މާލޭގެ ފިހާރަ އަކުން މީހަކު ބާޒާރު ކުރަނީ.---ފޮޓޯ: މިހާރު
30 ނޮވެމްބަރ 2018 - 08:52
ދުވަހުގެ 24 ގަޑިއިރު، ވިޔަފާރިތައް ހުޅުވާފައި ބެހެއްޓުމުގެ ތަޖުރިބާއެއް 2011 ވަނަ އަހަރުން ފެށިގެން އަހަރެއްހާ ދުވަހު އަޅުގަނޑުމެން ކޮށްފީމެވެ. އެއް ބަޔަކަށް ވީ ވަރަށް ކަމުދާ "ސަޅި" ކަމަކަށެވެ. އެއީ ރޭގަނޑު މުޅި މާލެ ކުޑަކޮށް، މަގުތަކުގައި އަޑުގަދަކޮށް ސައިކަލް ބުރުޖަހައި ކެފޭތަކާއި ރެސްޓޯރަންޓްތަކަށް ވަދެ، އިރު އަރަންދެން ކޮފީ އާއި ސިނގިރޭޓާއި ޝީޝާ ބޮއި، މަޖާ ކުރުމުގައި މުޅި ރޭގަނޑު، އެއް ބަޔަކަށް، ހޭދަކޮށްލެވޭތީ އެވެ.
އެކަން ކުރި އިރު ވެސް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ކިތަންމެ ބަޔަކު އޭރު ވެސް ބުންޏެވެ. ރޭގަނޑުގެ ނިދި ނަގާލާފައި ހޭލައި އުޅުމަކީ ސިއްހީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބަލާއިރު ވެސް އެތައް ގެއްލުންތަކެއް ލިބޭ ކަމެކެވެ. ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވެސް، ރޭގަނޑު ހޭލައި އުޅޭ ލައިފްސްޓައިލަށް ނޫނެކޭ ބުނުމަށް ކުރާ މަސައްކަތް ވަނީ މެކުހަށް ޖަހައިފަ އެވެ.
ކަން މިހެން ހުރި އިރު، ފިހާރަތަކާއި ސައި ހޮޓާ، ރެސްޓޯރަންޓް ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމާ މެދު ދެ ވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށް ބައެއް މީހުން ދެކެ އެވެ. ވިޔަފާރިތަކަށް އެ ބަދަލު ގެނައުމާ މެދު އާންމުންގެ ޚިޔާލު ހޯދުމަށް ސަރުކާރުން ނިންމި ކަމުގެ ޚަބަރަށް "މިހާރު"ގެ ކިޔުންތެރިން ފޮނުވާފައި ހުރި ކޮމެންޓްތަކުން ވެސް އެނގެނީ، ގިނަ ބަޔަކު އެކަމަށް ނުރުހޭ ކަމެވެ.
"ހޮސްޕިޓަލްތަކާއި ބަނދަރުތަކާއި ޓްރާންސްޕޯޓް ލިންކުތަކުގައި އެ ތަންތަނުން ޚިދުމަތް ދޭ ގަޑިތަކުގައި ފިހާރަ ކެފޭ ހުޅުވުން ރަނގަޅު. ނަމަވެސް އާންމުކޮށް ހުޅުވާ ގޮތަށް ހެދުން އެއްގޮތަކަށް ވެސް ރަނގަޅެއް ނޫން. މާ ބޮޑުތަނުން ވެސް ގޯސް ވިސްނުމެއް. ކޮން ތަނެއްގައި އޮންނަ ޖަޒީރާ ރާއްޖެއެއްގައިތޯ ދަންވަންދެން ވިޔަފާރި ކުރުމުގައި މީހުން އުޅެނީ. ރޭގަނޑު 10ގެ ބަދަލުގައި 9:30 އަށް ބަދަލުކޮށް ހޮޓާތައް ވެސް 11 އަށް ބަދަލު ކުރަންވީ. 11 ޖަހާއިރު ކެއިމާ ރަނގަޅުވާނެ،" ކިޔުންތެރިއަކު ފޮނުވި ކޮމެންޓެއްގައިވެ އެވެ.
"މިހާރު"ގެ ކިޔުންތެރިންގެ ކޮމެންޓްތަކަށް ބަލާއިރު ގިނަ މީހުންގެ ކަންބޮޑުވުން ހުރީ، އެ ބަދަލު ގެނެސްފި ނަމަ، ކުރިމަތިވެދާނެ އިޖްތިމާއީ މައްސަލަތަކާ މެދުގަ އެވެ. ވަކިން ޚާއްސަކޮށް ބައެއް ޒުވާނުން މިހާރު ވެސް ދަންވަރު ވަގުތުގައި ނުނިދައި ތިބެ، ތަފާތު ކުށްތައް ކޮށް ނޭދެވޭ އަމަލުތައް ހިންގަމުންދާ އިރު، ދަންވަރު ހޭލައި އުޅުމަށް މަގުފަހިވާ ފަދަ ކަންކަން ކުރަން ފަށައިފި ނަމަ، އެފަދަ ޒުވާނުން އިތުރުވުމާއި އެފަދަ ޒުވާނުންގެ ފަރާތުން މެދުވެރިވާ ނޭދެވޭ ކަންތަކުގެ ކަންބޮޑުވުން ވެސް ފާޅުކުރެ އެވެ.
މާލޭގެ ފިހާރައެއްގައި ދެ މުވައްޒަފަކު މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު
"މާލެ ކަހަލަ ތޮއްޖެހިފައިވާ ތަނަކަށް އަބަދު ފިހާރަތައް ހުޅުވާފައި ބެހެއްޓުމަކީ އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫނެވެ. އެކަމުން ލިބޭ ފައިދާ އަށް ވުރެ ގެއްލުން މާ ބޮޑެވެ. މާލޭގެ މަގުތައް ހިމޭން ވެލާނެ ފުރުސަތެއް ދޭން ޖެހެ އެވެ. ރޭގަނޑު ދަންވަރު ބަރުގޮނު އަޅާ އަޑާ ދުއްވާ އެއްޗެހީގެ އަޑުތަކުން ހިމޭންކަން ބޭނުންވެ އެވެ. ރޭގަނޑު 11 އިން 10 އަށް ބަދަލު ކުރުމުން ވެސް ފިހާރަތަކުގެ ވިކުރާއަކަށް މާ ބޮޑު ބަދަލެއް ނައެވެ. ދެން ޖަޒީރާ ރަށްތަކުގައި ދަންވަންދެން މީހުން ހޭލާ އުޅޭތޯ؟" ކިޔުންތެރިޔަކު އޭނާގެ ހިޔާލު ފާޅުކުރި އެވެ.
އެހެން ބައެއް ކިޔުންތެރިން ބުނާ ގޮތުގައި 24 ގަޑިއިރު ވިޔަފާރިތައް ހުޅުވާފައި ނުބަހައްޓަންވީ ކުށް ކުރުން އިތުރުވެދާނެތީ ނުވަތަ ޒުވާނުންގެ ފަރާތުން ކުރިމަތިވެދާނެ ގޯސް ކަންތަކަކާ ހެދިއެއް ނޫނެވެ.
"މީހުން މެރުމާއި ކުށްވެރިން ގިނަވުމާއި ފަސޭހަ އާއި އުނދަގުލުގެ ވާހަކަ ހުއްޓާލުމަށް ފަހު މި ކާއިނާތު އުފެއްދެވި ފަރާތުގެ ނިންމެވުމާ އެއްގޮތަށް ދުވާލު މަސައްކަތް ކޮށްފައި ރޭގަނޑު އަރާމުކުރާ ވަގުތެއް ކަމުގައި ބާއްވަވާށެވެ. މި ނޫން ގޮތެއް އިންސާނުންނަށް އެންމެ ފުރިހަމައެއް ނުވާނެ އެވެ. ފުރިހަމަކުރަން އުޅުނަސް މިއަށް ވުރެ ފުރިހަމައެއް ނުވާނެ އެވެ. ފުރިހަމަ ގޮތް ބަދަލުކުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ. 24 ގަޑިއިރަށް ފިހާރަ ނުހުޅުވާށެވެ،" މި މަހު 25 ވަނަ ދުވަހުގެ ޚަބަރަކަށް ފޮނުވި ކޮމެންޓެއްގައި ކިޔުންތެރިއަކު ބުނެފައިވެ އެވެ.
ސްޕޯޓްސް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާގު އިބްރާހީމް ވިދާޅުވި ގޮތުގައި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމާއި އަމާންކަން ދަމަހައްޓަން ފަސޭހަވެގެން ދަނީ ދިރިއުޅުމުގެ ކަންތައް ވަކި އުސޫލުތަކެއްގެ ތެރޭގައި ބައްޓަންކޮށް، އިޖްތިމާއީ ވަރަށް ގިނަ މިންގަނޑުތަކެއްގައި ހިފެހެއްޓުމުންނެވެ. އެ މިންގަނޑުތައް ދޫކޮށްލައި އެ މީހަކު ހިތަށްއެރި ގޮތަކަށް އުޅެން ދޫކޮށްލައިފި ނަމަ އިޖްތިމާއީ އެތައް މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"މިހާރު ވެސް އަޅުގަނޑުމެންގެ ތެރޭގައި މިވާ ގޮތަކީ ގިނަ ޒުވާނުންނަށް ކޮފީ ޓައިމަކީ މެންދަމު 12 ޖަހާއިރު. އެއީ އާންމު އުސޫލުން ބަލާ ނަމަ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ މީހަކު ނަމަ އެންމެ ގަދައަށް ނިދާފައި އޮންނަން ޖެހޭ ގަޑި. އެ ގަޑީގައި އަޅުގަނޑުމެން ނުކުމެގެން ގޮސްފައި އެނބުރި ގެއަށް އައިސް ނިދަން މި ވަދެވެނީ މެންދަމުން އަލިވެ 1:30 ނޫނީ ދޭއް ޖަހާއިރު،" ރައްޒާގު ވިދާޅުވި އެވެ.
"އެހެންވީމާ، 24 ގަޑިއިރަށް ވިޔަފާރިތައް ދޫކޮށްލައިފިއްޔާ ފުރަތަމަ ކޮޅުގައި، ފަތިސް ނަމާދަށް ބަންގި ގޮވީމާ ކަންނޭނގެ - ނަމާދު ކުރާ މީހަކު ވިއްޔާ ނަމާދު ކޮށްލައިގެން - ދެން ނިދަން ވަންނާނީ."
އެފަދަ ކަންބޮޑުވުންތައް ހުއްޓެއް ކަމަކު، 24 ގަޑިއިރު ވިޔަފާރިތައް ހުޅުވާފައި ބެހެއްޓުމަކީ ބައެއް ވިޔަފާރިވެރިން ވަރަށް ތަރުހީބުދޭ ކަމެކެވެ. އެމީހުން ދެކޭ ގޮތުގައި ދުވާލުގެ ވަގުތަށް ވުރެ ދަންވަރު ވަގުތުގައި ކުރާ ވިޔަފާރި 40 ޕަސެންޓް އިތުރުވެ އެވެ.
ނަމަވެސް މަޝްހޫރު ވިޔަފާރިވެރިޔާ މައްލާ އަހްމަދު ނާސިރު (ނާބެ) އާއި އެހެން ބައެއް ވިޔަފާރިވެރިން އެ ވާހަކަތަކަށް ރައްދު ދެއްވަނީ އެއީ ބުއްދި ގަބޫލުކުރާ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވަމުންނެވެ.
"ދަންވަރު އެހާ ބޮޑަށް ވިޔަފާރި ރަނގަޅުވަނީ، އަޅުގަނޑުމެންގެ ގިނަ މީހުންނަކީ ދަންވަރު ނުނިދައި ހޭލާ އުޅޭ މީހުންތޯ. ނޫނީ އިރާކޮޅު ނިދާފައި ވިޔަފާރި ކުރަން ދަންވަރު ހޭލަނީތޯ؟ ނޫނީ އަޅުގަނޑުމެންގެ ގިނަ މީހުންނަކީ ދަންވަރު ވަޒީފާ އަދާކުރާ މީހުންތޯ؟،" ނާބެ ސުވާލުކުރެއްވި އެވެ.
"ކޮންމެވެސް ވަރަކަށް ވިޔަފާރި ނުވާނެޔެކޭ ނޫން. އެންމެ ފުރަތަމަ ބަލަމާ މެންދަމު 12 އިން ފެށިގެން އިރު އަރަންދެން ފިހާރަ ހުޅުވާފައި ބެހެއްޓުމުން ހިނގާ ކަރަންޓު ޚަރަދާއި މުވައްޒަފުންގެ ޚަރަދުތަކަށް. ދެން ބަލަމާ ހިނގާ އެ ވަގުތުގެ ތެރޭގައި ފިހާރައަށް ވަންނަނީ ކިހާ އާމްދަނީއެއްތޯ. މި ދެ ބައި އަޅައިކިޔާއިރު އަޅުގަނޑަކަށް ނުފެނޭ އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ކަމަކަށް."
ނާބެ ވިދާޅުވީ 24 ގަޑިއިރު ހުޅުވާފައި ބަހައްޓަން އާންމު ހުއްދައެއް ދިނުމުގެ ބަދަލުގައި ދެ ގޮތަކަށް އެކަން ހާސިލު ކުރެވިދާނެ ކަމަށެވެ. ފުރަތަމަ ގޮތަކީ ވަކި މިންގަނޑެއް ނުވަތަ ގަވައިދެއް ހަދައިގެން، އެކަން ކުރަން ބޭނުންވާ ފަރާތްތަކުން ސަރުކާރަށް ވަކި ފީއެއް ދައްކާ ގޮތަށް މަދު އަދަދެއްގެ ފިހާރަތަކަކަށް އެ ހުއްދަ ދިނުމެވެ. ދެ ވަނަ ގޮތަކީ މިހާރު ވިޔަފާރިތައް ހުޅުވާފައި ހުންނަ ވަގުތަށް ވުރެ ގަޑިއެއް ނުވަތަ ބައި ގަޑިއެއްހާއިރު އިތުރު ކޮށްލުމެވެ.
"އެންމެ ލަސް ވެގެން 11 ޖަހަންދެން ފިހާރަތައް ހުޅުވާލާފައި ބެހެއްޓުން އެންމެ ރަނގަޅު. އަދި ހޮޓާތައް ރަނގަޅުވާނެ އެކެއް ޖަހާލަންދެކަށް ބަހައްޓަން ވެސް. ރޭގަނޑު ހަތަރުދަމު ހޭލާ ބައިތިއްބަން ހިތްވަރު ދެވޭ ގޮތަށް އެކަން ކުރުން މުހިންމެއް ނޫންތާ،" ނާބެ ވިދާޅުވި އެވެ.
މާލޭގެ ކެފޭއަކުން ބަޔަކު ޚިދުމަތް ހޯދަނީ.---ފޮޓޯ: މިހާރު
"ވަޒީފާ އަދާކުރާ މީހުން ރޭގަނޑު ތިނެއް ޖަހާއިރު ވެސް ބާޒާރުކޮށްލަން ބޭނުންވެދާނޭ ކިޔާފައި އެކަން ކުރަން ވިސްނާ ނަމަ، ދެން މުވައްޒަފުން ނިދާނީ ކޮން ވަގުތަކު. ވަޒީފާ އަށް ދާނީ ކިހިނެއް؟ ވަޒީފާ އަށް ވެސް ފަރުވާ ކުޑަވާނެ."
ރައްޒާގު ވެސް ނާބެގެ އެ ވިސްނުމަށް ތާއީދު ކުރައްވަ އެވެ. އޭނާ ވިދާޅުވީ "ކިތަންމެ ބޮޑު ގޯސް ކަމެއް ކުރިޔަސް އަތުލައިނުގަނެވޭހާ ހިނދަކު ތިމާ މި ކުރަނީ ރަނގަޅު ކަންތައް" ކަމަށް ގަބޫލުކުރާ މީހުން ގިނަ މުޖްތަމައެއްގައި، ރޭގަނޑު ހޭލައި އުޅެން ހިއްވަރު ދެވޭ ގޮތަށް ކަމެއް ކުރާ ނަމަ އިތުރަށް ވިސްނާލަން ޖެހޭ ކަމަށެވެ.
"ގިނަ މީހުން މި ފެތެނީ އެ މިންގަނޑަށް. އެއީ އިޖްތިމާއީ މިންގަނޑުތަކުގެ އެންމެ ދަށު ދަރަޖަ. އެ މިންގަނޑުގެ ތެރޭގައި އުޅޭ މުޖްތަމައެއް ކަމަށް ވަންޏާ އަޅުގަނޑަށް ހީވަނީ ކޮންމެވެސް ލެވެލްއެއްގެ އިމެއްގެ ތެރޭގައި ހިފެހެއްޓުންތަކެއް ހިފަހައްޓަންޖެހޭ ހެން،" ރައްޒާގު ވިދާޅުވި އެވެ.
"ހުރިހާ އެންމެންނަށް އެ ހުއްދަ ދިނުމުގެ ބަދަލުގައި، އޭގެ ތެރެއިން އެކަން ކުރަން ބޭނުންވާ ބަޔަކަށް ކޮންމެވެސް މިންގަނޑެއްގެ ތެރެއިން އެ ހުއްދަ ދޭ ކަމަށްވަންޏާ، އަޅުގަނޑުމެން މި ބޭނުންވާ، މަގްސަދު ހާސިލުވެފައި އިޖްތިމާއީ ކަންތައްތަކަށް އެޅިގެން އަންނަ ހުރަސް ނޫނީ ހެޔޮ ނޫން ބަދަލުތައް ތަންކޮޅެއް ކުޑަވާނެ."
ދެން އޮތީ ވިޔަފާރި ކުރަން ވަގުތު ނުލިބޭ ވާހަކަ އެވެ. މި ކަމަށް ތާއީދު ކުރާ މީހުން ބުނާ ގޮތުގައި މިހާރުގެ ބިޒީ ޝެޑިއުލް އޮންނަ ގޮތުން ހަމަޖެހިލައިގެން ވިޔަފާރި ކޮށްލެވޭނެ ފުރުސަތެއް ވެސް ނުލިބެ އެވެ.
"ސައުވީސް ގަޑިއިރުގެ ވާހަކަ އިހަށް ބާއްވަމާ. މިހާރު އަޅުގަނޑުމެން އެބަ އުޅެންތޯ 24 ގަޑިއިރު ފިހާރަތައް ހުޅުވާފައި ނުބަހައްޓާތީ އެއްޗެއް ނުގަނެވިގެން. ފިހާރަ ހުޅުވާފައި ނެތިގެން ގޭގައި ކެވޭނެ ގޮތެއް ނެތިގެން ކާކުތޯ އުޅެނީ؟،" ނާބެ ވިދާޅުވި އެވެ.
"މިހާރު ވެސް ރޭގަނޑު 10 ޖަހާއިރު ބަންދު ކުރާކަން އެނގޭތީ އޭގެ ކުރިން ބޭނުންވާ އެއްޗެހި މި ގަންނަނީނު އެންމެން ވެސް. އަޅުގަނޑުމެން ދަސްކުރަން އެބަ ޖެހޭ ދިރިއުޅުމުގެ ކަންތައް ރާވާލައިގެން ކުރަން. ގެއަށް ބޭނުންވާ ސާމާނު ގަނެލަން ދެމަފިރިން ނުކުމެލާނީ ކޮން ވަގުތަކުތޯ ވެސް ރާވާލައިގެން އުޅުނީމާ، ވަގުތު ނުވެގެން އުޅޭކަން ނުޖެހޭނެ."
ސައުވީސް ގަޑިއިރު ވިޔަފާރިތައް ހުޅުވާފައި ބަހައްޓަން ވިސްނި ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ މުޖްތަމައުގެ ހާލަތު އޮތް ގޮތަށް ބަލާއިރު، މިއީ އިތުރަށް ދިރާސާ ވެސް ކުރަން ޖެހޭ ވަރުގެ މައްސަލައެކެވެ. ގިނަ އަދަދެއްގެ ފުލުހުން ތިބި ކަމުގައި ވިޔަސް މިހާރު ވެސް ރަށުތެރެ ރަނގަޅަށް ނުބެލެހެއްޓިގެން އުޅޭ އިރު، 24 ގަޑިއިރަށް ވިޔަފާރިތައް ހުޅުވާލައި، ދަންވަރު ހޭލައި އުޅުމަށް ނުސީދާކޮށް ހިތްވަރު ދެވޭ އިރު، ދެން ނުކުމެދާނެ ނަތީޖާއަކާ މެދު މިހާރަށް ވުރެ ފުންކޮށް ވިސްނަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާޝިޒް
01 December 2018
ދުނިޔޭގައި ތަރައްޤީ ވެފަވާ ގައުމުތަކުގައި ކަންކުރާ އުސޫލަކީ އާނމުކޮށް ވިޔަފާރި ކުރާ ތަންތަން 9 ނޫނީ 10 ޖަހާއިރު ބަންދު ކުރުން. ޝިފްޓް ޑިއުޓީ އަދާކުރާ މީހުން، އެހެނިހެން ވަޒީފާ އަދާކުރާ، ނުވަތަ އެހެނިހެން ވެސް އިމަޖެންސީގައި އެއްޗެއް ބޭނުންވާ މިހުންނަށް ހާްއްސަކޮށް ހުންނަނީ “7/11”، “ލޯސަން” ފަދަ ކޮންވީނެއެންސް ފިހާރަތަށް އެކަނި! ނިކަން ސެވަން އިލަވަން ގެ ބްރާންޗެއް ރާއްޖޭގައި ވަަކިވަރަކަށް ވުރެ އާބަދީ ބޮޑު ރަށްރަށުގައި ހުޅުވާން ވީނުން?
ހަހުރަ
01 December 2018
"ނާބެ ވިދާޅުވީ 24 ގަޑިއިރު ހުޅުވާފައި ބަހައްޓަން އާންމު ހުއްދައެއް ދިނުމުގެ ބަދަލުގައި ދެ ގޮތަކަށް އެކަން ހާސިލު ކުރެވިދާނެ ކަމަށެވެ. ފުރަތަމަ ގޮތަކީ ވަކި މިންގަނޑެއް ނުވަތަ ގަވައިދެއް ހަދައިގެން، އެކަން ކުރަން ބޭނުންވާ ފަރާތްތަކުން ސަރުކާރަށް ވަކި ފީއެއް ދައްކާ ގޮތަށް މަދު އަދަދެއްގެ ފިހާރަތަކަކަށް އެ ހުއްދަ ދިނުމެވެ." އަހަރެން ތާއީދު ކުރަނީ މިގޮތަށް ކަންތައްކުރުމަށް!! ނާބެ މިދިން ޚިޔާލަށް ވަރަށް ތާއީދު ކުރަން!!
ވަރައް ސަޅި
01 December 2018
ކުއްކުރާ ބަޔަކައް ދުވާލެއް ރޭގަނޑެއް އޮވޭތަ؟ 10އައް ފިހާރަ ބަންދު ކުރިއަސް ނުކުރިއަސް ކުއްކުރާމީހުން ކުރާނެ. މީގެ ބަދަލުގައި އެންމެނައް އުނދަގޫ ނުޖައްސާ ފިހާރަ ތައް ހުޅުވާފަ ކުއް ކުރާ މީހުނައް އެކަށޭނަ އަދަބު ދޭންވީނު، މިގައުމުގަ މީހަކު މަރާފަ ސަލާމައްވޭ، ވައްކަން ކޮއްފަ އިތުރައް ވައްކަން ކުރަން ދެއަތް އޮވޭ. ވަރައް ސަޅި 100/100 މުސްލިމް ގައުމާއިގެން ކުރިއައް، ދެންވެސް ހަލާލު މަސައްކަތެއް ކުރަންނާ ހުއްޓުވާ. ދީނައް އަހުލުވެރި ކުރުވާނެ ކަމެއް ނެތް.
ކަލޯ ގަޔާ
01 December 2018
މި ލިޔުން މިއޮތީ އެއްބަޔަކައް އަމާޒު ވެފަ، ކޮބާތޯ ޝިފްޓް ޑިއުޓީތަކުގަ އުޅޭ ކުދިން އަދި ޕިކަޕް ތަކުގެ ކުދިން. އެމީހުން ނުކައި ނުބޮއިތޯ ތިބެންވީ ޑިއުޓީ ނިންމާފަ އަންނަ އިރު ފިހާރަ ބަންދު ނޯ ފޫޑް އެވެއިލަބަލް. އެންމެންގެ ނުތިބޭނެ ސައިކަލުގަ ސާމާން ގަންދޭން ދާ މީހުންނެއް ވަރައް ފީކަޅާ ލިއުމެއް މީ.
ޕީސް
01 December 2018
ދިވެހިންގެ ލައިފް ސްޓައިލް އެހާ ހެލްތީ އެއް ނޫން. ދިވެހިން އަވަހަށް ނިދާފަ ފަތިސް ނަމާދަށް ހޭލެވޭ ގޮތަށް މުޖުތަމަޢުގެ ކަންކަން ބައްޓަން ކުރެއްވުމަކީ މުޖުތަމަޢުގައި ރަނގަޅު މިސްރާބަކަށް ދާނޭ ކަމެއް.
ޤަމާރު
01 December 2018
ބަލަ ކާންބޯން ގޭގެ ކުލި ދައްކާ ދަރިންގެ ކިޔެވުމުގެ ހަރަދާ ގޭގެ ހަރަދާ އަދި އެހެނިހެންވެސް ހަރަދުތައް ކުރަން ވަޒީފާ އެއްގެ ގޮތުގައި ޕިކަޕު ދުއްވާ މީހުން މިއުޅެން ޖެހެނީ ތި ބުނާ މެންދަން ގަޑީގަ އިރު އޮއްސުމުން ފެށޭ އިރު އެރުމުން ހުއްޓާލަން ޖެހޭ. ކިރިޔާ ދެކޮޅު ޖެހޭވަރު ވަނީ. އިރުގެ އަލި ހުއްޓާ އެމީހުނަށް މަސައްކަތް ނުކުރެވޭ. އުޅެފިއްޔާ ޖޫރިމަނާ. އެމީ ހުން ކައި ބޮއި ނޫޅެން ވީތޯ؟ އެއީ އުޅޭ ބަޔަކީ ނުން ތޯ؟ އެމީހުން ނެތިއްޔާ ތިމީހުންގެ ދިރި އުޅުމައްވީ؟
އިންސާފް
30 November 2018
ކުރީގެ ތަޖުރިބާއަށް ބަލާއިރު މީ ކުރަން ހެޔޮވާވަރު ކަމެއްނޫން. ދަންވަރު ފިހާރަތަކުން އާންމުކޮށް ވިކެނީ ސިގިރެޓް، ފިޒީ ޑްރިންކްސް އަދި މިސްކޯދު ކަހަލަ ތައްޔާރީ ތަކެތި. މިކަމަކީ ޒުވާނުންނަށް ގޯސްމަގެއް ދައްކައިދޭނެ ކަމެއް. މިހާރުވެސް ގައުމަށް ދިމާވެފައޮތް ވަރަށް ބޮޑު މައްސަލައެއް ރިވެތި އަހްލާގްގެ ޒުވާން ކީލެއްގެ ނެތުމަކީ.
ކާޖާ
30 November 2018
މިހާރު މި އޮންނަގޮތް މާ ބޮޑުތަނުންވެސް ރަގަޅު ނަމަވެސް ބައެއް ތަންތަން ހުޅުވާފައި ބެހެއްޓިދާނެއެވެ. އޭއީ ހޮސްޕިޓަލްފަދަ 24 ގަޑި އިރު ހިދުމަތް ދޭތަންތަން. ޓްރާންސް ޕޯޓް ހަބްތައް އަދި ބަދަރުތައް އެއްގަމު ތެރޭގައި މިގޮތަށް ހުޅުވާލާކަށް ހަމަ އެއްގޮތަކަށްވެސް ނުފެނެއެވެ މާލެއަށް ހިމޭންކަން ބޭނުންވެއެވެ. މިއީ މަގުތަކާއި ގޯޅިތައް ހަނި ހުސްތަންތަން ނެތް ތަނެކެވެ. މިތަނުގައި އުޅޭ މަދު ބަޔެއްގެ އުފަލަށްވުރެ ގިނަމީހުންގެ ސިނކުޑިތަކަށް ހަމަޖެހުމެއް ބޭނުމެވެ
ހޭނޑީ
30 November 2018
މި ލިޔުން ލިޔުނު ބޭފުޅަކަށް ނޭގޭތޯ؟ މާލޭ ގައި 24ގަޑި އިރު މަސައްކަތް ކުރާ ތަންތަން ހުންނަކަމާއި،އެތަންތާ މަސައްކަތް ކުރަނީ ގިނައިން އަތޮޅު ތަކުގެ ރައްޔިތުން ކަމާއި، އެމީހުން ކައި ބޮއި ހަދަން ޖެހޭނެކަން.(24 ގަޑި އިރު )
އިހްސާސް
30 November 2018
ދަމުނަމާދަށް ދާންވެސް ސޭޓުންނަށް ފުރުސަތު ނެއްތޯ؟ ރޭގަނޑު 11 ގަޑި ބައިގެ ފަހުން ސައިކަލު ނުދުއްވާ ގޮތަށް ހަމަޖައްސާ.