ވިޔަފާރި / ބޭންކިން

ބޯޑަށް ނާންގައި 162،000 ޑޮލަރު ނެގުމުން އެމްއައިބީގެ ސީއީއޯ ސަސްޕެންޑް ކޮށްފި

އެމްއައިބީގެ ހަފްލާއެއްގައި އެ ބޭންކުގެ ސީއީއޯ އަަދި މެނޭޖިން ޑިރެކްޓަރު އެހްތިޝާމް ވާހަކަ ދައްކަވަނީ: ބޭންކުގެ ބޯޑުން ވަނީ އޭނާ ސަސްޕެންޑް ކޮށްފައި-- ފައިލް ފޮޓޯ: މިހާރު

ބޯޑަށް ނާންގައި 162،000 ޑޮލަރު (2.4 މިލިއަން ރުފިޔާ) ނެގި މައްސަލައެއްގައި އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން ސަސްޕެންޑްކޮށްފި އެވެ.

ބަންގްލާދޭޝް ބޭފުޅެއް ކަމަށްވާ އެހްތެޝާމް ސަސްޕެންޑް ކޮށްފައިވާކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ. އެކަމަކު ބޭންކުން ނެރުނު ކުރު ބަޔާނެއްގައި ބުނީ އެފަދަ ސަސްޕެންޝަނެއް ކޮށްފައިނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އިތުބާރު ހުރި ފަރާތަކުން "މިހާރު" އަށް ކިޔައިދިން ގޮތުގައި އެހްތެޝާމަށް ޑޮލަރު ދޫކޮށްފައިވަނީ ބޭންކުގެ އެޗްއާރު އޮފިސަރާއި ޗީފް ފައިނޭންޝަލް އޮފިސަރުގެ ސޮޔާ އެކުގަ އެވެ. ނަމަވެސް މިކަން ބޯޑަށް ނާންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ކޮން ނަމެއްގައި، ނެގި ފައިސާއެއް ކަމެއް އަދި ނޭނގެ އެވެ.

އެމްއައިބީ އަކީ 2019 ވަނަ އަހަރުން ފެށިގެން ޕަބްލިކް ކުންފުންޏެކެވެ. އެ ބޭންކުން ވަނީ ކުންފުނީގެ 31 ޕަސެންޓު ހިއްސާ އާއްމުންނަށް ވިއްކައިފަ އެވެ.

14 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 10%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަޗާ

30 October 2021

ޑޮލަރުގެ ކަމެއް ވިއްޔާ ބޮންދެއް މިއުޅެނީ. މަގުމަތީގަވެސް ބޭންކް ތެރޭގަވެސް

The name is already taken The name is available. Register?

ކަރުސ

29 October 2021

އިސްލާމިކް ފައިނޭންސް ގެ ކަމެއްބާ.

The name is already taken The name is available. Register?

މާކުންބޭ

29 October 2021

މި ސީއީއޯގެ މި ޢަމަލަކީ ޤަބޫލުކުރެވޭނެކަމެއް ނޫން. އޭނަ ވަކިރުމަށް ހިއްސާ ދާރެއްގެ ހައިސިއްޔަތުން ގޮވާލަން. މިބޭފުޅާގެ ހިންގުންތެރިކަންވެސް ވަރަށް ދަށްކަމަށް އަޑުއިވޭ. އެމްއައިބީ ވަރަށް ރަގަޅަށް ހިންގެވި ހާރިސް އަނބުރާ ގެނެވޭތޯ ބައްލަވާ.

The name is already taken The name is available. Register?

ޑރ. އިބްރާހިމް ޖަލީޅު

29 October 2021

އިސްލާމީ ގައުމުތަކުގައި ވަގުން ވަރަށް ގިނަވާނެ. ނިކަސް ނިސްނާ ތިބެންވާނީ

The name is already taken The name is available. Register?

ބުރުގާ

29 October 2021

ޕަބްލިކް ކުންފުނިތަކުންވެސް ގެންގުޅޭ އުސޫލަކީ ކުންފުނިތެރޭ ބޮޑެތި ޖަރީމާތައް ހިނގީމަ އެކަން އާންމުނުކޮއް ފޮރުވުން. ތިހެންހެދީމާ ގެއްލެނީ ކުންފުނީގެ އިތުބާރު. ދެން ނޫސްވެރިންނައް މިޖެހެނީ އަޑިއަޑިން ހަބަރުހޯދަން.

The name is already taken The name is available. Register?

2021

29 October 2021

ބަންގާލި ބޭފުޅަށް ވެއްޖެއްޔާ އޯކޭވާނެ.....

The name is already taken The name is available. Register?

ޢަހްމަދުނސީމ

29 October 2021

ބަންގާޅީ ބޭފުޅެއްދޯ

The name is already taken The name is available. Register?

87654

29 October 2021

މިއީ ދޯ އެކިޔާ އިސްލާމިކް ފައިނޭންސް އަކީ

The name is already taken The name is available. Register?

ެއެމް.ޑީ ޒާކިރް

29 October 2021

ތިޔާ ބޭންކުގެ ހިންގުންވަނީ ވަރަށް ދޯހަޅި ވެފައި..ބޭންކިންގެ ތަޖުރިބާ ނެތްބަޔަކަށް ބޮޑެތި މަގާމްތައް ދީގެން މުޅި ކުންފުނި ހަލާކުވެގެންދަނީ....މިއީ ހިއްސާދާރުން ކަންބޮޑުވާކަމެއް...

The name is already taken The name is available. Register?

ފޫހި

29 October 2021

ތިޔަކަމަށް ވެސް ހަމަ ބަންގާޅީއެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454