ރަންމުތް- ކައި ނިމިގެން ކިޔާ ދުއާ

އިންސާނާ އަށް މަތިވެރި ނިއުމަތްތަކާއި ދަރަޖަ ދެއްވި އިރު، އޭނާ މަގު ފުރެދިގެންދާ ފަދަ ކިތަންމެ ރޫޙާނީ ބާރުތަކެއް އޭނާގެ ވަށައިގެން ލައްވާފައިވެ އެވެ. އިންސާނާގެ ހިތް ދަމައިގަންނަ ކިތަންމެ ކަމެއް އޭނާގެ ކުރިމަތިން ތަސައްވަރު ވަމުން ދާނެ އެވެ. އެއާ އެކު ވެސް، އެ ކަންކަމުން ސަލާމަތްވެ ރައްކާތެރި ކަމުގައި ދިރިއުޅުމުގެ ތަޅުދަނޑި ވެސް އިންސާނާ އަށް ވަނީ ދެއްވައިފަ އެވެ. ކޮންމެ ކަމަކާ ކުރިމަތިލާ އިރު، ﷲގެ ހަޒްރަތުން މަދަދާއި ވާގިވެރިކަން ދެއްވުން އެދި ދުއާ ކުރުމަކީ މުއުމިނުންގެ އެންމެ ބާރު ގަދަ ހަތިޔާރެވެ.


މިއީ ރޯދަ މަހު "މިހާރު" ނޫހުން ކިޔުންތެރިންނަށް ގެނެސްދޭ ހާއްސަ ބައިތަކުގެ ތެރޭގައި ހިމެނޭ އެއް ބައެވެ. އަޅުގަނޑުމެންގެ ހަޔާތުގެ ކޮންމެ ކަމަކަށް ދިރުން ގެނެސްދޭ މިފަދަ ދުއާތައް މި ސިލްސިލާގެ ދަށުން ގެނެސްދޭނެ އެވެ.