ރިޕޯޓް / މެމްބަރު އަލީ އާޒިމް

އާޒިމް ވިދާޅުވަނީ "ސައި ތައްޓެއް ވެސް ވެއްދޭނީ ގަވައިދާ އެއްގޮތަށް" ކަމަށް

އާޒިމް މި މަހުގެ ދެވަނަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިހާރު ހިނގަމުން އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ފަހަކަށް އައިސް އޭނާ ވާހަކަ ދެއްކެވި ކޮންމެ ފަހަރަކު ވެސް މި ވާހަކަ ފާހަގަކުރެއްވި އެވެ. މަޖިލިސް ހިންގަން އަދިވެސް ވަގުތީ ގަވައިދަކަށް އަމަލްކުރަމުން ދިއުމެވެ.

"އެއީ ހަމަ ބޮލަށް އުނދަގޫވާތީ ކުރާ ކަމެއް. މަޖިލިސް ހިނގަން ވާނީ އުސޫލެއްގެ ތެރެއިން. ދެ ރައީސުންގެ ދައުރު ނިމުނު އިރު ވެސް ވަގުތީ ގަވައިދަކަށް އަމަލު ކުރާތީ އެއީ ހަމަ ބޮލުގެ ރިހުމަކަށް ވީ. ކުޑަކުޑަ މަސައްކަތަކުން ނިމޭނެ ކަމެއް ދިގު ދަންމާތީ އުނދަގޫވަނީ،" މި މަހުގެ ދެވަނަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވި އެވެ.

ތިންވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި އާޒިމް، މި މަހުގެ 28 ގައި ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިވެވަޑައިގަތުމުގެ އެއް ސަބަބަކީ ވެސް އެއީ އެވެ. މަޖިލިސް ހިންގާ އުސޫލު ގަވައިދަށް ފައްތަން އޭނާ ބޭނުންވެ އެވެ. އާޒިމް ގަބޫލުކުރައްވާ ގޮތުގައި މަޖިލިސް ހިނގަން ޖެހެނީ ރައްޔިތުން ބޭނުންވާ ގޮތަށެވެ. ސަރުކާރުގެ ނުފޫޒު އޮވެގެން ނުވާނެ އެވެ.

"ރައްޔިތުންގެ މަޖިލިހުގެ މެމްމަބަރުންނަކީ ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްގެން އެ ކަންކަން ކޮށްދޭން ހޮވާފައި ތިބި ބައެއް. އެކަމަކު، ރައްޔިތުން ހިމާޔަތް ކުރުމުގެ ބަދަލުގައި މި ހިމާޔަތް ކޮށްދެވެނީ ސަރުކާރު ނުވަތަ ޖުޑިޝަރީ. އަސްލު ކުރަން ޖެހޭ ކަންކަން ރައްޔިތުންގެ މަޖިލިހަކަށް ނުކޮށްދެވޭ،" އާޒިމް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ބާރު ހޯދައިދިނުމުގެ ވިސްނުމުގައި ހަގީގަތުގައި މަޖިލިސްގެ ރައީސްކަމަށް މިހާ ބޮޑަށް ޝައުގުވެރިވީ."

އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލިހުގައި މިހާތަނަށް ހޭދަކުރެއްވި ދެ ދައުރުގައި އޭނާ އަށް ވަނީ ހައްގު ގޮތުގައި މަސައްކަތް ކޮށްދެއްވިފަ އެވެ. ފުރަތަމަ ޓާމުގައި ކަންކަން ދަސްކުރައްވައި، ތަޖުރިބާ ހޯއްދެވީ އެވެ. ދެވަނަ ދައުރުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަމަށް ހޮވިވަޑައިގަތެވެ. މިއީ އެ މަގާމުގައި އޭނާ ހޭދަކުރައްވާތާ ދެވަނަ އަހަރެވެ. މަޖިލިހުގައި ބޮޑެތި ކޮމިޓީތަކުގެ މެމްބަރުކަން މިހާރު އެބަ ކުރައްވަ އެވެ.

މިދިޔަ މަހު ބޭއްވި އާންމު އިންތިޚާބުގެ ކެމްޕެއިން ޖަލްސާއެއްގައި އާޒިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މި ސަބަބުތަކާ ގުޅިގެން، އާޒިމް ގަބޫލުކުރެއްވީ ދެން އެ އަށް ވުރެ މަތީ ހަރުފަތަކަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އެއާ އެކު މަޖިލިހުގެ ރައީސަކީ އިދާރީ ބޭފުޅަކަށް ވާއިރު، ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމްގެ ރައީސްކަން ފަސް އަހަރު ކުރައްވާފައި ވުމަކީ ވެސް ތަޖުރިބާގެ ގޮތުން ޕްލަސް ޕޮއިންޓެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އެ އަށް އިތުރުކުރަން ޖެހޭ އެންމެ މުހިންމު އަނެއް ކަމަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބު، ނިއު ރޭޑިއަންޓު ހިންގުމުގައި އެތައް އަހަރެއް ހޭދަކުރައްވައި ހޯއްދެވި ތަޖުރިބާ އެވެ.

"އެފްއޭއެމްގެ ރައީސް ކަމަކީ ވެސް މެނޭޖުމަންޓުގެ ދާއިރާގެ މަގާމެއް. އެހެންވީމާ އެ ދާއިރާގެ ތަޖުރިބާ އަޅުގަނޑުގެ އެބަހުރި. ޚާއްސަކޮށް އަޅުގަނޑަކީ އެއްވެސް މީހަކާ ޒާތީވާނެ މީހެއް ނޫން. އެފްއޭއެމްގައި ހޭދަކުރި ދުވަސްތަކުން އެކަން ފެންނާނެ،" އާޒިމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސްކަމުގެ އިންތިޚާބުގައި އާޒިމްއާ ވާދަކުރެއްވި މަޝްހޫރު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަށް ޖެހިގެން އައި ދުވަހު، އެފްއޭއެމްގެ ވަޒީފާއަކަށް ފުރުސަތު ހުޅުވައިލުމަކީ އޭގެ ހެއްކެއްގެ ގޮތުގައި ދެއްކެވި އެވެ. އޭގެ ފައިދާ ވެސް މާއްޓޭގެ ފަރާތުން ފެނުނު ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ ސަރުކާރުގައި 10 އަހަރު ހޭދަކުރައްވައިފަ އެވެ.

މަޖިލިހަށް ސައިތައްޓެއް ވެސް ވެއްދޭނީ ގަވައިދާ އެއްގޮތަށް

މަޖިލިހުގެ ރައީސްކަމަށް ވާދަކުރެއްވުމަށް އާޒިމް ހިސާބު އަދަދު ޖައްސަވަމުން ގެންދަވާއިރު، އެ މަގާމަށް ހޮވިވަޑައިގެންފި ނަމަ، މަޖިލިހުގެ ގަވައިދުން ބޭރުން "ހަމަ އެއްވެސް ކަމެއް" ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"ގަވައިދާ ޚިލާފަށް ހަމަ އެއްވެސް ކަމެއް ނުކުރާނަން. މަޖިލިހުގެ އިދާރާ އަށް މުވައްޒަފަކު ވެސް ގަވައިދާ ޚިލާފަކަށް ނުވައްދާނަން. އެ ތަނަށް ސައިތައްޓެއް ވެސް [ގަވައިދާ ޚިލާފަށް] ނުވައްދާނަން. ގަވައިދާ ޚިލާފަށް ގަހެއް ވެސް ނުބައިންދާނަން. މަޖިލިހުގައި މީހަކު ވާހަކަ ދެއްކުން ވެސް، ކޮމިޓީއަކަށް މީހަކު ހަމަޖެއްސުން ވެސް ކުރިއަށް ދާނީ ގަވައިދުން،" އާޒިމް ވިދާޅުވި އެވެ.

އެކަން ކުރަން އޭނާ އަށް ބޭނުންވަނީ އެކުލަވާލައި އެތައް ދުވަހެއް ވެ، އެކަމަކު މަޖިލިހުގެ ރައީސްގެ މޭޒުމަތީގައި އޮންނަ އަމަލުނުކުރާ ގަވައިދު ވުޖޫދަށް ގެނައުމެވެ. އެ ގަވައިދަށް އަމަލުކުރަން ފަށައިފި ނަމަ މަޖިލިހުގެ ކަންކަން ހަމައަކަށް އެޅޭނެ ކަމުގެ ޔަގީން އާޒިމަށް އެބަ އޮތެވެ.

އުސޫލެއްގައި ހުންނަވާ ބޭފުޅެއް

އާޒިމް ވިދާޅުވީ މަޖިލިހުގައި މަސައްކަތް ކުރައްވާއިރު، ދައްކަވާ ވާހަކައަކުން އަދި އަމަލުކުރައްވާ ގޮތެއްގެ ސަބަބުން ފަހުން ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެކަން އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ، ބަހުސްގައި ވެސް ކޮންމެކޮންމެ ފަދަ ވާހަކައެއް ދައްކަވަން ބޭނުމެއް ނުވެ އެވެ. ގަބޫލުކުރައްވާ ހަމައިގެ ތެރޭގައި ނޫން ގޮތަކަށް އެއް ކަމެއް ވެސް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އެއް މިސާލު އޭނާ ދެއްކެވި އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހަށް ވޯޓު ދެއްވުމެވެ. އެ އިސްލާހުގެ ވޯޓަށް އެމްޑީޕީން ފްރީ ވިޕެއް ނެރުމުން އާޒިމް ވޯޓު ދެއްވީ އިސްލާހު ފާސްކުރުމަށެވެ. އެހެންވެ، އެތައް ބައެއްގެ ބޮޑެތި ފާޑުކިޔުންތައް އާޒިމަށް އަމާޒުވި އެވެ. ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތު ވެސް އެޅުވި އެވެ. މި ފަހަރުގެ މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި ވެސް އޭގެ އުނދަގޫތަކެއް ކުރިމަތިވި އެވެ.

އާޒިމް ވިދާޅުވީ މިއަދު ވެސް އޭނާ ގަބޫލުކުރައްވަނީ ރާއްޖެ އަށް ބޭރުގެ ބޮޑެތި އިންވެސްޓުމަންޓުތައް ގެންނަން ބޭނުން ނަމަ އެއީ ރަނގަޅު އިސްލާހެއް ކަމަށެވެ. ޚާއްސަކޮށް އެއީ އެމްޑީޕީގެ ސިޔާސަތުގެ ތެރޭގައި ވެސް އޮންނަ ކަމެއް ކަމަށް ވިދާޅުވި އެވެ.

މިހާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މަހްލޫފާއި އާޒިމް މަޖިލިހުގެ އިދާރާގެ ގޯތިތެރޭގައި ފޯނު ކޮންވަޒޭޝަނެއް ބައްލަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އަޅުގަނޑުމެންނަކީ ސެންޓަރައިޓް ޕާޓީއެއް. ބިން ވިއްކުން ކަހަލަ ކަންކަން އެހެންވީމާ ހިނގާނެ. އަޅުގަނޑަކަށް ނޭނގޭ އެއާ ދެކޮޅު ހަދަން [އެމްޑީޕީން] ފެށީ ކޮން ސިޔާސީ ސަބަބަކާ ހެދި ކަމެއް. އެކަމަކު ސިޔާސީ ކަންކަމަށް ވުރެ ބޮޑަށް ރައްޔިތުންނަށާއި ގައުމަށް ފައިދާވާނެ ގޮތަކަށް ވިސްނަން ޖެހޭނީ،" އާޒިމް ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ބިދޭސީންނަށް މިލްކުކުރެވޭ ގޮތަށް ޔާމީންގެ ސަރުކާރުން އިސްވެ އަދި އޭރުގެ އިދިކޮޅު ޕާޓީތައް ކަމަށްވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންގެ ތާއީދާ އެކު ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރާނެ ކަމުގެ ޔަގީންކަމާ އެކު އެވެ. އެހެންވެ، އެ އިސްލާހު ބާތިލް ކުރުމަށް އާޒިމް ވެސް ވޯޓު ދެއްވި އެވެ. ސަބަބަކީ އެ އިސްލާހު ފާސްކުރި ގޮތާ ޚިލާފަށް ބާތިލްކުރަން އެމްޑީޕީން ނެރުނީ ސީދާ ތްރީ ލައިން ނުވަތަ އެ އަށް ވޯޓުދޭން މަޖުބޫރު ވިޕްލައިނަކަށް ވާތީ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ބިދޭސީންނަށް ބިލް މިލްކުކުރެވޭ ގޮތާ މެދު އާންމުންގެ ތެރޭގައި ނަފުރަތު އުފެދުނީ އެ މައުލޫމާތު އޭރު ގެނެސްދިން ގޮތުންނެވެ. އޮޅުންއަރާ ގޮތަށް ވާހަކަތައް ދެއްކުމުންނެވެ. އެހެންވެ އާޒިމް ހުންނެވީ އެފަދަ އިސްލާހެއް ކުރިމަގުގައި ގެންނަން މަޖިލިހަށް ހުށަހެޅިޔަސް އެ އަށް ތާއީދު ކުރައްވަން ތައްޔާރަށެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ގެއްލުން ނުވާ ގޮތުގެ މަތިން އަޅުގަނޑު އެކަން ގަބޫލުކުރާނަން. ރާއްޖޭގެ ސޮވެރިން އަށް ގެއްލުން ނުވާ ގޮތުގެ މަތިން އަޅުގަނޑު ގަބޫލުކުރާނަން. ބައެއް މީހުން ބުނޭ ރައީސް ނަޝީދު މިނިވަންކުރާ ގޮތުގެ މަތިންނޭ ކުރިން އެ އިސްލާހަށް އަޅުގަނޑު ވޯޓު ދިނީ. އެއީ ރަނގަޅު ވާހަކައެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

އާޒިމަށް ލިބިވަޑައިގެންފައިވާ ޓްރޮފީތައް ބައްލަވާލައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އެއީ އަޅުގަނޑު އަމިއްލަ އަށް ދިން ވޯޓެއް. އަޅުގަނޑު ގަބޫލުރަނީ ފުރިހަމަ އިގުތިސޯދެއް ބާއްވަން ބޭނުން ނަމަ ގަނެވިއްކުން ދުނިޔޭގެ ހުރިހާ ފަރާތަކަށް އޮންނަން ޖެހޭނޭ."

އެ މައުލޫއުގައި އޭނާ މިސާލަކަށް ނެންގެވީ ބޭރުގެ އިންވެސްޓަރުންނަށް ބިން ގަނެ ވިއްކުމުގައި މަޝްހޫރު ދުބާއީ އެވެ.

ކޮންމެކޮންމެ ކަމަކަށް ސަރުކާރަށް ފުރުސަތެއް ނުދެއްވާނެ

އާ ރައްޔިތުންގެ މަޖިލިހުގައި 65 މެމްބަރުންނާ އެކު ސުޕަ މެޖޯރިޓީ އެމްޑީޕީ އަށް ލިބިފައިވާ ކަން އާޒިމް ހަނދާނެއް ނުނެތެ އެވެ. އޭގެ ސަބަބުން އަންނާނެ ގޮންޖެހުންތައް ވެސް އޭނާ އަށް ވިސްނިވަޑައިގަންނަވަ އެވެ. އެކަމަކު، ވިދާޅުވީ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް ހުންނެވި ގޮތަށް ސަރުކާރުގެ ޕަޕެޓަކަށް ހެދިގެން ނުހުންނަވާނެ ކަމަށެވެ. މަޖިލިހުގެ އަގު ވައްޓާލަން ސަރުކާރާއި ޖުޑީޝަރީ އަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"މިސާލަކަށް މިނިވަން މުއައްސަސާއެއްގެ އިސް ވެރިއަކު ގޯސްކޮށް ކަމެއް ކޮށްގެން މަޖިލިހަށް ހާޒިރުކޮށް ސުވާލުކުރުމުން ސަރުކާރުން އެކަމުގެ ހިތްހަމަނުޖެހުމުގައި އަޅުގަނޑު ބޭރުކުރާ ނަމަ އެކަން ކުރަންވީ. އަޅުގަނޑު ގަދަކަމުން މަގާމުގައި ނުވެސް އިންނާނަން. ލޫޕްހޯލެއް ހޯދައިގެން، މަސީހު ހެދިހެން ނުހުންނާނަން. އަޅުގަނޑުމެން މި ތިބެނީ ސަރުކާރަށް ވެސް ފާރަލާން. ރައްޔިތުންގެ ކަންކަމުގައި އަތްލާތޯ ބަލަން. އެ ފުރުސަތެއް އަޅުގަނޑެއް ނުދޭނަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް، މި މަހުގެ ދެ ވަނަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ ސަރުކާރަށް ފާރަވެރިވާ މަޖިލިހުގެ ކޮމިޓީތަކުގެ އަޣުލަބިއްޔަތާއި މުގައްރިރުކަން ދޭން ވާނީ އިދިކޮޅަށްކަން ގަބޫލުކުރައްވާ ކަމަށެވެ. މަސީހްގެ ރައީސްކަމުގައި އެ އުސޫލު ވެސް އޮތީ މުގުރާލައިފަ އެވެ.

އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެ އުސޫލު ހިފަހައްޓަވަން މަސައްކަތްޕުޅު ކުރައްވާނެ އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ގަވައިދާ ޚިލާފަށް، އަވަސް އަރުވާލައިގެން މަޖިލިސް މެދުވެރިކޮށް ކުރަން ބޭނުންވާ ކަމަކަށް ވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އެ މައްސަލައެއް ރައްދުވާ މީހާގެ ހައްގަށް ވިސްނަވާނެ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ޑރ. ޖަމީލް [ނައިބު ރައީސްކަމުން] ވަކިކުރީ އޭނާ އަށް ލިބެން ޖެހޭ ފުރުސަތު ނުދީ. މަޖިލިހަށް ވަޑައިގެންފައި ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު އޮންނާނެ. އެކަމަކު އެ ފުރުސަތު ވެސް ނުދިނީ. އަޅުގަނޑެއް އެގޮތަށް އަމަލެއް ނުކުރާނަން. އެ ހެޔޮ ސަރުކާރުގެ ކޮންމެ ދިމާއަކުން އެކަން ކުރަން އެދުނަސް. އެއީ ޔަގީންކަމެއް،" އާޒިމް ވިދާޅުވި އެވެ.

ވޯޓު ހާމަވުމަކީ ފަހުން ފަސޭހަ ކަމަކަށް ނުވާނެ

މަޖިލިހުގެ ރައީސްކަމުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، މިހާރު އެމްޑީޕީގެ ތެރޭގައި ކުރާ މަޝްވަރާ އަކީ އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރާނީ ސިއްރު ވޯޓަކުން ނޫނީ ހާމަ ވޯޓަކުންތޯ އެވެ. މިހާތަނަށް މުޅިން ވެސް މަޖިލިހުގެ ރައީސްކަމަށް ބޭފުޅުން އިންތިޚާބު ކޮށްފައި ވަނީ ސިއްރު ވޯޓަކުން ކަމަށް ވިޔަސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ މި ފަހަރު އޮތުމާއި ގިނަ ބޭފުޅުންތަކެއްގެ ޝައުގުވެރިކަން ހުރުމުން އެ ބަހުސް ފޯރިގަދައީ އެވެ. އެމްޑީޕީގެ އެކި ބޭފުޅުންގެ ހިޔާލު ވެސް ވަރަށް ތަފާތެވެ.

"މިސާލަކަށް މިނިވަން މުއައްސަސާއެއްގެ އިސް ވެރިއަކު ގޯސްކޮށް ކަމެއް ކޮށްގެން މަޖިލިހަށް ހާޒިރުކޮށް ސުވާލުކުރުމުން ސަރުކާރުން އެކަމުގެ ހިތްހަމަނުޖެހުމުގައި އަޅުގަނޑު ބޭރުކުރާ ނަމަ އެކަން ކުރަންވީ. އަޅުގަނޑު ގަދަކަމުން މަގާމުގައި ނުވެސް އިންނާނަން. ލޫޕްހޯލެއް ހޯދައިގެން، މަސީހު ހެދިހެން ނުހުންނާނަން،" އާޒިމް

އާޒިމް ވިދާޅުވީ އޭނާ އަށް ތާއީދުކުރާ ބަޔަކު ހާމަކޮށް ވޯޓުލާން ވެސް ކެރެން ޖެހޭނެ ކަމަށެވެ. އެކަމަކު މައްސަލަ އަކީ، އޭނާ ވިދާޅުވި ގޮތުގައި، ހާމަކޮށް ވޯޓުލުމަށް ފަހު ނުކުންނަ ޒާތީ ކަންކަމެވެ. ޚާއްސަކޮށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ގޮތާ ޚިލާފަށް އެ ޕާޓީގެ މެމްބަރުން ވޯޓުލާން ދަތިވާނެ ކަން އާޒިމް ފާހަގަކުރެއްވި އެވެ.

"އެ މީހެއްގެ ވަރަށް ހިތްވަރު ހުންނަން ޖެހޭނެ. ކޮންމެކޮންމެ މީހަކަށް ވާނެ ކަމެއް ނޫން އެއީ. އެމްޑީޕީ އެންމެން އިހުތިރާމް ކުރާ ބޭފުޅެއް ރައީސް ނަޝީދަކީ. ވެރިއެއްގެ ކުރިމަތީގައި ވަކި ގޮތަކާ ޚިލާފަށް ކަންކަން ކުރުމަކީ ފަހުން ހިތްހަމަނުޖެހުން އަންނާނެ ކަމެއް. އެހެންވެ ސިއްރު ވޯޓު ނަގަނީ،" އާޒިމް ވިދާޅުވި އެވެ.

"އެމްޑީޕީގައި ވެސް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހޮވަނީ އަބަދުވެސް ސިއްރު ވޯޓުން. އެކަކު ކުރިމަތިލިޔަސް ހަމަ ސިއްރު ވޯޓު ނަގާ. އެ ބޭފުޅަކަށް 10 ޕަސެންޓު ލިބެން ޖެހޭ. އެކަމަކު، މި ފަހަރު ހާމަކޮށް ވޯޓުލާން މި ވާހަކަ ދައްކަނީ."

45 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 34%
icon sad icon sad 2%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހަރެން 2

21 May 2019

އަސްތާ މީ ހަަމަ ސީދާ ސުވަރުގެ ވަންތަވެރިޔެއްތާ

The name is already taken The name is available. Register?

ކުރުދުވެލި

17 May 2019

އާޒިމް މިދެން ކާކުތަ؟ ބަރަވެލިތޮށިގަނޑެއްފަދަ ހާލަތެއްގައި އޮތް ޑީއާރުޕީން އެމްޑީޕީއަށް ލެއްގި ގުރޫޕް މީހެއް. މިމީސްމީހުންނަށް މަޖިލިސްވެސް ލިބެނީ އެމްޑީޕީން ދިނީމަ. މިހާރު ފައި ވިއްދާފަ މަޖިލީހަށް

The name is already taken The name is available. Register?

ޝާހިދު

17 May 2019

ވަރަށް ހީނުވޭ ޑީ.އާރު.ޕީ އިން އައި މީހަކަށް އެމް.ޑީ.ޕީ މެޖޯރިޓީއިން މެޖޯރިޓީ އޮތް މަޖިލީހެއްގަ ރައީސްކަން ދޭނެހެން. ދިނިއްޔާނޫނީ ގަބޫލެއް ނުކުރެވޭނެ ހަމަ.

The name is already taken The name is available. Register?

ހާރުހަންޑި

16 May 2019

ޢާޒިމް ހަނދާންނައްތާލަ ތިކަމެއް ނުވާނެ މާގިނަ ބަހަނާ ދައްކަން އުޅޭނެކަމެއްނެތް އަނގަމަޑުންލައިގެން ހުރެވޭތޯބަލަ

The name is already taken The name is available. Register?

ބާޒީގަރް

16 May 2019

އެންމެގިނައިން ގާނޫނާ ގަވައިދަށް އުޅޭމީހުން މަޖުލިހުގަ ތިބެނީ.

The name is already taken The name is available. Register?

މަސްވެރިޔާ

16 May 2019

"އާޒިމް ގަބޫލުކުރައްވާ ގޮތުގައި މަޖިލިސް ހިނގަން ޖެހެނީ ރައްޔިތުން ބޭނުންވާ ގޮތަށެވެ. ސަރުކާރުގެ ނުފޫޒު އޮވެގެން ނުވާނެ އެވެ" ސަރުކާރުގެ ނުފޫޒު ނޯންނާނެކަން މަޖިލީސް ކެމްޕޭނުގެ ތެރެއިން ފެނުނު.

The name is already taken The name is available. Register?

އަހާލަން

15 May 2019

ކުރީގަ މަޖްލިހަށް އަޑުގަދަކުރާ ވެއްދީ ގަވައިދުންތޯ؟ ގަވައިދުންނަމަ ވަރަށް ބަރާބަރު. ނުވެއްދޭ ތަކެތީގެ ލިސްޓްގައި އެ ނެތްނަމަ އެވީ ގަވައިދުން ވެއްދުން ކަމަށްތާދޯ!!! ނުގަވައިދުން ވެއްދުނު އެއްޗެއްނަމަ މިހާރު އެހާ ގަވައިދުވެގެން ތި އުޅުއްވަނީ ހަމަ ރައީސްކަމާ ޖެހުނީމަތޯ؟

The name is already taken The name is available. Register?

ޥަރުދާ

15 May 2019

ޢާޒިމްއަކީ މެދު ހެންވޭރުގެ ރޫހު. ޢިނގިލިން ގުނާލާފައި ބަލާލާ ކިތަށް ފަހަރު ކާމިޔާބްކޮއްފިތޯ. މީނާވަނީ މެދުހެންވޭރު ރައްޔިތުންގެ ހިތް ހޯދައިފައި. ޢެހެންވީމައި މީނައަށް ނުކުރެވޭނެ ކަމެށް ސިޔާސީ މަޤާމެއްގައި ނޯންނާނެ. ދެން މިއަށް އިދިކޮޅަށް ކޮމެންޓްކުރާ ވާދަވެރިންނަށް ބުނެލަން، އާޒިމް ގޮތަށް އަމަލުން ދައްކާފައި ގޮތް ކިޔާށޭ.

The name is already taken The name is available. Register?

ޝެލަރީ

15 May 2019

ފޮނި ނުކަނޑާ ގެ އާ ޖެހިގެން ހުރި މިސްކިތުގައި ސައުންޑެއް ހަރުކޮށްލަދީބަ މުޅިމާލެގަވެސް ނުހުންނާނެ އެއަށްވުރެ މައްސަލަޖެހޭ ސައުންޑެއްއިން މިސްކިތެއް ގައިމު ތިމާވެސް ކޮންމެ ހުކުރެއްގާ ހުކުރު ނަމާދު ކުރާން ގޭ އޮޅިގަނޑު މަތީ ހުންނަތަން ފެނޭ މިބުނީ ތެދެއްކަން އެނގޭނެ ކީއްތަވާނީ ެވަރުކަމެއް ކޮއްލަދޭން. ސަމަދުވެސް މާރަނގަޅުހޮވާން މިސްކިތުގައި އެއާރކޯން ހަރުކޮށްދީފިވައްޔާ ޝުކުރިއްޔާ ސަމަދު

The name is already taken The name is available. Register?

ދެބޯގެރި

15 May 2019

ކަމަކަށް މީހަކު އެދުންވެރިވިޔަސް ތީދެން ފުކެއް ބޮޑުވަރު އާޒިމަށް މަޖިލީހުގެ ރައީސްކަންދީގެން އާޒިމުގެ ތަޖުރިބާގެ އަލީގަ މި އުޅެނީ މަޖިލިސްކުރާގެ ކުޅިވަރު އެކުވެންޏަކަށް ހަދަންތަ؟ ޤަނޫނާ ޤަވާޢިދޭ ޢަދުލު އިންސާފޭ ރައްޔިތުންގެ ޙައްޤޭ ކިޔާފަ ވާހަކަދައްކާ މީހާއަކީ އިސްލާމް ދީނުގަ ހަރާމް ކުރައްވާފައިވާ ރިބާއަށް ފައިސާދީގެން މީހުންއަތުން ގިނަޢަދަދަކަށް ފައިސާ ހޯދަމުންދާ މީހެއްކަމަށް ތުންތުންމަތިން ކިޔާ އަޑުއިވޭ މިފަދަ މީހަކަށް ކޮން އިންސާފެއްއޮންނާނީ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454