ރިޕޯޓް / ސައިބަ ކްރައިމް

852 ބިލިއަން: ދުނިޔޭގައި ސްކޭމްތަކުން އެއް އަހަރުގެ ފޭރުން

ބޭންކުން "ކުރިން ވެސް ފޮނުވާ" މެސެޖުގައި އިން ލިންކަކަށް ފިތާލުމުން އެކައުންޓުން އެތައް ބައިވަރު ރުފިޔާއެއް ކެނޑުނީ ކަމަށް ބުނެ އެކަމާ ސުވާލު އުފައްދައި ޝަކުވާތަކާ އެކު ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓަކަށް އިހަށް ދުވަހު ބޮޑު ސަމާލުކަމެއް ލިބުނެވެ. އެ ޕޯސްޓް އެތައް ބަޔަކު ޝެއާ ވެސް ކުރީ އެ ޕޯސްޓުގައި އޮތް އެއްޗެއް ގަބޫލުކޮށްގެންނެވެ.

އެކަމަކު ޕޯސްޓާ އެކު ޝެއާކޮށްފައި އޮތް، ބޭންކުން ފޮނުވި ކަމަށް ބުނާ ސްކްރީންޝޮޓްގައި މުޅިން ވެސް ހުރީ މަކަރާއި ހީލަތުން ފައިސާ ފޭރޭ ނުވަތަ ސްކޭމްކުރާ މީހުން މި ފޮނުވާ މެސެޖުތަކާއި ލިންކުތަކެވެ. އޭގައި ފެންނަން ހުރި އެއްޗިއްސަށް ބަލާއިރު، އެއީ ވަކި ވަގުތެއްގެ ތެރޭގައި، އެ މެސެޖުގައި އެ ބުނާ ގޮތަށް އަމަލު ނުކޮށްފި ނަމަ ކާޑު ނައްތާލާނެ ކަމަށް ބުނާ މެސެޖެކެވެ. ދެން އޮތީ ކާޑު "ލިންކު ކުރަން" ވަންނަން ދީފައި އޮތް ލިންކެކެވެ. އެ ލިންކުން ވަދެ އެ ބުނާ ގޮތެއް ހަދައިފި ނަމަ އެ ދެވުނީ ކާޑުގެ ހުރިހާ މައުލޫމާތެކެވެ.

ސްކޭމްކުރާ މީހުންގެ މަޅިތައް މޮޅީ އެވެ. ހޭލުންތެރިވާންވީ ވަރަށް ނުވެވެނީ އެވެ. ރައްކާތެރިކަން ދޭންވީ ވަރަށް ނުދެވެނީ އެވެ. މިއީ މިކަމުގައި ދެއްކިދާނެހާ ވާހަކަ އެވެ.

މީހަކަށް ފޮނުވާފައި ހުރި ސްކޭމް މެސެޖުތަކެއް: މިއީ ބޭންކުގެ މެސެޖުކަމަށް ބަލައި ލިންކަށް ވަނުމުން ވަނީ ފައިސާތަކެއް ގެއްލިފައި.

އެކަމަކު މި ލިޔުމުގައި ކިޔައިދޭނީ، މައްސަލަ އުޅެނީ ކޮން ބައެއްގެތޯ ބަހުސް ނުކޮށް، ސްކޭމްގެ ވަބާ އޮތް މިންވަރެވެ.

ސްކޭމްތަކުގެ ރާޅު ރާއްޖެއަށް މި ބިންދާލީ މުޅި ދުނިޔެއަށް މި ވަބާ ބޮޑުވެގެން އުޅޭތާ އަހަރުތަކެއް ފަހުންނެވެ. މި މައްސަލަ ބޮޑުވެފައިވާ ކޮންމެ ގައުމެއްގައި ވެސް އާންމުންގެ ތުހުމަތު ބޭންކުތަކަށް އަމާޒުވެ އެވެ.

މިއީ ކިހާ ބޮޑުވެއްޖެ ކަމެއް؟

ޕޭމަންޓް އިންޑަސްޓްރީގެ ޚަބަރާއި ތަފާސްހިސާބު ގެނެސްދޭ "ދަ ޕޭޕާސް" ވެބްސައިޓްގައި މި މަހުގެ 10 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުން 2021 ވަނަ އަހަރު އެކަނި ވެސް މުޅި ދުނިޔޭގައި 293 މިލިއަން ސްކޭމް ރިޕޯޓްކޮށްފައިވާ ކަމަށް އަންދާޒާކުރެވެ އެވެ. މި ސްކޭމްތަކުގައި އެތައް މިލިއަން ބައެއްގެ އަތުން ގެއްލުނު ކަމަށް ބެލެވޭ ފައިސާގެ އަދަދު 55.3 ބިލިއަން ޑޮލަރު (852 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.

މި ފަހުން ސްކޭމްތައް މުޅި ދުނިޔޭގައި ވެސް އެންމެ ގިނަވި ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ 2021 ވަނަ އަހަރު އެވެ. އެ އަހަރު ސްކޭމްތައް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ނިސްބަތުން 10.2 ޕަސެންޓް އިތުރުވެފަ އެވެ. އެއީ 266 މިލިއަނުން 293 މިލިއަނަށް އިތުރުވެގެންނެވެ. "ޕޭޕާސް" އިން ބުނެފައިވާ ގޮތުގައި ސްކޭމްތައް އަބަދުވެސް އިތުރުވަނީ އެ ދުވަސްވަރެއްގައި ހިނގާ ބޮޑު ކޮންމެވެސް ކަމަކާ ގުޅިގެންނެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކޮވިޑް ވެކްސިންއާ ގުޅުވައިގެންނާއި ޗުއްޓީތަކާ ދިމާކޮށް އަގު ހެޔޮކޮށް އެއާލައިން ޓިކެޓް ވިއްކާ ކަމަށް ބުނެގެންނާއި ދީނީ އެކި ކަންކަމުގެ ނަމުގަ އާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ނަމުގައި ހިންގާ ސްކޭމްތައް ގިނަ އެވެ. އަދި މިފަދަ ސްކޭމްތައް އަބަދުވެސް އެންމެ ބޮޑަށް އަމާޒުވަނީ އެ ގައުމެއްގައި އެންމެ ގިނަ މީހުން ބޭނުންކުރާ ބޭންކިން ނިޒާމަކަށެވެ.

ދުނިޔޭގެ އާބާދީގެ 60.1 ޕަސެންޓް ނުވަތަ 4.72 ބިލިއަން މީހުން އިންޓަނެޓްގައި ކޮންމެ ދުވަހަކު މަދުވެގެން ހަތް ހަޑިއިރު ހޭދަކުރާ ކަމަށް ބެލެވެ އެވެ. މިއާ އެކު ހުރިހާ ކަމެއް ޑިޖިޓައިޒް ވަމުން އަންނަނީ އެވެ. ނަތީޖާ އަކީ ސްކޭމްތައް ވެސް ގިނަވުމެވެ. ޔޫރަޕްގެ ގައުމުތަކުގައި މިހާރު އެންމެ ގިނައިން ރިޕޯޓްކުރާ ކުށުގެ ބާވަތަކީ އޮންލައިން ސްކޭމެވެ.

އޮސްޓްރޭލިއަން ކޮމްޕެޓިޝަން އެންޑް ކޮންސިއުމާ އޮތޯރިޓީ (އޭސީސީސީ) އިން ބުނެފައިވާ ގޮތުގައި މިދިޔަ ފަސް އަހަރު ތެރޭ އެ ގައުމުގެ އާބާދީގެ 96 ޕަސެންޓް މީހުން ވަނީ ސްކޭމްތަކަށް ހުށަހެޅިފަ އެވެ. މި މީހުންނަށް ހަފްތާއަކު އެއްފަހަރު ނުވަތަ ކޮންމެ ދުވަހަކު، ސްކޭމްކުރާ މީހަކާ ކޮންމެވެސް ގޮތަކުން މުއާލަމާތު ކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ. އިނގިރޭސި ވިލާތުގައި ވެސް ދިރާސާއަކުން ދެއްކި ގޮތުގައި އެ ދިރާސާއަށް މައުލޫމާތު ދިން މީހުންގެ 50 ޕަސެންޓް މީހުންނަކީ އީމެއިލްއެއް، ޓެކްސްޓް މެސެޖެއް ނުވަތަ ސޯޝަލް މީޑިއާއިން ސްކޭމްތަކުގެ ހުށަހެޅުންތައް އައިސްފައިވާ މީހުންނެވެ.

ޔޫރަޕުން ފެށުމަށް ފަހު މުޅި ދުނިޔެއަށް

ފިލިޕިންސަށް ބަލާއިރު އެ ގައުމުގެ 53 ޕަސެންޓް މީހުން ވަނީ، އެ މީހުންނަށް މިދިޔަ ތިން މަސް ދުވަހުގެ ތެރޭ، އެކި ސްކޭމްތަކާ ދިމާވެފައިވާ ކަމަށް ބުނެފަ އެވެ. މީގެ ތެރެއިން 11 ޕަސެންޓް މީހުން ވަނީ ސްކޭމްގެ ކެހިވެރި މަޅީގައި ޖެހިފަ އެވެ. ތަރައްގީވަމުން އަންނަ އެތައް ގައުމެއްގައި އޮންލައިން ސްކޭމްތައް އިތުރުވަމުންދާ ކަމަށާއި އެންމެ ގިނައީ މޯބައިލް ފޯނު މެދުވެރިކޮށް ހިންގާ ސްކޭމްތައް ކަމަށް ބުނެފައިވެ އެވެ.

ނައިޖީރިއާގައި 2021 ވަނަ އަހަރު މޯބައިލް ފޯނުން ހެދި ޓްރާންސެކްޝަންތައް 164 ޕަސެންޓް އިތުރުވި އިރު އެއާ އެކު ސްކޭމްތައް ވެސް ވީ ގިނަ އެވެ. ސައޫދީ އަރަބިއްޔާގައި ގިނަ މީހުންނަށް ސްކޭމް މެސެޖުތައް ލިބެނީ މޯބައިލް ފޯނަށް ކަމަށާއި އޭގެ ތެރެއިން 14 ޕަސެންޓް މީހުންނަށް ސްކޭމްގެ ލަނޑު ލިބިފައިވާ ކަމަށް ވެސް ތަފާސްހިސާބުން ދައްކަ އެވެ. ދެކުނު އެފްރިކާގައި ގިނަ ބައެއްގެ ޒާތީ މައުލޫމާތު ދެ ފަހަރެއްގެ މަތިން އާންމުވެ ސްކޭމްތައް އިތުރުވެގެން ދިޔައިރު އިންޑޮނީޝިއާގައި 25 ޕަސެންޓް މީހުންނަކީ ސްކޭމްގައި ގެއްލުންވެފައިވާ މީހުންނެވެ.

ސޯޝަލް މީޑިއާ އަކީ ސްކޭމްތައް ފެށިގެން އަންނަ މައިގަނޑު ވަސީލަތް ކަމަށް ގިނަ ގައުމުތަކުގައި ވަނީ ވެފަ އެވެ. ހަގީގަތެއް ނެތް އިޝްތިހާރުތަކާއި ކޮންމެވެސް މީހެއްގެ ފޮޓޯ ނުވަތަ އެހެން މައުލޫމާތެއް ހުންނާނެ ކަމަށް ބުނާ ލިންކު ފަދަ އެއްޗެހި ފޮނުވައި އޭގެ ތެރެއިން މީހުންގެ ބޭންކް ކާޑުތަކާއި އެހެން މައުލޫމާތުތައް ވަގަށް ނެގުން ފަދަ ކަންކަން ހިންގަ އެވެ.

ހައްލެއް ނުލިބުމުގެ ކަންބޮޑުވުން

"ޕޭޕާސް" އިން ބުނެފައިވާ ގޮތުގައި އޮންލައިން ސްކޭމްތަކާ ގުޅޭ ސައިބް ކްރައިމްތަކުގެ ތެރެއިން ތަހުގީގުކޮށް ދައުވާކުރެވިފައި ވަނީ މުޅި ދުނިޔެއަށް ބަލާއިރު 0.05 ޕަސެންޓް މައްސަލައިގަ އެވެ. އޭގައި ބުނެފައި ވަނީ ހޭލުންތެރިކަން އިތުރުކޮށްގެން އެކަނި މި މައްސަލައަށް ހައްލެއް ނެތް ކަމަށެވެ.

ސްކޭމްކުރުމަށް ބޭނުންކުރާ އުކުޅުތަކާއި ވަސީލަތްތައް ޓެކްނޮލޮޖީއާ އެކު އަބަދުވެސް ބަދަލުވަމުން ދިއުމަކީ އޮތް ބޮޑު ގޮންޖެހުމެކެވެ. ސްކޭމް ހިންގާ މީހުން ބޭނުންކުރާ ޑޮމެއިންތަކާއި އީމެއިލް އެޑްރެސްތަކާއި ބޭންކް އެކައުންޓް ފަދަ އެކި އެއްޗެހީގެ މައުލޫމާތު އަބަދުވެސް ހޯދައި ބްލޮކް ކުރަމުން ދިއުމަކީ ސްކޭމްތައް މަދުކުރުމަށް ކޮންމެހެން ވެސް މުހިންމު އަދި ނަތީޖާ ފެންނަ ކަމެއްގެ ގޮތުގައި ވަނީ ގަބޫލުކުރެވިފަ އެވެ.

ބޭންކުތަކުން ކަސްޓަމަރުންނަށް ވީހާ ވެސް ރައްކާތެރި ގޮތުގައި ހިދުމަތް ދިނުމަކީ ކުރަންޖެހޭ ކަމެކެވެ. އެކަމަކު ކިތަންމެ ރަނގަޅަށް މިކަން ކުރި ކަމުގައި ވިޔަސް ހިދުމަތް ހޯދާ މީހުން ފަރުވާ ކުޑަކޮށްފި ނަމަ ފޫ ނުބެދޭ ގެއްލުންތައް ވެދާނެ އެވެ.

ހިދުމަތް ހޯދާ މީހުން ސަމާލުވާންޖެހޭ ކަންކަމުގެ ތެރޭގައި؛

● ރައްކާތެރިކަން ކަށަވަރުކޮށްފައި ނޫނީ ވެބްސައިޓްތަކަށް ނުވަންނާށެވެ. ވެބްސައިޓް އެޑްރެހުގައި https ނެތް ނަމަ ވެބްސައިޓާ މެދު ސަމާލުވާށެވެ. ވެބް އެޑްރެހުގެ ފެށޭ ތަނުގައި ރީނދޫ ކުލައިގެ ތަޅެއް ފެންނަ އިން ނަމަ އެއީ ޕޭމަންޓް ހެދުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރި ކަމުގެ ނިޝާނެކެވެ.

● އެކައުންޓުގެ އީމެއިލް/ޕާސްވޯޑް/ޕިން އެއްވެސް މީހަކަށް ނުދޭތި. އެއްވެސް ބޭންކަކުން ނުވަތަ ރަސްމީ އިދާރާއަކުން މި މައުލޫމާތެއް ނާހާނެ.

● އޯޕަން ވައިފައި ނުވަތަ ހިލޭ ވަދެވޭ ގޮތަށް އާންމު ތަންތަނުން ލިބެން ހުންނަ ވައިފައި ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ނުހިންގާތި.

● ޑެބިޓް ކާޑަށް ވުރެ އޮންލައިންނަށް ބޭނުންކުރަން އެންމެ ރައްކާތެރި ކްރެޑިޓް ކާޑު.

● އެހެން މީހަކު ބުނެގެން މީހަކަށް ނުވަތަ ތަނަކަށް ފައިސާ ޓްރާންސްފާ ނުކުރާތި.

ފޯނުން ނުވަތަ ލެޕްޓޮޕުން ވަންނަ ވެބްސައިޓަކުން ނުވަތަ ބަލައިލުމެއް ނެތި ފޯނަށް ޑައުންލޯޑްކޮށްލާ އެޕަކުން ވެސް އެ ފޯނެއްގައި ހުންނަ ހުރިހާ މައުލޫމާތެއް މަކަރުވެރި ކޮންމެވެސް ބަޔަކަށް ހިނގައިދާނެކަމާ މެދު ވެސް ގިނަ މީހުންގެ މާބޮޑު ވިސްނުމެއް ނުހުރެ އެވެ. ބޭންކުން ދޭ ކާޑަކީ އެ ދޫކުރާ ބޭންކުގައި އޭގެ މައުލޫމާތު ހުންނާނެ އެއްޗެއް ކަމަށާއި ދުނިޔޭގެ އެހެން ހިސާބަކަށް އެ މައުލޫމާތު އެހެން ގޮތަކަށް ނުދާނެ ކަމަށް ވެސް ހީކުރެ އެވެ. އެކަމަކު، ސްކޭމް ކުރުން "އިންޑަސްޓްރީ" އަކަށްވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭމަންޓްގެ ހިދުމަތް ދޭ ފަރާތްތަކަށް އަމާޒުކޮށް ދޭ ސައިބަ ހަމަލާތަކުން އެތައް މިލިއަން ބައެއްގެ މައުލޫމާތު ވަގަށް ނަގަ އެވެ. މި މައުލޫމާތު "ޑާކް ވެބް" ގައި ވިއްކުމަކީ އާންމު ކަމެކެވެ. މިހެން ދިމާވި ކިތަންމެ ފަހަރަކު ރާއްޖޭގައި ވަނީ މައުލޫމާތު ލީކުވި ކާޑުތައް ބޭންކުން އިސްވެ ބްލޮކްކޮށް، އަލުން ކާޑު ވެސް ހަދައިދީފަ އެވެ.

ސްކޭމްތައް ހުއްޓުވަން ގައުމުތަކުން އެތައް މަސައްކަތެއް ކުރެ އެވެ. އެއްގޮތް ބަންދުކުރާއިރަށް އެހެން ގޮތެއް ހޯދަ އެވެ. ޓެކްނޮލޮޖީގެ ކުރިއެރުމާ އެއްގޮތަށް ބޭންކުތަކުން ފިޔަވަޅު އަޅަންޖެހެ އެވެ. ހަމަ އެގޮތަށް، ހިދުމަތް ހޯދާ މީހުން ވެސް މިހާރަށް ވުރެ ބޮޑަށް ބަލައިލައިގެން އުޅެން ވެއްޖެ އެވެ.

29 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 33%
icon angry icon angry 33%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެޑްމުންޑޯ

25 February 2023

މިލިއުން ކިތަންމެހާވެސް ރަގަޅު ، މުހިއްމު މައުލޫމާތުތަކެއް ތިގެނެސް ދިނީ ، ނަމަވެސް ސްކޭމްތަކުގެ ނާޖާއިޒް ފައިދާ ބޭންކްގެ އުޅޭ ކޮންމެވެސް ބަޔަކު އެނަގާ ، މިއީ ހަމައެކަނި ތުހުމަތެއްނޫން ، ޔަގީންވާ ކަމެއް ! ބައެއްހެކިވެސް އެބަހުރި ފެންނަން ،

The name is already taken The name is available. Register?

ވޯޓް ވިއްކި ގަމާރު

25 February 2023

ބެންކު އޮފް މޯލްޑިވުސް އެ ޒިންމާ ފުރީ ތަނެއް. ޒިންމާވާން ޖެހެނީ އެކައުަތްގެ ވެރިފަރާތް.. ނޫސް ވެރިޔާއަށް ވަރަށް ސުކުރު ތިކޮށްދެއްވާ ހިދުމަތަށް

The name is already taken The name is available. Register?

20000

25 February 2023

އަހަރެން ހައިރާންވަނީ ބެންކް އޮފް މޯލްޑިވްސް އެކަނީ އެކައުންޓުން ފައިސާ ގެއްލޭތީ، ތިޔަ ގޮތަށް ސްކޭމް ކޮށްގެން ނަގާތީ، އިސްލާމިކް ބޭންކް ، އެސްބީ އައި ލަންކާ ބޭންކް މިއިން އެއްވެސް ބޭންކެއްގެ ފައިސާ ގެއްލިގެން އުޅޭ އަޑެއް ނާހަން. އެހެންވީމާ ބޭންކް އޮފް މޯލްޑިވްސް މުއައްޒަފުންނާ ދިމާއަށް އިގިލި ދިއްކުރެވޭ ގޮތް ވަނީ. އަހަރެން މިހާރު ބީއެމް އެލްގައި 50ލާރިވެސް ނުބައިންދާ ވޭތޯ ބަލަނީ

The name is already taken The name is available. Register?

އަހުމަދުބޭ

25 February 2023

ހައިރާން ނުވޭ ދެން ހުރިބޭންކުތަކަށްވެސް މިކަމާ ކުރިމަތިލާންޖެހޭނެ، ބެންކް އޮފް މޯލްޑިވްސް މިހާރު ދެން ކުކޭމާރސް ދިމާކުރާނީ ދެންހުރި ބޭންކުތަކާ، މިހާރު ވެގެން އުޅޭގޮތަކީ ބެންކް އޮފް މޯލްޑިވްސް ގެ ކަސްޓަމަރުން ރާއްޖޭގައި އެންމެ ގިނައީ އަދި އެންމެ އައިދާގެމީހުންވެސް ގިނައިންތިބީ ބެންކް އޮފް މޯލްޑިވްސް ގައި މިއީ ހަމައެކަނި މިގައުމަށް ދިމާވެގެން އުޅޭވަބާއެއްނޫން.

The name is already taken The name is available. Register?

ފޯނު ނަންބަރު

24 February 2023

މަގޭ ގޯނު ނަންބަރު އެހެން މީހަކަށް ގޮސް އެމީހުން 455 ނަންބަރުން މެސެޖް ކުރީމަ ގޯސް

The name is already taken The name is available. Register?

ކަސްޓަމައިޒް

24 February 2023

ބޭންކުން އަހާރެމެން ބޭނުންވާގޮތަށް ޚިދުމަތް ދީބަލަ... ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަން ތައް ނުކުރުން. އޮންލައިން ޕޭމަންޓް ނެހެދުން. 100ރ އަށްވުރެ ބޮޑު ޓްރާންސެކްޝަނަކަށް ޕިން ޖަހަން ޖެހުން. ބޭންކިންގ ސިސްޓަމް ގެ ލޫޕްހޯލްގެ ތެރެއިން ކުރާ ވައްކަން ތިއީ

The name is already taken The name is available. Register?

ނަމެއްނެތި

23 February 2023

މިވަބާ ބޮޑުވެފައިވަނީ ނުބައިވެރިންގެ ވެރިކަންތައް ދުނިޔެއަށް ފާވުމުން. މިގައުމަށް ވެސް މިއޮތީ އެ ސުންޕާ ލައިގެންފަ. މަކަރާ ހީލަތުގެ ވެރިކަމެއް ވެރިވެފައި. ޙާލަތު ބަދަލުކުރުން އޮތީ ރައްޔިތުންގެ އަތްމަތީގައި.

The name is already taken The name is available. Register?

ބޮޑުމީހާ

23 February 2023

މިގައުމުގެ މުއައްސާތަކުގެ ވެރިންނާއި ގައުމުގެ މާޒީއަށް ބަލާއިރު ގިނަ ފަހަރު ރައްޔިތުންނަށް އޮޅުވާލާ ފޭރުން ހިންގާފަ ހުންނަނީ މުއައްސަސާތައް ގުޅިގެން...އެހެންވީމާ ކިތަންމެ ރެފެރެންސެއް ދީ ބޭންކުން ކުރާކަންކަން ދިފާއުކުރަން އުޅުނަސް މިހާރު މިހިގާ ސްކޭމްތަކުގައި ބޭންކުގެ އަތެއް ނެތި އެކަން ނުވާނެ

The name is already taken The name is available. Register?

ކައުންސެލަރު

23 February 2023

ހޭލުންތެރިވީމާ ކުރާނެކަމެއް ނިއުމަތު ދައްކަބަލަ! ރުފިޔާ ޖަމާކޮށްފައި އަދި ތަނުން ނުނިކުމެއުޅެނިކޮށް އެޖަމާކުރި ރުފިޔާއާ ގުޅޭގޮތުން ކޯލު އަންނަނީ ކޮންކަހަލަ ސްކޭމެއްގައިކަން ބުނެދީބަލާށެވެ.

The name is already taken The name is available. Register?

ާމުއިއްޒު

23 February 2023

ތިކަންކަމާ މަ ދެކޮޅެއް ނޫން. އެކަމު ކީއްވެހޭ ރައްކާތެރި ކަމުގެ ގޮތުން ކުރެވެން ހުރި އާދައިގެ ކަންކަން ބީ.،އެމް.އެލް އިން ނުކުރަނީ. މިސާލަކަށް، އިންޓަނެޓް ބޭންކިންގ އަށް ލޮގިން ވުމަށް އޯ.ޓީ.ޕީ (2 ސްޓެޕް ވެރިފިކޭޝަން) ބޭނުން ނުވަނީ ކީއްވެ ؟ އޮތެއްޓިކޭޓަރ އެޕް ރީސެޓް ކުރުމަށް އޯ.ޓީ.ޕީ ބޭނުން ނުވަނީ ކީއްވެ ؟ މި މިހާރަށް ބަލާއިރުން އެންމެ އާދައިގެ މީހާއަށްވެސް އިނގޭ ކަންކަން. އެއްވެސް އެޕް މިހާރު ނުހުރޭ އޯ.ޓީ.ޕީ ނެތި ލޮގިން ވެވޭ، ބީ.އެމް.އެލް ފިޔަވާ

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

23 February 2023

މަހިތަށްއަރާ މިކަމުގާ ބޭެންކުގެ އެއްވެސް ޒިންމާއެއްް ނޯންނާނެބާއޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454