަހުން 1000ރ އެއް ނޫން. ބޭންކު ތަކުން ބޭނުންކުރަނީ ވަގުތު، އެމީހުން ބިލިއަނުން ފައިދާ ނަގަން. މުޅި ދުނިޔެގެ ފައިސާ ދައުރު އެކުރަނީ ވަގުތާ އެއްކޮން. ދަރަނި އަދާކުރަން، ނޫނީ ދޭންޖެހޭ ފައިސާ ނުދީ ހިދަހައްޓާފަ 20 އަހަރު ފަހުން ހަމަ އެއަދަދު ދިނީމަ ކޮންތާކު މިޖެހުނީ؟ ގައުމުގެ ކަނޑުކޮހުން ގިނައީ!
ނަޖްވާ
25 October 2021
ބަލަގަ ދައުލަތުގެ އިމާރާތެކޭ މީނާ ހައިއިސްކޫލު ހިންގަން ދިނީ! މީނާ އެތާ ހިންގީ ހައި އިސްކޫލެއްތަ ނޫނީ މީނާ އަމިއްލައަށް އުފައްދައިގެން އުޅޭ ކޮލެޖެކޭ ކިޔާ ތަނެއްތަ؟ އެމްއީއެސް ހިންގި އިމާރާތަކީ ދަޢުލަތުގެ އިމާރާތެެއް! އަނެއްކާ އެތަން ދިނީ އެމްއީއެސްގެވެރިންވެސް އެއްބަސްވެގެން އެމްއީއެސް ނަމުގެ ތެރެއަށް ހިމަނައިގެން ހައި އިސްކޫލެއް ހިންގަން! މީނާ އެތާ އިސްކޫލެއް ހިންގި ތަ؟ބަލަ މީނާގެ ކޮއްކޮ ފައްޔާޒު ފިނޭސް މިނިސްޓަރީ ނުވެސް ނުކުމެ ފައިސާ ނުލިބެނީސް
ފިޔަކޮށާލި ގުޑުގުޑާ ދޫނި
25 October 2021
އިބުރޭ އަދިވެސް ހުންނާނެ ނުންބާ ކަންކަން ނޫނީ ދެން ހަމަ ކަމެއް ނެތީތަ
އައްޔަ
25 October 2021
މިއިބުރާނޫނީ ނެތްގާނޫނު ދަންނަމީހެއް, މީނަނުކުރާނެ ގާނޫނާ ޚިލާފު އެއްކަމެއްވެސް !
މީއެކިޔާ
25 October 2021
މީއެކިޔާ ޖީއެމް އާރ ކަހަލަ މަސް އަލަޔެއް އެއްވެސް ތަފާތެއްނެތް ތަފާތަކީ ސުކޫލަކާ އެއަރޕޯޓް އާވީފަރަގެއް އެއްކަހަލަގެ މަސް އަލަޔެއް 2 ތަންވެސް ދިނީއެއްބަޔެއް ވީމާ ތިޔަ 2 ތަން ދިންމީހުން ސަރިޔަތައް ގެނެސް ދައުވާކުރަންވީ މިދެން ބޮޑުވަރު ގައުމެއްގެ ވެރިކަން އެންމެ ފަސް އަހަރަށް ރައްޔިތުން ކައިރީގަ އާދޭސްކޮއްގެން ހޯދައިގެން ކުރަން ސަހަރޯ ގައުމެއްނެތް
ތިމީހާ
25 October 2021
ދެންތިމީހާ ވެއްޖެނޫން އެޕާޓް މެންޓެއްދީފަ ނަމަވެސް ކޯޓް ގައި ދާއިމައް ބަހައްޓަން ކޯޓުން ނުނުކުމެ މަސް އަލަހުށައަޅާލަ އަޅާލަ ސާބަހޭ ދަރިޔާ
ޝަފީރު
24 October 2021
ތިވެސް ދީ ހުސްކުރޭ. ދައުލަތް