18 ޖުލައި 2020 - 08:28
ކޮވިޑް-19 ޖެހި، ބަލީގެ އަލާމާތްތައް ވެސް ހުއްޓާ ދެ ސްޓައިލިސްޓަކު 139 މީހަކަށް ހިދުމަތްދިން އިރު ވެސް އެ މީހުންގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރު ކަމެއް ފާހަގައެއް ނުކުރެވެ އެވެ. އެމެރިކާގެ މިޒޫރީގެ ސިޓީއެއް ކަމަށްވާ ސްޕްރިންގްފީލްޑްގެ ސެލޫނެއްގައި މަސައްކަތްކުރާ އެ ދެ މީހުން ގިނަ ބަޔަކާ ސީދާ ކޮންޓެކްޓްވި ނަމަވެސް އެއިން މީހެއްގެ ގަޔަށް ކޮރޯނާވައިރަސް އެރި ކަމުގެ ހެއްކެއް ނެތްކަން ބަޔާންކޮށް ދިރާސާއެއް މި ހަފްތާގައި ވަނީ ނެރެފަ އެވެ. އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ޝާއިއުކުރި އެ ދިރާސާގައި ބުނިގޮތުގައި ދެ ސްޓައިލިސްޓުންނާއި އެ މީހުންގެ ކްލަޔަންޓުން ވެސް ތިބީ މާސްކު އަޅައިގެންނެވެ.
ދިރާސާ ލިޔުއްވި މާހިރުން ފާހަގަކުރެއްވި ގޮތުގައި، ގައި ދުރުކަން ނުބެހެއްޓޭ ހާލަތުގައި މާސްކު އެޅުން ސްޕްރިންގްފީލްޑްގައި މަޖުބޫރުކުރުމާއި މާސްކު އެޅުމުގެ ސިޔާސަތެއް އެ ސެލޫނުން ގެންގުޅުމަކީ އެހެން މީހުންގެ ގަޔަށް ވައިރަސް ނާރަން އެހީތެރިވެދިން ސަބަބެއް ކަމަށް ބެލެވެ އެވެ.
"މާސްކު އެޅުމާ ބެހޭ ސިޔާސަތުތައް މިހާރަށް ވުރެ ފުޅާކޮށް ތަންފީޒުކޮށްފި ނަމަ އާބާދީގެ ތެރޭގައި ބަލި ފެތުރުން މަޑުޖެހިގެންދާނެ ކަމަށް ބެލެވޭ،" ދިރާސާވެރިން ލިޔުއްވި އެވެ.
ޑަބްލިޔުއެޗްއޯ އިން ބުނާގޮތުގައި މާސްކު އެޅުމަކީ ކޮވިޑް-19 ފަދަ ބަލިތައް ފެތުރުން ކޮންޓްރޯލްކުރަން އަޅަން ޖެހޭ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. އެ ޖަމިއްޔާގެ ބަހަކީ މާސްކު އަޅައިގެން އެކަނި ރައްކާތެރިކަން ނުލިބޭނެ ކަމާއި މާސްކު އެޅިޔަސް ގިނަގިނައިން އަތް ދޮވުމާއި ގައި ދުރުކުރުން ކޮންމެހެން ބޭނުންތެރި ކަމެވެ.
ސްޕްރިންގްފީލްޑްގައި މޭ މަހު ކޮވިޑަށް ޕޮޒިޓިވްވި ދެ ސްޓައިލިސްޓުން ވެސް ވަނީ ކޮވިޑްގެ އަލާމާތްތައް ފެނުނުތާ އަށް ވަނަ ދުވަހާ ހަމައަށް ކްލަޔަންޓުންނަށް ހިދުމަތް ދީފަ އެވެ. އެ ދެ ސްޓައިލިސްޓުންނާ ގާތުން ސެލޫންގައި މަސައްކަތްކުރާ އެހެން މީހުން 14 ދުވަސް ވަންދެން ކަރަންޓީނުކޮށް ދުވާލަކު އެއްފަހަރު ހާލު ބެލި އިރު ކޮވިޑް-19ގެ އަލާމާތެއް ނުފެނެ އެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހޯދި 139 ކްލަޔަންޓުންނާއި އެ މީހުންނާ ބައްދަލުވެފައި ތިބި ސެކަންޑްރީ ކޮންޓެކްޓުންގެ ފުށުން ވެސް އަލާމާތެއް ނުފެނެ އެވެ.
ކޮވިޑަށް ޓެސްޓުކުރުމުގެ ފުރުސަތު ހުރިހާ ކްލަޔަންޓުންނަށް ދިން ނަމަވެސް ޓެސްޓުކުރަން ބޭނުންވީ 67 މީހުންނެވެ. އެ އެންމެންގެ ނަތީޖާ ވެސް އައީ ބައްޔަށް ނެގެޓިވް ކަމަށެވެ.
އެއް ސްޓައިލިސްޓް އޭނާގެ ކްލަޔަންޓުންނަށް ހިދުމަތްދިނީ އުއި ފޮތި ދެ ފަށްކޮށްގެން ތައްޔާރުކޮށްފައި ހުރި މާސްކު އަޅައިގެންނެވެ. ދެވަނަ މީހާ އެ ވައްތަރު ފޮތި މާސްކުގެ އިތުރުން ސާޖިކަލް މާސްކު ވެސް ބޭނުންކުރި އެވެ.
ހިދުމަތް ހޯދި މީހުންގެ ތެރެއިން ވެސް ގިނަ މީހުން ބޭނުންކޮށްފައި ވަނީ ފޮތި މާސްކާއި ސާޖިކަލް މާސްކެވެ.
Absence of Apparent Transmission of SARS-CoV-2 from Two Stylists...
On May 12, 2020 (day 0), a hair stylist at salon A in Springfield, Missouri (stylist A), developed respiratory symptoms and continued working with clients until day 8, when the stylist received a...
Centers for Disease Control and Prevention
ސްޕްރިންގްފީލްޑް ސެލޫން ކޭސްތަކާ ބެހޭ ދިރާސާ
ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ މާސްކު އެޅުމުގެ އުސޫލުގައިވާ ގޮތުން ކޮވިޑް ޖެހިފައިވާ މީހަކު މާސްކު އެޅުމުން އޭނާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރެވެ އެވެ. އަދި ބަލީގެ އަލާމާތްތައް ފެށިފައި ނުވާ މީހުންގެ ފަރާތުން ވެސް ކޮވިޑް ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ދިރާސާތަކުން ދައްކާކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނެފައި ވަނީ އެ ހާލަތުގައި ވެސް، މާސްކް އެޅުމުގެ ސަބަބުން، ކެއްސާ ކިނބިހިއަޅާ އިރު އާއި ވާހަކަދައްކާ އިރު އަނގައިން ބޭރުވާ ކުޅު ތިކިތައް ވައިގެ ތެރެއިން އަނެއް މީހާ އަށް ވާސިލްވުން ކުޑަވުމަކީ މި ބަލި މުޖުތަމައު ތެރޭގައި ފެތުރުން ކުޑަކުރުވާނެ ކަމެއް ކަމަށެވެ.
ކޮވިޑް-19 ފެތުރެން ފެށިތާ ކުރީކޮޅު އާއްމުން މާސްކު އަޅާކަށް ސިއްހީ މާހިރުން ލަފައެއް ނުދެ އެވެ. ޑަބްލިޔުއެޗްއޯ އިން ވެސް އޭރު ބުނަމުން ގެންދިޔައީ މާސްކު އަޅައިގެން މި ބަލިން ރައްކާތެރިވާނެ ކަމުގެ ހެއްކެއް ނެތް ކަމަށެވެ. މާސްކު އެޅީމާ، ރައްކާތެރިކަން ލިބުނީ ކަމުގެ ކުށް ހީއެއް ކުރެވޭތީ އާއި ސިއްހީ ހިދުމަތް ދޭ ފަރާތްތަކަށް ކޮންމެހެން ބޭނުންވާ މާސްކު އާއްމުން ބޭނުންކުރަން ފަށައިފި ނަމަ މާސްކު ހުސްވެދާނެތީ އެކަން ކުރާކަށް އެ ޖަމިއްޔާ އިން ކުރިން ލަފައެއް ނުދެ އެވެ.
އެކަމަކު އޭޕްރީލްގައި ޑަބްލިޔުއެޗްއޯގެ ލަފާ ބަދަލުކުރުމަށް ފަހު އިތުރު އިރުޝާދުތަކެއް ވެސް ވަނީ ނެރެފަ އެވެ.
ޑަބްލިޔުއެޗްއޯގެ ފަހުގެ އިރުޝާދުތައް ނެރުމުގެ ކުރިން ޖޫން 1ގައި އެޗްޕީއޭ އިން ނެރުނު ގައިޑްލައިންގައި އޮތީ ބަލީގެ އަލާމާތެއް ނެތް ނުވަތަ ބަލި ޖެހިފައިވާކަން ކަށަވަރު ނުވާ މީހެއް ނުވަތަ ބަލިމީހެއްގެ އެހީތެރިއެއް ނޫން މީހުން ސާޖިކަލް (މެޑިކަލް) މާސްކް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ. އެކަމަކު ޖޫން 5ގައި ޑަބްލިޔުއެޗްއޯ އިން އިރުޝާދުދީފައި ވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން، ގައި ދުރުނުކުރެވޭ ހާލަތްތަކުގައި މެޑިކަލް މާސްކު ބޭނުންކުރުމަށާއި ކޮންމެ މީހަކު ވިޔަސް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތެއް ހުރި ނަމަ އަބަދުވެސް މެޑިކަލް މާސްކު އަޅައިގެން އުޅުމަށެވެ. ހާއްސަ ހާލަތެއް ނެތް އާއްމުންނަށް ޑަބްލިޔުއެޗްއޯގެ އިރުޝާދަކީ ތިން ފަށަލައިގެ ފޮތި މާސްކު ބޭނުންކުރުމެވެ.
Advice on the use of masks in the community, during home care and in healthcare settings in the context of the novel coronavirus (COVID-19) outbreak
Interim guidance
މާސްކު އެޅުމާ ބެހޭގޮތުން ޑަބްލިޔުއެޗްއޯ އިން ޖޫން 5ގައި ނެރުނު ލަފާ
މާސްކު އެޅުމުގައި ބަލަންވީ ކަންކަމާއި ފޮތި މާސްކު ތައްޔާރުކުރާނެ ގޮތް ވެސް އެޗްޕީއޭގެ އުސޫލުގައި ތަފްސީލްކޮށް ކިޔައިދީފައި އެބަހުއްޓެވެ.
އެޗްޕީއޭގެ އިންފޮގްރެފިކް: މާސްކު އެޅުމުގައި ސަމާލުވާންވީ ކަންކަން
މާސްކުން ކޮވިޑަށް ރައްކާތެރިކަން ލިބިދޭ ކަމަށް ނުދެކޭ ސިއްހީ މާހިރުން އަދިވެސް އެބަ ތިއްބެވެ. އަދި އުނދަގުލަކަށް ވާތީ މާސްކު އަޅަން އިންކާރުކުރުމާއި މާސްކު އަޅައިގެން އުޅެން އިރުޝާދު ދީފައި އޮންނަ ގޮތާ ހިލާފަށް އުޅޭ މީހުން އެކި ގައުމުތަކުން ފެނެ އެވެ. މާލޭގައި ދަތްދޮޅީގައި މާސްކު އަޅައިގެން އުޅޭ ގިނައިން ފެންނަ ފަދައިންނެވެ.
އެކަމަކު ސީޑީސީގެ ޑިރެކްޓަރު ރޮބަޓް ރެޑްފީލްޑް މި ހަފްތާގައި ވިދާޅުވިގޮތުގައި އެންމެން މާސްކު އަޅައިގެން އުޅުމާ މެދު ސީރިއަސްވާން ވެއްޖެ އެވެ. އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ބޭރު ތެރޭގައި އުޅޭ އިރު އެންމެން މާސްކު އަޅަން ފަށައިފި ނަމަ އެމެރިކާގައި ކޮރޯނާވައިރަސް ފެތުރުން، ހަތަރު ހަފްތާ އާއި އަށް ހަފްތާއާ ދެމެދުގެ މުއްދަތެއްގައި ކޮންޓްރޯލްވާނެ ކަމަށެވެ.
ރެޑްފީލްޑް އާއި އިތުރު މާހިރުންތަކެއް އަންގާރަދުވަހު ލިޔުއްވި މަޒުމޫނެއްގައި ވެސް ވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވަން އެންމެން މާސްކު އަޅަންވީ ވަގުތު ޖެހިއްޖެ ކަމަށް ވިދާޅުވެފަ އެވެ.
Time for Universal Masking and Prevention of Transmission of SARS-CoV-2
In this issue of JAMA, Wang et al present evidence that universal masking of health care workers (HCWs) and patients can help reduce transmission of severe acute respiratory syndrome coronavirus 2 (SARS-CoV-2) infections.1 In the largest health care system in Massachusetts with more than 75 000...
އެންމެން ވެސް މާސްކު އަޅަން ވެއްޖެ ކަމަށް މާހިރުންތަކެއް ވިދާޅުވެފައިވާ މަޒުމޫނު
ލަފަޔަށް އަމަލު ނުކުރާތީ ނުވަތަ ނުކޮށްފާނެތީ މާސްކު މަޖުބޫރުކޮށްފައިވާ ގައުމުތައް މަދެއް ނޫނެވެ. އެ ލިސްޓު ދަނީ ދިގު ވެސް ވަމުންނެވެ. ބައެއް ގައުމުތަކުގައި މާސްކު އަޅައިގެން ނޫނީ ގެއިން ބޭރަށް އެއްވެސް ތާކަށް ނުދެވޭ ގޮތަށެވެ. އަނެއް ބައި ގައުމުތަކުގައި ވަކި ތަންތަނަށް ދާއިރު މާސްކު އަޅައިގެން އުޅެން މަޖުބޫރުވާ ގޮތަށެވެ.
Which countries have made wearing face masks compulsory?
More than 50 countries require people to cover their faces when they leave home.
މާސްކު އެޅުން މަޖުބޫރު ބައެއް ގައުމުތައް
ބައިބޯ މާލޭގައި ކޮވިޑް ވަރަށް ބޮޑަށް ފެތުރިފައި އޮއްވައި ލޮކްޑައުންއެއް ގެނެސްގެން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވުމުން މިހާރު އޮތީ ކަންކަން ވަރަށް ބޮޑަށް ހުޅުވާލައިފަ އެވެ. ދިން ލުއިތަކާ އެކު ދިވެހިންނަށް ބަލި ޖެހޭ އަދަދާއި ބަލި މީހުންގެ ކޮންޓެކްސްޓް އިތުރުވެގެން ވެސް ދިޔަ އެވެ. އެކަމަކު އާއްމުކޮށް އެންމެން މާސްކު އަޅައިގެން އުޅުން މަޖުބޫރުކުރުމުގެ ވިސްނުމެއް އެޗްޕީއޭގައި އަދި ނެތެވެ.
އެޗްޕީއޭގެ އިންފޮގްރެފިކް: މާސްކު އަޅާނެ ގޮތާއި ނައްތާލާނެ ގޮތް
އެޗްޕީއޭ އިން ބުނެފައި ވަނީ ހުރިހާ ތާކު މާސްކު މަޖުބޫރު ކުރިޔަސް މައްސަލަ ހައްލު ނުވެދާނެ ކަމަށާއި ގަވާއިދާ ހިލާފުވާ މީހުން ހުރިހާ ވަގުތެއްގައި ހޯދައި އެންމެން މާސްކް އަޅާތޯ ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެންވެ އެޗްޕީއޭގެ ނަސޭހަތަކީ މާސްކު އެޅުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެކަން ކުރުމެވެ. އަދި އެ ތަނުން ބުނެފައި ވަނީ މަގުމަތީގައި އުޅޭ އިރު އަބަދު މާސްކު އެޅުމަށް ވުރެ މުހިއްމުކަން ބޮޑީ ބައްޔަށް ހުށަހެޅުމުގެ ނުރައްކާ ބޮޑުވާ ހާލަތްތަކުގައި މާސްކު އަޅައިގެން އުޅުން ކަމަށެވެ. އެއީ މިސާލަކަށް ބަންދުކޮށް ހުންނަ ތަންތަނަށް ވަންނަ އިރު، ނުވަތަ ގައި ދުރުކުރެވެން ނެތް ހާލަތްތަކެވެ.
އެކަމަކު މިހާރު ވެސް ބައެއް ތަންތަނުގައި މާސްކު އެޅުން މަޖުބޫރެވެ. މިސާލަކަށް، މާސްކު ނާޅާ ހުރި މީހަކު ފިހާރަތަކަށް ވެއްދުން މަނަ އެވެ. ސެލޫންތަކަށް ދާ މީހުން ވެސް މާސްކު އަޅަން ޖެހެ އެވެ. ސެލޫންތަކުގެ މުވައްޒަފުން ވެސް ތިބެން ޖެހެނީ ކަސްޓަމަރުންނަށް ހިދުމަތް ދޭ އިރު މާސްކު އަޅައިގެން އަދި ގާތުން ހިދުމަތް ދޭ އިރު މޫނުމަތީގައި ޝީލްޑު ވެސް އަޅައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޖާ
19 July 2020
ސަރުކާރުގެ އިދާރާއެއްގަ ނުވަތަ ވަކި ދާއިރާއަކާ ގުޅޭ އެންމެ ވަރުގަދަ ޕީ އާރު އޮންނަނީ ސިއްހީ ދާއިރާގަ. ހާއްސަކޮށް އަމީން ގެ ދިފާއުގަ. މި ދާއިރާގެ ކޮންމެ އާޓިކަލަކާ ގުޅިގެން ޕޮޒިޓިވް ކޮމެންޓާއި، ރައްދު ދީ ކޮށްފަ ހުންނަ ކޮމެންޓް ހާދަ ގިނައޭ. މަޖާކަމަކީ، އެހެން ދާއިރާތަކުގެ އާޓިކަލްތަކުގައި ހުންނަ ކޮމެންޓްތަކަށް ރައްދުނުދޭ ވަރަށް މިދާއިރާގަ ދިފާއަށް ކޮށްފަ ހުންނަ ކޮމެންޓް ގިނަވެފައި، ސްޓައިލްގަނޑުވެސް އެއްގޮތްވުން. މަޖާކަމެއް.
ފަޅުމަސް
18 July 2020
ބޭރު ޤައުމު ތަކުގައި، ކޮންމެ ކަސްޓަމަރަކަށް އަންގިވެސް ބަދަލުކުރޭ.. ގޮނޑިތަށްވެސް ސާފުކުރޭ.. ހަމައެކަނި މާސްކު އެޅުމެއް ނޫން ޕްރެކްޓިސްކުރަނީ..
ކހޖޖ
18 July 2020
އާހާ ގެ ކޮމެންޓު ކިޔާފަ ހަމަ އަންތަރީސް ވެއްޖެ. ސިކުނޑީގެ ބަދަލުގަ އޮންނަނީ ކޯޗެއްބާ އޭ ހިތަށް އަރާ. ގަދަ ބާރު ދައްކާ މަޖުބޫރު ނުކުރިއްޔާ އެއްކަމެއްވެސް ކޮށްގެން ނުވޭތަ އަޅެ. މަޖުބޫރު ކުރިޔަސް އަމަލު ނުކުރާ ޖާހިލުން އުޅޭނެ. މަޖުބޫރު ނުކުރެއޭ ކިޔާފަ މާސްކް ނާޅަން ތިބޭ ޖާހިލުން ވެސް އުޅޭނެ. މާސްކު އަޅަން ޖެހެނީ ތިމާ އާ އެހެން މީހުންގެ ރައްކަލަކަށް މާސްކު ނާޅައިފިއްޔާ އަދަބު ލިބިދާނެތީ އެއް ނޫން.
ަރިރiޔަން
18 July 2020
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއި ރާއްޖޭގެ އެޗްޕީއޭ އުޅެނީ ފާޑަކަށް ލަދުން އުޅޭހެން. ކުރިން މާސްކް އެޅުމަކީ އެއްވެސް ރައްކާތެރިކަމެއް ހުރިކަމެއް ނޫނޭ ކީ. މިހާރު ވަރަށް ފާޑަކަށް އާ ދެން އޯކޭ އަޅިއަސް. ބަލަ ބުނެ ބަލަ ވަރުހުންނަ ގޮތަކަށް ފިހާރަށް ވައްދަންވާނީ މާސްކް އަޅައިގެން ހުރިއްޔާއޭ. އެއްމެންގެރައްކަލަކަށް.
ބަސް
18 July 2020
ދިވެހިން ވެސް މާސްކް އަޅަންވީ. މަޖްބޫރު ނުކުރިއަސް އަމިއްލައަށް އެންމެންވެސް އަޅަންވީ. ގައިދުރުކަން ބަހައްޓަންވީ. ބޭކާރުގޮތުގައި ގެއިން ބޭރަށް ނުދާންވީ. ސާފުތާހިރުކަން އިތުރުކުރަންވީ. ހަށިގަނޑުގެ ސާފުތާހިރުކަމާ ލައިއުޅޭ ހެދުންތަކުން ދިވެހިން އަވަށްޓެރި ގައުމުތަކަށްވުރެ ސާފު. އެކަމަކު ބައެއް މީހުން އުޅޭތަން އެހާ ސާފެއްނޫން.
ފަސް
18 July 2020
ކުރަންވީ ކަންކަން އެނގި އެކަންކަން ގިނަކަން ކިތަންމެހާވެސް އެނގޭ. އެކަމު އެއްބަޔަކު ކިތަންމެ ވަރަކަށް ކިޔައިދިނަސް ނުކުރާ ބަޔަކު އުޅޭތީ މިހިސާބަށް އެދިއައީ. ދެން އޯގާތެރިކަމުން މަޖްބޫރުނުކޮށް ތިބީމަ ރަގަޅުވާނެ ފަރުދީ ޒިންމާކުރާށޭ ކިޔާފަ. އެތައް ބަޔަކު ގާނޫނާ ގަވައިދާ ހިލާފަށް އުޅޭކަން މިގައުމުގެ ކްރައިމްތަކުންނާ ޖަލުގަ ތިބި އަދަދުންނާ ތަހުގީގުތަކުގަ އޮތް މައްސަލަތަކުންނާ އެނގޭނެ. ތިހެން ގޮވާލާއިރަށް އެންމެން ހަމަ ބަސްއަހާނެއޭ ހީކުރުމަކީ މޮޔަހިޔާލެއް
އާހާ
18 July 2020
މާސްކް އަޅަން މަޖުބޫރުކުރަން އެޗްޕީއޭއަށް އެހާ އުނދަގޫވެގެން އުޅެނީ ކީއްވެތަ؟ އެންމެ ކުރިން ޑަބްލިއޫއެޗްއޯ ބުނި އެއްޗެއް ނުބަލާ މާސްކްއެޅި ގައުމުތަކުގައި ކޮންޓްރޯލްވެފަ އޮތް ކަމަކީ ހަގީގަތެއް. މިހާރު މިއޮތީ އަނެއް ދިރާސާ މާސްކް އެޅުމަށް ބާރުދޭ. މާލޭގެ ކޮންމެ މަގެއްގަހެން ފޮތި ފިހާރަ ހުރޭ. ފޮތި މާސްކް އެފޯޑްނުކުރެވޭނަމަ ފަހާވެސް ލެވިދާނެ. އެހާ ފޮތި ތިޔާގި. އެކަމު މާސްކް މަޖްބޫރެއްނުކުރެވޭ. މިދެން އަރަތެއް.
އަސްލު.
18 July 2020
ކޮންމެކަމެއް މަޖުބޫރުކުރާކަށް ނުޖެހޭ. އޮބަހައްޓައިގެން ކަންކަމެއް އަބަދަކު ނުކުރެވޭނެ. އެއޮތީ ދޯ މާސްކް އެޅުމަކީ ފަރުދީ ޒިންމާއެކޭ. އޭގެ މާނައަކީ މީ ކޮންމެހެން ބަޔަކަށް ކޮށްދޭ ކަމަކަށްވުރެ އަމިއްލަ ނަފުސަށް ކޮށްދޭ ކަމެއްގެ ގޮތުގަ ބަލާށޭ!
ސޭކިސްތާނު
18 July 2020
ކޮންމެ ކަމެއް ވެސް ކުރަން ޖެހެނީ މަޖުބޫރު ކޮށްގެންތަ؟ ކަނާތު ފިޔަވަޅު އަޅުވާފައި ވާތު ފައި އަޅުވާންވެސް ޖެހޭނީ ގާނޫނެއް ހަދައިގެންތަ؟ ތިމާއާއި އެހެން މީހުންގެ ފުރާނައަށް ނުރައްކާ ވާ ކަންކަންވެސް ހުއްޓުވަން ޖެހޭނީ އޮބިއަލައިގެންތަ؟ ސާބަހޭ
ދިވެއްސެއް
18 July 2020
ހުރިހާ ކަމެއް ސަރުކާރާއި އެޗްޕީއޭއާ މަތި ނުކޮށް އަމިއްލައަށް ފަރުދީޒިންމަ އަދާކުރުން ކިހިނެއްތޯ؟ މިއި ސިޔާސީ ކަމެއްނޫން. އެހެންވީމަ ރައްޔިތުންގެ އެއްބާރުލުންނެތި ހަމައެކަނި ވުޒާރާތަކުން ކުރާ ބުރަ މަސަތްކަތުގެ ނަތީޖައެއް ނުފެންނަނެ
އާހާ
18 July 2020
މާނައަކީ މަޖްބޫރުކުރީމަ ނޫނީ އެއްބަޔަކު އެކަމެއް ނުކުރާނަމަ އެކަން މަޖްބޫރުކުރުވޭނެ ބާރު އޮތް މީހުން އެކަން މަޖްބޫރުކުރުވާށޭ. އެންމެންނަށްވެސް އެނގޭ ވައްކަން ކުރާކަށް ނުވާނެކަން. އެކަމު އެކަންވެސް ކުރަނީ ރަގަޅު ގޮތް ނޭނގޭތީކީ ނޫން. ކުރީމަ އަދަބު ދެނީވެސް ކަމެއްވެގެން. ގޮތްދޫނުކުރާ ބަސްނާހާ މީހުން އުޅޭތީ ކަންކަން މަޖްބޫރުކުރަންޖެހެނީ. އާއްމު މީހާ ކޮމެންޓްގަ ފަރުދީ ޒިންމާއޭ ކިތަންމެ ވަރަކަށް ކިއަސް ވާނެ ކަމެއްނެތްކަން އެބަފެނެއެއްނު.
މުޙައްމަދުފުޅު
18 July 2020
މާސްކު އެޅުުން މަނާކުރީތޯ، އެ ނާޅަނީ؟ އެންމެނަށްވެސް އެބަ އެނގޭ މާސްކު އެޅުމުން މި ބަލި ޖެހުން ދުރުކޮށްދޭކަން.. މީހަކު ބަޑި ހިފައިގެން، ބިރު ދައްކައިގެން އައި ކުރުވަންޖެހޭ ވަރުކަމެއް ނޫން އެއީ..