ރިޕޯޓް

ވަގަށް ނެގި ފައިވާނަކުން ގައުމުގެ ހާލަތު!

ދިވެއްސެއްގެ ގައިގައި "ބަންގާޅީ" އަކު ޖެހުމުން ބައެއް ދިވެހިންގެ ލޭހޫނުވެއްޖެ. ގިނަ އަދަދެއްގެ ބަންގްލަދޭޝްްގެ މީހުން ވެސް އުޅޭ ހިސާބަކަށް ވާތީ ބަންގްލަދޭޝްގެ މީހުން ވެސް އޭގެ ތެރެއަށް ވަދެގެންފި

ހީނާމާގޭ ޕާކިން ޒޯންގައި ފުލުހުން ރޭ ހަރަކާތްތެރިވަނީ

ފެށެނީ ކުޑަކުޑަ ކަމަކުންނެވެ. އެކަމަކު ފަހުން އެކަން ވަރަށް ބޮޑުވެގެން ދެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަން، ފަހުން ގައުމީ މަސްލަހަތާ ވެސް ގުޅިގެން ދެ އެވެ؛ މިއީ އޭގެ ތެރެއިން އެއް ކަންތަކެވެ.

މަޖީދީމަގު ހީނާމާގޭ ޕާކިން ސަރަހައްދުގައި ހުންނަ މަޝްހޫރު ދެބުރި މިސްކިތް ކައިރީގައި ރޭ ދެ މީހަކު ތަޅައިގަނެގެން މީހުން އެއްވި އެވެ. އޭގެ ތެރެއިން އެކަކީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ލޭބަރެކެވެ. އަނެކަކީ، މާލެ ތެރެއިން އާންމުކޮށް ފެންނަ، ފަހަތުން ދަބަހެއް އަޅުވައިގެން އުޅޭ ޒުވާނުންގެ ތެރެއިން އެކަކެވެ.

ބަންގްލަދޭޝްގެ މަސައްކަތު މީހާ ރޭ މަޣްރިބު ނަމާދުން ފޭބިއިރު އޭނާގެ ފައިވާން ވަގަށް ނެގީ އެވެ. ދިވެހި ޒުވާނާގެ މައްޗަށް އެ ތުހުމަތު ދިޔައީ އެވެ. އޭނާ ހިފަހައްޓައި، ބަންގްލަދޭޝްގެ ވަރަށް ގިނަ ބަޔަކު އުޅޭ ހީނާމާގޭ ޕާކިން ޒޯނު ތެރެއަށް ވެއްދީ އެވެ. އެތަނުން އެއް ބަންގްލަދޭޝް މީހާ "ކަލޭ ކޮންމެ ރެއަކު ފައިވާން ވަގަށް ނަގަނީ" އޭ ކިޔައިފައި އޭނާގެ ބުރަކަށީގައި ޖެހި އެވެ. ފިރިހެން މީހާ ތަންކޮޅަށް ދުރަށް ޖެހިލައިފައި ފޯނުން ކޮންމެވެސް މީހަކަށް ގުޅި އެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތަނަށް "އޭނާގެ" އެހެން ތިން މީހަކު އައެވެ.

މައްސަލަ ބޮޑުވެ އެތަނަށް މީހުން އެއްވެއްޖެ އެވެ. ވީކިހިނެއްތޯ އަހަން ފަށައިފި އެވެ.

"މިހިރަ ބަންގާޅީ ގޮލާ މަގޭ ގައިގައި ލެޑީ،" ދިވެހި ޒުވާނާ ބުންޏެވެ.

އޭރު އޭނާގެ ވަށައިގެން ދިވެހިންތައް އެއްވެފައި އޮތެވެ. ދިވެއްސެއްގެ ގައިގައި "ބަންގާޅީ" އަކު ޖެހުމުން ބައެއް ދިވެހިންގެ ލޭހޫނުވެއްޖެ އެވެ. ގިނަ އަދަދެއްގެ ބަންގްލަދޭޝްްގެ މީހުން ވެސް އުޅޭ ހިސާބަކަށް ވާތީ ބަންގްލަދޭޝްގެ މީހުން ވެސް އޭގެ ތެރެއަށް ވަދެގެންފި އެވެ.

"އަހަރެމެން ކިތަންމެ ކަމެއް ކުރިޔަކަސް ކަލޭމެންނަކަށް އަހަރެމެންގެ ގަޔަކު އަތެއް ނުލެވޭނެ. ހަނދާން ކުރާތި،" އެތަނުގައި ހޫނުވެފައި ހުރި ދިވެއްސަކު އޭނާގެ ޝަހާދަތް އިނގިލި ބަންގްލަދޭޝްގެ މީހެއްގެ ލޮލާ ކައިރިކޮށްލަމުން އިންޒާރު ދިނެވެ.

އެ ޒުވާބުގަނޑު ހޫނުވެގެން ދިޔައިރު، ދިވެހި ޒުވާނާގެ ގައިގައި ޖެހި ކަމަށް ބުނާ ބަންގްލަދޭޝްގެ މީހާ ހުރީ ދިވެހިންގެ މެދުގައި ތާށިވެފަ އެވެ. އެ ވަގުތު ސައިކަލެއްގައި ދިޔަ ހަތަރު ވަރަކަށް ޒުވާނުން ކައިރިކޮށްލައިފައި "ކިހިނެއްހޭ ވެގެން މި އުޅެނީ" އަހައިފައި ސައިކަލުން ފައިބައިފި އެވެ. އަދި އޭގެ ތެރެއިން އެކަކު މަޑުމަޑުން ހިނގާފައި ގޮސް، ވަށައިގެން ތިބި މީހުން ބޭރުގައި ހުރެ އަތް ފޮޅާލައިފައި ބަންގްލަދޭޝް މީހާގެ މޫނުމަތީގައި ގޮށްމުށުން ޖަހައިފި އެވެ.

"ދިވެއްސެއްގެ ގައިގައި ޖެހީމަ އޭގެ ބަދަލުގައި މި ޖެހީ،" އޭނާ އެހެން ބުނެފައި ސައިކަލްގައި ނައްޓާލައިފި އެވެ.

ނިދާނެ ތަނެއް ވެސް ނެތް ބަޔަކު އާންމު ތަނެއްގައި ނިދަނީ: މާލޭގައި ބޮޑުވެފައިވާ މައްސަލައެއް -- ފައިލް ފޮޓޯ: މިހާރު

މައްސަލައަކީ ފައިވާން ވަގަށް ނެގުމެވެ. އެ މައުލޫއު އޮތީ އޮތްތާނގަ އެވެ. މިހާރު މައްސަލަ ހޫނުވެގެން މިއުޅެނީ ދިވެއްސެއްގެ ގައިގައި ބަންގްލަދޭޝްގެ މީހަކު ޖަހައިގެންނެވެ. ފަހުން އެތަނަށް ދިޔަ މީހަކު ބަންގްލަދޭޝްގެ މީހާގެ މޫނުމަތީގައި ވީއްލާލުމުން އެތާނގައި ތިބި ބަންގްލަދޭޝްގެ ބައެއް މީހުން ލޭ ކެކިގަތެވެ. އަވަގުރާނަ ގޮވަން ފެށި އެވެ.

"ކަލޭމެން ކުރީ ދުވަހަކު ވެސް އަހަރެމެންގެ މީހެއްގެ ވޮލެޓް ވަގަށް ނަގަނީ. އަނިޔާކޮށްފައި އަތުލީ ވެސް،" ބަންގްލަދޭޝްގެ މީހަކު ބުންޏެވެ.

އޭގެ ޖަވާބުގައި އެތާނގައި ހުރި އެހެން މީހަކު، "ހެވޭ... އެހެންވިޔަސް ކަލޭމެންނަކަށް މި ގައުމަކު އަހަރެމެންނަކަށް އަނިޔާއެއް ނުކުރެވޭނެއޭ،" ބުންޏެވެ.

އެއް ބަޔަކު އަނެއް ބައެއްގެ ގަޔަށް އަރައިފާނެތީ، އެ މީހުން ދުރުކުރަން ވެސް ބައެއް މީހުން މަސައްކަތް ކުރި އެވެ. މަގުމަތިން ދިޔަ ފުލުހަކު އެތަނަށް ދިޔަ އެވެ. އިރުކޮޅަކުން އެހެން ތިން ފުލުހަކު ވެސް އެތަނަށް ގޮސް، އެކަން މައިތިރިކޮށްފި އެވެ. އޭރު ފައިވާން ވަގަށް ނެގި ކަމަށް ބުނާ ޒުވާނާ ފިލައިފި އެވެ. ފުލުހުން ސުވާލުކުރީ އަނިޔާ ލިބުނު ބަންގްލަދޭޝްގެ މީހާއާ އެވެ.

"ދިވެއްސަކު ވިޔަސް ޖަހަންވީމަ ޖަހަންވީ. ނުޖަހާ ގޮތަކަށް ނޫނޭ އެ އުޅެނީ. މިތާނގައި ތިބޭ ބަންގްލަދޭޝްގެ މީހުންނަށް އެ މީހުން ހާދަ ދުއްތުރާއެއް ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު އެބަ ކުރެއޭ،" ދުރުގައި ސައިކަލެއްގައި އިށީނދެލައިގެން އިން މީހަކު ބުންޏެވެ.

"މި މިސްކިތުން ކޮންމެ ދުވަހަކު ވެސް ފައިވާން ގެއްލޭ އަދަދެއް ނޭނގެ. އެ ގްރޫޕުގެ މީހުން އެ ވަގަށް ނަގައިގެން ގެންގޮސް ދަބަހަށް އަޅައިގެން ވިއްކަނީ."

އަސްލު މައްސަލައަކީ ކޮބާ؟

ބައެއް މައްސަލަތައް އަހަރެމެންނަށް ކަމަކަށް ނުވިޔަސް، ބަންގްލަދޭޝްގެ ބައެއް މީހުން ބުނާ ގޮތުން، އެއީ ކުޑަކަމެއް ނޫނެވެ.

"ކޮންމެ ދުވަހަކު ފައިވާން ނަގާ މީހެއް އެއީ. އަހަރެމެންނަށް އޭނަ އެނގެނީ،" މައްސަލަ ފިނިވި ފަހުން އެތާނގައި ހުރި ބަންގްލަދޭޝްގެ މީހަކު ބުންޏެވެ.

"އަބަދު ފައިވާން ނުގަނެވެނީ ދޯ. މިކަން ނުވެސް ހުއްޓެނީ..."

ހަޅުތާލު ކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފައި: ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ -- ފައިލް ފޮޓޯ: މިހާރު

ރާއްޖޭގައި ލައްކައެއްހާ ބިދޭސީން، ހާއްސަކޮށް ލޭބާ ކެޓަގަރީގެ އެތައް ބައިވަރު ބިދޭސީން އުޅޭއިރު އެ މީހުންގެ ވެސް ގުރޫޕުތައް އޮވެ އެވެ. އެކި ސަރަހައްދުން ބޮޑެތި ގުރޫޕުތައް އެބަ ފެނެ އެވެ. ބިދޭސީންގެ އަދަދު ފަތުއަޑު ކިޔާފައި މިދަނީ މައްޗަށެވެ. ގަަވައިދާހިލާފަށް އުޅޭ އެތައް ބައިވަރު ބިދޭސީންގެ ތެރޭގައި ކޮންމެ ފަދަ ކަމެއް ކުރަން ވެސް ޖެހިލުން ނުވާ ވަރުގެ މީހުން އެބަތިއްބެވެ. މީގެ ކުރިން ބަންގްލަދޭޝްގެ މަސައްކަތު މީހުން ތޫނު ހަތިޔާރާ އެކު ފުލުހުންނާ ވެސް ކުރިމަތިލައިފި އެވެ. ސަބަބަކީ، ސަރުކާރުގެ ސިޔާސަތު އޮތް ގޮތުން އެ މީހުން ކޮންމެ ކުށެއް ކުރިޔަސް ބޮޑުވަރަކަށް ކުރެވޭ ކަމަކީ ޑީޕޯޓްކޮށްލުން އެކަނި ކަމަށް ވާތީ އެވެ.

އަނެއްކޮޅުން މަސްތުވާތަކެތީގެ ވަބާގައި ޖެހި، އުޅޭނެ ގޮތެއް ނެތި އެތައް ބައިވަރު ޒުވާނުން މާލޭގެ މަގުގައި ލާހޫރެނީ އެވެ. އެ މީހުންގެ ފަރާތުން ކުރާ ވައްކަންތައް އިތުރުވަނީ އެވެ. ގޭގެ އަށް ވަދެ ވައްކަންކޮށްގެން އެ މީހުން ފަހާ އެހެން މީހުން މަގުތަކުގައި ދުވާތަން މިހާރު އެއީ އާންމު މަންޒަރެކެވެ.

ދަބަސް އެޅުވި ޒުވާނުންގެ ފަރާތުން ދިމާވާ މައްސަލަތައް މަދެއް ނޫނެވެ. ވައްކަންތައް އޮތީ އިންތިހާގަ އެވެ. އަޅާލާނެ ބަޔަކު ނެތެވެ. އަނެއްކާ ވެސް ހަމަ ބުނަން އޮތީ މިހެންނެވެ؛ ސަރުކާރުގެ ސިޔާސަތުތައް އޮތް ގޮތުން މި މީހުންނަށް ދެވޭ އަދަބެއް ވެސް ނޯވެ އެވެ.

ކަންކަން ފެށެނީ އާދައިގެ ގޮތަކަށެވެ. މިއީ ވިސްނަން ޖެހިފައިވާ ގައުމީ ބޮޑު މައްސަލައެކެވެ. ކަންކަން ބޮޑުވެ ހައްލު ނުވާ ހިސާބަށް ދިއުމުގެ ކުރިން މައްސަލަ ހައްލުކުރަން ޖެހެ އެވެ. މާދަމާ ފައިވާނެއް ވަގަށް ނަގައިގެން ދެން ނުކުންނާނީ އެއްކޮޅުން ނުކުންނާނީ އެންމެ ބަންގްލަދޭޝް މީހެއް ނޫނެވެ. އަނެއްކޮޅުން ނުކުންނާނީ އެންމެ ދިވެއްސެއް ވެސް ނޫނެވެ.

71 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 76%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޯ ވަޒަން

07 November 2021

މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެއް. ދީނުގެ މައްޗަށް ޤައުމު އިހެއް ނުކުރެވޭނެ. ދީން ނެތި ޤައުމެއް ނޯންނާނެ. ބަންގާޅު ބޭފުޅަކަށްވެގެން ހާއިބުރީއަކަށްވެގެން ނުނީ ކުއްޔަށް އުޅޭ މީހަކަށްވެގެން އަތުލެވިގެންވާނެ ހައްގެއް ނޯންނާނެ. ނުހައްޤުން އަނިޔާ ލިބޭ މީހުންގެ ދުޢާ އިޖާބަކުރައްވާނެ. ހާދަ ދެރަޔޭ... މިސްރާބު ސީދާ ކުރެވޭތޯ ހިތްވަރާއެކު މަސައްކަތްކުރަންޖެހޭ އެބަ.

The name is already taken The name is available. Register?

ކުލްސޫމް.

07 November 2021

ނޫނޭ ގޯސްވާހަކަ ނުދައްކާ. މުސްލިމުން އަބަދުވެސް ތިބެންވާނީ ވަކި ހަމަތަކެއްގެ މަތީގައި. އިމިޤްރޭޝަން ޤާނޫނާއި ޙިލާފަށް ވަގަށް އެތެރެވެ ހުރި މީހަކު ފޮރުވައި އޭނާއާއި ބައިވެރިވުމަކީ މުސްލިމް ރައްޔިތަކަށް ހުއްދަ ކަމެއްކަމަށް ނުބުނެވޭނެ. މިއީ އަދި ބަންގްލަދޭޝް އަކީވެސް މުސްލިމުންނަށް ރައްކާތެރި ތަނެއް. ތިދައްކަނީ ފީކަޅާ ވާހަކަ.

The name is already taken The name is available. Register?

ހުސެން

06 November 2021

ފައިވާން ވަގަށްނެގިޔަސް ބަންގާޅީންނަކަށް ދިވެހިންގެ ގަޔަށް އަތްލެވިގެންނުވާނެ، ޕާޓޭއެއްގެ ގައިގާވެސް ޖަހައިގެންނުވާނެ، ގިނަ ބަންގާޅިންނަކީ މިތަނުގައި ގަވައިދާހިލާފަށް އުޅޭބައެއް، ފައިވާ ވަގަށްނުނެގޭގޮތަށް ގެންގުޅުނީމަ ނިމުނީނުން، ވަގުންވައްކަންކުރާނެދޯ! މިބުނަނީކީ ވައްކަންކުރުން އޯކޭއެކޭނޫން، ވައްކަންކުރުމަކީ އަލަކަށްވާކަމެއްނޫން، ދިވެހިރާއްޖޭގައި އެކަނިވާކަމެއްވެސްނޫން، ޖަހައިގެންނުވަނެ

The name is already taken The name is available. Register?

ފަހުދު

06 November 2021

ވަގައް އުޅޭ ބަންގާޅީ އެއްގެ ފައިވާން ދިވެއްސަކު ވަގައް ނަގައިފި

The name is already taken The name is available. Register?

ނަންނުގަތި112

06 November 2021

ބަންގާޅު މީހާއަށް ދިވެހިމީހާ ގައިގަ އެއް ނުޖެހޭނެ. އެއީ ކުށެއް. ވައްކަން ކުރިކަން ޔަޤީންވަންޏާ ހިފަހައްޓާފަ ފުލުހުންނާ ހަވާލުކުރަން ޖެހޭނީ. ތިހެން ވަގަށް އުޅޭ ކިތައް ބިދޭސީން މި ޤައުމުގަ އެބަތިބި..... ކާކު އެކަމާ އަޅާލަނީ؟

The name is already taken The name is available. Register?

އިއްބެބެ

06 November 2021

ހައްލަކީ އުމަރު މިޤައުމުގެ ވެރިއަކަށް ގެނައުން. އެނޫން މީހަކަށް މީން އެއްވެސް ކަމެއް ހައްލެއް ނުވާނެ. އެންމެން އުމަރަށް މިފަހަރު ވޯޓްދީ.

The name is already taken The name is available. Register?

77171891

06 November 2021

ތިކަމާ ވިސްނަން މަޖުބޫރު މިހާރު.

The name is already taken The name is available. Register?

ސުމަން މިއާ

06 November 2021

މިމައްސަލަތައް ހައްލުކުރާނެ އުރައްޕެއް މިގައުމުގަނެތް.ބޮޑެތި ކުށްވެރިން ކޯޓްތަކުން ތަހުގީގު މަރުހަލާގައި ދޫވެގެންދަނީ އުންސަރު ނުވަތަ ކޮންމެވެސް އެހެންކަމެއް ވެގެން.ގައުމުގެ ވެރިން ގައުމުގަ ހަރެއް ނުލާ.ބަޔެއްމީހުން މިގައުމުގެ ބޮޑެތި މަގާމުގެ ބޮޑެތި މުސާރަ ނަގައިގެން ބޭރު ވަޒީފާ ތަކުގަ.ގައުމު އިނދަޖެހި އޮޔާދަނީ.ވިސްނާކަށް ނުވޭތޯ؟

The name is already taken The name is available. Register?

ޙިނި

06 November 2021

ގައުމައް އިހުލާސްތެރި ސިޔާސީ މީހަކު އަދި ނުފެނޭ، މުޅިންވެސް ފައިސާފަހަތުން ދުވާ މީހުން މިއުޅެނީ. މަޖުލީހައް ވަދެތިބެ 10-12 ރިސޯޓު ހޯދި މީހުނެއް ވެސް މަދެއް ނޫން، ގައުމުދޫކޮއް ދިޔަ މީހުންގެ ނައްުން އެޔާ ޕޯޓު ނަން ބަލަލުކޮއް އެވެސް ގައުމިއްޔަތެއް ނެތް މިގައުމަކު.

The name is already taken The name is available. Register?

ޟަސްތަ

06 November 2021

ބަންގާޅުން ވިސާނެތި ރާއްޖޭގައި އުޅެގެންނުވާނެ. ބޭރުކުރޭ. އަސްލު މައްސަލަޔަކީ ސަރުކާރުތަކުގެ ދޯހަޅިކަން

The name is already taken The name is available. Register?

އިބްރާހީމ

06 November 2021

އެ ބަންގާޅި މީހާ ކަންކުރީ ހަމަ ރަނގަޅަށް. މިސްކިތުން ފަައިވާން ވަގަށް ނަގާ މީހުންގެ އުނދަގޫ ވަރަށް ބޮޑު ވެއްޖެ.

The name is already taken The name is available. Register?

އެބްރަހަަމް

07 November 2021

އިބްރާހީމ ގެ ނަމުގައި ކޮމެންޓްކޮށްފައި މިއޮތީ ބަންގާޅީން އަތުން ނާޖާއިޒްފައިދާ ނަގައި ކައިބޮއި އުޅޭ މީހެއް. ޢެހެންނޫންނަމަ ދިވެއްސަކަސް ބަންގާޅީޔަކަސް އިންސާނެއްގެ ގައިގައި ޖަހާކަން ހިތްވަރެއް ނުދިނީސް. ފަހަރެއްގައި ވެދާނެ ބަންގާޅީޔަކާ ހިތާވެގެން އުޅޭ މީހެއްކަމަށްވެސް. އޭގެ ލައްކަ ގިނަބަޔަކު ދިވެހި ފިރިހެނުންގެ ތެރޭގަައިވެސް އުޅޭ.

The name is already taken The name is available. Register?

އިންސާނިއްޔަތު

06 November 2021

ވަރަށް ދެރަ ކަމެއް. ދިވެއްސެއްތޯ ބަންގާޅިއެއްތޯ އެއް ނޫން ބަލަންވީ. އަނިޔާވެރިޔާ އަކީ ކާކުތޯ އަދި އަނިޔާ ލިބުނު ފަރާތަކީ ކާކުތޯ. މިއޮށްފަދަ ތަހުޒީބީ ޒަމާނުގައިވެސް ނަސްލީ ތަފާތުކުރުންތަކާ ދުރަށް ނުދެވިގެން މި އުޅެނީ.

The name is already taken The name is available. Register?

ޤާނޫނިއްޔަތު.

06 November 2021

އިންސާނީއްޔަތުގެ ވާހަކަ ދައްކާއިރު އިންސާނުންގެ ސަލާމަތަށްޓަކާ ޤައުމުތަކުން ހަދާފައިވާ ޤާނޫނުގެ ވާހަކަ ވެސް ދައްކަބަލަ. ޤާނޫނާއި ޙިލާފަށް އެއްޤައުމުން އަނެއް ޤައުމަށް ވަގަށް އެތެރެވެ ތިބުމަކީވެސް އިންސާނީއްޔަތާއި ޙިލާފު އަމަލެއް.

The name is already taken The name is available. Register?

Coronavirus

06 November 2021

ތިކަމުން ފެންނަނީ ދިވެހިންގެ ޖާހިލު ކަމާއި ނާތަހުޒީބު ކަން. ތިއީ އެހެން ބަޔަކު ކުރި ކަމެއް ނަމަ ދިވެހިން ބުނާނެ ބަންގުލާދޭޝް މުސްލިމު ނިކަމެތިންނަ ކުރާ އަނިޔާ ހުއްޓާލާށޭ. އަހަރެން މުޅި މިދުނިޔެއިންވެސް ނުދެކެން ދިވެހިން ހާ ގޮތެއް ފޮތެއް ނެއް ގަމާރު ޖާހިލު ބަޔެއް.

The name is already taken The name is available. Register?

ޕެންޑެމިކް.

06 November 2021

ކޮރޯނާ ވައިރެސް އަށް ތިހިރީ ބަންގާޅު ވައިރަސްވެސް ޖެހިފަ. ބަލަ ކަލޭ ދިވެހިން ގޯސްކުރާއިރު ކަލެއަކަށްނޭގޭތަ ތިޔަބުނާބަންގާޅިންނަކީ ރާއްޖޭގެ އިމިޤްރޭޝަން ޤާނޫނާއި ހިލާފަށް ތިބިބައެއްކަން.

The name is already taken The name is available. Register?

ޖުހާނާ

06 November 2021

ތިޔައީ ހަމަ ރަނގަޅު ވާހަކައެއް. ދިވެހިންގެ ގޮތެއްފޮތެއް ނެތްކަމުން، ގޮތެއްފޮތެއް ނެތް ބަޔަކަށް ގައުމުގެ ވެރިކަންވެސް ދީގެން އެ އުޅެނީ.

The name is already taken The name is available. Register?

ގފހދ

05 November 2021

ކެފޭ އެއްގެ ވެއިޓަރު ކޮފީތަށި ހިފައިގެން އައީމާ އަހަރެން ބުނީމެވެ. ބަގްލާމީހުން މިހާރު ދިވެހިން މަރަނީއެވެ. އަހަރެމެން ދިވެހިން ނުކުމެ ބަގްލާ މީހުންގެ ކަންތަށް ނިއްމާނަމެވެ. އެސޮރު ވަގުތުން ޖަވާބު ދިނެވެ. ސޮރީ ބޭބެ. މިހާރު ތިކަން ނުވަނީ. ބަގްލާމީހުން މާގަދަވަނީ. ގިނަވަނީ. އެކަތި ދިވެހި މީހާ ކައިރީގައި ޑުއިޑާ ބަގްލާ މީހާ އަންނާނެ ފައިޓް ކުރަން.ގައުމީ ސަލާމަތަށްޓަކައި ވިސްނާލަން ވީ ކަމެއް ނޫންތޯ މީ.

The name is already taken The name is available. Register?

ބޯގޯސް ދިވެހިން

06 November 2021

ތިއަށްވުރެ ދެރަ ކަމެއްތާ ކޮފީއެއް ބޯންގޮސް ކަމާ ނުބެހޭ މީހަކާ ދިމާއަށް ކަލޭމެން ދުވަސް ދުއްވާލާނަމޭ ކިޔާ އިންޒާރު ދިނުން. އަވަދި ވެދާނެ މީހަކު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454