ރިޕޯޓް

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަގާފަތް ބަދަލުވެ މާ ނުރައްކާ ހާލަތަަކަށް!

"ސްކޫލު ކުދިން ސްކޫލް ތެރޭގައި ވެސް މިކަން ވަރަށް ބޮޑަށް ކުރޭ. ވަރަށް ނުބައި ފާލެއް އެއީ. ދުވަހަކު ވެސް ސިނގިރޭޓް ނުބޯ ކުއްޖަކު ވޭޕް ކުރަން ފަށައިފިއްޔާ ސިނގިރޭޓަށް ދާނެ. އަނެއްކާ ވޭޕް އެއީ ގެއްލުން ހުރި އެއްޗެއް."

އިންޒާރުގެ ފޮޓޯތަކާ އެކު ސިނގިރޭޓް ފޮށިތަކެއް: ދުންފަތުގެ ނުރައްކާ ކިހާ ބޮޑުކަން އެ ފޮޓޯތަކުން އެނގޭ - ފޮޓޯ: ނިޝާން އަލީ/މިހާރު

ހިތުގެ ބައްޔާއި ކެންސަރާއި ސްޓްރޯކް އަދި ބޮޑެތި އެހެނިހެން ބަލިތަކުގައި އެތައް ބަޔަކު މަރުވަމުންދާއިރު ޑޮކްޓަރުން ދަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އޭގެ އަނެއްކޮޅުން، ސަރުކާރުން ތިބީ ދައުލަތަށް ވައްދާ އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައި ދުންފަތުން ނަގާ ޓެކްސް އިތުރުކޮށްލަ އިތުރުކޮށްލަ އެވެ. އެކަމަަކު ނަތީޖާ އަށް ބަދަލެއް ނާންނަކަން އިނގެނީ ކަސްޓަމްސް އަދި ހެލްތު މިނިސްޓްރީން އާއްމުކުރާ މައުލޫމާތުތަކުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން 2019 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ބުނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް އަހަރަކު 1.6 ބިލިއަން ރުފިޔާ ހޭދަކުރާ ކަމަށެވެ. އަދި ރާއްޖެ އަށް އެވްރެޖްކޮށް އަހަރަކު 462 މިލިއަން ސިނގިރޭޓް އެތެރެކުރާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ދުންފަތް ބޭނުންކުރާ މީހުން އާ ގޮތްތައް ހޯދައި، އެކަން ކުރިއަށްގެންދާއިރު އަލަށް ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ ފުރާވަރު އުމުރުގެ ކުދިން ވެސް ދަނީ އިތުރުވަމުންނެވެ. އެކަމަކު، ދުންފަތް ކޮންޓްރޯލްކުރަން ގާނޫނެއް ވުޖޫދުވިތާ 12 އަހަރުވެއްޖެ އެވެ.

އެ ކަންބޮޑުވުންތަކާއެކު އެއް ބައެއްގެ ސުވާލަކީ އެ ގާނޫނުގެ ސަބަބުން އާއްމުންނަށް ވީ ކޮން ފަސޭހައެއްތޯ އެވެ. ނޫނީ ގަނޑެއްގައި ލިޔެފައި ބޭއްވުމުގެ ބޭނުމުގައި ގާނޫނެއް ފާސްކުރީ ކީއްކުރަން ހެއްޔެވެ؟

އެއްވެސް ކަމެއް ތަންފީޒެއް ނުވޭ

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު ބުނާގޮތުން މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ ޖޫރިމަނާކުރަން ޖެހޭނެ އެވެ. އެކަމަކު، މާލޭގެ އެކި ސަރަހައްދުތަކުން ފެންނަނީ އެ ގާނޫނާ ހިލާފު މަންޒަރުތަކެވެ.

ކެފޭ/ރެސްޓޯރެންޓާއި އާއްމު ތަންތަނުގައި އެއްވެސް ހަމައެއްލަމައެއް ނެތި ދުންފަތުގެ އިސްތިއުމާލުކުރަނީ އެވެ. ގާނޫނަކާ ގާނޫނެކެވެ. އެކަން ތަންފީޒުކުރަން ކެރޭ ބަޔަކު ނެތެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި ކަންކަން ރަނގަޅުކުރަން ބައިވަރު އުސޫލުތަކެއް އެބަހުއްޓެވެ. ނަމަވެސް އެކަން ތަންފީޒް ނުވަނީ ހުރިހާ ދިމާލަކުން ވެސް ބޮޑެތި ގޮންޖެހުންތައް ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރެއިން އެއް ކަމަކީ ވަކިން ސިނގިރެޓް ނުވިއްކޭ ގަވައިދެވެ. މީގެ ތިން އަހަރުކުރިން، 2019 ވަނަ އަހަރު އެ ގަވައިދަށް އަމަލުކުރަން ފެށި ފުރަތަމަ ދުވަސްވަރު ވަކިން ސިނގިރެޓެއް ނުވިއްކަ އެވެ. އެކަމަކު، މިހާރު އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި ސިނގިރެޓް ވިއްކަމުންދާ ކަމަށް ހަސަން ވިދާޅުވި އެވެ.

މީހަކު ސިނގިރޭޓެއް ރޯކޮށްލަނީ.-- ފައިލް ފޮޓޯ: މިހާރު

ކޮވިޑުގެ ސަބަބުން ވޭތުވެދިޔަ ދެ އަހަރު ވެސް ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މާ ގިނަ ހަރަކާތެއް ނުހިންގަ އެވެ. އޭގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ބޭނުންކުރަން ފެށި ފުރާ އުމުރުގެ ކުދިން ގިނަވެފައިވެ އެވެ.

ހަސަން ވިދާޅުވީ ސިނގިރޭޓް ބޯ ފުރާވަރާއި ބޮޑެތި މީހުންގެ އަދަދުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުއްޓަސް ދުންފަތާ ގުޅުންހުރި އެހެން ވައްތަރުތައް ބޭނުންކުރުން އިތުރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޝީޝާ އާއި އީ-ސިނގިރޭޓް އަދި ވޭޕް ހިމެނެ އެވެ.

އެޗްޕީއޭގެ އަނެއް ކަންބޮޑުވުމަކީ ގަވައިދުގެ ތެރެއިން ކެފޭ ގޮތަށް ހިންގި ތަންތަން ވެސް ޝީޝާ ކެފޭތަކަކަށް ބަދަލުވުމެވެ. އެއީ ކަނޑައެޅިގެން ގާނޫނާ ހިލާފު ކަމެކެވެ.

"ބޮޑެތި ހުރިހާ ބަލިތަކެއް, ޒުވާން އުމުރުގައި ކުޅެން ހުންނަ މީހާ ހާޓް އެޓޭކެއް ޖެހިގެން ވާއިރު އާއްމުގޮތެއްގައި އެކަހަލަ ބިހޭވިއާސްތައް ހުންނަނީ. އެކަމަކު އަޅުގަނޑުމެންގެ މާހައުލާއި ސިޔާސަތުތައް ބައްޓަންވެފައި ހުންނައިރު މި ހުންނަނީ މި ކަންކަމަށް މަގުފަހިވާ ގޮތަށް,"

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގައިވާ ގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުއްދަ ދެވޭނީ އޭސީ ނެތް، ހާމައަށް އޮންނަ ތަންތަނުގަ އެވެ. ނަމަވެސް ބަންދުވެފައި ހުންނަ ތަންތަނުގައި ވެސް ޝީޝާ ބުއިން އާއްމުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޭޕް ކުރުމާއި އީ-ސިނގިރޭޓްގެ ބާވަތް އަދި ބައެއް ފަހަރު ޝީޝާ ޕްރޮމޯޓްކުރޭ ކުޑަކުދިންނާއި ޒުވާނުންނަށް. ހާއްސަކޮށް އަންހެނުން ކުދިންނަށް. ވޭޕްކުރާ ޑިވައިސް ހުންނަނީ ކުލަ ޖައްސާފައި، ރަހަތައް ވެސް ހުންނަނީ ފުރާވަރުގެ ކުދިން ވެއްދުމަށް. މީގައި ދުމެއް ނުހުންނާނެ. އެހެންވީމަ ބެލެނިވެރިން ވެސް ބުނާނެ އޭނަ ސިނގިރެޓެއް ނުބޮއެ، ވޭޕޭ ކުރަނީ،" ހަސަން ވިދާޅުވި އެވެ.

"ސްކޫލު ކުދިން ސްކޫލް ތެރޭގައި ވެސް މިކަން ވަރަށް ބޮޑަށް ކުރޭ. ވަރަށް ނުބައި ފާލެއް އެއީ. އެޑިކްޓް ވީމަ އޭނާ ސިނގިރެޓް ބޯނެ. ދުވަހަކު ވެސް ސިނގިރޭޓް ނުބޯ ކުއްޖަކު ވޭޕް ކުރަން ފަށައިފިއްޔާ ސިނގިރޭޓަށް ދާނެ. އަނެއްކާ ވޭޕް އެއީ ގެއްލުން ހުރި އެއްޗެއް."

މީގެ ހައެއްކަ އަހަރު ކުރިއަށް ބަލާއިރު، ޝީޝާގެ ލައުންޖުތައް ހިންގާ ތަންތަން އަތުން ގުނާލެވުނަސް، އާއްމުކޮށް ހިންގަމުންދިޔަ ކެފޭތައް ވެސް ބަންދުކޮށް ޝީޝާގެ ހިދުމަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ތަންތަނަށް ދީފައި އޮންނަނީ ކާބޯތަކެތީ ހުއްދަ ކަމަށް ވިޔަސް ހެލްތު މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީން އެ ތަންތަން މޮނީޓާ ނުކުރާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ފިހާރައަކުން މީހަކު ސިގިރެޓު ގަންނަނީ: -- މިހާރު ފައިލް ފޮޓޯ

ވަރަށް ނުބައި ޓްރެންޑަކަށް ދުންފަތުގެ ކަންތައްތައް ގޮސްފައި. ވަރަށް ނޯމަލް ވެފައި، އޭގެ ތެރެއިން ގައުމެއްގެ ހައިސިއްޔަތުން ބަލަންޖެހޭނީ ކުރިއަށް އޮތް ޖީލަށް. މިހާރު ފުރާވަރުގެ ކުދިން މި ވަނީ އޭގެ ތެރޭގައި-- ހަސަން

"ވަރަށް ނުބައި ޓްރެންޑަކަށް ދުންފަތުގެ ކަންތައްތައް ގޮސްފައި. ވަރަށް ނޯމަލް ވެފައި، އޭގެ ތެރެއިން ގައުމެއްގެ ހައިސިއްޔަތުން ބަލަންޖެހޭނީ ކުރިއަށް އޮތް ޖީލަށް. މިހާރު ފުރާވަރުގެ ކުދިން މި ވަނީ އޭގެ ތެރޭގައި،" ހަސަން ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ ބޮޑު ބަޔަކީ ފިރިހެނުންނެވެ. އެކަމަކު، އެ އަވާގައި ޖެހިފައި ތިބި އަންހެނުން އިތުރުވުމަކީ، ހަސަން ވިދާޅުވި ގޮތުގައި، މާބަނޑު ދުވަސްވަރު ތުއްތު ކުއްޖާ އަށް އެކި އަސަރުކޮށް، އެ ކުއްޖާ ބޮޑުވުމުން ވެސް ދުންފަތުގެ އިސްތިއުމާލުކުރުމުގެ ފުރުސަތު އޮތް ކަމަށް ކަމަށެވެ.

"ބޮޑެތި ހުރިހާ ބަލިތަކެއް, ޒުވާން އުމުރުގައި ކުޅެން ހުންނަ މީހާ ހާޓް އެޓޭކެއް ޖެހިގެން ވާއިރު އާއްމުގޮތެއްގައި އެކަހަލަ ބިހޭވިއާސްތައް ހުންނަނީ. އެކަމަކު އަޅުގަނޑުމެންގެ މާހައުލާއި ސިޔާސަތުތައް ބައްޓަންވެފައި ހުންނައިރު މި ހުންނަނީ މި ކަންކަމަށް މަގުފަހިވާ ގޮތަށް," އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑޭޝަންގައިވާ ގޮތުން ދުންފަތުގެ ބާވަތްތައް ސަރުކާރުން ޓެކްސް ނަގަން ޖެހޭނީ އެ ވިއްކާ އެއްޗެއްގެ އަގުގެ 70 ޕަސެންޓް ލައިގެންނެވެ. އަދި އެ ތަކެތީގެ އަގުތައް ކަނޑައަޅާއިރު އިންފްލޭޝަނަށް ވެސް ވަރަށް ޖެހޭނެ އެވެ.

ހައްގުތަކެއް ގެއްލިއްޖެ، ސުވާލުކޮށްލާނެ މެމްބަރެއް ނެތް

މި ސަރުކާރު ފެށީ ހަށިހެޔޮ ދުޅަހެޔޮ ސްލޯގަނަކާއެކު، ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ މުހިއްމު ވައުދާއެކުގަ އެވެ. އެކަމަކު، އާއްމު ސިއްހަތަށް އެންމެ ބޮޑު ހަތުރުކަމަށް ބެލެވޭ ދުންފަތުން ސަލާމަތްނުކޮށް އާއްމު ސިއްހަތު ކާމިޔާބެއްނުވާނެ އެވެ.

އެކަމަކު ފެންނަން އޮތް ހަގީގަތަކީ، އެ ވަބާގައި އެތައް ބަޔަކު ޖެހި، ގެއްލިފައި ތިބި ކަމެވެ. ވަރުގަދަ ގާނޫނާއި އުސޫލުތަކެއް ހަދާފައި ހުއްޓަސް އެކަން ތަންފީޒުނުވާތީ ސުވާލުކޮށްލާނެ މެމްބަރެއް ނެތް ކަމުގެ ކަންބޮޑުވުންތައް ވެސް އެޗްޕީއޭއިން ހިއްސާކުރި އެވެ.

"މަޖިލީހުން ވެސް ފާސްކޮށްފައިވާ ގާނޫނެއް ތަންފީޒުނުވެ, އޭގެ ހައްގުތައް ގެލިގެންދާއިރު ކޮންމެވެސް ފަރާތަކުން ސުވާލުކުރަންޖެހޭނެ. ގާނޫނުގައި އޮންނާނެ އޭސީކޮފައި ހުންނަ ތަންތަނުތަނުގައި ދުންފަތުގެ އިސްތިއުމާލުނުކުރެވޭނެ ކަމަށް. އެކަމަކު، ގާނޫނާ ހިލާފަށް ވިޔަފާރިވެރިކޮށް ފައިދާ ހޯދާއިރު ކުޑަކުދިން ވެސް ބައިވެރިކޮށްގެން ތިބެނީ. އެ ކުއްޖާގެ މައިންބަފައިން ބަލަން ތިއްބަސް ގާނޫނު ތަންފީޒުކުރާ ބަޔަކު މަޑުކޮށްގެން ނުވާނެ ބަޔަކު ގާނޫނާ ހިލާފުވާއިރު،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ގާނޫނުގެ ދަށުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގައި ވެސް ގާނޫނު ތަންފީޒުނުވާ ސަބަބާ ގުޅޭގޮތުން ވަރަށް ގިނައިން ސުވާލު އުފައްދައި މަޝްވަރާކޮށްފައިވާ ކަމަށެވެ. ހެލްތު މިނިސްޓަރު ޗެއާކުރައްވާ ބޯޑުގައި ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީ އަދި ކަމާގުޅޭ އެހެނިހެން ދާއިރާތަކުގެ މެމްބަރުން ތިބެ އެވެ.

"އާއްމުންނަށް އުނދަގޫވާ ގޮތަށް ކަމެއް ވަންޏާ އެކަން ފުލުހުން ހުއްޓާލުން އެންމެ އައުލާކަންބޮޑުވެގެންދާ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްޕީއޭއިން ބޭނުންވާ ނަމަ މަގުތަކަށާއި ކެފޭ/ރެސްޓޯރެންޓަށް ވަދެ އެ ތަންތަން ހުއްޓުވިދާނެ ކަމަށެވެ. ނަމަވެސް އެކަށީގެންވާ ވަސީލަތެއް ނެތް ކަމަށާއި އަދި ސިވިލް ސާވެންޓުން އެކަނި ނުކުމެގެން ހައްލުވާ ވަރަށް ވުރެ ކެފޭ/ރެސްޓޯރެންޓުތަކުގައި ނުރައްކާ ބޮޑުވެފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ. ނަމަވެސް އެ ހުރިހާ ކަމެއް ވެސް އެންމެ ފަހުން ގުޅެނީ ސިޔާސީ ކަންތައްތައްތަކަށް އޭނާ ފާހަގަކުރެއްވި އެވެ.

މީހަކު ވޭޕްކުރަނީ: ދުންފަތުގެ ބަދަލުގައި ބޭނުންކުރާ މިފަދަ ބާވަތްތައް ވެސް ކޮންޓްރޯލްކުރަން ވަނީ ޖެހިފައި.-- ފައިލް ފޮޓޯ: މިހާރު

"ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާގައި އޮވޭ ދުންފަތް ކޮންޓްރޯލްކުރަން. އެކަމަކު އެކަމާ އެއްގޮތަށް ކުރެވޭތޯ ނުބަލާ ބަޔަކު ނެތް. ސިއްހަތަކީ އިންސާނީ ހައްގަކަށް ވިޔަސް ޑައިރެކްޓްލީ ގެއްލުންދޭއިރު އެޗްއާރުސީއެމުން ވެސް ފޮލޯއެއް ނުކުރޭ،" ހަސަން ވިދާޅުވި އެވެ.

"ޖުމްލަކޮށް ދައުލަތުގެ މިކަމާ ގުޅުންހުރި މުއައްސަސާތަކުގެ އިހުމާލާއި އެކަމަށް ދޭ ސަމާލުން ކުޑައީ. ޕޮލިޓިކަލް ކޮމިޓްމަންޓް ނެތި އަސްލު ނުދާނެ. ފަންނީ ލެވެލްއެއްގައި މި ވާހަކަ ކިތައްމެ ވަރަށް ދެއްކިއަސް ޕޮލިޓިކަލް ލެވެލްގައި އަހަރެމެން އިންހާބުކޮށްފައި ތިބި މީހުންނާއި ޕޮލިސީ މޭކާސް ލެވެލްގައި މިކަން އައިސްގެން ނޫނީ ނުވާނެ."

40 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 14%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމް

09 June 2022

ވާހަކަލިއުންރަގަޅު ފޮޓޯޖެހީމަވަނީބޮޑުއިޝްތިހާރަކަށް

The name is already taken The name is available. Register?

ބޮޑުރިޔާ

01 June 2022

ތަނަޕީޒީ އިދާރާތަކުގައި މީހުންމަދީ އެމީހުންނަށް ދޭމުސާރަކުޑައީ މިހާރުވެސް އެމް އެސް 1 ގެ ރޭންކުގައި އުޅޭ ސިވިލަސާރވިސް މުވައްޒަަކަށްވުރެން ޓްރޭނިގް ނުހަދާ ޕޮލިހެއްގެ މުސަރަބޮޑުވާނެ އެކަމަކު ތަންފީޒް ކުރެވެނީ އެންމެކަމެއް އެއީ ސައިކަލްގާ އިސްޓިކާޖެހުން އެހެންނޫނީ ސުމެއް

The name is already taken The name is available. Register?

ކޮރަލް

31 May 2022

ރާއްޖޭގެ ސަގާފީވއާދަ އެކެވެ. ޝަކުވާ ކުރުމެވެ. ގާނޫނު ތައް ހުރީ ހެދިފަ އެވެ. މަދެއް ނޫނެވެ. ތަންފީޒު ނުކުރެވެނީ އެވެ. ރައީސް ވެސް މޭކަޕް ކޮށްފަ އަހަރަކު އެއް ފަހަރު ޓީވީ އަށް އަރާ އަސަރު ގަދަ ހިތާބެއް ދޭނެ އެވެ. ޢެނިމުނީ އެވެ.

The name is already taken The name is available. Register?

އެސޮރު

31 May 2022

ޒިންމާދާރުވާނެ ބަލަދުވެރިއަކު ނެތި އެކަނިމާއެކަނި އޮންނަ ގާނޫނާއި ގަވާއިދެކޭ ފުރާނަނެތް މަސްގަނޑެކޭ ވާނީ އެއްވަރެވެ.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

31 May 2022

ކެންސަރޭ، ނުރައްކަލޭ ނުކިޔާ އަޅެ ނިކަން ގާނޫނަށް އިސްލާހެއް ގެނެސް ދުންފަތުގެ ބާވަތައް ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް އެތެރެކުރުން މަނާކޮށްލަބަލަ.

The name is already taken The name is available. Register?

48343

31 May 2022

"މީގައި ދުމެއް ނުހުންނާނެ. އެހެންވީމަ ބެލެނިވެރިން ވެސް ބުނާނެ އޭނަ ސިނގިރެޓެއް ނުބޮއޭ، ވޭޕޭ ކުރަނީ،"............. ބެލެނިވެރިންވެސް މިތިބެނީ ބޯގޮވާފާ. ދުންނުހުންނަ ކޮންމެއެއްޗެއް ހުއްދަކޮށްގެން އެމީހުންވެސް އެއުޅެނީ.

The name is already taken The name is available. Register?

މާދޫނި ތުންބޯލާ މާފަތް

09 June 2022

ވޭޕްގަވެސް ދުން ހުންނާނެ، އަލިފާން ނުހުންނާނީ..

The name is already taken The name is available. Register?

ކަން ބޮޑުވޭ,

31 May 2022

އިސްލާމް ދީނުގަ ހަރާމް އެއްޗެއް ގާނޫނުގަ މަނާކަމެއް މަސްތުވާ ތަކެތި އެތެރެކުރުމާ ބޭނުން ކުރުމަކީ, މިކަމަށް ހައްލެއް ނެތްއިރު ތިކަން ހައްލު ކުރާނީ ކިހިނެއް ތޯ,ވަރަަށް ވެދުން,

The name is already taken The name is available. Register?

ށަވިޔަނި

31 May 2022

ތަންފީޛުވަނީ ކޮންގާނޫނެއް.

The name is already taken The name is available. Register?

މުނައްވާރު

31 May 2022

ސާބަހޭ މިހާރު! މިކަހަލަ އާޓިކަލްތައް ގިނަގިނައިން ނެރުނު ވަރަކަށް މިކަންކަން ރަނގަޅުވާނީ.

The name is already taken The name is available. Register?

ކޮވެލި

31 May 2022

ތި ކަމުގައި ހެޔޮ ނިޔަތެއް ނެތް. ދުންފަތުގެ ބާވަތް އެންމެ ގިނައިން އެތެރެކުރާ ދެ ފަރާތަކީ ވެރިކަން ކުރާ ޕާޓީގެ މީހުން. އެމްޑީޕީ ހިންގާލަން އިންތިޚާބުވީ ސިނގިރޭޓް ބޯ ބޭފުޅެއް. ދެން ކުރެވޭނެ ކަމެއް ބުނެބަލަ. ގާނޫނު ހަދާ މީހުން ތިތަކެތި ޕްރޮމޯޓް ކޮށް ވިއްކަނީ. ކުރިއަށްވުރެ ފަސޭހަ ތިކަން މިހާރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454