ކުޅިވަރު / ފީފާ އެވޯޑްސް

މި އަހަރުގެ ވެސް ފީފާގެ މޮޅު ކުޅުންތެރިޔަކީ ލެވަންޑޯސްކީ

ލެނަންޑޯސްކީ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޖެހިޖެހިގެން ދެ އަހަރު ހޯދުމަށް ފަހު.--

ޒިޔުރިކް، ސްވިޒަލެންޑް (ޖެނުއަރީ 18) - ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ "ދަ ބެސްޓް" ފީފާ މެންސް ޕްލެޔާ އެވޯޑް، ބެޔާން މިއުނިކަށް ކުޅޭ ޕޮލެންޑުގެ ތަރި ރޮބާޓް ލެވަންޑޯސްކީ ހޯދައިފި އެވެ.

ރޭ ބޭއްވި ހަފްލާގައި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފީފާއިން ލެވަންޑޯސްކީ ހޮވިއިރު، 2020 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ވެސް އޭނާ އެވެ. މިއީ ލެވަންޑޯސްކީ މި އެވޯޑް ހޯދި ދެވަނަ ފަހަރެވެ. އޭނާ މިފަހަރު އެވޯޑް ހޯދީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއި ލިވަޕޫލަށް ކުޅޭ މުހައްމަދު ސަލާހާ ވާދަކޮށެވެ.

ލެވަންޑޯސްކީ ވަނީ މިދިޔަ އަހަރު ބެޔާން އަށް ފީފާ ކްލަބް ވޯލްޑް ކަޕާއި ބުންޑެސްލިގާ ކާމިޔާބުކުރުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ލީގުގައި 29 މެޗުން 41 ގޯލު ޖަހައިގެން ޖަރުމަންގެ ލެޖެންޑް ގާޑް މުލާ ހަދާފައިވާ 40 އަހަރުވީ ރެކޯޑެއް ވެސް މުގުރާލައިފަ އެވެ.

ޕޮލެންޑުގެ ގައުމީ ޓީމުގައި އޭނާ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު 12 މެޗުން އަށް ގޯލު ޖަހައި އެ ގައުމަށް ކޮލިފައިން ޕްލޭއޮފުން ޖާގަ ހޯދައިދީފަ އެވެ.

ބެޔާން މިއުނިކުގެ މެނުއެލް ނޯޔާ އާއި އިޓަލީގެ ޖިއާންލުއިޖީ ޑޮނަރޫމާ ފަހަތަށް ޖައްސާލުމަށް ފަހު އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދީ ޗެލްސީ އަށް ކުޅޭ ސެނެގާލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީ އެވެ.

މެންޑީ މިދިޔަ ސީޒަނުގައި ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފަހު.--

އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ މިދިޔަ އަހަރުގެ ބަލޮންޑިއޯ ވެސް ކާމިޔާބުކުރި ބާސެލޯނާގެ އެލެކްސިއާ ޕުޓޭލާސް އެވެ. އަދި އެންމެ މޮޅު އަންހެން ގޯލްކީޕަރަކީ ޕީއެސްޖީ އާއި ލިޔޯން އަށް ކުޅުނު ކްރިސްޓިއާނީ އެންލާ އެވެ.

އެންމެ މޮޅު ކޯޗުންނަށް ހޮވުނީ ޗެލްސީގެ ތޯމަސް ޓުޗެލް އާއި އެމާ ހޭޒް އެވެ. ޓުޗެލް ވަނީ ޗެލްސީއާ އެކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފަ އެވެ. އަދި ޗެލްސީގެ އަންހެން ޓީމުގެ ކޯޗު އެމާ ހޭޒް ވަނީ އެޓީމަށް ޗެމްޕިއަންސް ލީގު ފިޔަވައި ކުޅުނު ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްދީފަ އެވެ. ޗެމްޕިއަންސް ލީގު ފައިނަލުގައި ޗެލްސީ ބަލިވީ ބާސެލޯނާ އަތުންނެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް ލިބުނީ ޓޮޓެންހަމް އަށް ކުޅުނު އާޖެންޓީނާގެ ވިންގާ އެރިކް ލަމޭލާ އާސެނަލް ކޮޅަށް ލީގުގައި ޖެހި ރަބޯނާ ގޯލަށެވެ.

ފީފާ ފެއާޕްލޭ އެވޯޑް ލިބުނީ ޑެންމާކުގެ ގައުމީ ޓީމަށާއި އެޓީމުގެ މެޑިކަލް ޓީމާއި ސްޓާފުންނަށެވެ.

ފީފާގެ ފިރިހެން ޑްރީމް ޓީމާއި އަންހެން ޑްރީމް ޓީމު ވެސް ވަނީ ރޭގެ ހަފްލާގައި އިއުލާން ކޮށްފަ އެވެ. އެހެން އަހަރުތަކެކޭ ހިލާފަށް މިފަހަރުގެ ޓީމުގައި ވަނީ މުޅިން އަލަށް ހަތަރު ފޯވާޑުން ހިމަނައިފަ އެވެ.

ފިރިހެން ޑްރީމް ޓީމު:

ގޯލްކީޕަރު: ޖިއަންލުއިޖީ ޑޮނަރޫމާ (އިޓަލީ/އޭސީ މިލާން/ޕީއެސްޖީ)

ޑިފެންޑަރުން: ޑޭވިޑް އަލަބާ (އޮސްޓްރިއާ/ބެޔާން މިއުނިކް/ރެއާލް މެޑްރިޑް)، ލިއޮނާޑޯ ބޮނޫޗީ (އިޓަލީ/ޔުވެންޓަސް)، ރުބެން ޑީއާޒް (ޕޯޗުގަލް/މެންޗެސްޓާ ސިޓީ)

މިޑްފީލްޑަރުން: ކެވިން ޑިބްރޭނާ (ބެލްޖިއަމް/މެންޗެސްޓާ ސިޓީ)، ޖޯޖީނިއޯ (އިޓަލީ/ޗެލްސީ)، އެންގޯލޯ ކާންޓޭ (ފްރާންސް/ޗެލްސީ)

ފޯވާޑުން: ރޮބާޓް ލެވަންޑޯސްކީ (ޕޮލެންޑް/ބެޔާން މިއުނިކް)، ލިއޮނެލް މެސީ (އާޖެންޓީނާ/ބާސެލޯނާ/ޕީއެސްޖީ)، ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް/ޔުވެންޓަސް/މެންޗެސްޓާ ޔުނައިޓެޑް)، އާލިން ބްރައުޓް ހާލަންޑް (ނޯވޭ/ބޮރޫޝިއާ ޑޯޓްމަންޑް)

އަންހެން ޓީމުގައި، މިދިޔަ އަހަރުގެ ޑްރީމް ޓީމުގައި ވަނީ ހަތަރު ފޯވާޑުން ހިމަނައިފަ އެވެ. ނަމަވެސް ރޭ އިއުލާން ކުރި 2021 ވަނަ އަހަރުގެ ޓީމުގައި ހިމެނެނީ ހަތަރު ޑިފެންޑަރުންނާއި ތިން މިޑްފީލްޑަރުންނާއި ތިން ފޯވާޑުންނެވެ.

އަންހެން ޑްރީމް ޓީމު:

ގޯލްކީޕަރު: ކްރިސްޓިއާނީ އެންލާ (ޗިލީ/ޕީއެސްގީ/ލިޔޯން)

ޑިފެންޑަރުން: ލޫސީ ބްރޯންޒް (އިންގްލެންޑް/މެންޗެސްޓާ ސިޓީ)، މިލީ ބްރައިޓް (އިންގްލެންޑް/ޗެލްސީ)، ވެންޑީ ރެނާޑް (ފްރާންސް/ލިޔޯން)، މަގްޑާ އެރިކްސަން (ސްވިޑެން/ޗެލްސީ)

މިޑްފީލްޑަރުން: އެސްޓެފާނިއާ ބަނީނީ (އާޖެންޓީނާ/ލެވަންޓޭ/އެތުލެޓިކޯ މެޑްރިޑް)، ބާބަރާ ބޮނަންސޭ (އިޓަލީ/ޔުވެންޓަސް)، ކާލީ ލޮއިޑް (އެމެރިކާ/ގޮތަމް އެފްސީ)

ފޯވާޑުން: މާތާ (ބްރެޒިލް/އޯލަންޑޯ ޕްރައިޑް)، ވިވިއާނީ މިއެޑެމާ (ނެދަލެންޑްސް/އާސެނަލް)، އަލެކްސް މޯގަން (އެމެރިކާ/އޯލަންޑޯ ޕްރައިޑް)

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޮނާލްޑޯ

18 January 2022

މެސީއާއި ޞަލާޙަކީ ދަނޑުގެ އެތަންމިތާނގައި ކުޅޭ 2 މީހުން. އެ 2 މީހުންގެ ފަރާތުން ކުޅޭ ޓީމަށާއި ޓީމުގެ އެހެން ކުޅުންތެރިން ލިބޭ ފައިދާ މާބޮޑު ޖަހާފައިވާ ލަނޑަށާއި ލަނޑު ޖެހުމަށް އެހެން ކުޅުންތެރިންނަށް ވެދީފައިވާ އެސިސްޓްތަކަށް ބަލާބަލަ. ފީފާ އިން މި އެވޯޑް މެސީ އަށް ދިންނަމަ ލޮލަށްބޮލަށް ހިނިއަރާގެން ބަޔަކު އުޅޭނެވިއްޔަ ދެން އެއުޅޭ ފެކްޓޯސް ބެއްޔާ އަށް އެވޯޑް އެއް ލިބޭތީ އެ ޙަފްލާގަ ބައިވެރިވެއްޖެ ވިއްޔަ އެހެން އަހަރު އެވޯޑް ނުލިބޭތީ ބައިވެރިނުވެ

The name is already taken The name is available. Register?

ޒައިކީ

18 January 2022

މި ދިޔަ އަހަރު (2019/20) ލިބުން ހައްޤު ވަރަށް ކުޅުނު ޗެމްޕިއަންސްލީގާ ބުންޑަސްލީގާ ނެގި… އެކަމު މިފަހަރު ބުންޑަސްލީގާ އެކަނި ނަގައިގެން ތިޔަ ދޭ ވަރެއް ނޫން..ޔޫރޯއާ ކޮޕަރ އެމެރިކާގެ އެއްވެސް އަގެއް ނެތީތާ ދޯ؟؟

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

18 January 2022

މަރުހަބާ ޑޯސްކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454