ރިޕޯޓް / ކުޑަކުދިން

އަދްޔާން ރީނދޫވެ، ލިވާގެ ބޮޑު ބައްޔެއްގައި

އަދްޔާން އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދެނީ.

ވިހައިގެން އައިޖީއެމްއެޗުން ގެއަށް ދޫކޮށްލިއިރު ވެސް ތުއްތު ނޫހް އަދްޔާން ޝުއައިބް ހުރީ ރީނދޫކޮށެވެ. އެކަމާ ކަންބޮޑުވެ، ފުރަތަމަ ހަފްތާގައި ވެސް ޑޮކްޓަރަށް ދެއްކި އެވެ. އެއް މަސް ވިއިރު ވެސް ގައިން ރީނދޫކަން ނުފިލައިގެން ދެއްކުމުން ޑޮކްޓަރުން ބުނީ "ރީނދޫކަން އަރާފައިބައިފައި ރަނގަޅުވާނެއޭ" އެވެ. އެކަމަކު ދެ މަހުގައި ވެސް ކުއްޖާގެ ގައިން ރީނދޫކަން ނުފިލައި، އާއިލާ އިން ބޮޑު ކަންބޮޑުވުމެއްގައި އުޅެނިކޮށް އެނގުނީ އަދްޔާނަކީ ލިވާގެ މައްސަލައެއް ހުންނަ ކުއްޖެއް ކަމެވެ.

އެންމެ އަށް މަހުގެ އަދްޔާންގެ ހާލަތު ކިޔައިދެމުން އެ ކުއްޖާގެ މަންމަ ރަހުމާ، "މިހާރު" އަށް ބުނީ ކުއްޖާ އަށް ދެ މަހުގައި ކްލިނިކަކަށް ޑޮކްޓަރަށް ދެއްކީ ރީނދުކަން މަޑުވަމުންދާ ކަމަށް އާއިލާ އަށް ފާހަގަނުކުރެވިގެން ކަމަށެވެ. އެ ފަހަރު ޑޮކްޓަރުން ޓެސްޓްތައް ހެދީ އާއިލާ އިން އެކަމަށް އެދުމުން ކަމަށް ރަހުމާ ބުންޏެެވެ.

"ކްލިނިކަކުން ހެދި ޓެސްޓުން އެނގުނީ ރީނދޫ ވަރަށް މަތީގައި ކަން ހުރީ. އެއީ ސުމެއްގައި ހުންނަން ޖެހޭ އެއްޗަކަށް ވިޔަސް އަދްޔާންގެ ހުރީ ވަރަށް މަތީގައި. އޭރަކު އަދި ލިވާ ޓެސްޓެއް ނުހަދާ."

ޓެސްޓްގެ ނަތީޖާ ލިބުނު ދުވަހަކީ ކްލިނިކް ބަންދު ދުވަހަކަށް ވާތީ ރަހުމާ ބުނީ އެ ޓެސްޓް ދެއްކީ ހުޅުމާލޭ ހޮސްޕިޓަލުގެ އިމަޖަންސީގައި އިން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަށް ކަމަށެވެ. އަދި އަދްޔާންގެ ލިވާގެ މައްސަލައެއް ހުރި ކަމަށް ބެލެވި އެ ޑޮކްޓަރު ވަނީ ލިވާގެ ޓެސްޓެއް ހެދުމަށް ވެސް ދީފަ އެވެ.

"ހުޅުމާލޭ ހޮސްޕިޓަލުން ހެދި ލިވާގެ ޓެސްޓްގެ ނަތީޖާ ލިބުނީމަ ދެއްކީ ކްލިނިކަށް. އެއީ އަބަދުވެސް ދައްކަމުންދާ ޑޮކްޓަރަށްވާތީ އެ ޓެސްޓް ދެއްކީމަ ޑޮކްޓަރު އެންގީ ވީއެންމެ އަވަހަކަށް އިންޑިއާއަށް ދާން،" ރަހުމާ ބުންޏެވެ.

އިންޑިއާއަށް ދިއުމަށް ޑޮކްޓަރު ލަފާދިނީ ލިވާ އާއި ގޯލްބްލެޑާ އިން ބޮޑުކަމުދާއިރު ބޭރުވާން ޖެހޭ ރީނދޫގެ ބައި ބޭރު ނުވާތީ އެވެ.

އަދްޔާން.

އެހެންވެ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އަދްޔާން ގޮވައިގެން، ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް ބޭހަށް ދިޔަ އެވެ. އެތަނުގެ ޑޮކްޓަރުންގެ ލަފާގެ މަތިން ވަނީ ކަސާއީ ސާޖަރީއެއް ހަދައި އެ ގައުމުގައި މަސް ދުވަހު މަޑުކޮށްފަ އެވެ.

"އެ އޮޕަރޭޝަން ކުރިއިރު ވެސް ޑޮކްޓަރުން ބުނި 75 ޕަސެންޓޭ ތިމަންނަމެން ދޭނީ. ސާޖަރީގެ ތެރެއިން ބަޔޮޕްސީ ހެދިއިރު އެނގުނީ ލިވާގެ ޓިޝޫ ޑެމޭޖްވެފައި ހުރިކަން. ލިވާ އިނީ ބޮޑުވެފައި ކަން ވެސް އޭރު އެނގުނު. އެ ސާޖަރީކޮށްގެން މިކޮޅަށް [ރާއްޖެ] އަށް އައިސްފައި ތިން މަސް ފަހުން ޑޮކްޓަރަށް ދައްކަންދާން އެންގުމުންް ދިޔައިން،" އަދްޔާންގެ މަންމަ ބުންޏެވެ.

ތިން މަސް ފަހުން ޑޮކްޓަރަށް ދެއްކުމުން، އޭރު ޑޮކްޓަރު އެންގީ އިތުރު ހަތަރު މަސް ފަހުން އަލުން ޑޮކްޓަރަށް ދެއްކުމަށް އިންޑިއާއަށް ދިއުމަށެވެ. އެކަމަކު ދެވަނަ ފަހަރު އިންޑިއާ އިން އައި ފަހުން ސިއްހީ ގިނަ މައްސަލަތަކެއް ދިމާވާން ފެށުމުން އަލުން ޑޮކްޓަރަށް ދައްކަން ބޭރަށް ދެވޭ ގޮތް ނުވި ކަމަށް އަދްޔާންގެ މަންމަ ބުންޏެވެ.

ހުން ގަދަވެ އެންމެ ފުރަތަމަ އަދްޔާން ގޮވައިގެން ހުޅުމާލެ ހޮސްޕިޓަލަށް ދެއްކުމަށް ދިޔަ ނަމަވެސް އެތަނުގައި އެކަމަށް ހާއްސަ ޑޮކްޓަރެއް ނެތިގެން އައިޖީއެމްއެޗަށް ދައްކަން ދިޔަ އެވެ. އެ ހޮސްޕިޓަލުގައި 19 ދުވަހު އެޑްމިޓްކޮށް ފަރުވާދިން ކަމަށް ރަހުމާ ބުންޏެވެ.

"19 ދުވަހު އައިޖީއެމްއެޗުގައި ބޭއްވުމަށް ފަހު ދޫކޮށްލީ. 14 ދުވަހު އެންޓިބަޔޮޓިކްސް ދިން. އަދި ގަޔަށް ލޭ ވެސް އެޅި. ބޭބީ ވީކް ވާނެއޭ. ހުން އައިސް ކަންކަން ދިމާވަންޏާ އަންނަން ބުނެފައި ދޫކޮށްލީ،"

އެކަމަކު އޭގެ އެއް މަސް ފަހުން އަނެއްކާ ފާހަގަވީ އެހެން މައްސަލައެކެވެ. ބޮޑުކަމުދާއިރު ލޭ އައިސްފައި ހުންނަކަން ފާހަގެކުރި އެ ވަގުތު އާއިލާ އިން ވަނީ އިންޑިއާގައި ހުރި ޑޮކްޓަރާ ވާހަކަ ދައްކާ އަދްޔާންގެ ހާލަތު ކިޔައިދީ، ޑޮކްޓަރަށް ފޮޓޯ ފޮނުވައި ހާލަތު ދައްކަން ފަށައިފަ އެވެ.

"އޭރު އަޅުގަނޑުމެން ދިޔައީ [އިންޑިއާ] ގައި ހުރި ޑޮކްޓަރަށް ވެސް ވާހަކަ ދައްކަމުން. ޕުއްޕުލާއިރު ލޭ އަންނަ ވާހަކަ ބުނުމާ އެކު ޑޮކްޓަރު ބުނެފި ލަސް ނުކޮށް އަވަހަށް އިންޑިއާއަށް އަންނާށޭ،"

އަދްޔާން އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދެނީ.

އަދްޔާން ގޮވައިގެން ވީއެންމެ އަވަހަކަށް އިންޑިއާ އަށް ދިއުމަށް ޑޮކްޓަރު ލަފާ ދިނީ އެ ކުއްޖާގެ ލިވާ ޓްރާންސްޕްލާންޓް ހެދުމަށެވެ. މިހާތަނަށް އަދްޔާނަށް ވަގުތީ ފަރުވާތަކެއް ދެމުން ދިޔަ ނަމަވެސް ބައްޔަށް ދާއިމީ ހައްލެއް ލިބެން އޮތީ އެ ޓްރާންސްޕްލާންޓާ އެކު އެވެ.

މިވަގުތު އަދްޔާންގެ ހާލަތު ހުރި ގޮތުން ވިޓަމިން ޑީ އާއި ވިޓަމިން ކޭ އަދި ވިޓަމިން އީ ވެސް އުފައްދައި ނުދޭ ކަމަށާއި އެ ބައި ހަމަޖައްސަމުން ދަނީ ބޭސް ދީގެން ކަމަށް ބުންޏެވެެ.

އަދްޔާނަށް އެހީ ހޯދުމަށް އާއިލާއިން ހިންގަމުން އަންނަ ފޭސްބުކް ޕޭޖް.

އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރު ވެސް އަދްޔާންގެ ފަރުވާގެ ކަންކަމަށް ހުރީ އާސަންދަ ހަމަޖެހިފަ އެވެ. އެކަމަކު ޓްރާންސްޕްލާންޓް ހަދަން ގޮސް އެކޮޅުގައި މަދުވެގެން ހަތަރު މަހު މަޑުކުރަންޖެހެ އެވެ. އަދި ހަތަރު ޑޯނަރުން ވެސް ގެންދަން ޖެހެ އެވެ. އެހެންވެ އާއިލާގެ މާލީ ހާލަތު ހުރި ގޮތުން އާންމުންގެ އެހީތެރި ކަމަށް އެދެ އެވެ.

"އާސަންދަ ލިބެނީ ހަމައެކަނި ޕޭޝަންޓާއި މަންމަ އަށް އެކަނި. އެކަމަކު އިންޑިއާގެ ޑޮކްޓަރު ރިކުއެސްޓްކުރޭ އެކޮޅުން ޓެސްޓްތައް ހަދާފައި އެންމެ ރަނގަޅު ޑޯނަރެއް ސެލެކްޓް ކުރަން މަދުވެގެން ހަތަރު ޑޯނަރުން ގޮވައިގެން ދާން. އެހެންވެ އަޅުގަނޑުގެ އިތުރުން އާއިލީ އިތުރު ތިން މީހެއް ޑޯނަރަކަށް ދާއިރު އެމީހުންގެ ޓިކެޓް ހަމަޖައްސަން ޖެހެނީ އަމިއްލައަށް. ހުރުމާއި ކެއުމުގެ ހަރަދުތަކަށް އެހީތެރިކަން ބޭނުންވޭ. އަޅުގަނޑުގެ 18 އަހަރު ނުވާ އިތުރު ދެ ކުދިން ތިބޭ މިކޮޅު [ރާއްޖެ] ކިޔަވަމުންދާތީ އެ ކުދިންގެ ހަރަދުތައް ވެސް ބަލަމުން މި ކަމަށް ގިނަ ހަރަދުތަކެއް ހިނގާނެ ކަމަށް ބެލެވޭތީ އާންމުންގެ އެހީއަށް އެދުނީ،" އާއިލާއަށް މިވަގުތު އެހީ ބޭނުންވާ ސަބަބު ކިޔައިދެމުން ރަހުމާ ބުންޏެވެ.

އަދްޔާނަށް އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް.

އަންނަ މަހުގެ 6 ގައި އަދްޔާންގެ ލިވާ ޓްރާންސްޕްލާންޓަށް ފުރުމަށް އާއިލާ އިން ތައްޔާރުވަމުންދާއިރު މިވަގުތު އެ އާއިލާއަށް ދެވޭ ކިތަންމެ ކުޑަ އެހީތެރިކަމަކީ ވެސް ބޮޑު އެހީއަކަށް ވާނެ އެވެ. އަދްޔާންގެ ބައްޔަށް ދާއިމީ ފަރުވާއެއް ލިބި އާދައިގެ ދިރިއުޅުމެއް ލިބެން އޮތީ އެ ޓްރާންސްޕްލާންޓާ އެކު އެވެ.

5 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 93%
icon angry icon angry 2%
icon wow icon wow 2%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީދިވެހިންނޭ

25 September 2022

ކުޑަކުދިންގެ ޑޮކްޓަރެއް ކިޔާނެ ކަމެއްނެތް، ބޮޑެތިމީހުންގެ ޑޮޖްޓަރުންގެ ވައްޓަފާޅި ހުންނަ ގޮތަކީވެސް މީހަކު އަމިއްލައަށް ބައްޔަކަށް ޝައްކުވާތީ ސީރިއަސް ހާލަތަކަށް ދިޔުމުގެ ކުރިން ޓެސްޓްކޮށް ބަލައިލަދޭން އެދެން ފަށައިފިއްޔާ ފޮނުވާލަނީ ނަފްސާނީ ޑޮކްޓަރެއް ގާތަށް. ވާނެ ހަތަރެއްޗެއް ވީމާ ދެން މިބުނަނީ އަވަހަށް ދާށޭ އިންޑިޔާއަށް. ނުވަތަ ކުރާނެކަމެއް ދެންނެތޭ މިހާރު ތިހިރީ އެންމެފަހު ސްޓޭޖްގަޔޭ.

The name is already taken The name is available. Register?

ހިޔާލީ އަލީ

25 September 2022

ކުޑަކުދިންގެ ބަލިތަކުގަ ދިވެހިން ވަރަށް ފަރުވާކުޑަވާކަން ފާހަގަކުރެވޭ، ވިހާތަނުން ކަމެއްވާއިރަށް ބުނާނެ އެވެނި ކުއްޖަކަށް މިހެންވިއޭ، އެންމެންވެސް ރީނދޫވެއޭ، ހަގީގަތުގަ ކިރިޔާވެސް ކަމެއް ޝައްކުވަންޏާ ޑޮކްޓަރަށް ދައްކާ ޓެސްޓުތައް ހަދުވަންވީ، އޭރުން ކުރީކޮޅުގަ ފަރުވާ ކުރެވޭނީ. ބޭބީއަށް އަވަސް ޝިފާއަކަށް އެދެން

The name is already taken The name is available. Register?

ހަސީނާ

25 September 2022

شفاه الله عاجل

The name is already taken The name is available. Register?

ށަވިޔަނި

25 September 2022

شفاه الله عاجلا

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

25 September 2022

އަވަސް ޝިފާއަކަށް އެދެން.ވަރަށް ދެރަވޭ މި އާޓިކަލް ކިޔާލީމަ.މިފަދަ ހިތްދަތި ވޭން ތަހައްމަލް ކުރަމުންދާ ހުރިހާ މުސްލިމުންނަށް އުފާވެރި ދުވަސްތަކެއް މިންވަރުކުރައްވާށި.ރާއްޖޭގަ ތިބި މަހުޖަނުން ކީއްތަވާނީ މިފަދަ މީހުންނަށް ދީލަތިކަމުގެ އަތެއް ދިއްކޮށްލަން.ބޮޑެތި ސްޕޮންސަރ ދޭން ފަހެއް ނުޖެހޭ.ނަމަވެސް ހާލުިގަ ޖެހިފަ ތިބޭ މީހުންނަށް އެއްޗެއް ދިއްކޮށްލަން ވީމަ ޖީބުގަ އަތް އެޅެނީ.ދެރަ ދޯ މިހެންވީމަ.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454