ކުޅިވަރު / ޗެލްސީ

ޗެލްސީ ގަންނަން ތިން ބިލިއަނަށް ވުރެ އަގު ބޮޑު ހުށަހެޅުމެއް

ލަންޑަން (މާޗް 21) - ޗެލްސީގެ މިހާރުގެ މެނޭޖްމެންޓް ދެމެހެއްޓުމުގެ އަމާޒުގައި އެ ކްލަބް ގަންނަން ތިން ބިލިއަން ޕައުންޑަށް ވުރެ ބޮޑު ބިޑެއް އިނގިރޭސި ވިލާތުގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ސެންޓްރިކަސް އިން ފަންޑު ކޮށްގެން ހުށަހަޅާފައި ވާާކަން ހާމަވެއްޖެ އެވެ.

ރަޝިއާ އިން ޔޫކްރޭނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅުމުގެ ކުރިން އޭނާ ވަނީ ޗެލްސީ ވިއްކާލަން ނިންމަވައިފަ އެވެ. އެ ކްލަބު ވިއްކާލުމުގެ ކަންތައް ހަވާލު ކޮށްފައިވަނީ އެމެރިކާގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ ރެއިން ގުރޫޕާ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ސެންޓްރިކަސްގެ ތާއީދާއެކު ހުށަހެޅި ބީލަމުގައި ޗެލްސީގެ ގިނަ އަދަދެއްގެ ސީޒަން ޓިކެޓް ހޯލްޑަރުން ހިމެނެ އެވެ. އަދި އެ ފަރާތްތަކުގެ މިލްކިއްޔާތުގައި 29 ބިލިއަން ޕައުންޑުގެ މުދާ ހުރި ކަމަަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޗެލްސީ ގަންނަން ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވެފައި ވާއިރު، އިތުރު ގުރޫޕުތަކުން ވެސް ވަނީ ކްލަބް ބިޑް ކޮށްފަ އެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ ކުރީގެ ޗެއާމަންކަން އަދާކުރި ޗެލްސީގެ ސަޕޯޓަރު، ވިޔަފާރިވެރިޔާ ސާ މާޓިން ބްރޯޓަން އާއި ޕާލިމަންޓް މެމްބަރު ލޯޑް ކޯއީ ގެ ބިޑަކާއި އިނގިރޭސި އިންވެސްޓަރު ނިކް ކެންޑީ އިސްވެ ހުރެ ހުށަހަޅާފައިވާ ބިޑެއް ހިމެނެ އެވެ.

އެމެރިކާގެ ރިކެޓްސް ފެމިލީ ކުންފުނީގެ ބިޑަކާއި ސްވިޒަލެންޑުގެ ބިލިއަނަރު ހަންސްޔޯގް ވީސް އާއި އެމެރިކާގެ ޓޮޑް ބޮއެލީ އެކުވެގެން ކުރި ބިޑެއް ވެސް މީގެ ތެރޭގައި ހިމެނެ އެވެ. އެއާއެކު ސައުދީ މީޑީއާ ގުރޫޕުން ވެސް ޗެލްސީ ގަންނަން ބިޑު ކޮށްފައިވާ ކަމަށް މީޑީއާތަކުން ބުނެ އެވެ.

ބެލެވޭ ގޮތުގައި ރެއިން ގުރޫޕަށް ލިބިފައިވާ ބިޑްތައް ޝޯޓްލިސްޓްކޮށް، މި މަސް ނިމުމުގެ ކުރިން ކްލަބުގެ އާ މިލްކުވެރި ފަރާތެއް ކަނޑައަޅާނެ އެވެ.

ސެންޓްރިކަސް އިން ހުށަހެޅި ބިޑްގައި ހިމެނޭ އިންވެސްޓަރުންގެ ތެރޭގައި އެ ކުންފުނީގެ ކޯ ފައުންޑަރު ނިޒާރު އަލް ބައްސާމާއި ޗީފް އެގްޒެކެޓިވް ގާތު ރިޗީ އަދި ޝޭން ކެޕިޓަލްގެ ޖޮނަތަން ލޫރީ އާއި ޓަލިސް ކެޕިޓަލްގެ ބޮބް ފިންޗް ހިމެނެ އެވެ.

އެ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނީ، ޗެލްސީގެ ކާމިޔާބީތައް ދަމަހައްޓަން ކްލަބުގެ އިސް ސްޓޭކްހޯލްޑަރުންނަށް ފުރިހަމަ އެއްބާރުލުންދީ، މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށެވެ. އަދި ދުވަހުން ދުވަހަށް ހިންގާ ކްލަބުގެ މަސައްކަތްތަކުގެ ހަރަދާއި ކްލަބުގެ ގްރާސްރޫޓް ޕްރޮގްރާމާއި އެކަޑެމީ އަދި އަންހެނުންގެ ފުޓުބޯޅަ ކުރިއަރުވަން ވެސް އިންވެސްޓް ކުރަން ތައްޔާރަަށް ތިބި ކަމަށް އެ ބަޔާނުގައި ވެ އެވެ.

"ވިސްނުމަކީ ޗެލްސީ ފުޓުބޯޅަ ކުލަބް ގްރޫޕްގެ ވިޔަފާރި އާއި ކުޅިވަރުގެ އޮޕަރޭޝަންތަކުގައި މިހާރު ހުރި މެނޭޖްމަންޓް ދަމަހައްޓައި އެއްބާރުލުން ދިނުން. އަޅުގަނޑުމެން ގަސްދު ކުރަނީ މިހާރު އޮތް ކްލަބުގެ ސްޓްރެޓެޖީ ދަމަހައްޓަން،" ސެންޓްރިކަސް ގްރޫޕުގެ ބަޔާނުގައި ބުންޏެވެ.

ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ ވެސް ވަނީ ކްލަބުގެ މިލްކުވެރިކަމުގެ 10 ޕަސެންޓް ހިއްސާ، ކްލަބުގެ ސަޕޯޓަރުންނަށް ހޯދައިދޭން، އިތުރު އިންވެސްޓަރުންނާއެކު ޓްރޫ ބްލޫސް ނަމުގައި 250 މިލިއަން ޕައުންޑުގެ ކޮންސޯޓިއަމެއް އުފައްދައިފަ އެވެ.

ޓްރޫ ބްލޫސް ކޮންސޯޓިއަމް ކުރިޔަށް ގެންދަނީ އޯކްވާލޭ ކެޕިޓަލްގެ ބެލުމުގެ ދަށުން، ޗެލްސީ ސަޕޯޓާސް ޓްރަސްޓް، ޗެލްސީ ޕިޗް އޯނާސް އަދި ކުރީގެ ޗެލްސީ އާއި އިންގްލެންޑް އަންހެން ގައުމީ ޓީމުގެ ފުލްބެކް ކްލެއާ ރަފަޓީގެ ތާއީދާއެކު އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 33%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454