ކުޅިވަރު / ދިވެހި ކުޅިވަރު

ތިމަރަފުއްޓާ ދެކޮޅަށް ތަޖުރިބާކާރު ކުޅުންތެރިން ގިނަ މާލެ ޓީމުން ފެންވަރު ދައްކާލައިފި

މާލެ ސިޓީގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މާލެ ސިޓީން ގޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި 4-0 އިން ތ. ތިމަރަފުށި ބަލިކޮށްފި އެވެ.

ފުރަތަމަ ޑިވިޝަންގެ ގިނަ ކުޅުންތެރިން ހިމެނޭ މާލެ ސިޓީން ވަނީ ކޮންމެ ހާފަކު ދެ ލަނޑު ޖަހައިފަ އެވެ. އެގޮތުން ހަލީލް ޖަމާލް ޖައްސާލި ބޯޅަ ބޮލުން ޖަހައި ލީޑު ނަގައިދިނީ ޑިފެންޑަރު ހުސެއިން ޝުއެއިބް އެވެ. އަދި ލީޑު ފުޅާ ކުރީ އަލީ ޝިޔާހު (ޝިޔާ) ދިން ބޯޅައަކުން އިސްމާއިލް ވިފާގު (އިއްސެ) ޖަހައިދިން ގޯލުންނެވެ.

މާލެ ސިޓީގެ ފަހު ދެ ގޯލު ޖެހީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގަ އެވެ. މެޗުގެ 88 ވަނަ މިނިޓުގައި ތިންވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އެވެ. އޭނާ މި ގޯލު ޖެހީ އިއްސެ ނަގައިދިން ބޯޅަ ބޮލުން ޖަހަ އެވެ.

މާލެ ސިޓީގެ ވިފާގު، ތިމަރަފުއްޓާ ދެކޮޅަށް ބޮލުން ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ތިންވަނަ ލަނޑު ޖެހިތާ މިނިޓެއް ފަހުން ފަހު ލަނޑު ޖަހައިދިނީ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އެވެ.

ދެވަނަ ހާފުގައި ޖަމާލް އަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ވެސް ލިބި ބޭކާރުވެފަ އެވެ. ތިމަރަފުށީގެ ގޯލްކީޕަރު ކައިރިން ނައްޓާފައި އޭނާ ފޮނުވާލި ބޯޅަ ދިފާއު ކުރީ، ތިމަރަފުށީގެ ކެޕްޓަން މުޖުތާޒް މުހައްމަދު (މުޖޭ) އެވެ.

އޭގެ ފަހުން އަބްދުﷲ މުއާޒް (އޮޓޯ) ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން ދިފާއު ކުރި އިރު، ނަފްކޮ ފޮނުވާލި ބޯޅައެއް ވަނީ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ.

މާލެ ޓީމުގެ މާއި އަތުން ބޯޅަ ހޯދަން ތިމަރަފުށީގެ ކުޅުންތެރިއެއް މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މާލޭ ޓީމުގެ ކެޕްޓަނަކީ ފާއިތުވި ސީޒަންގައި އީގަލްސް އިން ފެނުނު ރިލްވާން ވަހީދު (ރިލޭ) އެވެ. މީގެ އިތުރުން ޝައިފުﷲ އިބްރާހިމް އާއި ބަންގްލަދޭޝް އާ ދެކޮޅަށް މި މަހު ކުޅުނު ގައުމީ ޓީމުގައި ހިމެނުނު ޓީސީގެ އަހުމަދު މާއިޝް ރަޝީދު (މާއި) އަދި ވެލެންސިއާގެ ކެޕްޓަން ހަސަން ސުފިއާނު (ސޫފި) ވެސް ވަނީ މާލެ ސިޓީ ޓީމަށް ކުޅެފަ އެވެ.

ތިމަރަފުށީ ޓީމަށް ބަލައިލާއިރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅޭ ކ. ގާފަރުގެ ޝަނާން ރަޝާދު އާއި ބުރު ސްޕޯޓްސް އަށް ކުޅޭ ލ. ގަމުގެ އަބްދުﷲ ޖުނެއިދު (ޖޭންނޭ) ވަނީ ރަށުން ބޭރު ކުޅުންތެރިން ގޮތުގައި އެޓީމަށް ކުޅެފަ އެވެ. މީގެ އިތުރުން އަބްދުﷲ ޒިޔާން (ޖަންކީ) ވެސް އެ ޓީމުގައި ހިމެނެ އެވެ.

މާލެ އާއި ތިމަރަފުށި ހިމެނެނީ ގުރޫޕް ބީގަ އެވެ. މި ގުރޫޕްގައި ދެން ހިމެނޭ ބ. އޭދަފުއްޓާއި ބ. ތުޅާދޫ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 3:50ގަ އެވެ.

5 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 17%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމު3

23 November 2024

ޢަބަދަކު އެއްވެސް ކަމެއް އެއްގޮތަކަށް ނުހިނގާނެ. އައްޑޫވެސް ބަލިވެސް ވާފަހަރު އަންނާނެ، މިތާހެ ކޮމެންޓުތައް ބެލީމަ ވަރަށް ޒާތީ ތައައްސުބުން ފުރިގެން ވާ ގޮތަށް އެބަހުރި ލިއެފަ. އަހަރެން 2 ވަނަ ބޮޑުހަނގުރާމަ ތެރޭ މާލެއިން ކުޅެން އައްޑުއަށް ދިއަމީހެއް، އެއިރުވެސް އަހަރަމެން ކުޅެނީ ބޫޓަށްވެސް ނާރާ، އައްޑޫ ޓީމުން އަހަރަމެންނަށް ބޫޓާ ސްޓާކީނާ ބޯޅަވެސް ހަދިއާކުރި.

The name is already taken The name is available. Register?

ބައްސާމް £

23 November 2024

ވަރަށް އުފާ ވެއްޖެ، އިނގޭތޯ

The name is already taken The name is available. Register?

‫މާލެ މީހެއް

22 November 2024

‫ވަރަށް އުފާވެއްޖެ

The name is already taken The name is available. Register?

އަމިއްލަ ހިޔާލް

22 November 2024

ވަރައް ރަގަޅު ފެށުމެއް، ވަރައްވެސް އުފާވެރި ދުވަހެއް ބޮޑު ފުޓްބޯޅަ މުބާރާތެއް ބައެއްގެ އިސްނެގުމައް މިކަން ކުރުމަކީ ވަރައް ރަގަޅުކަމެއް، އިތުރައް ފުރިހަމަވީސް އެބައެއް ގެ ރަށަކުން ފުލްޓީމް އަދި ބިދޭސީން ކުޅުން ތެރިން ނުލާ ޓީމްތައް ހެދިނަމަ، އަހަރެމެންގެ ފުޓްބޯޅަޔައް ކުރިއެރުމެއް ލިބުނީސް

The name is already taken The name is available. Register?

ދަނޑުން

22 November 2024

ދާނަން ދަނޑަށް،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454