04 މެއި 2020 - 11:29
މާތްވެގެންވާ ރޯދަމާ ދިމާކޮށް، "މިހާރު"ގެ "ރަންމުތް" މިފަހަރު ބައްދަލުކުރާނީ، ރާއްޖޭގެ ޒުވާން ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިހު ނަސްރުﷲ އަލީގެ ހެޔޮ ބަސްތަކާ އެކު އެވެ. އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމުގައި ހުންނެވި ނަސްރުﷲ، ވަރަށް ކުރުކޮށް އެކަމަކު ދީނީ ވަރަށް މުހިންމު ނަސޭހަތްތަކެއް، "ރަންމުތް" މެދުވެރިކޮށް، ގެނެސްދޭނެ އެވެ.
ފުރަތަމަ ވީޑިއޯގައި އޭނާގެ ނަސޭހަތަކީ، މާތްވެގެންވާ ރޯދަމަސް އަޅުގަނޑުމެންނާ ބައްދަލުކުރި އިރު، އެ މަހަށް އަޅުގަނޑުމެން ކުރިމަތިލާން ޖެހޭނީ "ނަފުސާއި ހިތާއި ފުރާނަ އާއި ރޫހުން" ވެސް ތައްޔާރުވެގެން ކަމެވެ.
"ބަރަކާތްތެރި ރަމަޟާން މަހަކީ ﷲ ސުބުހާނަހޫ ވަތަޢާލާ އަޅުތަކުންނަށް ދެއްވާފައިވާ ރަނުގެ ފުރުސަތެއް" ނަސްރުﷲ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މައްޗަށް އޮތީ އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy