ބާޒާރުމަތީ ފިހާރައެއްގައި ހުރި ބިސްތަކެއް މީހަކު ނަގަނީ: ރޯދަ މަސް ފެށެން ކައިރިވި އިރު ބިސް ކޭހުގެ އަގު 400ރ. އަށް އުފުލުނު ނަމަވެސް މިހާރު މިވަނީ ބިސްކޭހުގެ އަގު ދަށް ވެފައި. -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު
14 ޖޫން 2016 - 11:30
ރޯދަ މަހުގެ ފުރަތަމަ ދިހައެއް ނިމުމަކަށް އަންނައިރު ބާޒާރުގައި ފިޔަ އާއި އަލުވި އަދި ބިހުގެ އަގު ދަށަށް ހިނގައްޖެ އެވެ.
ރޯދަ މަސް ފެށެން ކައިރިވިއިރު، ބާޒާރުގައި ބިސް ކޭހެއްގެ އަގު 400ރ. އަށް އުފުލުނެވެ. ފިޔާ އަދި އަލުވި ބަސްތާއެއް އޭރު ބާޒާރުން ލިބެން ހުރީ 300ރ. އަށެވެ. ރޯދަ މަސް ފެށިގެން ވެސް ގިނަ ފިހާރަތަކުން ބިސް ކޭހެއް ވިއްކީ 380-400ރ. އަށެވެ. ފިޔަ އާއި އަލުވީގެ އަގު ވެސް ހުރީ ރޯދަ މަސް ފެށެނު އިރު ވެސް ހުރި ވަރުގަ އެވެ.
ނަމަވެސް ބާޒާރުމަތީގެ ގިނަ ފިހާރަތަކުން މިއަދު ބިސް ކޭހެއް ލިބެން ހުރީ 310-330ރ. އަށެވެ. ފިޔާ އަދި އަލުވި ބަސްތާއެއްގެ އަގު ވަނީ 260ރ. އަށް ވެއްޓިފަ އެވެ.
ބާޒާރުމަތީ ފިހާރައެއްގެ ބޭރުގައި ބަހައްޓާފައި ހުރި ފިޔާ ބަސްތާތަކެއް: ކުރިން 300ރ. އަށް ވިއްކި ފިޔާގެ އަގު މިހާރު ވިއްކަނީ 260ރ. އަށް. -- ފޮޓޯ: ނިޝާން އަލީ / މިހާރު
"ކުރިން އަގު މައްޗަށް ދިޔައީ އެވަރަށް ނުގެނެވުނީމާ. މިހާރު އާ ޝިޕްމަންޓެއް ލިބިއްޖެ،" ވިޔަފާރިވެރިޔަކު ބުންޏެވެ.
އެކަމަކު ރޯދަ މަހުގެ ބޮޑު ބައި ކުރިއަށް އޮތް އިރު، އަގުތައް މި ވަރުގައި ހިފަހައްޓާލެވޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ. ބައެއް ވިޔަފާރިވެރިން ބުނީ ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ ނަމަ އަގުތައް އުފުލޭނެ ކަމަށެވެ.
ކޮންމެ ރޯދަ މަހަކާ ދިމާކޮށް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ފިޔަ އާއި އަލުވި އަދި ބިސް ރާއްޖެ އެތެރެކޮށް ހާއްސަ އަގުތަކެއްގައި ވިއްކަ އެވެ. އެސްޓީއޯ އިން ބިސް ކޭހެއް 275ރ. އަށް ވިއްކާއިރު، ފިޔާ އަދި އަލުވި ބަސްތާއެއް ވިއްކަނީ 250ރ. އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން
14 June 2016
އެސްޓީއޯ ހަބޭސް...
ބަލަންވީ
14 June 2016
އެސްޓީއޯ އިން ފިޔާ އަދި އަލުވި އަދި ބިސް ދާއިމީ ކޮށް ގެންނަންވީ އެވެ. އެއިރުން ދެން ބާޒާރުގައި މިފަދަ އަސާސީ ކާބޯތަކެތީގެ އަގު އެއްއަގެއް ގައި ހިފެހެއްޓޭނީ. އެނޫންނަމަ ވިޔަފާރިވެރިން މިދުވަަސް ކޮޅު އެސްޓީއޯ އަށް އޮޅުވާލުމަށް ޓަކައި ބާޒާރުގައި ތަކެތީގެ އަގު ވައްޓާލުމަށް ފަހު އަންނަ ހަފްތާގައި ތަކެތީގެ އަގު ބޮޑު ކުރާނެއެވެ. ބާޒާރު މަތީގައި ތިކަން ކުރާ ހުރިހާ ވިޔަފާރިވެރިން ވެސް ތިބެނީ އަޑިން ގުޅިފައެވެ. ހީވަނީ އަންޑަރވޯލްޑް ވިޔަފާރި އެއް ކުރާހެން އެވެ. ޑިމާންޑް ބޮޑު ވިއަސް ކީއްވެގެންތޯ އަގުބޮޑު ވާންވީ. ފިހާރަތަކުން މުދާ ހުންނަނީ ވިއްކާ ހުސް ކުރަން އެވެ. މުދާ ހުސްވާން ފެށީމާ އަގުބޮޑު ކުރާ ކަށް ނުޖެހެއެވެ. މިސާލަކަަށް ފިޔާ ކިލޯ އެއް 100 ޕަރސެންޓް ޕްރޮފިޓް ލައިގެން ވިޔަފާރިވެރިންނަށް 200 ރުފިޔާ އަށް ވިކެމުން ދަނި ކޮށް ފިޔާގެ ޑިމާންޑް ބޮޑޭ ކިޔާ ފިޔަލުގެ އަގުބޮޑު ކުރާ ކަށް ނުޖެހޭނެއެވެ. އެގޮތަށް އަގުބޮޑު ކޮށް ވިއްކާ ނަމަ އެ ބެލެވޭނީ އެއީ ކަސްޓަމަރުން ނަށް އޮޅުވާލާ މަކަރާއި ހީލަތުން މީހުން ފެލަނީ ކަމަށެވެ. އެކަމަކު ކޮންމެ ސޭޓަކު ވެސް ހުންނާނެ ދަތް ދޮޅި އަށް ބަރުކޮށް ފައި އަދި ފަޓްލޫނުގެ ފައިކުރި ވެސް ތަނބިކައްޓާއި ޖެހެން ދެން ބުރިކޮށްފައެވެ. އެއީ ވަކި އައިޑެންޓިޓީ އެއް ދައްކަން ކުރާ ކަމެއް ތޯއެވެ. އެތެރެ ވަރަށް ނުބައި ކަން މިއިގެނީ މިފަދަ ޓެސްޓް ތައް ހަދާލުމުންނެވެ. ސިންގަޕޫރަކު ނުކެރޭނެ މިބާވަތުގެ އަސާސީ ކާބޯތަކެތީގެ އަގުބޮޑު ކުރާ ކަށް ޑިމާންޑް ބޮޑު ވެޔޭ ކިޔާފައި. އެހެން އެކަން ކޮށްފިނަމަ އެ ވިޔަފާރި އެއް ކުރާ މީހަކު ދެން ބޭންކް ރަޕްސީ އިއުލާން ކުރާ ވަރު ސިންގަޕޫރުގެ ސަރުކާރުން ކުރާނެއެވެ.
މުސީނާ
14 June 2016
އެސްޓީއޯ އިން ހެޔޮ އަގުގައި ރައްޔިތުންނަށް ބިހާ އަލުވި ވިއްކާތީ ވަރަށްބޮޑަށް ޝުކުރުވެރިވަން. ނަމަވެސް އަހަރެން އެތަނުންގަތް ބިސްކޭހުން ބޭނުންކުރަން ލިބުނީ 10 ވަރަކަށްބިސް އެހެން ހުރިހާ ބިހެއް ހުރީ ކުނިވެފައި. އަލުވި ބަސްތާވެސް ހުރީ ކުނިވެފައި އޭގެން ސަލާމަތުން ބޭނުންކުރަން ލިބުނީ 4 ވަރަކަށް ކިލޯ މީދެން ރައްޔިތުންނަށް އަގުހެޔޮކޮށް ތަކެތި ފޯކޮށް ދޭގޮތް. މިއަށްވުރެ ރަނގަޅުވާނެ އެކަން އެގޮތަށް ނުކުރިއްޔާ. މިހާރު ދެޚަރަދު ދިޔައީ ވަރަށް ކަމުނުދޭ މިގޮތް
އަޙުމަދު
14 June 2016
އެސްޓީއޯއިން ވިއްކަނީ ކުނިބިސް އަދި ފިހާރަތަކުންވެސް ކުނިބިސް އަގުހެޔޮކޮށްވިއްކާ ރަގަޅުބިސްކޭހެއް ފިހާރަތަކުން ވިއްކަނީ 450 ރުފިޔާއަށް ދެން އެގަނެގެން ވިޔަފާރިވެރިން ރާއްޖެތެރެއަށް ގެނެސްގެން ވިއްކާނީ ކިހިނެތް
ވިސްނާލީމާ
14 June 2016
އެވަރަށް ނުގެނެވުނަސް އަގުބޮޑުވެގެން ނުވާނެ! އެއީ ބޮޑުމައްސަލައެއް! ގެންނަނީ ހަމަ އެއްއަގެއްގާ އެންމެނަށޤ ވިއްކޭވަރުނުވީމާ ވިއްކާވަރުގެ ދެގުނަ ޖައްސާލީމާ އެކެވެނީ އަލިފާން! އެކަމާމެދު ވިސްނާލަންޖެހޭ! -އިބްރާހީމް-
ބިސްކީމިޔާ
14 June 2016
އެސްޓިއޯއިން ގަތް ބިސްކޭހުގެ ކޮންމެ ތިންބިހަކުން 2 ބިސް ކުނިވެފައި. އެއީ ރޯދަމަހަށް ގަތް ބިސްކޭސް. ވ.ދެރަވި.