ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

މެމްބަރުން ކައިރިން ސަލާން ޖެހުން ކުރިއަށް!

ރައްޔިތުންގެ މަޖިލިސް: މެމްބަރުންނާ މެދު ރައްޔިތުން ދެކޭ ގޮތް ވެސް ބަދަލުކުރަން ޖެހޭ --- ފޮޓޯ: މަޖިލިސް

"ދާއިރާ މީހެއް ކައިރި ހާލު އަހާލިޔަސް މިހާރު ފޮނުވަނީ އެކައުންޓް ނަމްބަރު. މިއީ ކުރާވަރު ކަމެއް ނޫން،" ރައްޔިތުންގެ މަޖިލީހަށް މިފަހަރު އިންތިޚާބުވި މެމްބަރަކު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ކައިރިން "ސަލާން" ޖެހުމަކީ ދިވެހިންގެ ޒަމާންވީ އާދައެކެވެ. އަދި އާ ގާނޫނުއަސާސީއާ އެކު އުފަންވި އާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އެކަން މާ ބޮޑަށް ދިމާވެ އެވެ. ފައިސާއަށް އެކަންޏެއް ނޫނެވެ. ދައުލަތުގެ އެކި އިދާރާތަކުން ދޭ ހިދުމަތްތައް ހޯދަން ވެސް މެދުވެރިކުރަން ބޭނުންވަނީ މެމްބަރުންނެވެ. ވަޒީފާ ހޯދުމާއި ހައްޖަށް ދާން ޖާގަ ހޯދުމާއި އާސަންދަ ހަމަޖެއްސުމާއި ބަލި މީހުން ހެލިކޮޕްޓަރުގައި މާލެ ގެނައުމުން ފެށިގެން ގޮސް އައިޖީއެމްއެޗުން ރޫމެއް ހޯދަން ވެސް ގުޅަނީ މެމްބަރަށެވެ.

ރައްޔިތުންގެ އާ މަޖިލިހުގެ މަސައްކަތް ފަށައިގެން ފައިވާއިރު އަދިވެސް އެ ސަގާފަތަކަށް ބަދަލެއް ނާދެ އެވެ. ގިނަ މެމްބަރުންތަކަކާ ވާހަކަ ދެއްކިއިރު އެ މެމްބަރުން ވިދާޅުވި ގޮތުގައި އެކި ކަހަލަ އެހީތެރިކަމަށާއި ވަޒީފާ ހޯދުން ފަދަ ކަންކަމުގައި ގުޅަ އެވެ. ގާނޫނާއި ގަވައިދުތައް ރަނގަޅުކުރުމުގެ ހިޔާލާ އެކު އެ މީހުން ނާންނަ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެ އެވެ.

"ކެމްޕެއިންގައި ވެސް އަޅުގަނޑު ބުނިން ވަޒީފާ ހޯދުން ކަހަލަ ކަންކަން ނުވާނޭ. މީހުން ވަރަށް ގުޅާ. ދެން އެކަންކަން ނުވީމަ ހުތުރު ބަހުން ވަރަށް މެސެޖް ކުރޭ،" މަޖިލީހުގެ އެހެން މެމްބަރަކު ވިދާޅުވި އެވެ.

އާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 82،000ރ. ލިބެ އެވެ. އެ ފައިސާއިން ދާއިރާ ރައްޔިތުންނަށް އެހީ ދޭން ޖެހުމުން މެމްބަރުންނަށް އުނދަގޫވެ އެވެ. ދެން ކޮންމެވެސް ގޮތަކުން އެކަން ހަމަޖައްސަން، ކޮރަޕްޝަނާ ދިމާއަށް ބައެއް މެމްބަރުންނަށް ދެވެ އެވެ. އެންމެ ފަހުން މުއްދަތު ހަމަވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި އެ މައްސަލަ ވަކިން ބޮޑެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އިވެންޓްތަކަށް ޕާރުސެލް ހަދައިދީގެންނާއި ވަރަށް ލޯބިވާ ކަމަށް ދައްކައިގެން ބައެއް މެމްބަރުން ސަރުކާރުގެ ބައެއް ޕްރޮޖެކްޓްތަކުން ކަޓުތައް ނެގިކަމުގެ ތުހުމަތުކުރެ އެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެންމެ ގިނައިން ބޭނުން ކުރި މީހުންގެ ތެރޭގައި އެ މެމްބަރުންގެ ހިމެނެ އެވެ.

މެމްބަރުންގެ ޒިންމާއަކީ ކޮބާ؟

ގާނޫނު އަސާސީގައި މެމްބަރުންގެ ދައުރު ބުނެފައިވާ ގޮތުން އެ މެންބަރުން އަމަލުކުރާންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެ އެވެ. އަދި އިންތިހާބުވި ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތްކުރާންވާނެ އެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އަހުމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެގޮތަށް މެމްބަރުންގެ ގާތަށް ރައްޔިތުން ދާން ޖެހެނީ މުޅި ނިޒާމު އެގޮތަށް ބައްޓަންކޮށްފައި އޮތުމުގެ ސަބަބުންނެވެ. މެމްބަރުގެ ގާތަށް ގޮސްގެން ނޫނީ ކަންކަން ވާން ނެތީމަ އެވެ.

"މީހުން ގަބޫލުކުރަނީ މެމްބަރުންގެ ދޮރުގައި ޓަކި ޖެހީމަކަން ކަންކަން ވަނީ. ސަރުކާރު ކަންކަން ހުންނަންނީ މެމްބަރުން އުޅުނީމަ ކަންކަން ވާ ގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.

ތަޖުރިބާކާރު ގަނޫނީ ވަކީލް މުއިއްޒު: ނިޒާމު އޮތީ މެމްބަރުންގެ ކައިރިން ކަންކަމަށް ކިޔަން ޖެހޭ ގޮތަށް-- ފޮޓޯ: މިހާރު

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވާ ގޮތުގައި މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ އަމިއްލަ އެދުންތައް ފުއްދައިދޭން ތިބޭ ބައެއް ނޫންކަން ރައްޔިތުން ވެސް ގަބޫލުކުރަން ޖެހެ އެވެ. މެމްބަރުންގެ ގާތަށް ރައްޔިތުން ދާންވީ ދިމާވާ ދަތިތަކަށް ގާނޫނުތަކުގެ ތެރެއިން ހައްލު ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.

އުސޫލުތައް ބަދަލުކުރަން ޖެހޭ

އާ މަޖިލީހަކާ އެކު ކަންކަން ރަނގަޅު ކުރުމާ ދިމާލަށް ދާއިރު ބަދަލު ގެންނަން ޖެހޭ އުސޫލުތަކެއް އެބަ ހުއްޓެވެ. ހަރުދަނާ ކުރަން ޖެހޭ ގާނޫނުތައް ވެސް އެބަ ހުއްޓެވެ. މެމްބަރުންނަށް ފާރަވެރިވެވޭނެ ރަނގަޅު، ހަރުދަނާ އުސޫލުތަކެއް ރާއްޖެއަށް ބޭނުންވެ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެކަންކަން އިސްލާހު ވާނީ މުއައްސަސާތަކުގެ ޕޮލިސީސްތައް ހާމަކޮށްގެންނެވެ. އެގޮތުން ވަކި ހިދުމަތެއް ލިބޭނީ ވަކި މީހަކު ބުނެގެން ކަމަށް އޮންނަ އުސޫލު ބަދަލު ވެގެން ނޫނީ އެ ކަމަށް ހައްލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުއައްސަސާތަކުން ވެސް ގަބޫލުކުރަން ޖެހޭ ވަކި މެމްބަރެއް މެދުވެރިކޮށްގެން ނޫންކަން ހިދުމަތް ދޭން ޖެހޭނީ. ސަރުކާރުން ވެސް އެފަދަ ކަންކަން ބަލައިނުގަންނަންވީ. ވަކި މީހަކު ބުނެގެން ނޫން ކަންކަން ވާން ޖެހޭނީ. މިއޮތިއްޔޭ އުސޫލު ބުނެ ހާމަކުރަން ޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.

މެމްބަރުން ކޮރަޕްޓުވުން ހުއްޓުވަން ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލު ރާއްޖޭގައި ވެސް އޮންނަން ޖެހޭ ކަމަށް ނިޔާޒު ވިދާޅުވި އެވެ. އެކަން ކުރުމަށް ޕީނަލް ކޯޑަށާއި ކަމާ ގުޅުން ހުރި ގާނޫނުތަކަށާއި ކޮރަޕްޝަން ބަލާ ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނުހައްގު މުއްސަނދިކަން ސާބިތުކޮށްދޭން ޖެހޭ ގޮތަށް ބަދަލު ގެންނަން ޖެހޭ. ދުނިޔޭގެ އެހެން ގައުމުތަކުގައި މި ޖެހެނީ އެ މީހާ ސާބިތުކޮށްދޭން އެއީ އޭނާ ހައްގުން ހޯދި އެއްޗެއްކަން. ރާއްޖޭގައި މި ޖެހެނީ ދައުލަތުން ސާބިތުކޮށްދޭން އެއީ އޭނާ ނުހައްގުން ހޯދި މުދާކަން. އެ އުސޫލުތައް ބަދަލުވާން ޖެހޭ،" އޭސީސީގެ މެމްބަރުކަމަށް މިހާރު ކުރިމަތިލައްވާފައިވާ ނިޔާޒު ވިދާޅުވި އެވެ.

މެމްބަރުންގެ ނަޒާހަތްތެރިކަން ބެލުމަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ކަމަށް ގާނޫނުގައި އޮތް ނަމަވެސް އެކަން އެންމެ ރަނގަޅަށް ރާއްޖޭގައި ތަންފީޒެއް ނުކުރެ އެވެ. މާލީ ބަޔާން ހުށަނޭޅިޔަސް އެޅޭނެ ފިޔަވަޅެއް ނޯވެ އެވެ. އަދި މާލީ ބަޔާނުގައި ވަނީ ތެދު މައުލޫމާތުކަން ޔަގީން ކުރެވޭނެ ގޮތެއް ވެސް ނޯވެ އެވެ. އެހެންކަމުން އެއީ ނަމެއްގައި ހުށަހަޅަން ޖެހޭ ބަޔާނެކެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި މާލީ ބަޔާން ހާމަކުރުމުގެ އުސޫލު މިހާރު އޮތް ގޮތަކީ ވެސް ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން ބަދަލުކުރަން ޖެހޭ ކަމެކެވެ.

"ހުށަހަޅާ މާލީ ބަޔާން އެއަށް ވުރެ ރަނގަޅަށް ބެލޭނެ ގޮތެއް އޮންނަން ޖެހޭ. އެ މާލީ ބަޔާން އެނަލިސިސް ހަދައި ބެލޭނެ ގޮތެއް އޮންނަން ޖެހޭ،" ނިޔާޒު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރުންނަކީ ގާނޫނު ހެދުމުގައި ރައްޔިތުން ތަމްސީލު ކުރަން ތިބި މީހުންނެވެ. އެއީ އެއްގޮތަކަށް ވެސް ރައްޔިތުންގެ ޒާތީ ކަންކަން ފުއްދައިދޭން ތިބި ބައެއް ނޫނެވެ. އެ ހަގީގަތް ރައްޔިތުން ގަބޫލުކުރަން ޖެހެ އެވެ. ނުފޫޒުން ކަންކަން ކުރުމަށް މެމްބަރުން މެދުވެރި ކުރުން ހުއްޓުވަން ޖެހެ އެވެ. ނޫން ނަމަ މި މަޖިލިސް ވެސް ވެގެން ދާނީ ނިމިދިޔަ މަޖިލިސް ފަދަ ކޮރަޕްޓް ތަނަކަށެވެ.

83 ކޮމެންޓް, 102 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 3%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަރުސް

16 July 2019

ހަގިީގަތައް ބުނަންޔާ ދިވެހިންނަށް ކަންކަން ފަސޭހަ ކޮއްދިން ދިނީނުން ގޮސް ދިވެހިން ނައް މިހާރު ހީވާ ކަހަލަ އެމީހުންގެ ޒިންމާ އެއް އެއްވެސް ކަމެއްގަ ނޯވެޔޭ...ހުރިހާ ކަމެއް ސަރުކާރުން ފުއްދައިދޭން ޛެހޭނޭ..ވަގުތުން ވަގުތައް ހިތައް އަރާހާ ކަމެއް ވާންޖެހޭނޭ..އެއްވެސް ވަރަކައް އަދަބު އިހުތިރާމެއް ކެތްތެރި ކަމޭ ކިޔާ އެއްޗެއް ނުވެސް ހައްދަވާ

The name is already taken The name is available. Register?

ސައްޔާހު

15 July 2019

ސަރުކާރުތަކުގެ ފޯކަސް އަމާޒުކޮށްފަ ހުންނަގޮތުން މިކަން މިގޮތަށްވަނީ. އެއީ ސަރުކާރުން ކޮންމެ މަޝްރޫއެއް ފެށިޔަސް އަދި އެއްބަސްވުމެއްގައި ސޮއިކުރިޔަސް ރައްޔިތުންނަށް މިދައްކަނީ މީޑިއާތަކުން މަޖިލިސްގެ މެމްބަރު. އަދި އެމެމްބަރު އުޅުނު ވަރަކަށް ސަރުކާރުތެރެއިން ކަންކަން ކުރަން ފަސޭހަވެފައި އަވަހީވެސް. އެހެންވީމާ ހައްތާ ރައްޔިތު މީހާއަށް ހީވަނީ މީނަގެ ބާރު ސަރުކާރު ތެރޭގައި ވަރަށް ގަދައޭ. މީނާގެ ފަހަތުން ދުވީމާ ރަގަޅުވާނެ. އެއީ ވާގޮތަކީ.

The name is already taken The name is available. Register?

ސަލާންޖަހާމީހާ

14 July 2019

ސަލާންޖަހަނީ މީހުންގެ އަތްމަތި ދަތިވީމަ. މަހުޖަނުން އަތުގަ ލާރި އޮތީ. ސަލާން ޖެހުމަކީ ރީތި ސިފައެއް

The name is already taken The name is available. Register?

ކުރަފަތްބޭބެ

14 July 2019

އެވެރިން ޙާލުއަހަން އަންނަނީ ކޮން ދުވަހަކުބާ؟ ވޯޓަށް 2 ދުވަހަށް ވީމަ! އެވެރިންނަށް ޒިންމާ ޙަވާލުވީ ހަމައެކަނި ބަޓަނަށް ފިތާކަށްނޫން! ބަލަގަ މުއްސަނދިންގެ ޒިންމާއެއް ފަޤީރުންނަށް އެހީވުމަކީ! މަޖިލީހަށް ކުރިމަތިލެވޭނީވެސް މުއްސަނދިންނަށް އެކަނި! ރައްޔިތުމީހާއަށް އެހީވާންވީމަ އެއީ "ކޮރަޕްޝަން".! އެވެރިން ބަޓަނަށް ފިއްތަން ޗާޖުނަގާނީ ދީނާ ޤައުމަށްޓަކާ!

The name is already taken The name is available. Register?

ފިރުޓޭ

14 July 2019

މޭން ކޮރަޕްޓްސް ޑިމޮކްރަސީ، އެންޑް ޑިމޮކްރަސީ ކޮރަޕްޓްސް މޭން! މީ އަސްލު ވާ ގޮތަކީ ކަމަށް ބެލެވެނީ! ހެޔޮ އެއްގޮތް ނެތް!

The name is already taken The name is available. Register?

ފަލާޙު

14 July 2019

އެވެރިން ޙާލުއަހަން އަންނަނީ ކޮން ދުވަހަކުބާ؟ ވޯޓަށް 2 ދުވަހަށް ވީމަ! އެވެރިންނަށް ޒިންމާ ޙަވާލުވީ ހަމައެކަނި ބަޓަނަށް ފިތާކަށްނޫން! ބަލަގަ މުއްސަނދިންގެ ޒިންމާއެއް ފަޤީރުންނަށް އެހީވުމަކީ! މަޖިލީހަށް ކުރިމަތިލެވޭނީވެސް މުއްސަނދިންނަށް އެކަނި! ރައްޔިތުމީހާއަށް އެހީވާންވީމަ އެއީ "ކޮރަޕްޝަން".! އެވެރިން ބަޓަނަށް ފިއްތަން ޗާޖުނަގާނީ ދީނާ ޤައުމަށްޓަކާ!

The name is already taken The name is available. Register?

ވިލިނގިލީ

14 July 2019

ވިލިނގިލި ދާއިރާއަށް ހޮވުނު މެންބަރު ކުރީ ފަހަރަށް ވުރެ މިހާރު ގޯސް އެއް ގޮތަކަށްވެސް ފޯނަކަށް ޖަވާބު ނުދޭ ތާގަ މަގެއްގެ މަތިން ދާއިރާގެ މީހަކު ގޮވާލިޔަސް ނަލަނީ އަނެއްފަރާތަށް ބުނަނީ ލާރީ ވާނީ ވޯޓަށް ދީ ހުސްވެފަ ކަމަށް ކިހާ ސަޅި.

The name is already taken The name is available. Register?

ފަތިލަކުޑި

13 July 2019

ކޮރަޕްޓުވަނީ ރައްޔިތުމީހާއާ ހުރެ ރައްޔިތުމީހާއަށްޓަކާ. ދައުރުނިމޭއިރު ދިހަބާރަ ފްލެޓާ ލަގްޒަރީ ކާރުތަކާ އަގުބޮޑެތި ގަޑިޔާ އަނގޮޓި ހުންނަނީ މެންބަރުމީހާ އަތުގަ.

The name is already taken The name is available. Register?

ތަލައެދުރު

13 July 2019

ސާއިލް ބުނެދޭން ތިއުޅެނީ މެންބަރުން ބަޓަނަށްފިތާ ޗާޖު އެނަގަނީ ހަމަ ރައްޔިތުންނަށްޓަކައޭތަ؟ ވަރުތަކެއްވެފަތާ ތިހިރީ

The name is already taken The name is available. Register?

ރުސްތުމް

13 July 2019

އާޓިކަލް އެއްފަރާތަށް މާ ބުރައީ. ވާދަވެރިކަމާއެކު ކެންޕޭން ހިނގަމުން ދިޔައިރު ގިނަ ކެނޑިޑޭޓުން ޚާއްޞަކޮށް ސަރުކާރު ކެނޑިޑޭޓުން ވީ ވަޢުދެއް އެއީ ސަރުކާރުގެ ތެރެއިން ކަންކަން ހަމަޖައްސައިދިނުން. ދެން އޮތީ ހޮވުމަށްފަހު މެންބަރުންނަށް އަންނަ ބަދަލު. ތ އިން ހޮވުނު އެއް މެންބަރު ގެ ދަރަނި އޮތް ދާއިރާއެއް. ލޯންޗަށް އެޅި ތެލާ ޖަގަހަތަކުގެކުއްޔާ ހޮޓާތަކާ ފިހާރަތަކުގެ ބިލު. އެހެންވީމަ އެކައުންޓް ނަންބަރުވެސް ފޮނުވާނެ. ފަސްފަހަތުން އޭޓީއެމްދޮށަށްވެސް ދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454