ރިޕޯޓް / ނިއުމަތު ޝަފީގު (އޮމްބަޑްސްޕާސަން)

"ދައުލަތުގެ ބެލުމުގެ ދަށުގައި އެހާ ގިނަ ކުދިން ތިބެގެން ނުވާނެ"

video icon

ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ތިބޭ ތަންތަނުގެ އޮޑިޓުތައް ހަދާ ނިމުނުއިރު، އޭގެން ފާހަގަވި އެންމެ ބޮޑު މައްސަލައަކީ، އެއީ ކުދިންނަށް އެންމެ އެކަށޭނެ ގޮތަށް އިމާރާތްކޮށްފައިވާ ތަންތަނަށް ނުވުމެވެ. ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގާނޫނީ ބޮޑު ޒިންމާއަކާ ހަވާލުވެވަޑައިގެން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ވާހަކަދައްކަވަމުން ކުޑަކުދިންގެ އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް ވިދާޅުވީ މީގެ އިތުރުން ވެސް އިސްލާހު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ފެންމަތިވެފައިވާ ކަމަށެވެ.

ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށުން ކުދިން ތިބޭ ހަތް ތަނެއްގެ އޮޑިޓް ހަދައި ނިންމައިފަ އެވެ.

މި އޮޑިޓުތަކުން ފާހަގަކުރެވުނު މައްސަލަތައް ހިއްސާކުރައްވަމުން، "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ނިއުމާތު ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންގެ ހިޔާތައް ހެދިފައި ހުރީ އެ ކުދިންނަށް ހާއްސަ އިމާރާތްތަކެއްގައި ނޫން ކަމަށެވެ.

"ޑޮމެސްޓިކް ވައިލެންސް ޝެލްޓާގެ ގޮތުގައި ޖެންޑާ މިނިސްޓްރީން ހަދައިފައި ހުރި އިމާރާތްތަކެއް އެއީ. އެ އިމާރާތްތަކުގެ ސްޓްރަކްޗުރަލް ވަރަށް ބައިވަރު މައްސަލަތައް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު،" ނިއުމާތު ވިދާޅުވި އެވެ.

"މުޅި އިމާރާތުގެ މެއިންޓެނެންސްގެ މައްސަލަތަކާއި ވަރަށް ކުރީގައި ހަދައިފައި ހުރި ތަންތަނަށްވެ، އިމާރާތުގެ މައްސަލަތައް ގިނަ ކަމުން، އެއީ އެ ކުދިންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށް ވާތީ ވަރަށް ކަންބޮޑުވޭ."

ކުޑަކުދިންގެ އޮމްބަޑްސްޕާސަން، ނިއުމާތު ޝަފީގް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މި އޮޑިޓުތަކުގެ އަވަސް ރިޕޯޓުން އެކަނި ވެސް ވަނީ 146 ހުށަހެޅުމެއް ފާހަގަކޮށްފަ އެވެ. އެއީ މިހާރުން މިހާރަށް ވެސް ހައްލުކުރަން ޖެހިފައިވާ މުހިންމު ކަންތައްތަކެކެވެ. މި އޮޑިޓުތަކުގެ ބޮޑު ރިޕޯޓު ނިމުމުން އަދި އިތުރު މައްސަލަތައް ވެސް ފެންމަތި ވާނެ ކަމަށް ބެލެވެ އެވެ. އަވަސް ރިޕޯޓުގައި ހުރި ހުށަހެޅުންތައް މިހާރު ވަނީ ޖެންޑާ މިނިސްޓްރީ އާއި ރައީސް އޮފީހާއި އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޝްވަރާކުރެވި، ފިޔަވަޅު އަޅަން ފެށިފަ އެވެ.

"ބައެއް ކަންކަން ހުންނާނެ އަޅުގަނޑުމެން އެތަނުގައި ތިބެގެން ވެސް ފިޔަވަޅު އަޅައިފައި،" ނިއުމާތު ވިދާޅުވި އެވެ.

ކުޑަކުދިންގެ މައްސަލަތަކުގައި އިހުމާލުވާ އިދާރާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުން ކުޑަކުދިންގެ އޮމްބަޑްސްޕާސަން އަށް ދީފައިވެ އެވެ.

އަވަސް ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ބައެއް ކަންކަން

- ކުދިން ބަލަހައްޓާ މުވައްޒަފުން ތަމްރީނުކުރެވިފައި ނެތުން.

- މުވައްޒަފުންގެ ރައްކާތެރި ކަމަށް ކުރަން ޖެހޭ ކަންކަން ކުރެވިފައި ނެތުން.

- ކުދިންނަށް އެކަށީގެންވާ ޕްރޮގުރާމުތަކާއި ނަފުސާނީ އެހީތެރިކަން ފޯރުކޮށް ނުދެވުން.

- ޕްރޮގްރާމްތައް ނުހިންގައި ބޭނުންވާ ފަރުވާ ކުދިންނަށް ފޯރުކޮށް ނުދެވޭތީ އެފަދަ ބައެއް ކުދިންގެ ސަބަބުން އެހެން ކުދިންނަށް އެތަން ރައްކާތެރި ތަނަކަށް ނުވުން.

އިތުރަށް ތަހުގީގު ކުރަން ޖެހޭ ހަތް މައްސަލައެއް ވެސް ފާހަގަވެފައިވުމުން، އޮމްބަޑްސްޕާސަން އޮފީހުގެ ތަހުގީގު ޑިޕާޓްމަންޓުން މިހާރު އަންނަނީ އެ މައްސަލަތައް ބަލަމުންނެވެ.

މި އޮޑިޓްގެ އިތުރުން ވެސް އެ އޮފީހުން އަންނަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރާ ގާނޫނުތަކަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ދިރާސާތައް އެބަ ކުރެ އެވެ. ރާއްޖޭގެ ހުރިހާ ގާނޫނެއްގައި ކުޑަކުދިންގެ ހައްގާ ގުޅިގެން ހުރި ބައިތައް ދިރާސާކުރުމުގެ މަސައްކަތާއި ކޯޓުތަކުގައި ހިނގާ އަދި ނިންމާފައިވާ ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ނިންމުންތައް ދިރާސާ ކުރުމުގެ މަސައްކަތް ވެސް ކުރާއިރު، ކުޑަކުދިންނާ ގުޅޭ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގުރާމްތައް ރާވައި ހިންގަ އެވެ.

"ހަގީގަތަށް ބަލަންޏާ އެހާ ބައިވަރު ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބެގެން ނުވާނެ. މުޖުތަމައުއެއްގެ ތެރޭގައި ގިނަ ކުދިންތަކެއް ބަންދުވުމަކީ އިންސާފުވެރި ގޮތެއް ނޫން،" ނިއުމާތު

ކުޑަކުދިންގެ އޮމްބަޑްސްޕާސަން، ނިއުމާތު ޝަފީގް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މި އަހަރު އެ އޮފީހަށް ހުށަހެޅި އެކި މައްސަލަތަކާއި ކުޑަކުދިންގެ ހިޔާތަކުގެ އޮޑިޓުން ފާހަގަވި ކަންކަމާ އެކު، އެ އޮފީހުން ވަނީ އެކި އިދާރާތަކަށް އިސްލާހު ކުރަން ޖެހޭ 272 ކަމެއް ހުށަހަޅައިފަ އެވެ. އެއީ؛

- ބޭސްލައިން ސްޓަޑީއާ ގުޅިގެން 66 ހުށަހެޅުމެއް

- ހިނގާފައިވާ ހާދިސާތަކާ ގުޅިގެން 20 ހުށަހެޅުމެއް

- މައްސަލަތަކުގެ ތަހުގީގުތަކާ ގުޅިގެން 9 ހުށަހެޅުމެއް

- ކޮވިޑް-19ގެ ހާލަތާ ގުޅިގެން 19 ހުށަހެޅުމެއް

- ކުޑަކުދިން ލައްވާ މަސައްކަތްކުރުވުމާ ގުޅިގެން 12 ހުށަހެޅުމެއް

މިހާރު އެ އޮފީހަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަމެވެ. އެ އޮފީހުގެ އެންމެ މުހިންމު ދެ ޑިޕާޓްމެންޓް ކަމަށްވާ އެޑްވޮކަސީ އާއި ތަމްރީނުގެ ޑިޕާޓްމަންޓާއި އަދި މޮނީޓަރިން އެންޑް އިވެލުއޭޝަންގެ ޑިޕާޓްމަންޓުގައި އެއްވެސް މުވައްޒަފެއް އަދި ނެތެވެ.

އެކަމަކު އަންނަ އަހަރަށް، އެ އޮފީހަށް ދީފައިވާ ބަޖެޓުން މި މައްސަލަ އަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ނިއުމަތު ވިދާޅުވި އެވެ. އެ އޮފީހަށް ނުވަ މިލިއަން ރުފިޔާގެ ބަޖެޓެއް ދައުލަތުން ކަނޑައަޅާފައިވާއިރު، 11 މުވައްޒަފުން އަންނަ އަހަރު އިތުރުކޮށް، މަދުވެފައި ދެ ޑިޕާޓްމަންޓުގެ މަސައްކަތައް ފެށޭނެ ކަމަށް ނިއުމާތު ވިދާޅުވި އެވެ.

"ކުދިން އަނބުރާ މުޖުތަމައު އަށް ގެންދެވޭނެ"

ދައުލަތުގެ ބެލުމުގެ ދަށުގައި ކަންބޮޑުވާ އަދަދަކަށް މިހާރު ކުދިން އެބަ ތިބި ކަމަށާއި އޭގެ ތެރެއިން ގިނަ ކުދިންނަކީ އަނބުރާ މުޖުތަމައު އަށް ގެންދެވޭނެ ނުވަތަ އާއިލާގެ ކައިރި އަށް ގެންދެވޭނެ ކުދިން ކަމަށް ނިއުމާތު ގަބޫލުކުރައްވަ އެވެ. އެހެންވެ، އެކަން ކުރުމަށް ބޭނުންވާ ރީ-އިންޓްރޮގޭޝަންގެ މަސައްކަތް ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކުރައްވަމުން އަންނަ ކަމަށެވެ.

"ހަގީގަތަށް ބަލަންޏާ އެހާ ބައިވަރު ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބެގެން ނުވާނެ. މުޖުތަމައުއެއްގެ ތެރޭގައި ގިނަ ކުދިންތަކެއް ބަންދުވުމަކީ އިންސާފުވެރި ގޮތެއް ނޫން،" ނިއުމާތު ވިދާޅުވި އެވެ.

ކުޑަކުދިންގެ އޮމްބަޑްސްޕާސަން، ނިއުމާތު ޝަފީގް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކުއްޖަކަށް އިހުމާލުވާ މައްސަލައެއްގައި އެ ކުއްޖާ ވިކްޓިމައިޒްވެފައި ހުއްޓާ ގެންގޮސް ހިޔާ ކަހަލަ މަރުކަޒަކަށް ލުމުން، އެ ކުއްޖާ އަދި އިތުރަށް ވިކްޓިމައިޒް ވާތީ، އޭނާ ގަބޫލުކުރައްވަނީ ކޮންމެ ކުއްޖަކީ ވެސް އާއިލާ ނުވަތަ ފޮސްޓަރިން ކެއާ ގެންގޮސް ވިޔަސް، މަރުކަޒަކަށް ނުލައި، މިނިވަންކަމާ އެކު މުޖުތަމައުގައި ރަނގަޅު ދިރިއުޅުމެއް އުޅެވޭ ކުއްޖަކަށް ހެދުމަށް ކަން ނިއުމާތު ވިދާޅުވި އެވެ.

ނިއުމާތު އުއްމީދުކުރައްވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ތިބޭ ހުރިހާ ތަނަކީ ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ޔުނިސެފްގެ މިނިމަން ސްޓޭންޑާޑާއި ބައިނަލްއަގުވާމީ މުއާހަދާތަކުގެ މިންގަނޑަށް ފެތޭ ތަންތަނަށް ހެދުމެވެ. އޭނާ ވިދާޅުވި ގޮތުގައި ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ ގޮތުގައި އޭނާގެ މި ފަސް އަހަރުގެ ދައުރު ނިމޭއިރު އެންމެ ދެކެން ބޭނުންވަނީ އެ ދުވަހެވެ.

"ހުރިހާ ކުދިންނަކީ ރައްކާތެރި އާއިލާއެއްގެ ތެރޭގައި އުޅޭ ބަޔަކަށް ވުމަކީ އަޅުގަނޑުގެ ޓާގެޓެއް،" އޭނާ ވިދާޅުވި އެވެ.

14 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 17%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަންބުމާ

23 November 2021

ކޮވިޑް-19ގެ ހާލަތާ ގުޅިގެން 19 ހުށަހެޅުމެއް ހުށަހަޅާފައިވާތީ ވަރަށް ސަޅި

The name is already taken The name is available. Register?

ށިޔާސޛ

23 November 2021

ދައުލަތުން ބޮޑު މުސާރަ ދީފަ ތިފަދަ ބޭކާރު ސިޔާސީ މަގާމުތައް ދޯ އިތުރުކުރަންވީ. 2023 ވަރަށް ސަލާން.

The name is already taken The name is available. Register?

ޥަރަށއ

23 November 2021

ޙަމަ އެހެންމެ، ފާޑު ފާޑު ނަން ނަން ކިޔާފަ ބޭކާރު މަގާމުތައް އުފައްދާފަ ރައްޓެހިންނަށް މަގާމުތައް ދީގެން ބައިތުލްމާލުން މުސާރަ ދީގެންވެސް ނުވާނެ. ފުށުއަރާ މެންޑޭޓް ތަކެއް ހަދާފަ އެއް ކަމެއް ކުރަން ބައިވަރު އޮފީސްތައް ހެދުމުން ރައްޔިތުންގެ ފައިސާ އިސްރާފުވަނީ.

The name is already taken The name is available. Register?

ރާއްޖެ

23 November 2021

ދައުލަތުގެ ބެލުމުގެ ދަށުގަ ތިބެންޖެހޭނީ އެއްހާސް ސިޔާސީ މުވައްޒަފުން.

The name is already taken The name is available. Register?

ކީސްގިލާ

23 November 2021

ކުދިންނަށް ރަނގަޅު މާޙައުލެއް ހޯދާދިނުމުގެ ގޮތުން، ސިޔާސީ މަގާމެއްގައިހުރި ކޮންމެ މީހަކަށް ކުއްޖަކު ބަލަން ހަވާލުކުރުން ރަނގަޅު ކަމަށްފެނޭ.

The name is already taken The name is available. Register?

ނެކްސްޓް

23 November 2021

ދައުލަތަކުން ރައްޔިތުންނާހެދި އުދަގުލަކަށް ވެގެން އުޅޭތަން މިފެންނީ ކޮންމެ ފަހަރަކު މިބައިގަނޑު ވެރިކަމަށް އަަައީމަ ފެއިލްވެފައި އޮތް ބައެއް. ޑައުލަތަކުން ކުރަން ޖެހޭ ކަންކަން ނޭނގޭ ނާގާބިލް ބައެއް

The name is already taken The name is available. Register?

ބެރެނީ

23 November 2021

މަ ހީކުރީ އަހަރެމެން އެންމެން މި ތިބީ ދައުލަތުގެ ބެލުމުގަ ދަށުގަ ކަމަށް! އަދި ކިރިޔާ މި އެނގުނީ ކުދިންނާއި މީހުން މި ދައުލަތުގެ ބެލުމުގެ ދަށުގަ ތިބެގެން މި ގައުމު ހިންގަން އައި ސަރުކާރަށް އެކަން ބޮޑުވެގެން ހަދާނެ ނަހަދާނެއެއް ނޭގިގެން އުޅޭކަން. ގައުމު ހިންގަން ނޭގެންޏާ އެނގޭބަޔަކާ ހަވާލުކޮށްފަ ފެއަށް ޖެހޭށޭ

The name is already taken The name is available. Register?

ޒިންދަގީއިބްރާހީމް

23 November 2021

މަދު މުވައްޒަފުންކޮޅަކާއެކު ގިނަ މަސައްކަތް ކޮށްފިކަމަށް ގަބޫލުކުރެވިއްޖެ، ނަމޫނާ މިނިވަން މުއައްސަސާއެއް

The name is already taken The name is available. Register?

ާއުނިމާ

23 November 2021

އޮންބޮޑްސް ޕާސަންވެސް ތީ ހުންނަންޖެހޭ މީހެއްނޫން! ތިޔަ ޒިއްމާ އަދާ ކުރެވޭނެ މުއައްސަސާތައް އެބަހުރި

The name is already taken The name is available. Register?

ނެކްސްޓް

23 November 2021

އެމްޑީޕީ ނާޤާބިލަކަން އެގެނީ ވެރިކަމުގެ އިންޗިއެއް އޮތަސް އަތަށް ގޮވާފަ ކުރިންވެސް ހަމަ މިކަހަލަ ވާހަކަތައް ދެއްކީ ނުވަންޏާ އިސްތިއުފާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454