ރައީސް މުހައްމަދު ނަޝީދު.--
13 ނޮވެމްބަރ 2022 - 14:03
ޓްވިޓާގައި "ހަސަން ކުރުސީ"ގެ ނަމުގައި ޓްވީޓު ކުރާ މީހަކީ އެމަނިކުފާނު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވީ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ޖީއެސްޓީ އާ ބެހޭ ގޮތުން، ހަސަން ކުރުސީއާ ދެމެދު ދެކެވުނު ވާހަކަ އަކަށް ރައްދު ދެއްވަ އެވެ.
ނަޝީދުގެ ވެރިކަމުގައި ފަޅުތައް ބެހީ އެ މަނިކުފާނުގެ ގާތް އެކުވެރިންނަށް ކަމަށް ވިދާޅުވެ، ރޮޒައިނާ ކުރެއްވި ޓްވީޓަކަށް ހަސަން ކުރުސީ ވަނީ ރައްދު ދީފަ އެވެ. ހަސަން ކުރުސީގެ އެ ޓްވީޓާ ގުޅިގެން ރޮޒައިނާ ވިދާޅުވީ އެ އެކައުންޓަކީ ނަޝީދު ހިންގަވާ އެކައުންޓެއް ކަން "ފަޅާ އަރައިފައިވާ" ކަމަށެވެ.
ރޮޒައިނާގެ ވާހަކައާ ގުޅިގެން ނަޝީދު، ރަސްމީ ޓްވީޓާ އެކައުންޓުން ވިދާޅުވީ ހަސަން ކުރުސީގެ ނަމުގައި ބޭނުން ކުރަމުންދާ ޓްވިޓާ އެކައުންޓަކީ އެ މަނިކުފާނު ނޫން ކަމަށެވެ. ނަމަވެސް އެއީ އެ މަނިކުފާނުގެ ހިޔާލީ ޝަހުސެއް ކަމަށާއި އޭނާ އަކީ ޖިސްމާނީ ގޮތުން ނަޝީދު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެއީ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއް ކަމަށް ދަންނަަވަން އުނދަގޫ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
Hassan Kurusee akee alhugaduge baeh liun thakuge haqeegee-hiyaalee shahseh. Eynaa akee alhugadu ge thobiyyath bayaan nukohdhey shahsiyatheh kamah dhanavan un’dhagoo. Ehenas, eynaa akee jismanee gothun alhugadeh noon.
— Mohamed Nasheed (@MohamedNasheed) November 13, 2022
މީގެ ކުރިން ވެސް އެކި ސިޔާސީ ބޭފުޅުން ވަނީ އެ އެކައުންޓަކީ ނަޝީދު ހިންގަވާ ފޭކް އެކައުންޓެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ހަސަން ކުރުސީގެ ނަމުގައި ކުރިއަށް ގެންދާ އެ އެކަނުންޓުގައި ދީނާ ހިލާފު ޓްވީޓުތައް ވެސް ކުރަމުންދާ ކަމަށް ބުނެ، އޭގެ ތެރެއިން ބައެއް ޓްވީޓްތަކުގެ މައްސަލަ ފުލުހުންނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
"އަނެއް ދިވެހިރާއްޖެ" ނަމުގައި ޓްވިޓާގައި އެކައުންޓެއް ހަދައިގެން، އެއީ ނަޝީދު ކަމަށް އާންމުން ބުނަމުން ދަނިކޮށް ނަޝީދު ފަހުން ވަނީ އެއީ އެމަނިކުފާނުގެ ނުރަސްމީ އެކައުންޓެއް ކަމަށް ފަހުން އެއްބަސްވެ ވަޑައިގެންފަ އެވެ.
ހަސަން ކުރުސީގެ ނަމުގައި ހަދާފައިވާ އެކައުންޓް މިހާރު ވަނީ ވެރިފައި ވެސް ކޮށްފަ އެވެ. އެކަމަކު، ވެރިފިކޭޝަން ބެޖް އެއަށް ލިބިފައި ވަނީ، ޓްވިޓާގެ އުސޫލުތަކަށް ފަހުން ގެނައި ބަދަލާ އެކު، ބެޖް ގަނެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮދިކޮޅު
14 November 2022
މީނާއަކީ ސްލިޕްޕާސޮނާލަޓީ ހުންނަ މީހެއްތޯ އަހާލަދީބަލަ
ޑޮކްޓާރ. ބަނާނާ
14 November 2022
ރާއްޖޭގެ ވެރިކަން ކޮށް މިހާރު ގާނޫނު ހަދާ މަޖިލީހުގެ ރައީސަކަށް ހުންނަވާ ރާއްޖޭގެ އެތައްބައެއްގެ ލޯބި ލިބިފައިވާ ބޭފުޅަކު މިހާރު ތިޔަ ޖަހާ ސަކަރާތަކީ މިގައުމުގައި ތިބި ހަމަޖެހޭ ބަޔަކު ގަބޫލުކުރާނެ ކަމެއްނޫން.
ލަކީ
14 November 2022
ހަސަން ކުރުސީގެ ޝަހުސާ މަނިކުފާނު އެއްގޮތަކަށްވެސް ދެކޮޅުވެ ކުއްވެރިއެއްނުކުރަމެންނު. ބަދަލުގައި ތާއީދުކޮށް ހަދަނީ އެއީ ތިމާކަމަށްވީމަ ނޫންކަމަށް ދެން ކިހިނެތް ބަލާނީ. މިހާރު މުޖުތަމައުގަ ހުރި މަތީ ހިސާބުގެ ގޮތުން އަމިއްލަ ނަމުގައި ބޭރު ނުކުރެވޭ އެތައް އިހުސާސެއް ހުންނާނެ މަގާމާ ގަދަރަށްޓަކައި. އެކަމު އެފަދަ އިހުސާސްތައް ބޭރުކުރާނެ ގޮތެއް އޮންނާނެ. ރައްޔިތުން ލައްވާ ގަޔަށް ބޮލަށް އަރުވަން ބޭނުންނުވާނަމަ އެބޭރުކުރުން އޮންނާނީ އެފަދަ ގޮތަކަށް.
އަންތަރީސް 1222
14 November 2022
މިއަދު ފެނިގެން މި ދަނީ އެމްޑީޕީގެ ހެޔޮ ވެރިކަން. ޕްރޮޖެކްޓްތައް ފަތު އަޑު ކިޔާފަ ހުރިހާ ރަށެއްގަ. ވެެގެން މިއުޅޭ ގޮތަކީ ކުރިން ވެރިކަން ކުރި މީހުނަށް އެމީހުންނަށް ކަމެއް ކޮށް ނުދެވުނުކަން ހިވެ މޮޔަ ގޮވެނީ. ރަނގަޅަށް ވިއްޔަ ގިނައިން ފޮލޯ ކޮށްފަވެސް އޮންނާނީ އަމިއްލަ އެކައުންޓް ތަކުން. ދެން ބޯ ގޮވީމަ ކުރުސީއާ ބުރުސީއާ ދެން އޮތް އެއްޗެއްވެސް ކިޔޭނެ. ކެރެންޏާ ޕްރައިމަރީއަށްވެސް ނުކުންނަންވީ. ރީތި ހުތަކުން ދުއްވާލާނަން އިންޝާ ﷲ.
އަބްޑޫޅް
14 November 2022
"ހަސަން ކުރުސީ "އެއީ އެ މަނިކުފާނުގެ ހިޔާލީ ޝަހުސެއް ކަމަށާއި އޭނާ އަކީ ޖިސްމާނީ ގޮތުން ނަޝީދު ނޫން ކަމަށް". ހޫނ. އެކަމަކު އޭނާ އަކީ ހަސަން ދިގުސީ ކަމުގަ ވެދާނެ. ހަސަން ކުރުސީ އަކީ ޖިސްމާނީ ގޮތުން އޭނަ ކަމުގަ ނުވާނަމަވެސް، ރޫހާނީ ގޮތުން ވެދާނެ އޭނަ ކަމުގަ.
އަލްކެމިސްޓު
14 November 2022
ކުރުސީއަކީ މަޑިސީލަ ޓީމުން ހިންގާ އެއްޗެއް
ޙައްބޭ
13 November 2022
މީގައި ބުނެފައި އެބައޮތްތޯ ހަސަން ކުރުސީއަކީ ނަޝީދު ނޫންކަމަށް. ބުނެފައިވާކަމަށް އަޅުގަނޑަށް މޭރުންވާ ގޮތަކީ ހަސަން ކުރުސީއަކީ ޝަޚުސީ ގޮތުން ނަޝީދު ނޫންކަމަށް. އެކަމަކު އެއީ ނަޝީދުގެ ޚިޔާލާއި ފިކުރު ގެނެސްދޭ ޚިޔާލީ ޝަޚުސެއް ކަމަށް.
ޒުލޭޚާ
13 November 2022
އަބަދުވެސް ޑިފެންސަށް ކުޅުއްވަން ޖެހެނީ. ހާދަ ދެރަވަރު ކަމެކޭ. ޤައުމުގައި ހައްލުކުރަން ޖެހޭ އެތައް ބައިވަރު މައްސަލަ އެއް އޮތް އިރު މިބޭފުޅާ މި ޖެހެނީ ޙަސަން ކުރުސީ އަކީ ޖިސްމާނީ ގޮތުން މިބޭފުޅާ ނޫންކަން ސާބިތު ކޮށް ދެއްވަން ، މިބޭފުޅާގެ އަގުހުރި ވަގުތު ހޭދަކުރައްވަން.
ޏާއްކޮ
13 November 2022
ޖިސްމާނީ ގޮތުން އަޅުގަނޑެއް ނޫން. މެޓަފިޒިކަލީ ސްޕިރިޗުއަލީ މެންޓަލީ އެކަމު އަޅުގަނޑު ދޮއްތޮ. ބަލާބަލަ ޓުވީޓު ކޮށްފަ އޮތް މޮޅު ގޮތް ލޮލް
ފޮލާ
13 November 2022
ހާދަ ނޫންކޮށް. ޖިސްމާނީ ގޮތުން އެއީ ޓައިޕުކުރާ ކުއްޖާދޯ، ނަށީދު ބުނާގޮތަށް.