ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ބޯވެންގެ ދެ ލަނޑުން މޮޅުވެ، ވެސްޓް ހޭމް ހަތަރަކަށް

ބޯވެން ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖެނުއަރީ 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ނޯރިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ޖަރޯޑް ބޯވެންގެ ދެ ގޯލުން މޮޅުވެ ތާވަލުގެ ހަތަރު ވަނަ އަށް ވެސްޓް ހޭމް ޔުނައިޓެޑް ޖެހިލައިފި އެވެ.

ވެސްޓް ހޭމް އިން ނޯރިޗް ބަލިކުރީ 2-0 އިންނެވެ. މިހާތަނަށް ކުޅުނު 21 މެޗުން ވެސްޓް ހޭމް ވަނީ 37 ޕޮއިންޓް ހަމަކޮށްފަ އެވެ. އެއް މެޗު މަދުން ކުޅެގެން 35 ޕޮއިންޓާ އެކު ފަސްވަނައިގައި އޮތީ އާސެނަލް އެވެ. ޖުމްލަ 10 ޕޮއިންޓާ އެކު ނޯވިޗް އަދިވެސް އޮތީ ޓޭބަލްގެ ފުލުގަ އެވެ.

މެޗުގައި ވެސްޓް ހޭމް އިން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް ޖަރޯޑް ބޯވެން އެވެ. އޭނާ ވަނީ ލަޑިމިއާ ކޫފަލް ނަގައިދިން ބޯޅައެއް ބޮލުން ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިފަ އެވެ.

ބޯވެން ރޭގެ މެޗުގައި ވެސްޓް ހޭމަށް ލީޑު ނަގައިދިން ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ 32 ވަނަ މިނިޓުގައި ވެސް ބޯވެން ވަނީ ލަނޑެއް ޖަހައިފަ އެވެ. އޭނާ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައެއް ފެނުޖެހިފައި ގޯލުތެރެއަށް ވަން ނަމަވެސް، އޮފްސައިޑުގައި ހުރި ކުޅުންތެރިއެއް އެ ބޯޅައަށް ހަރަކާތް ކުރުމުން އެ ގޯލު ބަލައިގެންފައެއް ނުވެ އެވެ.

ބޯވެން ވަނީ މި ހާފުގައި ވެސް ނޯރިޗުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އޭނާ ފުރަތަމަ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑިއާ އަމާޒުވިއިރު، ދެވަނައަށް ފޮނުވާލި ހަމަލާ ޖެހުނީ ގޯލު ދަނޑީގަ އެވެ. ނޯރިޗުގެ އެޑަމް އިޑާ ވެސް ވަނީ ވެސްޓް ހޭމްގެ ގޯލަށް އަމާޒުކޮށް މި ހާފުގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ވެސްޓް ހޭމްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިއާ އަމާޒުވީ ކީޕަރު ލޫކަސް ފަބިއަންސްކީ އަތުގައި ޖެހިފަ އެވެ.

ރޭގެ މެޗުގައި ބޯވެން އޭނާގެ ދެވަނަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ވެސްޓް ހޭމްގެ ދެވަނަ ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި ބޯވެން ޖެހީ ބަދަލުކުޅުންތެރިޔާ އާތޫރު މަސުއަކޫގެ އެހީގަ އެވެ. މި ލަނޑު އޮފްސައިޑު ކަމަށް ރެފްރީ ނިންމި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީގެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ. މިއީ ބޯވެން މި ސީޒަނުގައި ވެސްޓް ހޭމް އަށް ޖަހައިދިން އަށްވަނަ ލަނޑެވެ.

ސައުތެމްޓަން އިން ވަނީ އަންގާރަ ދުވަހުގެ ރޭ ލީގުގައި ބްރެންޓްފޯޑާ ވާދަކޮށް 4-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. މިއީ މި މަހު އެ ޓީމުގެ މެޖޯރިޓީ ހިއްސާ ގަތް އެ ކުލަބުގެ އާ ވެރިޔާ ސާބިއާގެ ޑްރަގަން ސޮލާކް ކުރިމަތީގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.

ސައުތެމްޓަންގެ ލަނޑުތައް ޖަހައިދިނީ ޔާން ބެނަރެކް އާއި އާމަންޑޯ ބްރޯޖާ އަދި ޗޭ އެޑަމްސް އެވެ. އެ ޓީމުގެ އަނެއް ލަނޑަކީ ބްރެންޓްފޯޑްގެ ކީޕަރު އަލްވަރޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބްރެންޓްފޯޑުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ވިޓަލީ ޔަނެޓް އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454