ރިޕޯޓް / ކައިވެނި

"ދެ ފިރިން" ތިބުމުގެ މައްސަލަތައް ގިނަވަނީ!

ފެމިލީ ކޯޓްގެ ކައިވެނި ސެކްޝަން: ރަޖިސްޓްރީ ނުކުރާ ކައިވެނިތަކުގެ މައްސަލަ ބޮޑު. --ފޮޓޯ/މިހާރު

ސުރުޚީގައި އެ އޮތީ ހަމަ ރަނގަޅަށެވެ. ރާއްޖޭގެ ބައެއް ކަންކަން ހަމައިން ނެއްޓި، ގާނޫނުތަކާއި ގަވައިދުތަކުގެ ބޭރުން އެ މީހަކަށް "ސައްހަ" ކަމަށް ފެންނަހާ ގޮތަކަށް އަމަލުކުރަން ފެށުމުގެ ނުބައި ނަތީޖާ އެކި ދިމަދިމާލުން ފެންނަން ފަށައިފި އެވެ. ކައިވެންޏާއި ވަރި އަކީ އޭގެ ތެރެއިން ވެސް ބޮޑު ކަމެކެވެ. ކޯޓުގައި ކައިވެނި ރަޖިސްޓްރީ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ގަބޫލުކޮށް، ކޯޓުން ބޭރުގައި އަދި ރާއްޖޭން ބޭރުގައި ކައިވެނިކޮށް އެ ކައިވެނިތައް ރާއްޖޭގައި ރަޖިސްޓްރީ ނުކުރުމުގެ ނުރައްކާތެރި ނަތީޖާއަކަށް "ދެ ފިރިން" ތިބުމުގެ މައްސަލަތައް ދަނީ ދިމާވަމުންނެވެ.

އެއް އަންބަށް ވުރެ ގިނަ އަނބިން ގެންގުޅެން ބޭނުންވާ މީހުން، ދޮށީ އަންބަށް ސިއްރުން، ކުރިން މި ބުނި ގޮތްގޮތަށް ކައިވެނިކޮށް، އެ ކައިވެނި ރަޖިސްޓްރީ ނުކޮށް އުޅެ އެވެ. ހަމަ އެގޮތަށް، ކޮންމެވެސް އެހެން ބޭނުމެއްގައި ސިއްރުން ނުވަތަ އާއިލާގެ ނުރުހުމުގައި ވެސް މިފަދަ ގޮތްގޮތަށް ކައިވެނިކުރެ އެވެ.

އެކަމަކު "ދެ ފިރިން" ތިބޭ މައްސަލަ ދިމާވާނީ ކިހިނެއް ހެއްޔެވެ؟

ކައިވެނި ރަޖިސްޓްރީ ނުކޮށް ދެމަފިރިންގެ ގޮތުގައި އުޅެން ފަށާ ފަހުން ދެ މީހުންގެ މެދުގައި މައްސަލަ ޖެހި އަންހެން މީހާ ކައިވެނި ރޫޅާލަން ބޭނުން ވިޔަސް މިފަދަ ކައިވެނިތަކުގައި، އެއީ ކައިވެންޏެއް ކޮށްގެން ތިބި ބައެއްކަން ސާބިތުކޮށްދެވޭނެ ގޮތެއް ނޯވެ އެވެ. ވަރިވާން އަންހެން މީހާ ކޯޓަށް ދާން ބަލާއިރު އެކަމެއް ވެސް ނުކުރެވޭނެ އެވެ. އެހެންވެ ދިރިއުޅުމެއް ހޯދަން އަންހެން މީހާ ގޮސް ރަސްމީކޮށް އެހެން ކައިވެންޏެއް ކުރަނީ އެވެ. އެކަމަކު ސިއްރުން ކުރި ކައިވެނި، ރޫޅާނުލާ، އެ ގޮތުގައި އޮވެ އެވެ.

"ގިނަ ފަހަރަށް މި މައްސަލަ ދިމާވެފައި ހުންނަނީ ކޮންމެވެސް ސަބަބަކާ ހުރެ ފިރިމީހާ ކައިވެނި ރަޖިސްޓްރީކުރަން ދެކޮޅުހެދުމުން ނުވަތަ އެކަމުގައި ފަރުވާ ކުޑަކޮށްލުމުން. މިހެން މައްސަލަ ޖެހި، ދެމަފިރިންގެ ގުޅުން ކެނޑޭ ހިސާބަށް މައްސަލަ ގޯސްވުމުން އަންހެން މީހާ އާ ކައިވެންޏެއް ކުރަނީ،" މިފަދަ ބައެއް މައްސަލަތުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ކިޔައިދެއްވި އެވެ.

މިގޮތަށް ކައިވެނިކުރެވެނީ، ރާއްޖޭގެ އެއްވެސް ކޯޓެއްގައި އެ އަންހެން މީހާގެ ކައިވެނީގެ ރެކޯޑެއް ނޯންނާނެތީ އެވެ.

"ކައިވެނި ރަޖިސްޓްރީ ނުކޮށް އުޅެނިކޮށް އަންހެން މީހާ ބަނޑުބޮޑުވެ، އޭނާ ކައިވެނިން ބޭރުން ހޯދި ދަރިއެއްގެ ގޮތުގައި ކޯޓުން ބަލާ ހިސާބަށް ދާން ބޭނުމެއް ނުވާނެ. އެގޮތަށް ދިމާވޭ. މިއީ ނުރައްކާތެރި މައްސަލައެއް،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ނަސަބު އޮޅި އަނބިދަރިންނަށް އަނިޔާއެއް

ކައިވެނި ރަޖިސްޓްރީ ނުކޮށް އުޅެނިކޮށް ދަރިން ލިބި އެ ކުދިންގެ ނަސަބު ސާބިތު ނުކުރެވޭ މައްސަލަތައް ވެސް އަންނަނީ ދިމާވަމުންނެވެ. ކައިވެންޏާއި ވަރި ރަޖިސްޓްރީކުރާނެ ރަސްމީ ނިޒާމެއް އޮއްވައި އޭގެ ބޭރުން ކައިވެނިކޮށްގެން އުޅެނިކޮށް ދަރިން ލިބޭ ހާލަތުގައި ފިރިހެން މީހާ އޭނާގެ ދަރިއެއް ނޫން ކަމަށް ބުނެ އަންހެން މީހާ އަށް ލަނޑު ދީފައި ދާން ހުރިހާ މަގެއް އޮންނަނީ ފަހިވެފަ އެވެ. އަދި އަމުދުން މިފަދަ ކައިވެންޏެއްގައި މައްސަލަ ޖެހިފައި ވަނިކޮށް ދަރިއެއް ލިބޭ ހާލަތުގައި އުފައްދާނެ ޝައްކުތައް ގިނަވާނެ އެވެ. އަދި ޝަރުއީ ހައްލެއް ހޯދަން ވެސް އެހާ އުނދަގޫވާނެ އެވެ.

"އަމިއްލަ އަށް ކައިވެނިކޮށްލައިގެން ދަރިން ހޯދާފައި އެ ކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކެޓާއި އައިޑީ ކާޑު ފަދަ ތަކެތި ހެއްދޭނެ ގޮތެއް ނެތި، އެ ކުދިންނަށް ހިދުމަތްތައް ހޯދެން ނެތިގެން ވެސް ކޯޓަށް ދޭ. އެކަމަކު ކައިވެންޏެއް ކުރި ކަމުގެ ރަސްމީ ލިޔެކިޔުމެއް ނެތި ކޯޓުން އެކަމަށް ހައްލެއް ހޯދުން އެއީ ފަސޭހަ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މިފަދަ ހާލަތުގައި ބައެއް މީހުން، ދޭން ޖެހޭ އަދަބެއް ދީފައި ދަރިފުޅުގެ މައްސަލަ ހައްލުކޮށްދޭން ވެސް އެދެ އެވެ. އެކަމަކު މައްސަލަ އަކީ ކޮންމެ ފަދަ ގޮތަކުން ކުއްޖަކު ހޯދައިގެން ކޯޓަށް ގޮސްފައި ވެސް، މިއީ އެވެނި މިވެނި މީހެއްގެ ދަރިއެކޭ ރަޖިސްޓްރީކޮށްދޭށޭ ބުނަން ޖާގަ އޮންނާނެތީ އެވެ. މިހެން މިކަން ދޫކޮށްލައިފި ނަމަ ނަސަބު އޮޅި، އެތައް ބަޔަކަށް ލިބޭނީ ބޮޑު އަނިޔާއެކެވެ.

ރާއްޖޭގައި ކުރާ ކައިވެނިތަކުގެ ގާތްގަނޑަކަށް 50 ޕަސެންޓް ރޫޅޭއިރު، ކައިވެންޏެއް ކުރާއިރު އެކަން ކުރަން އޮންނަ އެންމެ ރައްކާތެރި ގޮތެއްގައި ކުރަން ޖެހެ އެވެ.

ފެމިލީ ކޯޓް ބޭރުގައި ބަޔަކު މަޑުކޮށްލައިގެން. -- ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖޭގައި ވެސް ކޯޓުން ބޭރު ކައިވެނި

ރާއްޖޭގައި ވެސް ކޯޓަށް ނުގޮސް ކައިވެނިކޮށްދޭ ބަޔަކު އުޅެ އެވެ. މިކަން ފުޅާވެފައި އޮތް ވަރު އެނގުނީ މި ރިޕޯޓަށް މައުލޫމާތު ހޯދުމުގެ ތެރޭގަ އެވެ. ސިއްރު މައުލޫމާތުތަކެއް ހިއްސާކުރި މީހަކު ބުނީ ރާއްޖޭގައި ދީނީ އެކި ޖަމާއަތްތަކުގެ ސިއްކަ ޖަހައިގެން އަމިއްލަ އަށް ކައިވެނީގެ ސެޓްފިކެޓް ހަދައިގެން އުޅޭ ބަޔަކު ވެސް ރާއްޖޭގައި އުޅޭ ކަމަށެވެ. ކައިވެނީގެ މައްސަލަ ޖެހޭ ބައެއް ހާލަތްތަކުގައި އެ މީހުން އެ ސެޓްފިކެޓް ކޯޓަށް ހުށަހަޅާފައި ވެސް އެބަ ހުއްޓެވެ. އެކަމަކު އެއީ ކޯޓުން ބަލައިގަންނަ އެއްޗަކަށް ހަދައިފި ނަމަ ދެން ދިމާވާނެ މައްސަލަތައް މާ ގިނަވާނެ އެވެ.

ރާއްޖޭން ބޭރުގައި ކައިވެނިކުރަން އުޅޭ ނަމަ ސަމާލުވާތި!

ކޯޓަށް ހުށަހެޅޭ އާއިލީ މައްސަލަތައް އެނގިވަޑައިގަންނަވާ ބޭފުޅަކު ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު ފިރިހެން މީހާ އަށް މާ ބޮޑަށް އިތުބާރު ކުރުމުން އަންހެނުންނަށް ކައިވެނީގައި ވަރަށް ބޮޑެތި ލަނޑު ލިބިފައި އެބަ ހުއްޓެވެ. އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭން ބޭރުގައި ކައިވެނިކުރަން ގިނަ ފަހަރަށް އެދޭނީ ސިއްރުކުރަން ބޭނުންވާ ކަންތައްތަކެއް ހުންނާނެތީ އެވެ.

"ކުރިން ކައިވެންޏެއް ކޮށް ދަރިންނަށް ޚަރަދު ނުދިނުން ކަހަލަ ކަމެއް އޮތް ނަމަ އެކަން ހައްލު ނުކުރަނީސް ކައިވެންޏެއް ރާއްޖެއަކު ނުކޮށްދޭނެ. ރާއްޖޭން ބޭރަށް ގޮސް ކައިވެނިކުރީމަ ފައިސާ ދެއްކުން ފަދަ ކަންކަމުން އެ ސަލާމަތްވީ. ރާއްޖޭގައި ރަޖިސްޓްރީކޮށްފައި އޮތް ކައިވެންޏެއް ނުވަތަ ކުރިން ކައިވެންޏެއް ކޮށްފައި އޮތް ނަމަ އެކަން ފޮރުވަން ވެސް ބައެއް މީހުން ރާއްޖޭން ބޭރުގައި ކައިވެނިކުރާކަށް ފާހަގަވޭ،" މިއިން އެއްވެސް ކަމަކާ ސުވާލު ނުއުފައްދާ ކައިވެންޏަށް އެއްބަސްވާ އަންހެނުން ގިނަ ކަމަށާއި އެކަމަކު މިއީ ވަރަށް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން ކައިވެންޏެއް ކޮށްފައި އޮތްތޯ ބެލުމާއި އޭނާ ޚަރަދުކޮށް ބަލަހައްޓަން ޖެހޭ މީހަކާ މެދު އިހުމާލުވެފައި އޮތްތޯ ބެލުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމެކެވެ. އެކަމަކު މި ކަންކަމަށް ސަމާލުކަން ނުދޭ މީހުން ގިނަ އެވެ. ނަތީޖާއަކަށް ވަނީ ސިއްރު ކައިވެނީގައި ހުރެ އެހެން ކައިވެންޏެއް ކުރާ ހިސާބަށް ހާލަތު މަޖުބޫރު ވުމެވެ.

"ރާއްޖޭން ބޭރުގައި ކައިވެނިކޮށްލާފައި ފަހުން ރަޖިސްޓްރީކޮށްލާނީ" ކަމަށް ބުނެ ކުރާ ކިތަންމެ ކައިވެންޏެއް އެކި ސަބަބުތަކާ ހުރެ ރަޖިސްޓްރީ ނުވެ ހުރެ އެވެ. އިސްލާމީ ހަމަތަކުގެ މަތިން ކުރި ކައިވެންޏެއް ނަމަ، އެއީ ކޮންމެ ތަނެއްގައި ކުރި ކައިވެންޏަކަށް ވިޔަސް ސައްހަވާނެ ކަމަށް މި މީހުން ގަބޫލުކުރެ އެވެ. އެކަމަކު ކައިވެނި ރަޖިސްޓްރީކުރުމާއި ކައިވެނިތަކުގެ މައުލޫމާތު ރަސްމީ ސިފައެއްގައި ބަލަހައްޓަން ޖެހޭ ސަބަބުތައް ގިނަ އެވެ.

141 ކޮމެންޓް, 268 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 62%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟުހާ

19 September 2021

އެހެންވެ އަހަރެން ކޯޓްގައި ކައިވެނި ކުރީ.

The name is already taken The name is available. Register?

ތައްޚާނު

18 September 2021

"އިސްލާމީ ހަމަތަކުގެ މަތިން ކުރި ކައިވެންޏެއް ނަމަ، އެއީ ކޮންމެ ތަނެއްގައި ކުރި ކައިވެންޏަކަށް ވިޔަސް ސައްހަވާނެ ކަމަށް މި މީހުން ގަބޫލުކުރެ އެވެ." މީކީ ދޮގެއް ނޫނެއްނު؟ ސައްހަވާނެކަމަށް މި މީހުން ގަބޫލުކުރެޔޭ އޮތީމަ ހީވަނީ ބަޔަކަށް ކުރި މަލާމާތެއް ހެން. އެކަމަކުވެސް، އެހާލަތުގަ ވާނީ ހަމަ ސައްހަ ކައިވެންޏަކަށް.

The name is already taken The name is available. Register?

މުންޑުބުރި

18 September 2021

އަނބިގޮއްޔެއަށް ފިލައިގެން އަވަށްޓެރި ގައުމުތަކަށް ގޮސް ކައިވެނިކޮށްގެން އުޅޭ ތުބުޅިއެއް މަތިމަހެއް ނެތް ހަރުމީހުންނާއި ޒުވާން ކުދިން ވަރަށް ގިނަވެއްޖެ. ކައިވެނި ކުރާ ކަމެއް ނުކުރާ ކަމެއްވެސް ދެނެވޮޑިގެންވަނީ އެންމެ ފަރާތެއް. ބައެއް މީހުންގެ އަތުގައި ލިޔުމެއްވެސް ނުހުރޭ. ލިޔުން ކޮބައިހޭ އަހައިފިއްޔާ އެއްތަނުން އަނެއްތަކަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލުނީއޭ. އަލުން ހަދާށޭޖެހޭނީ ކިޔައިގެންވެސް އުޅޭ.

The name is already taken The name is available. Register?

ހެހެހެ

17 September 2021

ތިހެން ވެސް މަށަށް މީހަކު ލިބޭ ނަމަ ?

The name is already taken The name is available. Register?

އުސޫލެއް ނެތް

17 September 2021

ކައިވެނި ކުރުމުގައި ދީނީ ޖަމާއަތްތަކުގެ ސިއްކަޖަހައިގެން އުޅޭކަމަށް ލިޔުމުގައި ހަވާލާ ދީފައިވަނީ މީހެކެވެ. މީހަކު މިހެން ބުނާ ކޮންމެ އެއްޗެއް ލިޔަންވެއްޖެއްޔާ ރާއްޖޭގައި ހާދަ ގިނަ ކަމެއް ހިނގާނެއެ. ތިބުނާ ކަންކަން ނުވެޔެކޭ ނޫން . އެކަމު ރާއްޖޭގަ ބައެއް ކައިވެނިތަށް އުސޫލާ ޚިލާފަށް ކުރާވާހަކަ ގެނެސްދިން އިރު ރަނގަޅު އުސޫލަކުން ރިފަރެންސް ދެވުނުނަމަ. ތިކިޔާ އެއްޗެއް އަމިއްލަ މީހާގެ ބޮލަށް ނުކެނޑުނީސް

The name is already taken The name is available. Register?

ބަޑެކްސް

20 September 2019

ތިބުނީ ވ ރަގަޅު ވާހަކައެއް. ގޭގެޔަށް ގޮސް ކައިވެނިކޮށްދޭ ވަކި ޖަމާއަތެއް އުޅޭ. އެމީހުން ގަބޫލެއްނުކުރޭ ކޯޓުން ގާޒީންގެ ހާޒިރުގަ ކުރާ ކައިވެނި ސައްހަ ކަމަކަށް. ޢެފަދަ މީހުން ފޮލޯ ކުރާ ޚާއްސަ ލީޑަރެއް ހުރޭ. ޢެއީ އެމީހުންގެ ޝެއިޚަކީވެސް. ޢޭނަ ބުނާ ކޮންމެ އެއްޗެއް ސައްހަ އަދި ހަލާލް. ބާކީ ދެން އުޅޭނީ ކާފިރުން...

The name is already taken The name is available. Register?

ކިނާރާ

18 September 2019

ނަސީބެއްނު މަގޭ ބެސްޓު ފުރެންޑު ކައިވެނި ކުރަން ދިޔައީ ކޯޓަށް ކަން.

The name is already taken The name is available. Register?

ޢެޑްމުންޑޯ

17 September 2019

މިކަމަށްވެސް ގާނޫނެއްހަދާ އުސޫލުން ބޭރުވާފަރާތްތަކަށް އަދަބްލިބޭނެގޮތެއްހަދާށެވެ.

The name is already taken The name is available. Register?

ދޮންމާމަ

17 September 2019

ކައިވެނި ކޮށްގެން ހުރެ ޖެހުނުހާ ފިރިހެނަކާ ގުޅުންހިންގުން މާ އާންމު ކަމެއް މިރާއްޖޭގަ.

The name is already taken The name is available. Register?

އަނިލް މަނިކު

18 September 2019

މުއްލާ ކޮމެންޓެއް

The name is already taken The name is available. Register?

ޤޯހީ ކާކު

17 September 2019

ޥަޒީފާއެއްގަ އުޅޭ އަނހެނަކު ފެންނައިރަށް ފިރިހެނުން ފަހަތުން ނުނެއްޓޭނެ. ޢަންހެނުންނަށް ލަނޑުދެނީފިރިހެނުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454