ރިޕޯޓް / ލާމަރުކަޒީ ހިންގުން

ދެން ދެއްކޭނެ ބަހަނާއެއް ނެތް!

މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު އަދި މާލޭގެ ބައެއް ކައުންސިލަރުން. --- ފޮޓޯ: މިހާރު

މާލޭ ސިޓީ ކައުންސިލާ ބެހޭ ގޮތުން ވޭތުވެ ދިޔަ އަށް އަހަރުގެ ތެރޭގައި ގިނައިން އިވުނީ ޝަކުވާ އެވެ. ކަންތައްތައް ނުވެ، ހިދުމަތްތައް ފޯރުކޮށް ނުދެވޭ ވާހަކަތަކެވެ. ކައުންސިލަށް ސަރުކާރުން އަޅާނުލުމާއި ކައުންސިލްގެ ބާރުތައް ނެގުމާއި ފިއްތާލުމުގެ އަޑުތަކެވެ. އެކަމަކު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ކައުންސިލްތަކަށް މިވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. މައި ސަރުކާރާ ނުބެހި، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭނެ ގިނަ މަގުތަކެއް ކޮށައިދީފައިވާ އިރު، މާލެއަށް ތަރައްގީ ގެނައުމުގައި ވެސް ދެން ކައުންސިލަރުންނަށް ދެއްކޭނެ މާ ގިނަ ބަހަނާތަކެއް ނެތެވެ.

އެހެންވެ، އަނެއްކާވެސް އާ އިންތިޚާބެއް ބޯމަތިވަމުން އަންނައިރު، މާލޭގެ ރައްޔިތުން ތަމްސީލު ކުރަން ތިބި ކައުންސިލަރުންނާ މެދު މިވަނީ ވިސްނަން ޖެހިފަ އެވެ. ހޮވާނީ ކޮން ކަހަލަ، ކިހާ ގާބިލިއްޔަތުކަން ހުރި ބައެއްތޯ ނިންމަން ވެއްޖެ އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާއިރު މިއީ މާލެ ތަމްސީލު ކުރުމަށް މަންދޫބުންތަކެއް ހޮވާ ހަތަރު ވަނަ ފަހަރެވެ. މި އަހަރުގެ އިންތިޚާބުގައި އެންމެ ބޮޑު ތަފާތަކަށް ފެންނާނީ ކައުންސިލަރުންގެ އަދަދު އިތުރުވުމެވެ. މިހާރުގެ އަދަދު 13 އިން 19އަށް ވަނީ ބަދަލުކޮށްފަ އެވެ. ހިދުމަތް ފޯރުކޮށްދިނުމަށް ފަސް އަހަރު ވަނީ ދީފަ އެވެ. މިއީ އިންތިހާބީ މަގާމަކަށް އެކަށީގެންވާ މުއްދަތެކެވެ.

މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރުން ހުވާކުރަން ތައްޔާރުވެފައި. އަންނަ އޭޕްރީލް މަހު އަނެއްކާވެސް އިންތިޚާބު އޮންނާނެ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ޝަކުވާ އާއި ބަހަނާ، ހުސް ކަންބޮޑުވުންތައް!

މާލޭ ސިޓީ ކައުންސިލްގެ މާޒީގެ ތަޖުުރިބާއަކީ މިއީ އެވެ. ތިން ފަހަރެއްގެ މަތިން އިންތިޚާބު ކުރި ކައުންސިލަށް ވެސް ހިދުމަތް ދިނުމުގައި އެންމެ ބޮޑު ނުކުޅެދުމަކަށް ކުރިމަތިވީ ބަޖެޓު ނެތުމާއި މަަސައްކަތް ކުރާނެ އެކަށީގެންވާ މާހައުލެއް ނެތުމެވެ.

މާލޭ މޭޔަރު ޝިފާ މުހައްމަދު ސިފަ ކުރެއްވި ގޮތުގައި ހިދުމަތް ދިނުމުގައި، ވޭތުވެ ދިޔަ އަށް އަހަރު ކައުންސިލުން ކުރީ ބޮޑު ހަނގުރާމައެކެވެ. އޭނާ ވިދާޅުވީ ކައުންސިލްގެ ތިން އަހަރުގެ ދައުރާ އެކު މި އަހަރު ނިމެމުން ދަނީ މާލޭގެ މަގުމަތީގައި ގާކޮޅެއް އަތުރާނުލާ ކަމަށާއި ކައުންސިލްތަކަށް މިހާރު ދީފައި އޮތް މިނިވަންކަން ކުރިން އޮތް ނަމަ، ގިނަ ތަރައްގީތަކެއް މާލޭގެ ރައްޔިތުން ދެކޭނެ ކަމަށެވެ.

ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ހާލުގައި އުޅެން ޖެހުނީ މިހާރު އޮތް ސިޓީ ކައުންސިލަށެވެ. މި ސަރުކާރު ވެރިކަމަށް އަންނަން ދެން، ކައުންސިލް އޮތީ ފިޔަކޮށާލާފައި އޮތް ދޫންޏެއް ފަދައިންނެވެ. މަސައްކަތް ކުރާނެ ތަނެއް، އެކަށީގެންވާ ވަސީލަތްތަކާއި މުވައްޒަފުންނެއް އަދި ބަޖެޓެއް ވެސް ނެތެވެ. ގާނޫނުން ކައުންސިލާ މަތިކޮށްފައިވާ ގިނަ ޒިންމާތައް ވަނީ، މިިދިޔަ ވެރިކަމުގައި ހައުސިން މިނިސްޓްރީ އާއި އެހެން މުއައްސަސާތަކުގެ ދަށަށް ބަދަލުކޮށްފަ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން، ސިޓީ ކައުންސިލަށް ހަވާލުކޮށްފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާލޭގެ އަވަށްތައް ހިންގައި، ތަރައްގީކޮށް، އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަށްވެހިކަމުގެ ހިދުމަތް ދިނުމެވެ. އަދި މާލޭގެ ތަރައްގީގެ މަޝްރޫއުތައް ރާވައި ތަންފީޒު ކުރުމެވެ.

ކައުންސިލުން އެ މަސްއޫލިއްޔަތުތައް އަދާކުރި މިންވަރާ މެދު އާއްމުން ހިތްހަމައެއް ނުޖެހެ އެވެ. ކައުންސިލްގެ މަސައްކަތާ މެދު ދިޔައީ ފާޑުކިޔަމުންނެވެ. އެ މީހުން ބުނާ ގޮތުން، ވާރޭވެހޭ ކޮންމެ ފަހަރަކު އޮބި ނޯންނަ ވަރަށް މާލޭގައި ފެންބޮޑުވުމާއި ކާނު ސާފުނުކުރެވުމާއި ޕާކުކުރާނެ ތަނެއް ނެތުން ފަދަ ގިނަ މައްސަލަތައް ދިމާވަނީ ކައުންސިލްގެ ނާގާބިލްކަމުންނެވެ. ނަމަވެސް ދިފާއުގައި ކައުންސިލުން ބުނަމުން އައީ އެ ޒިންމާތައް ފުރިހަމައަށް އަދާނުކުރެވުނީ ސަރުކާރުން ކުރިމަތިކުރި ފިއްތުންތަކުގެ ސަބަބުން ކަމަށެވެ.

މާލެ ސިޓީ ކައުންސިލަށް ގަސްތައް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވާހަކަ ދައްކަވަނީ. -- ފޮޓޯ ނިޝާން އަލީ/މިހާރު

ޝިފާ ވިދާޅުވެފައިވާ ގޮތުގައި، ސިޓީ ކައުންސިލަރުންގެ ބާރުތައް އޭރުގެ ސަރުކާރުން އަތުލީ، ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ނުލިބުނީމައި، ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅު ބޭނުމެއްގަ އެވެ. މިހާރު އޮތް ކައުންސިލްގައި އެންމެ މެމްބަރެއް ފިޔަވައި، ހުރިހާ އެންމެންނަކީ ވެސް އެމްޑީޕީގެ މެމްބަރުންނެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، ކުރިން "ގެއްލިފައިވާ" ބޮޑެތި ބާރުތަކެއް ކައުންސިލްތަކަށް ހޯދައިދިނެވެ. ބިން ދޫކުރުމާއި ބިމާއި އިމާރާތްތައް ރަޖިސްޓްރީ ކުރުމާއި ބިންތަކާ ބެހޭ މުއާމަލާތްތަކުގެ ރެކޯޑް ބެލެހެއްޓުން ހަވާލު ކުރި އެވެ. އަދި ސިޓީގައި އުޅޭ މީހުންނާއި ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމާއި މަގުތައް ހެދުމާއި މަރާމާތުކޮށް، ބެލެހެއްޓުމުގެ ޒިންމާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކައުންސިލާ ހަވާލުކުރެއްވި އެވެ. އޭގެ އިިތުރުން މަގުތަކާއި ޕާކްތަކާއި މައިދާންތައް ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވުމާއި ބަންދު ކުރުމުގެ ބާރު ދެއްވި އެވެ. އިގްތިސާދީ އަދި އިޖްތިމާއި ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިމާއި ފަޅާއި ފަރުތައް ކުއްޔަށް ދޫކުރުމާއި އެފަދަ ތަންތަނުގައި އިންވެސްޓް ކުރުމާއި ކައުންސިލްގެ ނަމުގައި މިލްކު ކުރުމުގެ ބާރު ވެސް ރައީސް ވަނީ ދެއްވާފަ އެވެ.

ގިނަ ޒިންމާތަކަކާ އެކު، ކައުންސިލަރުންގެ މުސާރަ ވެސް އެ މަނިކުފާނު ބޮޑުކޮށްދެއްވި އެވެ. އެގޮތުން މޭޔަރުންނަށް މުސާރަ އާއި ލިވިން އެލަވަންސާ އެކު 40،000ރ. ދެއްވަން ފެއްޓެވި އިރު ސިޓީ ކައުންސިލަރުންގެ މުސާރަ އަކީ ލިވިން އެލަވަންސާ އެކު 30،000ރ އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ކައުންސިލަރުންގެ މުސާރަ އޮތީ 11،500ރ އަށް ކުޑަކޮށްފަ އެވެ.

ކައުންސިލަރުންނަށް ލިބުނު އާ ބާރާއި ބޮޑު މުސާރައާ އެކު ޒިންމާތައް ފުރިހަމައަށް އަދާކުރާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި އެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކައުންސިލުން ވަނީ ވެހިކަލް ޕާކު ކުރުމުގެ މައްސަލައަށް ހައްލެއް ގެންނަން، ގިނަ ޕާކިން ޒޯނުތަކެއް ހަދާފަ އެވެ. ކާނުތައް ސާފުކޮށް، މަގުތައް ފެހިކުރުމަށް މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު މިއީ ލިބިފައިވާ ބާރާ އެކު، އެންމެ އެކަށީގެންވާ ވަރުގެ މަސައްކަތްތަކެއް ކަމަށް ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ.

މާލެ ސިޓީ ކައުންސިލަށް ގަސްތައް ހަވާލުކުރުމުގެ ރަސްމިއްޔާތެއްގައި އެންވަޔަރަމެންޓު މިނިސްޓަރު ޑރ ހުސެއިން ރަޝީދު (ކ) އާއި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"ބާރުތަކެއް ލިބިއްޖެ. ފައިސާ ހަމަޖެހިއްޖެ. އެކަމަކު އެ ފައިސާ އަދި ހުއްޓަސް މަސައްކަތެއް ނުކުރެވޭނެ. އެ ބޭނުން ކުރެވޭނެ އުސޫލުތަކެއް ކަނޑައެޅިގެން މަސައްކަތް ކުރެވޭނީ،" ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފައިސާ ބޭނުން ކުރާނެ އުސޫލުތައް ކަނޑައެޅުމާ އެކު، ބާރު ސްޕީޑެއްގައި މާލެ ތަރައްގީ ކުރުމުގެ މަޝްރޫއުތައް ފެށޭނެ އެވެ.

ދެން ހޮވަންވީ ކޮން ބައެއް؟

ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމުގައި މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މައި ސަރުކާރަށް ބަރޯސާވާން ޖެހުމެވެ. އެކަމަކު ގާނޫނަށް ގެނައި އިސާލާހާ އެކު އެކަން މިވަނީ ނިމުމަކަށް އައިސްފަ އެވެ. މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމާ އެކު، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އަދި ކައުންސިލްތަކުގެ ދައުރު އިތުރުކޮށް، ފަސް މިލިއަނަށް ވުރެ ކުޑަ މަޝްރޫއުތައް ހިންގުމުގައި ބަޖެޓާއި މަޝްރޫއުގެ ޕްލޭންތައް ވެސް ކައުންސިލްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ހިދުމަތް ދިނުމުގައި މާލެ އާއި ރަށްރަށް ތަފާތެއް ނެތް. އެކަމަކު މާލޭގައި އަދިވެސް ގޮންޖެހުންތައް ގިނަ. އެހެންވީމައި، ދެން ވެސް އިޚްތިޔާރުކުރަން ޖެހޭނީ މަސައްކަތަށް ގާބިލް، ގަޔާވެގެން އެކަން ކުރެވޭނެ ބައެއް- އެލްޖީއޭ

ޝިފާ ވިދާޅުވީ މާލެ ތަރައްގީ ކުރުމަށް ރާވާފައިވާ މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށާއި ރައްޔިތުންނަށް ބޭނުންވެފައިވާ ގިނަ މަޝްރޫއުތަކެއް ކަނޑައެޅި ކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މާލޭގެ މަގުތައް ހެދުމަށެވެ. އެހެންވެ، ދެން އަންނަ ކައުންސިލަކަށް އިންތިޒާމުތައް ރޭވިފައި ހުރީ ފަސޭހަކަމާ އެކު އެވެ.

މާލެ ތަރައްގީ ކުރުމުގައި ދެން ދެއްކޭނެ މާ ގިނަ ބަހަނާއެއް ނެތެވެ. އެކަމަކު ސުވާލަކީ ދެން ކައުންސިލަށް ހޮވާނީ ކޮން ބައެއްތޯ އެވެ؟

ކައުންސިލް އިންތިޚާބު ބޯމަތިވެފައިވާއިރު، މާލޭގެ ގޮނޑިތަކަށް ވާދަކުރަން ޝައުގުވެރިކަން ހުރި މޫނުތައް ދަނީ ފެންނަމުންނެވެ. ގިނައީ، ސިޔާސީ މައިދާނުގައި ކޮންމެވެސް ހިސާބަކުން ފެނިދެނިވެފައިވާ މީހުންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، މި ފަހަރު މޭޔަރުން ހޮވަނީ ވެސް ރައްޔިތުންގެ ވޯޓަކުންނެވެ. މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި، މިދިޔަ ސަރުކާރުގައި ސިޓީ ކައުންސިލާ އެންމެ ބޮޑު ކޯޅުމެއް އޮތް ހައުސިން މިނިސްޓަރު ޑރ، މުހައްމަދު މުއިއްޒު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެލްޖީއޭގެ ޑިރެކްޓަ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ވޭތުވެ ދިޔަ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލުން މަސައްކަތް ކުރީ ބޮޑެތި ގޮންޖެހުންތަކާ އެކުގައި ކަމަށާއި އަދިވެސް، ހިދުމަތް ދޭން ފަސޭހަ ނުވާނެ ކަމަށެވެ. އެހެންވެ، މާލޭގެ ބޮޑު އާބާދީއަށް ހިދުމަތް ދިނުމަށް މީހުން އިޚްތިޔާރު ކުރާއިރު، ވަރަށް ވިސްނައިގެން ވޯޓު ދިނުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު، އޭރުގެ އިދިކޮޅު ކެންޑިޑޭޓުގެ ހައިސިއްޔަތުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާލެ ސިޓީ ކައުންސިލްގެ އިދާރާ އަށް ވަޑައިގެން އެ ތަނުގެ ދަތިތައް އޮޅުން ފިލުއްވަނީ.

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ ސިޔާސީ ފިކުރަށް ވުރެ، ރައްޔިތުންނާ ގުޅިގެން، އެ މީހުންގެ ބޭނުންތައް ފުއްދަން މަސައްކަތް ކުރާނެ ލީޑަޝިޕް ހުރި ބަޔަކު ހޮވުމަށެވެ. ސިޔާސީ ވާދަވެރިކަމާއި ޒާތީކަން ކުރިއަށް ނުނެރި، މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރާނެ ތަޖުރިބާކާރުންތަކެއް އިޚްތިޔާރުކުރަން އޭނާ އެދިވަޑައިގެންނެވި އެވެ.

"ހިދުމަތް ދިނުމުގައި މާލެ އާއި ރަށްރަށް ތަފާތެއް ނެތް. އެކަމަކު މާލޭގައި އަދިވެސް ގޮންޖެހުންތައް ގިނަ. އެހެންވީމައި، ދެން ވެސް އިޚްތިޔާރުކުރަން ޖެހޭނީ މަސައްކަތަށް ގާބިލް، ގަޔާވެގެން އެކަން ކުރެވޭނެ ބަޔަކު،" ޝަރީފް ވިދާޅުވި އެވެ.

ވެރިރަށުގެ ކައުންސިލްގެ ހަރަކާތްތައް، އެހެން ރަށްރަށަށް ވުރެ ބޮޑުވާން ޖެހޭނެކަން އެންމެން ވެސް ގަބޫލުކުރާނެ އެވެ. އެހެންކަމުން މާލެ ސިޓީ ކައުންސިލަކީ އެންމެ ޒިންމާ ބޮޑު، އެންމެ ބުރަވާނެ ކައުންސިލެވެ. އެތަނަށް ބޭނުންވާނީ ވެސް އެ ފެންވަރުގެ މީހުން ކަމާ މެދު ޝައްކެއް ނެތެވެ.

18 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 4%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށައން

17 December 2019

ޝިފާ ދެން ހެޔޮ. މައުމޫނު 30 އަހަރު ވެރިކަން ކުރީމާ އެއީ މައްސަލައެއް. މިމީހުން ހެޔޮ ދުނިއުމުރަށް މިގޮނ ޑިތަކުގައި ބަގު ޑި ބެއްދިޔަސް.

The name is already taken The name is available. Register?

ގައުމީ ލޯބީގާ

17 December 2019

މާލޭމޭޔަރ ކަމަށް މުއިއްޒުވަރެއް ނެތް . މާލޭކުދިން މުއިއްޒަށް ވޯޓްދޭން ނުޖެހޭނެ ސަބަބެއްވެސް ނެތް . ކުރެވުނު ކަމެއް ކުރެވިފައޮތީވެސް މުއިއްޒުގެ މޭސްތިރި ކަމުގަ .

The name is already taken The name is available. Register?

އައްލާ

17 December 2019

ހިދުމަތް ދިނުމުގައި މާލެ އާއި ރަށްރަށް ތަފާތެއް ނެތް މިސުރުޙީ ޚީޔާލުމުން އަންނަނީ ހިނި ޝިފާ ވިދާޅުވީ މާލެ ތަރައްގީ ކުރުމަށް ރާވާފައިވާ ވާހަކަ ޙުދުތިމާމީހާގެ އާއި ދަރިންނާއި ކާފަދަރިންގެވެސް ހައްގެއް ހޯދަން މަސައްކަތް ނުކުރާމީހަކައް ދެން ކޮންރައްޔިތެއް ހައްގަކާ ތަރައްގީއެއް ހޯދޭނީ މިހާރުވެސް ރައްރަށުގައި ގޯތި ކަނޑާފައިދޭ ކޮންގާނޫނެއްގެ ދަށުންތޯ މިމާލޭގެ ރައްޔަތުން އަސާސީހައްގާ ދިރިއުޅުމުގެ ހައްގު ހަނިކޮއް ގޯތިނުދޭންވީ ގާނޫނުބުނާގޮތުން ނަސްލތފތކރ

The name is already taken The name is available. Register?

ާއުނިމާ

17 December 2019

ހުސް ފޮނިކެޑުން ނޫންކަމެއް ނެތް، ސަރުކާރުގަވެސް އެކަންތައް

The name is already taken The name is available. Register?

ސޯމަން

17 December 2019

" އެތަނަށް ބޭނުންވާނީ ވެސް އެ ފެންވަރުގެ މީހުން ކަމާ މެދު ޝައްކެއް ނެތެވެ." ކޮންމެރަށެއްގެ ރަށުކައުންސިލަކަށް ވެސް އަަދި ސިޓީކައުންސިލްތަކަށް ވެސް ބޭނުންވަނީ ހަމަ އެފެންވަރުގެ މީހުންނެވެ. އަންނި ވިދާޅުވިހެން ބަޖެޓުން އެކި ޒާތްޒާތުގެ ޓެކްނިކަލް މަގާމުތައް ނުއުފައްދައި ދެވޭ ބަޖެޓުން ރައްޔިތުންނަށް ރަނގަޅުޚިދުމަތެއްދީ ވިޔާފާރިއުފައްދައި އެ މަގުން ވަޒީފާ އިތުރުކުރަންވީއެވެ. އިބޫ ވިދާޅުވާހެން ކައުންސިލް މެންބަރުން ވާންޖެހެނީ ސިޔާސީމީހުނަކަށް ނޫނެވެ.

The name is already taken The name is available. Register?

ރާއްޖެ

17 December 2019

މާލެއާއި ރާއްޖެ ތަރައްގީ ނުވެ މިއޮތީ މިދިޔަ ދައުރުތަކުގެ ކައުންސިލަރުންގެ އަދަދު މަދު ކަމުންތޯ؟ ކޮން ކަމަކާތޯ ވިހި ތިރީސް ކައުންސިލަރުން މި ބޭނުންވަނީ؟

The name is already taken The name is available. Register?

ދީމާހު

17 December 2019

ސިޓީ ކައުންސިލް ހަދާ 19 ކައުންސިލް މެންބަރުން މާލެއަށް ލުމަކީ އެއްވެސް ކަމެއް ރަނގަޅުވާނެ ކަމެއް ނޫން. މިހާގިނަ މީހުން ލުމުގެ އަސްލުބޭނުމަކީ ޕާޓީ މީހުންނަށް ދައުލަތުން ބޮޑެތި މުސާރަ ދިނުން. ބައިތުލްމާލައް އޮތް ބުރައެއް. ރައްޔިތުންނަށް ލިބޭނެ ލުޔެއް ނެތް. ކުރިން ބުނީ ބާރެއް ނެތޭ. ބާރުދިނީމާ ބުނީ ފައިސާއެއްނެތޭ. ފައިސާ ދިނީމާބުނަނީ އަންނަ އަހަރުއޭ. ސިޓީކައުންސިލް މެންބަރު ތިބެނީ އެކި ފުށަށް އެނބުރި. އެކަކު އނެކަކާ އަރާރުންވެ ކޯޅުން ކަމަކީ.

The name is already taken The name is available. Register?

ދިވެއްސެއް...

17 December 2019

ސުވާލަކީ މާލެއަށް ހަމަ 19 ކައުންސިލަރުން ބޭނުންވޭހޭ؟؟ 5 ވަރަކަށް ކައުންސިލަރުންނަށް ނުވާ ކޮންކަމަކަށްބާ 19 ކައުންސިލަރުން ބޭނުންވަނީ. ލަފާކުރެވޭ ގޮތުގައި ތީގެން ގިނަކައުންސިލަރުން އުޅޭނީ ހިދުމަތްކުރުމުގެ ބަދަލުގައި އަމިއްލަ ވިޔަފާރީގެ ކަންކަމުގައި އަވަދިނެތި.

The name is already taken The name is available. Register?

ލައިޝާ

17 December 2019

ހެޔޮ ނުވާނެ މުއިއްޒު ނުހޮވާތި. ޢަނެއްކާ ވެސް އެސްލޯނު ހޮޅިތަކުން ބްރިޖް އަޅާ އޭގެ މަތީ ހިނގުން އެއީ މަގުމަތީ ފެންބޮޑުވާ ދުވަސްތަކަށް އޮތް ހައްލަކަށް ހަދާ ފާނެ.

The name is already taken The name is available. Register?

ސުވާލު

17 December 2019

ކުރި ކަމެއް ކުރީ ތިބުނާ މުއިއްޒު، އެޖެންޑާ 19 އަށް 1 އަހަރު ވޭތުވެގެން ދިޔަ އިރު އަދި މާލޭގެ މަގެއްގެ ގެ ގާކޮޅެއްވެސް ހައްލު ނުކޮށްލެވޭ

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

17 December 2019

މުއިއްޒު ނޫން މީހަކު ނުހޮވާނަން...އިލްމާ ހިލްމާ ގާބިލްކަމާ ތަސައްރަފު ފުދޭމީހަކަށް ހުރީ ހަމައެކަނި މުއިއްޒު...މަގާމުތަކަށް މީހުން އައްޔަންކުރީ ރައްޔިތުންނަ ޙިދުމަތްކުރަން.އެކަންކުރެވޭނީ އެމަސައްކަތެއްގެ އިލްމާ ތަޖުރިބާހުރި މީހަކަށް..ހަސަދަޔާ ފިތުނަވެރިކަންނެރެ ކަންކަމުގެ ގާބިލްކަމެނެތް ސޮހޮލުންތަކެ ހޮވީމަ ގެއްލުންވަނީ ރައްޔިތުންނާ ގައުމަށް..ދައުލަތުން ބޮ ޑުމުސާރަނަގާ ބައިސާކެޑިޔަސް ރައްޔިތުމީހާގެ ޒަރޫރަތް ނުފުދުމުން އެކަމެ ބަރުދާސްތުނުކުރެވޭނެ.

The name is already taken The name is available. Register?

ނޯލަވް

17 December 2019

ރަނގަޅަށް ތިބުނީ. ކުރިއްޔާ ހުރިހާ ކަމެއްކުރީ މުއިއްޒު. މަގުހަދަނީއޭ ކިޔާފަ ރައްޔިތުންނަށް ކުރިހާ ޖެއްސުމެއްވެސް ކުރީ މުއިއްޒު. ފުލެޓުން ވައްކަންވެސް ކުރީ މުއިއްޒު. މިކަންތައްތައް އަލުން ކުރެވޭނީ މުއިއްޒު ހޮވައިގެން. އެވަރެއްނެތް

The name is already taken The name is available. Register?

ގަޖޫ

17 December 2019

ގަލޮޅު ދެކުނަށް ހޮވާފަ ހުރި މީހާޔޯ!؟؟؟. ހެޔޮނުވާނެ ކަންކުރެވޭ ޤާބިލް މީހުންބހޮވާދީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454