ޚިޔާލު / އިލެކްޝަންސް ކޮމިޝަން

ހުޅުވާލެވިފައިވާ ސިޓީއެއް: އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފަށް

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަލްފާޟިލް އަހުމަދު ޝަރީފަށް

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

ރާއްޖޭގެ ގާނޫނުއަސާސީން އުފައްދާފައިވާ މިނިވަން މުއައްސަސާތަކުގެ ތެރެއިން މި ވަގުތު ދިވެހި ރައްޔިތުންގެ ވިސްނުމުގައި އޮތީ އިލެކްޝަންސް ކޮމިޝަނެވެ. ކޮންމެ ދުވަހެއްގެ ކޮންމެ މިނިޓެއްގައި ހެން އިލެކްޝަންސް ކޮމިޝަންގެ ނަން ނީވި، ކިޔާނުލެވި، އެއްޗެކޭ ނުބުނެވި ނުދެ އެވެ. އެހެންކަމުން، ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކާއި ގައުމުގައި ކަންކަން ވަމުން ދާ ގޮތަށް ބަލާއިރު، މިއަދު މަނިކުފާނަށް ވުރެ ބޮޑު ޒިންމާއެއް އިސްތަށިފުޅުގައި އެޅިފައި ހުންނެވި ވެރިޔަކު ނެތެވެ.

ވިސްނަވާށެވެ. ތައުލީމީ ދާއިރާގައި މަނިކުފާނު އަދާކުރެއްވި އިސް މަގާމުތަކުގައި އާންމުންގެ އިހުތިރާމާއި ލޯބި ހޯއްދެވި އެވެ. އޭގެ ފަހުން، ޕްރިންސިޕަލަކަށް ވުރެ މަތީ މަގާމަކަށް ދެކެވަޑައިގެންނެވި ހުވަފެނުގައި ސިޔާސީ ދާއިރާ ނެންގެވުން މައްސަލައެއް ނެތެވެ. އެފަހަރަކު އުޅުއްވާ ސިޔާސީ ޕާޓީއެއްގެ ފިކުރާ އެއްގޮތަށް އަޑުއުފުއްލެވުމާއި ސިޔާސަތު ދެމެހެއްޓެވުމުގައި ވެސް މައްސަލައެއް ނެތެވެ. އެހެންކަމުން "ފެނަކަ" ކަހަލަ ކުންފުންޏެއްގައި، މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް އާއި މަނިކުފާނު ސަޕޯޓްކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޭނުންވާ ގޮތަށް އަމަލްކުރައްވައިގެން އާންމުން ޖެއްސި މައްސަލަތަކާ މެދު މާ ބޮޑު ފިކުރެއް ނުގެންގުޅުއްވިޔަސް އެންމެ ރަނގަޅެވެ.

އެކަމަކު މަނިކުފާނެވެ. މާޗު 6، 2018 ގައި މަނިކުފާނު ވަނީ މާތް ﷲ ގަންދީ ވަރަށް ބޮޑު ހުވައެއް ކުރައްވައިފަ އެވެ. އެ ހުވާގައި ވިދާޅުވީ "އަހުރެން، އަހުމަދު ޝަރީފް، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރިވުމަށާއި، ދިވެހި ގައުމަށް އިޚުލާސްތެރިވުމަށާއި، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން، ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވާކުރަމެވެ،" މިހެންނެވެ.

ޔަގީނުން ވެސް އެއީ މަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމެކެވެ. އެހެންކަމުން އެވަގުތުން ފެށިގެން މަނިކުފާނު ތި ހުންނެވީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ހަވާލުކުރާ ޒިންމާތަކެއް، ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކު އަދާކުރައްވަން ހުވާކުރައްވައިގެންނެވެ. އަޅުގަނޑު މި ދަންނަވަނީ މިއަދު މަނިކުފާނަށް ވަކި ކޮޅެއް ނެންގެވެން ނެތް ވާހަކަ އެވެ. ރައީސް ޔާމީންގެ ކުރިފުޅުމަތީގައި ހުވާކުރައްވައި، މަގާމާ ހަވާލުވެވަޑައިގަތަސް، އެ ހުވައަށް ފަހު، މަނިކުފާނަށް ރައީސް ޔާމީންގެ ކޮޅަށް ނުވަތަ ޕީޕީއެމްގެ ކޮޅަށް އަރައިވަޑައިގަތުން އެ އޮތީ ނިމިފަ އެވެ.

ވިސްނަވާށެވެ! މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަލަބޮލިކަމާ އެކު، އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ޒިންމާއަކީ ކުޅޭކުޅޭ ކަމެއް ނޫނެވެ. އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތެއް ހޯއްދަވައި ދެއްވުމާއި، ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ކޮންޓްރޯލް ނަގާފައިވާ ސަރުކާރެއްގެ ކުރިމަތީގައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެއްވުމަކީ، ކެރޭ، އަމާނާތްތެރި، ވިސްނުންތެރި، އަދި އެހެން މީހެއްގެ މުށުތެރެއަށް ނުވަންނާނެ ފަދަ ޝަހުސިއްޔަތަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. އެ ފުރުސަތު މަނިކުފާނަށް ތިޔަ އޮތީ ލިބިވަޑައިގެންފަ އެވެ.

އެކަމަކު ފެންނަމުން ދަނީ ތަފާތު މަންޒަރެކެވެ. އެއްވެސް ކޮޅަކަށް ޖެހިވަޑައިނުގެން އަދާކުރައްވަން ޖެހިފައިވާ ޒިންމާގެ ތެރެއަށް ޕީޕީއެމްގެ ކުލަ ވައްދަވާކަން ދޭހަވެ އެވެ. ސަރުކާރު ފަޅިން އެދޭ ކަންކަން ކުރައްވާކަމުގެ ހެކި އެބަ ފެނެ އެވެ. ވޯޓު ލާން ދިވެހި ރައްޔިތުންނަށް ހުރަސް އެޅޭނެ ފިޔަވަޅުތަކެއް އެޅުއްވި އެވެ.

ވިސްނަވާށެވެ. އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއަކީ ވީހާވެސް ގިނަ ބަޔަކު ލައްވާ ވޯޓު ލުމެވެ. އަދި އެ ވޯޓުލުން ވީހާވެސް ފަސޭހަ ގޮތަކަށް އިންތިޒާމްކުރުމެވެ. އެކަމަކު ދިވެހި އެތައް ހާސް ބަޔަކު ވަޒީފާ އަދާކުރަމުން އަންނަ ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓުމުގެ ބަދަލުގައި ފުރަތަމަ ވެސް އިވުނީ އިލެކްޝަންސް ކޮމިޝަނުން އެންމެ ހަތް ރިސޯޓް ކަނޑައަޅައި، އެ ނޫން ރިސޯޓްތަކުގައި ފޮށި ނުބަހައްޓަން ނިންމި ތަނެވެ. ކިހާ ނުބައި، އަދި ޒިންމާއަށް ކިހާ ބޮޑު ހިޔާނާތެއްތޯ އެވެ؟ ހުވައާ އެއްގޮތަށް މަސްއޫލިއްޔަތު އަދާކުރައްވާ ނަމަ ފެނުނީހީ ސަތޭކައަށް ވުރެ ގިނަ ދިވެހިން ވަޒީފާ އަދާކުރާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮއްޓެއް ބަހައްޓަން މަނިކުފާނު އިސްވެ ހުންނަވައި، މަސައްކަތްކުރެއްވި ތަނެވެ.

އެންމެ ފަހުން ކަންތައް ވީ ގޮތް ދެކެވަޑައިގަންނަވާށެވެ. އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ނިންމި ގޮތުގައި ހިފަހައްޓައިގެން ދެމިއެއް ނޯވެވުނެވެ. އެއަށް ވުރެ ބޮޑަށް ފެނުނީ ދިވެހިން ވޯޓު ލާން ހުރި ޝައުގުވެރިކަމާއި އެ ހައްގު ނިގުޅައިގަންނާނެ ފުރުސަތު ނުދޭން އެ މީހުން ކުރާނެ މަސައްކަތްތަކުގެ ބޮޑުކަމެވެ. އެ ޖެއްސި ޕްރެޝަރުގެ ނަތީޖާ އަކީ، މަނިކުފާނު ގަބޫލުފުޅުކުރައްވާށެވެ! ކޮމިޝަނުގެ ނިންމުން ބަދަލުކޮށް، ދޫދިނުމެވެ.

އެކަމަކު ހަނދުމަފުޅު ބަހައްޓަވާށެވެ! ހަމައެކަނި އެ މައްސަލަ އިން ވެސް އެނގި ސާބިތުވީ، އެހެން ބަޔަކު ބުނާ ގޮތަށް، މަނިކުފާނާއި މަނިކުފާނުގެ އަނެއް ހަތަރު ބައިވެރިން ވެސް މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމެވެ.

ޝަރީފް، އީސީގެ ރައީސްގެ ހުވާ ވިދާޅުވަނީ: މާތްރަސްކަލާނގެ ގަންދީ ހުވާކުރެއްވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ޒިންމާ އަދާކުރައްވަން

ރީ-ރެޖިސްޓްރޭޝަންގެ ކަންތަކުގައި ވެސް އަޅުގަނޑަށް ފެންނަމުން ދަނީ ވަކި ކޮޅަކަށް ބުރަވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލްކުރަމުން ދާ ތަނެވެ. ކޮމިޝަންގެ ތެރެއިން ސިއްރު މައުލޫމާތު ޕީޕީއެމަށް ލީކްވާ ކަމުގެ ހެކި، އިދިކޮޅު ފަރާތްތަކުން މަނިކުފާނަށް ދެއްކެވީ ވަގުތުން ވަގުތަށް ފިޔަވަޅު އަޅުއްވަން ޖެހޭ ފަދަ ސާފު ގޮތަކަށެވެ. ރައީސް ޔާމީންގެ ކެމްޕޭން އޮފީހަށް ލިބުނު ސިއްރު މައުލޫމާތުގެ ބޭނުންހިފައިި ކުރި ތިން ކޯލު މަނިކުފާނު އެ ވަނީ އަޑުއައްސަވައިފަ އެވެ. އެކަމަކު ފިޔަވަޅެއް އެޅުއްވުމުގެ ބަދަލުގައި، މާ ދުރުދުރުން، މާ ނޫން ގޮތަކަށް ބަސްފުޅު ވިދާޅުވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަދި އިލެކްޝަންސް ކޮމިޝަނުން އެ މައުލޫމާތު ލީކުވެފައި ހުރެދާނެ ކަމަށް ފާޑަކަށް އެއްބަސްވެވަޑައިގެންފައި، އަނެއްކޮޅުން، އެ މައުލޫމާތު ބޭރުވެފައި ނުވާކަން ޔަގީންވެއޭ ތިޔަ ވިދާޅުވަނީ ކޮން ކަމެއް އޮޅުވާލައްވަން ހެއްޔެވެ؟

މިދިއަ ހަތަރު އަހަރު އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންނަށް ދައްކައިދިނީ ވަކި ކޮޅަކަށް ގޮސް ހުސްވެފައި އޮތް މަންޒަރެވެ. ކޮމިޝަންގެ އެތެރެއިން، މެމްބަރުންގެ އަމިއްލަ އިޚުތިޔާރުގައި، ނިންމާ ކަމަކަށް ވުރެ ކޮމިޝަނުގެ ބޭރުން އަންނަ އަމުރުތަކަށް ބޯލަނބައި، މަސައްކަތްކުރަމުން ދިޔަ ތަނެވެ. އެހާ ބޮޑަށް މުއައްސަސާގެ އިތުބާރު ގެއްލިފައި އޮތް ދަނޑިވަޅެއްގައި އަދި ރިޔާސީ އިންތިހާބު ކުރިމަތީގައި އޮއްވާ، ޝައްކު އުފެދޭ ފަދަ އެއްވެސް ކަމެއް ކުރުން ހެޔޮނުވާނެކަން މަނިކުފާނަށް އެނގިވަޑައިގަންނަވާނެ އެވެ. އެކަމަކު މި ހާލަތުގައި، އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްގެ މައުލޫމާތު ހޯއްދެވުން ސަބަބަކަށް ދައްކަވައިގެން، ސައުތު އެފްރިކާގެ ލެކްސްޓަން ގްރޫޕްގެ ބަޔަކު ވެސް ރާއްޖެއަށް ގެންނެވީ އެވެ. އެކަން ފޮރުވަން ކޮންމެ ސަބަބެއް ދެއްކެވިޔަސް، ރާއްޖޭގެ ހާލަތު އޮތް ގޮތުން، އަނެއްކާވެސް އުފެދުނީ ޝައްކާއި ވަހުމެވެ. އޭގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ މަނިކުފާނެވެ.

ވިސްނަވާށެވެ! މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަލަބޮލިކަމާ އެކު، އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ޒިންމާއަކީ ކުޅޭކުޅޭ ކަމެއް ނޫނެވެ. އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތެއް ހޯއްދަވައި ދެއްވުމާއި، ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ކޮންޓްރޯލް ނަގާފައިވާ ސަރުކާރެއްގެ ކުރިމަތީގައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެއްވުމަކީ، ކެރޭ، އަމާނާތްތެރި، ވިސްނުންތެރި، އަދި އެހެން މީހެއްގެ މުށުތެރެއަށް ނުވަންނާނެ ފަދަ ޝަހުސިއްޔަތަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. އެ ފުރުސަތު މަނިކުފާނަށް ތިޔަ އޮތީ ލިބިވަޑައިގެންފަ އެވެ. އަޅުގަނޑު މި ދެ ސުވާލު ކޮށްލަން ބޭނުންވެ އެވެ. ގައުމުގެ ތާރީޚުގައި މަނިކުފާނުގެ ނަން ލިޔާނީ ވަކި ކޮޅަކަށް ނުޖެހޭ ބޭފުޅެއްގެ ގޮތުގައި ހެއްޔެވެ؟ ނުވަތަ ދިވެހި ރައްޔިތުންގެ ބޮޑު ހައްގަކަށް އަރައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ހެއްޔެވެ؟

ދަންނަވަންތޯ އެވެ. ބޭއިންސާފުން ވަކި ބަޔަކު ހިމާޔަތްކުރަން، އަމިއްލަ ނަން ޚަރާބުކުރުމަށް ވުރެ ނިކަމެތި ކަމެއް ނެތެވެ. ބޭއިންސާފުން ވަކި ބަޔަކަށް މޮޅު ގޮތް ހޯދައިދޭން، އަމިއްލަ ހުވަޔަށް ފުގަސްދިނުމަށް ވުރެ ނުބައި ކަމެއް ނެތެވެ.

މަނިކުފާނު ޚިޔާރު ކުރައްވާށެވެ! މަނިކުފާނު ގޮތެއް ނިންމަވާށެވެ!

އިޙުތިރާމް ގަބޫލުކުރެއްވުން އެދެމެވެ.

53 ކޮމެންޓް, 720 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 1%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތޮލާލް

31 August 2018

މީނައަކީ އިރެއްގަ އަޅުގަޑުގެ ޕްރިންސިޕަލް،ލަދުން ބޯހަލާކު.

The name is already taken The name is available. Register?

ރަނގަޅު ވާހަކަ

30 August 2018

އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއެއް ވޯޓު ލާން ރީރެޖިސްޓާ ކުރާ ފޯމު ފުރާފަ ލީ. އެ ފޯމާށް ވީ ނުވީ އެއްވެސް ނޭނގެ. އަދިވެސް ރަށަށް ވޯޓުލާން ޖެހޭކަމަށް އޮތީ. އުޅެނީ މެލޭޝިއާގަ. ފޯމު ލީ ކަމަކަށް ވެސް ނެތް އިނގޭކަށް. ރިޖެކްޓެޑް ލިސްޓަކުވެސް ނެތް. އެތައްބަޔަކާ ވާހަކަވެސް ދައްކައިފި. މައްސަލަ ހުށައަޅައިފި. ކުރިން ހީކުރީ ފޯމު ޕްރޮސެސް ކުރާތީ ލަސް ވަނީކަމަށް. އޭނައެކޭ ފޯމު ނުލާ މީހެކޭ ނެތް ތަފާތެއް. މިހާރު އޭނަ ބުނަނީ ތިމަންނަ ކީތްހޭ ކުރާނީ އިތުރަށް. އަލުން ފޯމު ލެވޭކަށްވެސް ނެތް. ދަތުރު ހަދާފަ މާލެދާން އެހާ އަގުބޮޑު. އަދި އެތަނުން ދާންވީ ރަށަށް އަނެއްކާ ފުލައިޓުގަ. ވޯޓަކަށް ޓަކާ ކިޔަވާކުއްޖަކަށް ނެތް މިވަރަށް ހަރަދު ކުރެވޭކަށްވެސް

The name is already taken The name is available. Register?

ކަމަނަ

29 August 2018

ސިޓީ ލިޔުއްވެވި ބޭފުޅަށް ވވސަލާމް. ތިޔަކުރެއްވީ ޤައުމީ މަސައްކަތެއް. ވަރަށް މުނާސަބު ވަގުތެއްގައި. ތިމާއަށް ލިބުން އެދޭ ކޮންމެ ރަނގަޅުކަމެއް ތިމާގެ އަޚާއަށް ( ސިޓީ ރައްދުވާ ޝަރީފަށް ) ލިބުން އެދުމަކީ ( ދުނިޔެއާ, އާޚިރަތުގެ ސަލާމަތްކަމަށް ) އިސްލާމްދީން ގޮވާލާކަމެއް.

The name is already taken The name is available. Register?

ދެކޭމީހާކިޔާމީހާ

30 August 2018

އިޚުލާޞްތެރި، ހެޔޮނަޞޭޙަތެކެވެ. ޤަބޫލުކުރުމާއި ނުކުރުމަކީ، ތަފާތުކަމެކެވެ! ދުނިޔޭގެއަރާމާއި، ވެރިންގެރުހުމަށްވުރެން ހަމަގައިމުވެސް އަޅުގަނޑު ބޭނުންވާނީ ﷲސުބްޙާނަހޫވަތަޢާލާގެރުހުމެވެ. ﷲސުބްޙަނަހޫވަތަޢާލާގެ ކޯފާއެއްނޫނެވެ!

The name is already taken The name is available. Register?

އަބްދުއްލާ

29 August 2018

ސަރީފް ޖެހިލައްވާނީ ގާނޫނާ ގާނޫނުއަސާސީއާ ގަވާއިދު ތެރޭން ދަވްލަތަށް ގެއްލުންނުވާގޮތަށް ކަންކަން ކުރަން .ގަވާއިދުގަ ފޮށި ބެހެއްޓޭނީ ވަކިވަރަކަށް ނޫހުން ރަޖިސްޓްރީ ވުމުންނޭ އޮތުމުން އެނޫން އަދަދުތަކެއްގެނަޔަސް ފޮށިބަހައްޓާކަށެއްނުޖެހޭން . އެހެން ކޮށްފިނަމަ އެކުރެވެނީ ވަކިބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދާދިނުން. ވީމާ ފޮށިނުބެހެއްޓުމަށް ވުރެ ބެހެއްޓުން މާގޯސް

The name is already taken The name is available. Register?

މިގައުމުގެ

29 August 2018

މިގައުމުގެ ކިޔަވާކުދިން ހާއްސަކޮށް ރާއްޖެއިން ބޭރުން ކިޔަވާކުދިން މިފަދަ ކަންކަމާމެދު ވިސްނުން ހުއްޓެވެ. ޑރ ޝަހީމު އެހުންނެވީ ކޮންމެހެން ނުވިސްނިގެން ނޫނެވެ. ހަގީގަތް ވާނީ ހަގީގަތަށެވެ.

The name is already taken The name is available. Register?

ދަތްއަދުރޭ

29 August 2018

މީނާއަކީ، ރައީސް ޔާމީނު 2018 ޖަހައިގެން ތޮފި އަޅައިގެން އުޅުނު މީހެއް! މީނާ ކޮމިޝަނުގެ ރައީސަކަށް ބަހައްޓައިގެން ކޮން އިންތިހާބެއް އިންސާފުވެރިވާނީ! މީނާއަކީ ކާކު؟

The name is already taken The name is available. Register?

ޜަންވަނަ

29 August 2018

މީ އެއްވެސް އޮއްޓަރެއް ނެތް އަދި ތިމާބޭނުންވާ ނަތީޖާ ނުލިބިދާނެތީ ލިޔެފަ އޮތް އެއްޗެއް. ގަޑު ފުރާ ލިއުނަސް އަދި ފޮތެއް ލިއުނަސް ތި ބިރު ފިލައެއް ނުދާނެ! 2013 ގަ ހުރި އަދުލުވެރި ރީދޫ ކޮމިޝަނަރާ އަޅާ ކިޔާފަ ތި ލިއުނު އެއްޗެއް ލިއުނު ނަމަ ކޮމެންޓެއް ކުރެވުނީސް. އެކަމަކު މިހާރު މީ ހަމަ ވަކިކަމަކާ ބިރުން ލިއުންތެތިޔާ ލިޔެފަ އޮތް އެއްޗެއްކަމަށް ވާތީ ހަމަ އެއްޗެއް ލިޔެލީ. ނުޖަހާނެކަންވެސް އެގޭ ހަޖަމް ނުވާނެތީ.

The name is already taken The name is available. Register?

މަޒް

29 August 2018

ބިރު ނުގަންނަންވީ ކީއްވެ؟ ނޫސްވެރިކަން ފުނޑުފުނޑު ކޮއްލަނީއެވެ. ނޫސްވެރިން ވީ ނުވީއެއް ނޭންގި ގެއްލެނީއެވެ...

The name is already taken The name is available. Register?

ޠަޔާޠީޞް

29 August 2018

މިހާ އުނދަގޫވަގުތެއްގައި ތިކުރާ ހިތްވަރަކީ ގައުމީ ޖިހާދެއް. އަބަދުވެސް ހައްގުގެ ބަސްބުނާނެށެވެ. ޓިބޭފުޅާގެ ނަން އަޅުގަނޑު ތާރީހައްޓަކައި ލިޔެ ރައްކާކޮށްފައި ބާއްވާނަމެވެ. ޢަދިވެސް އެއްފަހަރު ހައްގު ބަސް ބުނާތީ ޝުކުރުއަދާކުރަމެވެ.

The name is already taken The name is available. Register?

މޯލްދިވިޔަން

29 August 2018

މީ ވަރަށް އަސަރުގަދަ ސިޓީ އެއް.ސީރިޔަސް ކޮށް.މީ ހަގީގަތުގަ ވެސް މި ގައުމުދެކެ ލޯބިވާ ދަރިޔަކު ހުރިނަމަ ވިސްނާލަން ޖެހޭ ވަރުގެ ކމެއް

The name is already taken The name is available. Register?

އިބަ

29 August 2018

އަހަރެން މި އާޓިކަލް "ހުޅުވާލެވިފައިވާ ސިޓީ" ލިއުއްވި ޖާނަލިސްޓަށް ސެލިއުޓް ނަގަން.ގައުމުގެ ހައްގުގަ ހެވާ ނުބައިގެ ވަކިކޮށް ގައުމާއި ރައްޔިތުން ގެ ހައްގުގަ ތިޔަ ކުރައްވާ މަސައްކަތްތަކަށް އައްސަރިބަހާ ސާބަސް. (-:

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454