ރޯދަ މަހު ދިރާގުން ތައާރަފްކުރާ ޕްރޮމޯޝަންތަކުގެ މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ލަމްޔާ އަބްދުﷲ/މިހާރު
05 މެއި 2019 - 16:50
މާދަމާ ފަށާ މި އަހަރުގެ ރޯދަ މަހަށް ދިރާގުން ހާއްސަ ޕްރޮމޯޝަންތަކެއް ފަށައިފި އެވެ.
އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ގައި، އެޑްވަޓައިޒިން އެސިސްޓަންޓް މެނޭޖަރު ހަސަން ޝާރިފް ވިދާޅުވީ، ދިރާގުގެ ޚިދުމަތްތަކުގެ ތެރެއިން ޚާއްސަ ޕްރޮމޯޝަންތަކެއް ތައާރަފުކުރީ، ދިވެހިންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކަށް އެންމެ އެކަށީގެންވާ ގޮތަށް ބެލުމަށް ފަހު ކަމަށެވެ.
ރޯދަމަހަށް ދިރާގުން ތައާރަފްކުރަން ނިންމާފައި ވަނީ ދެ ޕެކޭޖެކެވެ. އެއީ:
- 200ރ. އަށް ލިބޭ 1.5 ޖީބީގެ ޕެކޭޖް.
- 300ރ. އަށް ލިބޭ 4 ޖީބީގެ ޕެކޭޖް.
މި ދެ ޕެކޭޖާ އެކު ވެސް އެއް ޖީބީ އަށް ވާ ވަރަށް ހިިލޭ ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ އެވެ. އަދި އޭގެ ޑޭޓާ ޕެކެއް ގަންނަން ހޭދަ ކުރާ ފައިސާގެ 10 ޕަސެންޓު މޯލްޑިވްސް އެސޯސިއޭޝަން ފޯ ފިޒިކަލް ޑިސްއޭބަލްސް (އެމްއޭޕީޑީ) އަށް ހަދިޔާ ކުރަން ދިރާގުން ވަނީ ނިންމައިފަ އެވެ.
މި ދެ ޕެކޭޖު މިއަދުން ފެށިގެން ދިރާގުގެ ކަސްޓަަމަރުންނަށް ލިބޭނެ އެވެ. އެއް މަސް ދުވަހުގެ މުއްދަތަކަށް މި ޕެކޭޖުތަކުގެ ހިދުމަތް އެތަނުގެ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭނެ އެވެ. މި ހިދުމަތް ހޯދުމަށްޓަކައި #8*123* އަށް ގުޅަން ދިރާގުން އެދެ އެވެ.
ދިރާގު ޕޭ ނުވަތަ މޯބައިލް މަނީ ބޭނުން ކޮށްގެން ވެސް މި އަހަރު ހާއްސަ ޑިސްކައުންޓުތަކާއި ހަދިޔާތަކެއް ލިބޭނެ ގޮތަށް ދިރާގުން ވަނީ ހަމަޖައްސައިފަ އެވެ.
ދިރާގު ޕޭ ބޭނުންކޮށްގެން 150ރ. ޚަރަދުކުރާ ނަމަ، އެ ދުވަހެއްގެ ފުރަތަމަ 25 ކަސްޓަމަރުންނަށް ކަރާ ކިލޯއެއް ހިލޭ ލިބޭނެ އެވެ.
ދިރާގުން ވަނީ ދިރާގު ޕޭ މެދުވެރިކޮށް، ރޯދަ ވީއްލުމަށް ފައިސާ ދައްކާ ބައެއް ރެސްޓޯރަންޓުތަކުން 15-20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭން ނިންމައިފަ އެވެ. އެ ޚިދުމަތް ލިބޭނީ ހަތަރު ރެސްޓޯރަންޓަކުންނެވެ. އޭގެ ތެރެއިން، އޮކްސިޖަން ބްލޫ އާއި އޮކްސިޖަން ކެފޭ އަދި އޮލިވް ގާޑަން އިން ލިބޭނީ 15 ޕަސެންޓުގެ ޑިސްކައުންޓެކެވެ. އަދި ހުޅުލޭ އައިލެންޑް ހޮޓަލުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
ދިރާގު ޕޭ މެދުވެރިކޮށް، ފިތުރު ޒަކާތް ވެސް ދެއްކޭނެ އެވެ. ދިރާގުގެ ވެބްސައިޓަށް ވަދެ، ދިރާގު ޕޭގެ އިސްތިހާރަށް ފިއްތާލުމަށް ފަހު، އެ ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ. އެ މީހަކު ޒަކާތުގެ ގޮތުގައި ދައްކަން ބޭނުންވާ މިންވަރު ފުރިހަމަކޮށް، ޒަކާތަށް ދައްކާ އަދަދުގެ އޮންލައިން ރަސީދެއް ވަގުތުން ލިބޭނެ އެވެ.
މީގެ އިތުރުން، އެސްއެމްއެސް މެދުުވެރިކޮށް ވެސް ޒަކާތް ދެއްކުމުގެ ފުރުސަތު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެތަނުގެ ޕްރޮޑަކްޓް ޑިވެލޮމްޕެންޓް އެންޑް އިނޮވޭޝަން މެނޭޖަރު މުހައްމަދު ފާރިހު ވިދާޅުވި އެވެ.
މި ހިދުމަތް މިރޭ 12 ގެ ފަހުން ލިބެން ފަށާނެ އެވެ.
ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ނަގާ ކޮންމެ ބޫސްޓަރެއްގެ 25 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ގޮތަށް ދިރާގުން ވަނީ ހަމަޖައްސައިފަ އެވެ.
ރޯދަ މަހު ސައުދީ އަރަބިއްޔާ އަށް 1.89ރ. ގެ ރޭޓުން ގުޅޭނެ ކަމަށް ދިރާގުން ބުންޏެވެ. ކޮންމެ ރޯދަމަހަކު ވެސް އުމްރާގެ އަޅުކަމަށް ދާ މީހުން ގިނަވާތީ، އެ ގައުމަށް އަގުހެޔޮކޮށް ގުޅޭނެ ގޮތް ދިރާގުން ހަމަޖައްސަ އެވެ. މި ހިދުމަތް ލިބޭނީ 019 ގެ ޕްރިފިކްސް ކޯޑް ނުވަތަ ކަންޓްރީ ކޯޑް ބޭނުންކުރުމުންނެވެ.
ޝައްވާލު މަހުގެ ހަ ވަނަ ދުވަހާ ހަމައަށް މި ޕްރޮމޯޝަން ކުރިއަށް ގެންދާނެ އެވެ.
ނަމާދު ވަގުތުތައް ރޯދަ މަހު ދިރާގުން އެސްއެމްއެސްގެ ޒަރިއްޔާ އިން ފޯރުކޮށްދޭނީ އެއްވެސް ފީ އެއް ނުނަގަ އެވެ. އެކަމަށް ރަޖިސްޓަރީ ވުމުން ނަމާދު ވަގުތުގެ 10 މިނެޓް ކުރިން އެސްއެމްއެސްގެ ޒަރިއްޔާ އެކަން ކަސްޓަމަރުންނަށް އަންގާނެ އެވެ.
މިއީ އިންސްޓަގްރާމް މެދުވެރިކޮށް "ރޯދަ މޯމެންޓްސް" ގެ ނަމުގައި ދިރާގުން ތައާރަފްކުރާ މުބާރާތެކެވެ. މި މުބާރާތުގައި ފޮޓޯ އެއް ނުވަތަ ވީޑިއޯ އެއް RoadhaMoments# ހޭޝްޓެގް ބޭނުންކުރުމުން ބައިވެރިވެވުނީ އެވެ. މި ހޭޝްޓެގް ބޭނުންކުރާ މީހުންގު ތެރެއިން ކޮންމެ ހަފްތާއަކު ނަސީބްވެރިއަކު ހޮވައި، އެ މީހަކަށް ސެމްސަންގް އޭ80 ފޯނެއް ދޭނެ އެވެ. ސެމްސަންގާ ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވެވޭނީ ޕަބްލިކް އިންސްޓަގްރާމް އެކައުންޓް ގެންގުޅޭ މީހުންނަށް އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔް
06 May 2019
ހާދަ އަގުހެޔޮ ޑޭޓާ ޕެކޭޖުތަކެކޭ މަ ހަމަ ކޮސްވެއްޖެ. މަ ހިތައްއަރާ ލަދުވެސް ނުގަންނަނީބާއޭ މި ވެރިން
ޅޮފްޓަސްޗީކް
06 May 2019
ދިރާގު މީ މީހިން ފެލާ ތަނެއް. ޢުރީދޫ ނެތް އިރު އެމީހުން ލާރިން އުދުހުނީ ނިކަމެތި ރައްޔިތުމީހާ ފެލާލައިގެން. ޢަދި ރޯދަ ޕްރޮމޯޝަނޭކިޔައިގެންވެސް މީހުންގެ ސިކުނޑި ކައޭ އެވަރަށް.
ނިލަން
06 May 2019
ރޯދަ މަހަށް ދިރާގުން އުރީދޫއައް ބަދަލުވާން ހުށަހަޅައިފިން ކަލޭމެންގެ ހިދުމަތަށް އަންނަ ކުރިއެރުމެއް ނެތް. ކަސްޓަމަރުން ފެލޭތޯބަލަނީ ކަސްޓަމަރުންނަށް ހަދިޔާއޭ ބުނެ މިކަހަލަ ސަކަރާތް ނުޖަހަބަލަ
އިންމަބޭ
06 May 2019
ދިރާގުޕޭ ބޭނުންނކުރީމަ އެކަނި ޑިސްކަެއުޓް އަދި ހަދިޔާ.. އެކަކުވެސް ބޭނުން ކުރާ އެއްޗެއް ނޫން ތީކީ!
ދިރާގު
06 May 2019
ދިރާގު< ކަލޭމެން ތިދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އުޅޭ.. އެއް އަހަރުން އަނެތް އަހަރަށް މިލިއަނުން ބިލިއަނުން ފައިދާ ވާއިރުވެސް ކަލޭމެންގެ ހިދުމަތަށް އަންނަ ކުރިއެރުމެއް ނެތް. ކަސްޓަމަރުން ފެލޭތޯބަލަނީ.. ކަލޭމެންނަށް ބަދު ދުޢާ ޖެހިދާނެ..
މުޅި
06 May 2019
އުރީދޫއިން ލިބޭ ރޯދަ މަސް ނޫނަސް 300 ރ 5 ޖީބީ
އަލްމާ
06 May 2019
ރަންދޯ މިމީހުން މިވިއްކަނީ، ލޮލް. ހަމަ ނުބައިފާޑެއް ހިނި އަންނަނީ.
13590
06 May 2019
ރަމަޟާން މަސް މީ ވިޔަފާރި ބޫސްޓް ކުރާ މައްސަރެއް. މީހުންގެ ސިކުނޑި ކާލައިގެން ކޮންމެ ބަޔަކު ވެސް ރައްޔިތު މީހާ ހަނާ ކޮށްލަނީ.
ފަތްކެޔޮ
06 May 2019
ކަމުދާ އެކައްޗެއްވެސް ނެތް، ހުސް ސުޓަންޓު
ށ.އަތޮޅު މީހާ
05 May 2019
މަށަށް ހަމަ ހިނިއާދެވެނީ. ހުރިހާ ބޭފުޅުންނަށް ރަމަޟާން މުބާރަކް. ވައްސަލާމް.