ރިޕޯޓް

މި ބަދަލާ އެކު ދެން ވާނީ ކިހިނެއް؟

އިމިގްރޭޝަންގެ ލޭބާ ސެކްޝަނުން ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން: އަލަށް އަމަލުކުރަން ފެށި އުސޫލާ އެކު ބިދޭސީން ރާއްޖެ އައުމުގެ ކުރިން މެޑިކަލް ހައްދަން ޖެހޭނެ. ފޮޓޯ: ނިޝާން އަލީ /މިހާރު

ބަންގްލަދޭޝްއިން ރާއްޖެއަށް މީހުން އެތެރެކޮށްދީގެން މަހަކު އެތައް ލައްކަ ރުފިޔާ ހޯދާ މީހުން އެބަ އުޅެ އެވެ. މިއީ ރާއްޖޭގައި މިހާރު ކުރަމުންދާ ވަރަށް ބޮޑު ވިޔަފާރިއެކެވެ. މިކަމުގައި ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ގިނަ ބަޔަކު ވެސް ހަރަކާތްތެރިވެ އެވެ.

އެ މީހުން ކުރާ މަސައްކަތަކީ ރާއްޖޭގެ އެކި ތަންތަނުގެ ވަޒީފާތަކަށް މީހުން އެެތެރެކޮށްދިނުމެވެ. އެ ގެންނަ މީހާގެ ސިއްހީ މައްސަލަތައް ބެލުމުގައި ފަރުވާކުޑަކުރެ އެވެ. އެ މީހާގެ ވަނަވަރު ދިމާވޭތޯ ބެލުމެއް ނޯވެ އެވެ. ރާއްޖެ އެތެރެކޮށް ވަޒީފާ ދޭ ފަރާތާ ހަވާލުކުރުމުން "އެޖެންސީ"ގެ ދައުރު ނިމުނީ އެވެ.

ރާއްޖޭގެ ވަޒީފާތަކަށް ބޭނުންވާ މީހުން ގެންނަނީ އިމިގްރޭޝަންގައި ރަޖިސްޓްރީކޮށްގެން ހިންގާ އެޖެންސީތައް މެދުވެރިކޮށެވެ. އަދި އެއީ ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަން ނަމަވެސް އެތަންތަނުން ކުރާ މަސައްކަތްތައް އެކަށީގެންވާ ގޮތަކަށް މޮނީޓާނުކުރެވޭތީ ހިއުމަން ޓްރެފިކިންގެ އަމަލު ހިންގަން ވަރަށް ބޮޑަށް މަގުފަހިވެ އެވެ. އެ މައްސަލަތައް އިންތިހާއަށް އިތުރުވަމުން ދާތީ މޯލްޑިވްސް އިމިގްރޭޝަނުން ފިޔަވަޅު ވެސް އެޅި އެވެ. އެއީ ހާއްސަ ބޭނުންތަކަށް ނޫން ގޮތަކަށް ބަންގްލަދޭޝް އިން މަސައްކަތު މީހުން ގެންނަން ހުއްދަ ނުދިނުމެވެ.

އެކަމަކު އެ ފިޔަވަޅު މިހާރު ވަނީ އުވާލައިފަ އެވެ. ބަންގްލަދޭޝް އިން އަލުން މީހުން ގެންނަން ހުއްދަ ދޭން ފެށީ އިމިގްރޭޝަނުން އިސްނަގައިގެން މޯލްޑިވްސް އިމިގްރޭޝަން ޕްރީ ޑިޕާޗާ ސެކިއުރިޓީ ސްކްރީނިން (މިޕްސް) ކިޔާ ސިސްޓަމެއް ތައްޔާރުކުރުމަށް ފަހު އެވެ. އެ ސިސްޓަމް ބޭނުންކުރަން ފެށުމުން، ހިއުމަން ޓްރެފިކިން އާއި ބިދޭސީންނާ ގުޅޭ ގޮތުން ރާއްޖޭގައި މީގެ ކުރިން ދިމާވި ގިނަ މައްސަލަތަކަށް ހައްލު އަންނާނެ ކަމަށް އިމިގްރޭޝަނުން ދެކެ އެވެ.

އިމިގްރޭޝަނުން އަލަށް ހެދި ސިސްޓަމް ދައްކާލުމަށް ފަހު "މިހާރު"އާ ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ އެ ސިސްޓަމާ އެކު ހިއުމަން ޓްރެފިކިންގެ ފުރުސަތުތައް ހަނިކޮށް، އެކި ފަހަރު އެކި މީހުންގެ ނަމުގައި ޕާސްޕޯޓު ހައްދައިގެން އަންނަ މީހުން އެތެރެވުން ހުއްޓުމަކަށް ގެނެވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ބަންގްލަދޭޝް އިން ރާއްޖެއަށް ވަޒީފާއަށް އަންނަން ބޭނުންވާ މީހުން މިޕްސްގައި ރަޖިސްޓްރީކޮށް، އެ ފަރާތްތަކުގެ ޕާސްޕޯޓުގައިވާ މައުލޫމާތާއި ބަޔޮމެޓްރިކް މައުލޫމާތު ސިސްޓަމްގައި ހިމެނޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އެ މީހާ ރާއްޖެ އައުމުގެ ކުރިން މެޑިކަލް ހައްދައި، ވަޒީފާއަށް އައުމަށް ހުއްދަ ދިނުމުގެ ކުރިން ސެކިއުރިޓީ ކްލިއަރެންސް ހަދަން ޖެހެ އެވެ.

"ބިދޭސީ މީހާ ރާއްޖެއަށް އެތެރެކުރުމުގެ ކުރިން ސެކިއުރިޓީ އަދި ހެލްތު ސްކްރީނިން ޕްރޮސެސް ނިންމާފައިވާކަން އެއާޕޯޓުން ޔަގީންކުރެވޭނެ. މި ސިސްޓަމް މިވަގުތު ބޭނުންކުރަނީ ހަމައެކަނި ބަންގްލަދޭޝް އިން ގެންނަ މީހުންނަށް،" އޮފިޝަލް ވިދާޅުވި އެވެ.

"މިއީ އަލަށް ބޭނުންކުރާ ސިސްޓަމެއް ނޫން. މި ސިސްޓަމަށް ބައިތަކެއް އިތުރުކުރީ ހިއުމަން ޓްރެފިކިންއަށް ހުރި ފުރުސަތުތައް ހަނިކުރުމުގެ ގޮތުން."

ރާއްޖޭގައި މެޑިކަލް ހެއްދުން ހުއްޓާލުމުން ކަންބޮޑުވުންތަކެއް

އިމިގްރޭޝަނުން އަލަށް އަމަލުކުރަން ފެށި އުސޫލާ އެކު ބަންގްލަދޭޝް މީހުންގެ މެޑިކަލް ހައްދަން ޖެހެނީ އެ ގައުމުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުންނެވެ. އެއީ ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގަބޫލުކުރާ މިންގަނޑުތަކެއް ހުރި ތަންތަނަށް ވާން ޖެހެ އެވެ. ނަމަވެސް ބަންގްލަދޭޝްގެ ސިއްހީ ހިދުމަތް ދޭ ތަނަކުން ދޭ ސެޓްފިކެޓްތަކުގެ ސައްހަކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ އަދި އެތަންތަނުން ދޫކުރާ ސެޓްފިކެޓްތަކަށް އިތުބާރުކުރަންވީ ހެއްޔެވެ؟

އެ ޝަކުވާތައް ހުރި ނަމަވެސް ރާއްޖޭގެ އިމިގްރޭޝަނުން ބުނަނީ އަލަށް އަމަލުކުރަން ފެށި ސިސްޓަމާ އެކު ކުރިން ދިމާވި ފަދަ މައްސަލަތައް މަދުވާނެ ކަމަށެވެ. އަދި ބަންގާޅުން އަންނަ މީހުންގެ ހެލްތު ސްކްރީނިން ހަމައެކަނި އެ ގައުމަށް ދޫކޮށްލީ ނޫން ކަމަށް ވެސް އެތަނުން ބުންޏެވެ.

"ބަންގްލަދޭޝްގެ އެތަންތަން އެޗްޕީއޭ އިން އަހަރަކު އެއް ފަހަރު އޮޑިޓް ވެސް ކުރާނެ. އޭގެ ފަހުން އެތަންތަނުން މެޑިކަލް ހައްދަން ހުއްދަ ދޭނީ ވެސް. އަދި އެ މީހުން ރާއްޖެ އައުމުން ރެންޑަމްކޮށް ހޮވާލެވޭ ބަޔަކު ހެލްތު ސްކްރީނިން ހަދާނެ. މިކަން އަޅުގަނޑުމެން ދޫކޮށްލީއެއް ނޫން،" އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

އިމިގްރޭޝަންގެ އާ ސިސްޓަމް އެތަނުގެ މުވައްޒަފަކު ބޭނުންކުރަނީ --ފޮޓޯ: ނިޝާން އަލީ /މިހާރު

ރާއްޖެ އަންނަ ބައެއް ބިދޭސީންގެ ގައިން ޓީބީ އާއި ހެޕަޓައިޓިސް ބީ ފަދަ ނުރައްކާތެރި ބަލިތައް ފެނެ އެވެ. އަދި އެއިޑްސް ޖައްސާ ވައިރަސް އެޗުއައިވީ ހުންނަ މީހުން ވެސް ފެނެ އެވެ. އެފަދަ ބަލިތައް ޖެހިފައި ހުރި އެތައް ބަޔަކު ރާއްޖެއިން ފޮނުވާލާފައި ވެސް އެބަ ހުއްޓެވެ.

"މި ސިސްޓަމް އައިމަ ވާގޮތަކީ އެއްވެސް އިރަކު ޓީބީ އަދި ހެޕަޓައިޓިސް ފަދަ ބައްޔެއް ޖެހިފައިވާ ނަމަ އެކަން އެނގޭނެ. އަދި އެފަދަ މީހަކަށް ރާއްޖެ ނާދެވޭނެ. މި ބަލިތައް ޖެހިގެން ފޮނުވާލަން ޖެހޭ މީހުންގެ އަދަދު ވަރަށް ގިނަ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ބިދޭސީމީހާ ރާއްޖެ އައުމަށް ފަހު އެއް އަހަރު ވުމުން ވިސާ އާކޮށްދޭނީ މެޑިކަލް ހައްދައިގެން ހުށަހެޅުމުން ކަމަށެވެ. އަދި މެޑިކަލް ހައްދާއިރު ނުރައްކާތެރި އެއްވެސް ބައްޔެއް ހުރިކަން އެނގިއްޖެ ނަމަ އެ މީހަކު ފޮނުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ސިސްޓަމް ބޭނުންކުރަން ފެށުމުން ވެސް އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުރިން ބައްޔެއް ވެގެން ފޮނުވާލާފައި ހުރި މީހަކު އަލުން ގެންނަން ބޭނުންވެގެން ހުށަހެޅުން. އެފަދަ މީހަކު ގެންނަން އަޅުގަނޑުމެން ހުއްދައެއް ނުދޭނަން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރެސްޓޯރަންޓް، ކެފޭ ފަދަ ތަންތަނަށް ބިދޭސީން ގެންނަ ފަރާތްތަކުން އަމިއްލައަށް ބޭނުން ނަމަ މެޑިކަލް ހެއްދުމަށް ފަހު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު އެފަދަ އިތުރު ހަރަދެއް ވިޔަފާރިވެރިން ކޮށްފާނެ ހެއްޔެވެ؟

ރާއްޖެއަށް އަންނަ ގިނަ މީހުންނަށް ވާނުވާ ނޭނގޭ

ރާއްޖެއަށް އަންނަ ގިނަ ބިދޭސީންގެ އަތުން އެކި ނަންނަމުގައި ގިނަ އަދަދެއްގެ ފައިސާ އަތުލާކަމުގެ ޝަކުވާ އަބަދުވެސް އިވެ އެވެ. ނަމަވެސް އެކަން ހައްލުނުވެ އޮތީ ވަރަށް ގިނަ ބަޔަކު ގުޅިގެން ކުރާ ބޮޑު ވިޔަފާރިއަކަށް ވުމުންނެވެ.

"ރާއްޖެއަށް އަންނަ ގިނަ މީހުންނަށް ވާނުވާއެއް ނޭނގޭ. ނަމަވެސް އަޅުގަނޑުމެން މިހާރު ބޭނުންކުރާ ސިސްޓަމްގެ ތެރެއިން އާދެވޭނީ މެޑިކަލް ހެއްދުމަށް ފަހު ވަޒީފާ ދޭ ފަރާތާ އެކު ސްޓޭންޑަޑް ކޮންޓްރެކްޓެއްގައި ސޮއިކުރެވިގެން. އޭގައި އޮންނާނެ ކުރަން އަންނަނީ ކޮން މަސައްކަތެއް ކަމާއި ލިބޭނީ ކިހާ ވަރެއްގެ މުސާރައެއްކަން، ވަޒީފާ ދެނީ ކާކުކަން ވެސް، އެކޮމޮޑޭޝަނަކީ ކޮބައިކަން،" އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޒީފާއަށް އަންނަ މީހާއަށް ހުރިހާ މައުލޫމާތެއް ރާއްޖެ އައުމުގެ ކުރިން ލިބުމުން އިތުރު ފައިސާ އަތުލުން މަދުވެގެންދާނެ ކަމަށެވެ.

"ކުރީގައި ވާގޮތަކީ ޕާސްޕޯޓް ކޮޕީއެއް ލިބުނީމަ ވޯކް ޕާމިޓެއް ހައްދާލައިގެން މީހާ ގެންނަނީ. އަންނައިރު އެ މީހާއަށް ނޭނގެ ވަޒީފާއަށް މިއަންނަނީ ކާކު ކައިރިއަށް ކަމެއް، ކީއްކުރަން ކަމެއް، މުސާރައަކީ ކޮބައިކަމެއް، ހުންނާނީ ކޮން ތާކު ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

"އެހެންވީމަ އެކަހަލަ މީހެއްގެ އަތުން ފައިސާ އަތުލަން ފަސޭހަވާނެ. އެކަމަކު މިޕްސްގެ ތެރެއިން އަންނަ މީހާއަށް އެ ހުރިހާ ކަމެއް އެނގިފައި އޮންނާނީ."

އިމިގްރޭޝަނުން އަލަށް ބޭނުންކުރަން ފެށި ސިސްޓަމް މަސައްކަތްކުރާ ގޮތް ދައްކާލަނީ.

ބަންގްލަދޭޝް އިން ރާއްޖެއަށް ވަޒީފާއަށް ގެންނަ ނަމަ މިހާރު ގެނެވޭނީ މިޕްސް ސިސްޓަމްގެ ތެރޭގައި ހިމެނޭ ބަންގްލަދޭޝްގެ އެޖެންސީއެއް މެދުވެރިކޮށެވެ. ސިސްޓަމްގެ ތެރެއިން އެ އެޖެންސީ ނެގެނީ ރެންޑަމްކޮށެވެ. އެގޮތުން ބަންގްލަދޭޝްގެ ފަސް އެޖެންސީއަކަށް އިމިގްރޭޝަނުން މިހާރު ވަނީ ހުއްދަ ދީފަ އެވެ.

"މިތަނުން އަޅުގަނޑުމެން އެ މީހުންގެ މަސައްކަތްތައް މޮނިޓާކުރާނަން. އަދި މީހަކާ ގުޅޭ ޝަކުވާއެއް ހުށަހަޅައިފި ނަމަ އެކަން ތަހުގީގުކުރުމަށް ފަހު އެ އެޖެންސީއެއް ބްލެކްލިސްޓްކޮށް ނުވަތަ އެހެން ފިޔަވަޅުތައް އަޅާނަން،" އޮފިޝަލް ވިދާޅުވި އެވެ.

އިމިގްރޭޝަނުން ބުނީ އަލަށް އަމަލުކުރަން ފެށި ސިސްޓަމްގެ ބޭނުމަކީ ރާއްޖެއަށް ބިދޭސީ މީހާ ގެނައުމުގެ ކުރިން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ކަމަށެވެ.

އަލަށް އަމަލުކުރަން ފެށި އުސޫލާ އެކު ގިނަ ބަޔަކު ކަންބޮޑުވާ މައްސަލަތަކެއް ވެސް އެބަ ހުއްޓެވެ. އެކަމަކު އެ ސިސްޓަމާ އެކު ކުރިން ދިމާވި ފަދަ ބޮޑެތި މައްސަލަތައް ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެ ކަމަށް އިމިގްރޭޝަނުން ދެކެ އެވެ.

43 ކޮމެންޓް, 57 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 12%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައުލޫމާތު

30 October 2017

މިލިޔުން ތައްޔާރުކުރި ކުއްޖާ ބަލާލީމުތޯ މިހާރު މިޕްސް ސިސްޓަމް ތެރެއިން ގެނެވިފައިވާ މީހުން އަތުން ބަންގްލަދޭޝް ގެ ތިވިދާޅުވާ އޭޖެންސީތަކުން ނަގަނީ ކިހާވަރެއްގެ ފީއެއްތޯ؟؟އެއް އަހަރުވެގެންގޮސް އަނެއް އަހަރު އަހަރު މެޑިކަލް އަންފިޓް ވެއްޖެނަމަ ދިވެހިސަރުކާރުން އެމީހާގެ ބައްޔައް ޒިންމާނަގަން ނުޖެހޭތޯ؟؟

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

30 October 2017

ނިދީގައި ދިވެހިން ތިއްބާ “މާލެ އަކީ ދެވަނަ ރަކީން ސްޓޭޓަށް ބަދަލުވެ ރާއްޖޭގައި ރޯހިންގޔާ ފަދަ ލައްވާނުލާ އާބާދީއެއް އުފެދޭނެ” މިކަން މިދާ ބާރު މިނަށްބަލާއިރު ކުރިއަށް އޮތް 15 ނުވަތަ 20 އަހަރުގައި މިހާރު މިޔަންމާ އިން ދުނިޔެ ސިއްސުވާލި މައްސަލަ ދިވެހިން ތަޖުރިބާ ކުރާނެ. ރާއްޖެއަށް ބަންގާޅު މީހުން އެތެރެ ކުރާ ގޮތާއި އަދި އެމީހުން އަތުން ނަގާ ފައިސާ އާއި ފައިސާ ލިބޭ މީހުންގެ ކަންކަން އެމްބެސެޑަރަކަށް ހުންނެވި ރިޓައަރޑް އާރމީ ޖެނަރަލަކު ވަނީ ބަންގާޅު ފުލުހުން މެދުވެރިކޮށް ރަނގަޅު ތަހްޤީގަކުން ދެނެގަނެފަ. އެމްބެސެޑަރ އިމިޤްރޭޝަން އަށް އަދި އެސިޓީގެ ޖަވާބު ނުދީ ސިޓީ އަބުރާ ގެންދިއުމަށް އެދުމުން ޑިޕްލޮމެޓިކް ހަމަތަކުން ދައުލަތުގެ އެހެން ފަރާތް ތަކަށް ފޮނުވި ސިޓީގެ ޖަވާބު ދެއްވި ނަމަ ތެދުވެރިކަން ހުރިވަރު އިގޭނެ. ރާއްޖޭގެ ރައްކަލާއި ގުޅުން ހުރި މިމައްސަލަ ހައްލު ކުރުމަށް ރޮހިންގޔާ ފަންޑަށް ދައުލަތުގެ ކުންފުނިތަކުން އެޅި ފައިސާ ބޭނުންކުރާންޖެހޭ. އޭރުން 50 ހާސް މީހުން ޤައުމަށް ފޮނުވާލެވިދާނެ.

The name is already taken The name is available. Register?

ބަޓާ

30 October 2017

ރާއްޖެ ދެން ބަދަލް ވާނީ ސިޔާސީޕާޓީ ނޫން އެހެން "ތަހްޒީބީ" ތައުލީ ފަރާތް ތަކަކުން އާންމު ތަންތަނުގައި ދިވެހިރާއްޖެ އަށް އަސްލުވެގެން މިއުޅޭގޮތް އާންމު ރައްޔިތުންނަ( ރިޝްވަތައްފެންބޮވާގެންފަތިބި) ސާފްކޮށްދިގެން "ކުނޫޒް" އިން އިންސާފައްވާހަކަ ނުދެއްކޭނެ އަބްދުއްރާޙީމް އަކަށް އިންސާފުންވަހަކަ ނުދެއްކޭނެ މާރިއާއަކަށް އިންސާފުން ވާހަކަ ނުދެއްކޭނެ ޝިދާތާއަކަށް އިންސާފެއްނުބުނެވޭނެ މީކީ މިހާރު ކުރެވެން ހުރިކަމެއްނޫން އިތުރު ބަޔަކް ނުކުންނަން އެބަޖެހޭ!!

The name is already taken The name is available. Register?

ގުލްމާރު

30 October 2017

އަހަރެން މިހިރީ ނެފީ އެބުނި ބަހަށް ތާއީދު ކޮށްކޮށެވެ! %100 އަށެވެ. މިރާއްޖޭގައި އިންކަމް ޓެކްސް އާއި މިނިމަމް ވޭޖް ވަރަށް އަވަހަށް ހަމަޖެހި ހިނގަން ނުފަށައިފިއްޔާ........ ސޯޝަލް އަންރެސްޓު، ކޮމިޔުނިޒަމް....

The name is already taken The name is available. Register?

އަހުމަދުބެ

30 October 2017

ކުރިން ބަންގާޅު މީހުން ގެންނަމުން އައީ އެޖެންސީތަކުންނާއި ކުންފުނި ތަކުންނާއި އާއްމުންނެވެ. މިހާރު ބަންގާޅު މީހުން ގެންނަނީ ބަންގާޅުގެ ފަސް އެޖެންސީ އަކުންނެވެ. މިހާރު ބިދޭސީންގެ ކަންތައް ކޮންޓްރޯލް ކުރަނީ އޮފީހުގެ ބައެއް ވެރީންނެވެ. މީގެ ތެރެއަށް ކޮރަޕްޝަން ވަދެ އާއްމުން ކުރަންމުން އައި މަސައްކަތް ބައެއް ވެރީން އަޑީގަ ތިބެގެން ކުރަނީއެވެ.

The name is already taken The name is available. Register?

މަލީހް

30 October 2017

ރާއްޖެ މިއޮތީ އަތައްގޮވާފައި، ބަންގަލަދޭޝް މެޑިކަލް ރިޕޯޓޭ ކިޔާއިރު ތިކިޔޭ ނުކިޔޭ އެއްޗެއް އެބައިގޭތޯ؟؟؟ ތިކިޔަނީ ނޫންތޯ އެއްމީހަކް އެހެންޕާސްޕޯޓެއް ހަދައިގެން ކުރޭގަ އާދެއޭ "މިޕުސް" ތައާރަފް ކުރީމަ ދެން އެހެން ނުވާނޭ މިދައްކަނީ ޕާސްޕޯޓް ހެދިވާހަކަ ދެން މެޑިކަލް ރިޕޯޓް މީ އަދި ކޮއްޗެއް!!!

The name is already taken The name is available. Register?

ބޯގޯސް

30 October 2017

އެމީހުން ނޫޅެއޭ 1 އަހަރުވުމުން ވިސާ ހޯދަން. އެމީހުންނަކީ ފްރީ ވިސާގައި އުޅޭމީހުން. އެމީހުން އިމިގްރޭޝަންއަކަށް ނުވާނެ. މޮޅެތި ނަންނަމުގައި ސްޓަމްތައް ހެދުން ހުއްޓާލާ. ތިތަނުން ހުއްދަދޭއިރު ހުއްދަދެނީވެސް ލާރި ނަގައިގެން. ބަލާބަލަ އެތެރެކުރުން މަދު ކޮއްފައި ހުއްޓާ އަލައް ކިތައްމީހުންތޯ އެތެރެވެފައި ހުރީ؟ ކިހިނެތް އެތެރެވީ<؟؟؟

The name is already taken The name is available. Register?

ނެޕީ

30 October 2017

ދިމާވެފައިވާ މައްސަލައިގެ އަސްލު ކަމުގައިވާ މިނިވަން ވޭޖު ކަނޑަ އަޅަން ބޭނުން ނުވެގެން މިއުޅެނީ މައްސަލަ ހައްލު ކުރަން ބޭނުން ނުވާތީތޯއެވެ ؟ އެއީ މިކަމަކީ ބޮޑު ވިޔަފާރިއަކަށްވެ މިކަމުން ބައެއްގެ ޖީބަށް ބޮޑުފައިދާތަކެއް ކުރާކަމަކަށް ތީތޯއެވެ ؟ އިންކަމްޓެކުސް ތައާރަފް ކުރަން ބޭނުންނުވެ ، އާންމު ނިކަމެތި ރައްޔިތުންނަށް އަމާޒު ކޮށް އެކި ނަންނަމުގައި ޓެކުސްތައް ތައާރަފުކޮށް ހިދުމަތުގެ އަގުބޮޑު ކުރަމުން ދިއުމަކީވެސް މިފަދަކަމަކެވެ. ތަރައްޤީ ތަރައްޤީ އޭ ވިދާޅުވެ އަޑުގަދަ ކުރެއްވިޔަކަސް ހާލަތު ހުރީ މިގޮތަށެވެ.

The name is already taken The name is available. Register?

ބާބޫ

30 October 2017

އިމިގުރޭޝަން މީހުންނަށް ބޮލަކަށް 2500 ރ ދީފިއްޔާ 100 ބަންގާޅު މީހުން ވެސް އެތެރެކުރެވިދާނެ، ގަޔައް ރުލެއް ނާރުވާލާ....މީ ކަރަޕްޝަން ފިޔަވާ ކޮން އެއްޗެއްތޯ؟

The name is already taken The name is available. Register?

ތަކޭ

30 October 2017

-/2500 އެއްނޫން މިހާރު -/8000 ނޫނީ -/10،000 ދިނީމަ ނިމޭ!

The name is already taken The name is available. Register?

ހުސޭނުބެ

30 October 2017

އޯކޭ ތިވެސް ގޮތެއް!! ތިހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު ގެންނަ ބަންގާޅު މީހާ ގެންނަ ކުންފުނީގައި ނުވަތަ ގެއްގައި ނޫންނަމަ ފިހާރައެއްގައި ނުވަތަ ކޮންމެވެސް އެހެންތަނެއްގައި މަސައްކަތްކުރަން އުޅުމަށްފަހު ސްޕޮނަސަރަށް ފިލައިގެންގޮސް ސިއްޔާ ކޮންގޮތެއް އޮތީ؟ ފިލާމީހުން ފިލަނީ އިތުރު ފައިސާ ހޯދުމުގެ ބޭނުމުގައި! މިހާރުވެސް އެހެން ހަދާ ބަންގާޅު މީހުން މަދެއްނޫން! އެހެން އެމީހުން ކަންތައްކުރަނީ މިގައުމުގައި އުޅޭ މިގައުމު ރަގަނޅަށް ދަންނަ ބަންގާޅު ނެޓްވޯކެއްގެތެރެއިން މަދަދު ލިބިގެން!! ދެން އެފަދަ މީހުން ފިލައިގެން ރާއްޖޭގައި ގަވާއިދާ ޚިލާފަށްއުޅެ ގުރޫފް ހަދައިގެން އެކިއެކި މަސައްކަތްކޮށް ގިނަފައިސާ ހޯދާ!! ބަންގާޅު މީހުން ތަންތަން ކުއްޔަށް ހިފައިގެން ތިބެ މިފަދަ މީހުން ނިންދަވާ ކާންދީ ހަދާ!! އެތަންތަނުގައި ހުންނަނީ އަށިޖަހާފަ މަތިމައްޗަށް މީހުން ނިންދަވަން!! ބޮލަކަށް މަހަކު 500 ރުފިޔާ ނަގާ!! އެތަންތަނުން ކައްކާފަ ބާޒާރުކޮތަޅުގައި ކާނާ ބަންދުކޮށްގެން އެފަދަ މީހުނަށް ވިއްކަންވެސް ރަށުތެރޭ އުޅޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454