ރިޕޯޓް / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

އެންމެން ކިޔަނީ ލުއި ދިނީ ބަޔަކު މަޖާ ނަގާށޭ!

ފުލުހުންގެ ލޯންޗެއްގައި ބަޔަކު ކަރަންޓީން ފެސިލިޓީތަކަށް ގެންދަނީ. -- ފޮޓޯ: މިހާރު

ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކަށް އެންމެ ފަހުން ދިން ލުއިތަކުގައި މާލޭ ސަރަހައްދުގައި އުޅޭ މީހުންނަށް ޗުއްޓީ ހޭދަކުރަން ރިސޯޓްތަކަށް ދެވޭ ގޮތް ހެދުމާއި ރާއްޖޭން ބޭރަށް ގޮސް އަންނަ މީހުން މާލެ ސަރަހައްދުގައި ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހެދުމުން އެންމެންހެން ކިޔަން ފެށީ އެކައްޗެކެވެ؛ ފައިސާ ހުރި މީހުން އާ އަހަރު ފާހަގަކުރަން ރިސޯޓްތަކާއި ރާއްޖޭން ބޭރަށް ދާން މަގު ފަހިކޮށްދިނީ އެވެ. މާލޭގެ ހާސްކަމުގައި އެންމެ ނިކަމެތިވި މީހުންނަށް އެ މީހުންގެ އާއިލާ ކައިރިއަށް ރަށަށް ދެވޭނެ ލުއި އެއްވެސް ގޮތެއް ހަމަނުޖެހުނީތީ އެވެ.

އާ އަހަރާ ދިމާކޮށް އެކި ގައުމުތަކުން ޓޫރިސްޓުން އައިސް ރިސޯޓްތައް ފުރާލާފައި އޮތަސް، ރިސޯޓަށް ދިއުމުގެ 72 ގަޑިިއިރު ކުރިން ކޮވިޑް ޓެސްޓް ހަދައި ނެގެނެޓިވް ނަމަ މާލޭ ސަރަހައްދުގައި އުޅޭ މީހުންނަށް ރިސޯޓަށް ޗުއްޓީ ހޭދަކޮށްލަން ދެވެ އެވެ. އެ މީހުން ރިސޯޓުން މާލެ އައިސް ކަރަންޓީނުވާކަށް ވެސް ނުޖެހެ އެވެ. ރާއްޖޭން ބޭރަށް ގޮސްފައި ވެސް މާލެ ސަރަހައްދުގައި ކަރަންޓީނުވާކަށް ނުޖެހެ އެވެ.

މި އުސޫލު ގަބޫލުކުރާ މީހުން ވަރަށް މަދު ކަމަށް، ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ހިތްހަމަނުޖެހުންތަކުން އެނގެ އެވެ. މި ޝަކުވާ މިހެން އޮތްކަން ފާހަގަކުރައްވަމުން ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު އެޗްއީއޯސީގެ އެންމެ ފަހުގެ ޕްރެސް ބްރީފިންގައި ވިދާޅުވީ ފިޔަވަޅުތައް އެޅުމުގައި ބަލަނީ ކޮވިޑްގެ ނުރައްކާ ބޮޑަށް އޮތް ތަނަކުން، ނުރައްކާ ކުޑަކޮށް އޮތް ތަނެއް ނުވަތަ ބަލި އެއްވެސް ވަރަކަށް ނެތް ތަނަކަށް ބަލި ފެތުރުނަ ނުދޭން ކަމަށެވެ. އެގޮތުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަނީ ރަށްރަށަށް ކޮވިޑް ފެތުރުނަ ނުދޭން ކަމަށް ވިދާޅުވި އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅު ބޮޑުވަނީ ބަލީގެ ނުރައްކާ ބޮޑު ތަނަކުން ކުޑަ ތަނަކަށް ދާއިރު އެވެ. މި ހަމައިން ބަލައިފި ނަމަ، ރިސޯޓްތަކުގައި ނުރައްކާ ކުޑަ އެވެ. ސުވާލެއް ވެސް ނެތި، އެއީ ޓޫރިސްޓުން ރިސޯޓްތަކަށް ދަނީ ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ވުމުން ކަމަށް ވާތީއޭ ބުނަން ޖެހެ އެވެ. މާލެ އިން ރިސޯޓަށް ދާ ނަމަ ޓެސްޓުކުރަން ޖެހިފައި ރިސޯޓުން މާލެ އައިސް ކަރަންޓީނު ވެސް ވާން ނުޖެހޭތީ އެވެ. އާންމުން ސުވާލުކުރަނީ، މިގޮތަށް ރަށަށް ނުދެވޭތީ އެވެ.

ކަރަންޓީނުވާ ގޮތަށް ނޫނީ ރަށަށް ނުދެވޭތީ ހިތްހަމަނުޖެހިގެން މީހަކު ކޮށްފައިވާ ޓްވީޓެއް

ރަށްރަށުގައި ސިއްހީ ހިދުމަތުގެ ފެންވަރު ދަށް ކަމަށާއި އެ ތަންތަނުގައި ކޮވިޑް ފެތުރިއްޖެ ނަމަ ކޮވިޑްގެ އިތުުރުން އާންމު އެހެން ބަލިތަކަށް ފަރުވާ ހޯދަން ވެސް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ އެތައް ބަޔަކަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު އެޗްޕީއޭ އިން އަންނަނީ ދެމުންނެވެ. ކޮވިޑް ފެތުރިފައި އޮތް ތަނަކުން ރަށްރަށަށް މީހުން ދިއުމުން ކަރަންޓީނުކުރަނީ މި ސަބަބަކަށްޓަކައި ކަމަށް އަބަދުވެސް ބުނެ އެވެ. މި ހުރިހާ ދުވަހަކު އާންމުން މިކަމުގައި މާ ބޮޑު ޝަކުވާއެއް ނުކުރި ކަމުގައި ވިޔަސް، މާލޭ ބަންދުގައި ތިބޭތާ އަހަރެއް ވާން ގާތްވެ މިހާރު ތިބީ ރުޅިގަދަވެފަ އެވެ. "ދެކޮޅުނުޖެހޭ" ގޮތަށް ދޭ ޖަވާބެއް ގަބޫލުކުރާ ގޮތަކަށް ނޫނެވެ.

ރަށްރަށަށް ބަލި ފެތުރުނަ ނުދޭން ހުރިހާ ވިސްނުމެއް ހުސްކޮށްލައިގެން ތިބި ކަމަށް ބުނަމުން އަޔަސް އެކި ބޭނުންތަކުގައި ރަށްރަށަށް ދާ މީހުން އުޅެނީ އެ ރަށްރަށަށް ބަލި ނުފެތުރޭ ގޮތަކަށް ނޫނެވެ. އެޗްޕީއޭގެ އުސޫލު އޮންނަނީ ލިޔެކިޔުމުގައި އެކަންޏެވެ. މިހާރުވެސް ކޮވިޑަށް ޓެސްޓްކުރުމެއް ނެތި، ހާއްސަ ހުއްދައިގެ ދަށުން މާލޭން ރަށްރަށަށް ދެވޭ ގޮތަށް އޮންނައިރު އެ މީހުން ރަށުގެ މީހުންނާ ބައްދަލުވުމާއި ރަށުގެ ގޭގެއަށް ދިއުމާއި ކެފޭތަކަށް ދިއުން އުސޫލުގައި މަނަލެވެ. އެކަމަކު އެހެން ދާ މީހުން އުޅެނީ އުޅޭނެ ގޮތަކަށެވެ. އެކަން ނުވެސް ހުއްޓުވެ އެވެ. ފިޔަވަޅެއް ވެސް ނޭޅެ އެވެ. މިކަމުގައި ސުވާލުކުރި ކޮންމެ ފަހަރަކު އެޗްޕީއޭ އިން ޕްރެސްތަކުގައި ދޭ ޖަވާބު މިހާރު ހިތުދަހެވެ. "ވަކި ބަޔަކަށް ވަކި އުސޫލެއް ނޯންނާނޭ، އެންމެން ވެސް އުސޫލަށް ތަބާވާން ޖެހޭނެއޭ" އެވެ. މައްސަލައެއް ނެތެވެ. އެޗްޕީއޭ އަކީ ތަންފީޒީ އިދާރާއެއް ނޫނެވެ. އެކަމަކު ސުވާލަކީ ތަންފީޒު ނުވާ ކަމެއް ނަމެއްގައި ކޮށްގެން ތިބުމުގެ މާނައެއް އެބަ އޮތްތޯ އެވެ.

ހާއްސަ ހުއްދައިގެ ދަށުން ރަށްރަށަށް ދާއިރު ކޮވިޑަށް ޓެސްޓްކޮށްފައި ދާން ޖެހޭ ގޮތަށް އޮތް އުސޫލު ބަދަލުކުރިތާ ހަފުތާއެއް ފަހުން އެކަން ބަދަލުކޮށް، އެޗްޕީއޭ އިން ހުއްޖަތަކަށް ދެއްކީ އެގޮތަށް ރަށްރަށަށް އާންމުކޮށް ދާން ތިބެނީ އެއް ބަޔަކު ކަމަށް ވެފައި އެ މީހުން އަވަސް އަވަހަށް ޓެސްޓްކުރުން އުނދަގޫ ކަމަކަށް ވުމެވެ. އެކަމަކު މިކަން ވެސް ގަބޫލު ނުކުރެވޭ އެންމެ ބޮޑު ސަބަބަކަށް ވީ މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވި އިރު، އެ ތަންތަނުގެ ހުރިޙާ މުވައްޒަފުން މަހަކު އެއްފަހަރު ކޮވިޑަށް ޓެސްޓްކުރަން ޖެހޭ ގޮތަށް އޮތީމަ އެވެ. ހަމަ ގައިމުވެސް މަހަކު އެއްފަހަރު ގެސްޓް ހައުސްތަކުގެ ހުރިހާ މުވައްޒަފުން ބަދަލެއް ނުވާނެ އެވެ. އަބަދު ޓެސްޓްކުރަން ޖެހޭނީ ހަމަ އެއްބައެކެވެ.

ލުއި ލިބޭ ހުރިހާ ކަމަކުން މަހުރޫމުވަނީ ރަށްރަށުގައި އާއިލާ ތިބި މީހުންކަމުގެ އިހުސާސް މިހާރު މާ ބޮޑަށް ވަނީ އެވެ. އެ މީހުންނާ ބައްދަލުނުވެ މާލޭގައި ތާށިވެފައި މިހާ ދުވަހު ތިބި އިރު ވެސް ކޮވިޑް ޓެސްޓުކޮށް ނެގެޓިވް ނަތީޖާއަކާ އެކީ ވެސް ރަށަށް ދެވޭކަށް ނެތެވެ. އޮތީ ކަރަންޓީނުވާން ޖެހޭ ގޮތަށް ދިއުމެވެ.

ކޮވިޑްގައި އައި ދަތިކަމުގައި މުސާރަ ކުޑަވެ ވަޒީފާ ގެއްލުމުގެ ބިރު ބޮޑުވެފައި ތިބި މީހުންނަށް ކަރަންޓީނު މުއްދަތަކާ އެކު ޗުއްޓީއެއް ނެގުމަކީ ބޮޑު ކަމެކެވެ. މި ހާލަތަށް ހާއްސަކޮށް ގާނޫނެއް ހަދައި، ކަރަންޓީނުގައި ތިބޭ މުއްދަތަށް އަހަރީ ޗުއްޓީން ނުކެނޑޭ ގޮތަށް ބަޔާންކޮށްފައި އޮތަސް އެކި ތަންތަނުން އެ ގާނޫނު މާނަކުރަނީ އެކި ގޮތަށެވެ. ރަށަށް ދަނީ ކޮންމެހެން ދާން ޖެހިގެން ނޫން ކަމަށާއި އެހެންވެ ރަށަށް ގޮސް ވާން ޖެހޭ ކަރަންޓީނުގެ މުއްދަތު ވެސް ޗުއްޓީ އަށް ގުނާނެ ކަމަށް ބައެއް ތަންތަނުން ބުނެ އެވެ. ގާނޫނާއި ގަވައިދާއި އުސޫލުތައް ބައިވަރެވެ. އަމަލެއް ނުކުރެ އެވެ.

ރަށްރަށަށް ދިއުމުގެ ކުރިން ކޮވިޑަށް ޓެސްޓްކޮށް، މާސްކް އެޅުން ފަދަ ފިޔަވަޅުތަކާ އެކު، ކަރަންޓީނު އުވާލެވިދާނެތޯ ސުވާލުކުރާ މީހުން ގިނަ. .-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ރަށަށް ގޮސް ކަރަންޓީނުވާން ބޭނުންވިޔަސް އެކަން ވެސް ނުވާ މީހުން ބައިވަރެވެ. ކަރަންޓީނުވާ ތަނުގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ނުވާތީ، ކަރަންޓީނުގައި ހުންނާނެ ތަނެއް ނުލިބެނީ އެވެ. އުމުރުން ދުވަސްވީ މީހުންނަކީ ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވާ މީހުން ކަމަށް ވާތީ އެ އުމުރުގެ މީހަކު އުޅޭ ތަނެއްގައި އެހެން މީހުން ކަރަންޓީނުވުން މަނަލެވެ. ރަށުން އައިސް މާލޭގައި އުޅޭ ވަރަށް ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މައިންބަފައިން ރަށުގައި ބައިތިއްބާފައި އައިސް އުޅޭ މީހުން ކަމަށްވާތީ، މާލޭން ގޮސް ކަރަންޓީނުވާނެ ތަނެއް ނުލިބެ އެވެ. ދެން ޖެހެނީ އަނެއްކާ ތަނެއް ކުއްޔަށް ހިފާށެވެ. ކޮވިޑްގައި ކުޑަކުރި މުސާރަ އިން ދެކޮޅު ނުޖެހިގެން އުޅޭއިރު ރަށަށް ދާން ހަަރަދުކޮށް އަދި ރަށަށް ގޮސް ދެން ހުރި ހުރިހާ އެއްޗެއް ކަރަންޓީނު ކުއްޔަށް ދޭންވީ އެވެ.

ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަމަ މާލޭ ސަރަހައްދުން ދިވެހިންނަށް ރިސޯޓްތަކަށް ދެވޭ ގޮތަށް އޮތް ނަމަވެސް ދިވެހިން ގެސްޓް ހައުސްތަކަށް ދިއުން އަދިވެސް މަނަލެވެ. މިއީ ވެސް އެޗްޕީއޭގެ އާ އުސޫލާ މެދު ޝަކުވާކުރާ މީހުންގެ ފާޑުކިޔުން އޮތް ކަމެކެވެ. ރިސޯޓެއް ނަމަ ރާއްޖޭގެ ކޮންމެ ހިސާބެއްގައި އޮތް ތަނަކަށް ވެސް ޓެސްޓްކޮށްފައި ދާންވީ އެވެ. އެކަމަކު އަގު ހެޔޮ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަން ރަށަކަށް ނުދެވެ އެވެ. މާލެ އަށް ވުރެ ކޮވިޑްގެ ހާލަތު މާ ގޯސްކޮށް ހުރި ގައުމުތަކުން އަންނަ ޓޫރިސްޓުން ރަށްރަށުގެ ގެސްޓް ހައުސްތަކަށް ގޮސް، ކުރިން ވެސް ބުނިހެން ބޭނުންހާ ގޮަތަށް އުޅޭއިރު ދިވެއްސަކަށް މި ހަމައިގެ ދަށުން ވެސް ރަށަަކަށް އެރެން ނެތީ އެވެ.

ކުޅިވަރު މުބާރާތްތަކާއި އިވެންޓްތައް ވެސް ބޭއްވުމަށް ހުއްދަ ދީ އަދި މާލެ ސަހަހައްދުގައި އޮތް ކާފިއު ވެސް މިހާރު އުވާލާފައި ވާތީ މިހާރު މި ސަރަހައްދުގައި މަނާ ކަމެއް ނެތޭ ބުނާހާވެ އެވެ. އެކަމަކު "ގޮތެއް ނެތް މީހުން" މާލެ ބަންދުގައި ތިބެންވީ އެވެ. އެހެންވެ މިހާވަރުން މީހުން ފާޑުނުކިޔައި ތިބޭނެ ކަމަށް ބަލައިގެން ނުވާނެ އެވެ.

ހާއްސަ ހުއްދަ ލިބިގެން، ޓެސްޓު ވެސް ނުކޮށް ރަށްރަށަށް ގޮސް މާސްކެއް ވެސް ނާޅައި ރަށު ތެރޭ އުޅެނީ އެވެ. ކޮފީބޮއެ މީހުންނާ ބައްދަލުވަނީ އެވެ. މިހެން އޮތް އިރު، ނެގެޓިވް ޓެސްޓަކާ އެކު ރަށަށް ގޮސް މާސްކް އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އުޅެން ވިޔަސް ލުއި ނުދޭންވީ ސަބަބަކީ ކޮބައިހޭ އެއީ ކުރާ ސުވާލެވެ. ކަންކަން ތަންފީޒު ނުވާކަމަށްވަންޏާ ހާއްސަ ހުއްދަ މާ ނުރައްކަލެއް ނޫން ހެއްޔެވެ؟

82 ކޮމެންޓް, 185 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 3%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުނޭސް

21 December 2020

ދައްކާފަ ނުދައްކާނެ ވާހަކަ އެއް ނޭނގިގެން މި އުޅެނީ އެނގިއްޖެ!

The name is already taken The name is available. Register?

ރީތި މޫސަ

20 December 2020

މިހާރު މިފެންނަނީ ހިތުހުރިގޮތަކަށް ހިތުހުރިކަމަކަށް ހުއްދަދޭތަން

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

20 December 2020

ކޮބާ ބާ ( އެންމެން ) އަކީ ޖަމިއްޔާ އެއްބާ ؟

The name is already taken The name is available. Register?

ނިކަމެތި މިހާ

20 December 2020

މަގުމަތިން ހުއްޓުވާފަ ރެންޑަމްކޮށް ސާމްޕަލް ނަގައިގެން މިހަދަނީ މުޅިން ހިލޭ ޕީ.ސީ.އާރ ޓެސްްްްްްޓެއް ކޮވިޑް ހުރިތޯ ބަލަން. ނަމަވެސް، މާލެއިން ބޭރަށް ރިސޯޓަށާއި ރާއްޖެއިން ބޭރަށް ދާނަމަ ހަދަން މިޖެހޭ ޕީ.ސީ.އާރ ޓެސްޓަކީ ހަމައެކަނި އޭ.ޑީ.ކޭ އިން -/1500ރ ދައްކައިގެން ހެދޭ ޓެސްޓެއް. ކޮބާތޯ މި ދެ ޓެސްޓުގެ ތަފާތަކީ؟ ބަޔަކަށް ފައިސާކޮޅެއްދޭން ކޮށްގެން އުޅޭ ކަމަކީތޯ؟

The name is already taken The name is available. Register?

adam

20 December 2020

ރަޓު މީހާއަށް ކަޑަ ގޮތް.

The name is already taken The name is available. Register?

ޥިސްނާ

20 December 2020

ޢުޅޭނެ މިދުވަސްކޮޅާ ދި މާކޮށް އުފާކޮށް މަޖާކޮށް ދުނިޔެރަންވެ ހަ މައިގަތިބެން ބޭނުންނުވާ މީހުންކޮޅެއް މިފެންނަނީ އެއާގުޅިގެން އަންނަކަންތަށްތަށް

The name is already taken The name is available. Register?

އުދުހޭ

20 December 2020

ރެންޑަމްކޮށް ނަގާ ސާމްޕަލްގެ ރިޕޯޓް ނުދެއްޏާ ކޮންމެހެން ސާމްޕަލް ދޭންޖެހޭތަ؟

The name is already taken The name is available. Register?

ކެޕްޓަން އަމީން

19 December 2020

ޢަހަރުން ކަނޑާލީ މިރިޒޯރޓަށް:

The name is already taken The name is available. Register?

ްއަލިބެ

19 December 2020

ހުރިހާ ތަނެއް، ހުރިހާ ކަމެއް ހިނގަނީ ސިޔާސީ ވެގެން. މިނިވަނޭ އޮންނަނީ ނަމެއްގަ. ވަޒީފާގެ ބިރަށް ބޮޑުމީހާ ބުނާގޮތް ހެދުމުގެ ސަގާފަތަށް ބަދަލެއްނާދޭ. ބަދަލުވަނީ ސަރުކާރާއި މަގާމުތަކުގައި ތިބޭ ބޮޑުމީހާ. ނަމަވެސް ނުފޫޒު ފޯރުވުމުގެ ސިޔާސަތަށް ބަދަލެއްނާދޭ.

The name is already taken The name is available. Register?

ފުލޯކު

19 December 2020

ޢެޗް ޕީ އޭ ގަވާއިދުގައި ތާކުންތާކު ނުޖެހޭ ނުރައްކާ ތެރި ކަމަކީ ބަލި ފެތުރިފައިވާ ގައުމުތަކުން އަންނަ ބިދޭސީން ރިސޯޓް ތަކަށް އައިސް ގޮސް ހަދަމުންދާއިރު މާލެއިން ރިސޯޓް ތަކަށާ ބަލި ފެތުރިފައިވާ ގައުމުތަކަށް މާލޭން ފުރައިގެން ގޮސް އައިސް ކަރަންޓީން ވާން ނުޖެހި ސްކޫލަށާއި އޮފީސް ތަކަށާ އެކިތަންތަނަށް ދެވޭ ގޮތަށް އޮތުން .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454