ވިޔަފާރި / ދައުލަތުގެ ބަޖެޓް 2022

ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނަގަނީ

ޕްލާސްޓިކް ކޮތަޅުތަކެއްގައި ތަކެތި ގެންދަނީ. އަންނަ އަހަރު ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަނީ--

ރާއްޖެ އަށް އެތެރެކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނަގަން ނިންމައި އެ ޓެކްސް އިން 48 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންނަ އަހަރުގެ ބަޖެޓްގައި އަންދާޒާކޮށްފި އެވެ.

ދައުލަތުގެ ބަޖެޓުގައި އާމްދަނީ ހޯދަން ހިމަނާފައިވާ އާ ކަންކަމުގެ ތެރެއިން އެއް ކަމަކީ ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހުއްޓާލުމަކީ ސަރުކާރުން އިސްކަންދޭ ކަމެކެވެ. މިކަމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން 2020 ވަނަ އަހަރު އެކުލަވާލާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގައި، ބައެއް ތަކެތިން ޓެކްސްއެއް ނެގުމަށް ނިންމާފައިވެ އެވެ.

ޕްލާސްޓިކް ކޮތަޅުން މި ޓެކްސް ނަގަނީ ކޮން އުސޫލަކުން ކަމެއް އަދި ކަނޑައެއް ނާޅަ އެވެ. އެހެން ކަމުން މި ޓެކްސް ނަގަނީ ފިހާރަތަކުން ކަމެއް ނުވަތަ އިމްޕޯޓު ކުރާ ފަރާތްތަކުން ކަމެއް ސާފެއް ނުވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮތަޅަކަށް 1ރ. އާއި 4ރ. އާ ދެމެދުގެ އަދަދަކުން ޓެކްސްއެއް ގިނަ ގައުމުތަކުގައި ނަގާ ކަމަށާއި، އެ ފަދަ ގައުމުތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ވަނީ 60 ޕަސެންޓާއި 90 ޕަސެންޓުގެ މިންވަރަކަށް ދަށްވެފައި ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ޓެކްސް ނެގުން އެއް ކުއާޓާ އަށް ލަސް ވެއްޖެ ނަމަ ޕްލާސްޓިކް ކޮތަޅުން ލިބޭ އާމްދަނީ 35 މިލިއަން ރުފިޔާ އަށް ދަށްވާނެ އެވެ. އަދި ތިން ވަނަ ކުއާޓާ އަށް ޓެކްސް ނެގުން ލަސްވެއްޖެ ނަމަ 23 މިލިއަން ރުފިޔާ އަށް އާމްދަނީ ދަށްވާނެ އެވެ. އަދި ހަތަރު ވަނަ ކުއާޓާއަށް މިކަން ތަންފީޒުކުރުން ލަސްވެއްޖެ ނަމަ ލިބޭނީ 10 މިލިއަން ރުފިޔާ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި ބަޔޯޑިގްރޭޑަބަލް ކޮތަޅު ކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި އެ ތަކެއްޗަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތައް ވެސް އާންމުކޮށްފަ އެވެ. އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުންކުރާ ވަރު މަދުކުރަން ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.

25 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

01 November 2021

ކޮންމެ މީހެއްގެ ފައިވާން ނަމްބަރު ބަލާފަ، ނަމްބަރަކަށް -/1 ނަގަން ހަދައިފިއްޔާ މާގިނަ ލާރި ލިބޭނެ!

The name is already taken The name is available. Register?

ކައްކާ

31 October 2021

އޯކޭތާ މަހުޖަނުން ގެންނަ ލަގުޒަރީ ޔޮޓުފަހަރުން ޓެކްސް ކަނޑައިފިތާ.

The name is already taken The name is available. Register?

މަހޭ

31 October 2021

ރައްޔިތުން ފެލައިގެން ނޫންގޮތަކަށް ވެރިކަން ކުރަން ނޭންގެނީތަ ކަލޭމެންނަށް؟ މިނޫނަސް އެހެންމީހުންވެސް މިގައުމުގަ ވެރިކަން ކޮށްފަ ހިނގައްޖެ!

The name is already taken The name is available. Register?

މިގޮތް އޯކޭ.

31 October 2021

ގޭގައި ކުނި އަޅަން ބާލިދީ އެއް މަބަހައްޓާނީ. ވެމްކޯ އަންނަ ގަޑިއަށް މަގުމައްޗަށް ގޮސް ބާލިދީ އޮއްސާލާނީ. ދެންނުޖެހޭނެ ކޮތަޅު ގަންނާކަށް. ޓެކްސް ނަމުގައި ނިކަމެތި ރައްޔިތުން ފެލަން ކުރާކަމެއް މީ. އާމްދަނީ ހޯދަން މޮޅު ގޮތެއް ތީ. ޕްލާސްޓިކް ކޮތަޅު ގެ ބަދަލުގައި ބޭނުންކުރާނެ އެއްޗެއް ނެތް. ގާބޭޖް ޝޫޓެއް ނެތް. އެންމެ ފުރަތަމަވެސް ރައްޔިތުން ފެލަން މިއުޅެނީ. ކުރިމަތިންނާއި ފުރަގަހުންނާއި ދެއަރިމަތިން ނިކަމެތިމީހާ ފެލައިގެން ވެރިކަންކުރަން އުޅޭ ބައެއް.

The name is already taken The name is available. Register?

ބޮޑުމީހާ

31 October 2021

މިގައުމުގަ ނުގަވާއިދުން އުޅޭ ކޮންމެ ބިދޭސީއަކު އަތުން އެއްޗެއް ނަގާބަލަ..ހައިވޭގަ ޓްރެފިކްފުލުހުން ހީވަނީ މާވަހަރު ހޮވަން އުޅޭހެން ހަމައެގޮތަށް މާލެ ރީޖަންގެ ނުގަވާއިދުން އުޅޭ ބިދޭސީން ޖޫރިމަނާ ކުރާނަމަ ދުވާލަކު ދެލައްކަ ރުފިޔާވެސް ދައުލަތަށް ލިބިދާނެ

The name is already taken The name is available. Register?

ސިންބޮ

31 October 2021

ތިމާވެއްޓޭ އަނެކައްޗެކޭ ކިޔައިގެން ކިހާބޮޑު ނުހޮރުއްޕާނެއް މި ޖައްސަނީ!! ބޮޑެތި ސަމިޓްތަކަށް އިރު އިރުކޮޅުން ފުރައިގެންގޮސް ބަޖެޓް ހުސްކޮއްފައި އަދި އެބައިވެސް ފޫބައްދަން ރައްޔިތުން ފެލަނީ ދޯ؟! ރައްޔިތުންނަށް ލިބޭ މުސާރަވެސް ޓެކުހޭ ކިޔަފައި ދައުލަތައް ނަގަންވީނު؟!!!! ހެސްކިޔާފަ ލޯނުނަގާތި އަދިވެސް!

The name is already taken The name is available. Register?

ކޮރަލް

31 October 2021

އަދިވެސް ސިނގިރޭޓް ގެ ޑިއުޓީ ބޮޑު ކޮށްލަން ވީ އެވެ. އެއްގޮތަކަށް ވެސް ކޮންޓްރޯލް އެއް ނުވެ އެވެ.

The name is already taken The name is available. Register?

1828

31 October 2021

ދިވެހި ޒުވާނުންނަށް ދުޅަހެޔޮ އަދި އުފާވެރި ދިރުއުޅެއް އުޅެން ސަރުކާރުން ބޭނުންވާނަމަ ދުންފަތުގެ ހުރިހާ ބާތެއް އަދި ހުރިހާ ބާވަތެއްގެ އެނަރޖީ ޑްރިންކްސް ރާއްޖެތެރެ އެތެރެކުރުން މިހާރުން މިހާރަށް ހުއްޓާލަންވީ. އެތަކެތިން ނަގާ ޓެކްސް ކިތައްމެ ބޮޑުކުރިޔަސް އެ ބޯން ބޭނުންވާ ބަޔަކު މުސާރަ އެއްކޮށް ހުސްކޮށްފައި އެތަކެތި ގަނެގެން ބޯނެ. އަގު ބޮޑުކުރުން ނުވަތަ ޓެކްސް ބޮޑުކުރުން އެއީ އެކަން މަދަކުރަން ނުވަތަ ހުއްޓުވަން ކަންކަން ކުރަންޖެހޭ ގޮތެއް ނޫން.

The name is already taken The name is available. Register?

ކޮސްގޮވަނީއޭ

31 October 2021

ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާ ޓެކްސް ނެގުމުގެ އެއްވެސް ބޭނުމެއް ނެތޭ ޕްލާސްޓިކް އަކީ އެއީ ތިމާވެއްޓަށް ގެއްލުންވާނެ އެއްޗެއް ކަން މިހާތަނަށް ހޯދި ހޯދުން ތަކުން ސައެންޓިފިކް ކޮމިއުނިޓީން ބުނަނީ އެއިން ތިމާވެއްޓަށް ގެއްލުންވާނެ އެއްޗެއް ނޫނޭ ޕްލާސްޓިކް ވެސް ހަދަނީ ގަސް ތަކުން ދެން ކަރުދާސް ހަދަނީ ގަސް ތަކުން ދެން ކޮބާތޭ ތިމާވެއްޓަށް ޕްލާސްޓިކް އިން ގެއްލުންވާނެ ގޮތަކީ އެއީ ސައެންޓިފިކަލީ ޕްރޫވެން ކަމެއް ނޫނޭ ސަރުކާރުގެ ފައިސާ ހުސްވެގެން

The name is already taken The name is available. Register?

ޗޮސްބެ

31 October 2021

ޕްލާސްޓިކް ކޮތަޅަކީ އެނައްތާލުމުގައި ފަރުވާ ކުޑަކޮއްފިނަމަ، ޔައުނީ މޫދައް އުކައިފިނަމަ އޭން ތިމާވެއްޓަށް ގެއްލުންވާނެ އެއްޗެއް. ނަމަވެސް، ރަގަޅު ގޮތުގަ ނައްތާލައިނަމަ ނުވަތަ ރީސައިކަލް ކޮއްފިނަމަ އެޔަކުން ތިމާވެއްޓަށްވާނެ އެއްވެސް ގެއްލުމެއްނެތް. ޕްލާސްޓިކް ކޮތަޅަކީ ރާއްޖެޔަށް ވަރަށް ބޭނުންތެރި އެއްޗެއް އޭން ޑިޔުޓީ ބޮޑުކޮއްފިނަމަ އެއީ އާއްމު ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް. އަދި އެތެރެކުރުން މަނާކޮއްފިނަމަ އެއީ ވަރަށްބޮޑު އުދަގުލަކަށް ވާނެ.

The name is already taken The name is available. Register?

ރަޔާން

31 October 2021

އެއީ އެބުނާ (ރައްޔިތުންނަށް ނުއުފުލޭ ވަރުގެ) ބަރު-ލަމާނީ އަކީ. އަދި ކިރިޔާ އޭގެ ކޮޅުމަތި މި ފެންނަނީ. އެންމެ ފަހުންގޮސް ރައްޔިތުމީހާ އަމިއްލަ ގޭގެ ތެރޭގަ ހުންނަ އެންދުގަ ނިދާ ކޮންމެ މިނެޓަކަށްވެސް މީޓަރު ބަހައްޓައިގެން ޓެކްސް ނަގާނެ.

The name is already taken The name is available. Register?

ބޮރިކް

31 October 2021

އަނހެން ވެރިން މައްސަރު ކަންތަށް ދިމާވީމަ ޖަހާ ޕެޑުން ޓެކްސް ކަޑާލި. ގޭގަ ކޮންމެ ސުވަހަކު ކުނިވާ ކުނި އަޅަން މަޖުބޫރު ކޮށްފައިވާ ކޮތަޅުން ޓެކުސް. ހަމައެއް ނުޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454