ކުޅިވަރު / އެފްއޭއެމް

އެފްއޭއެމްގެ ނިންމުމާ ދެކޮޅަށް ފީފާގެ ހައްރާޒު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުއްޓުވައިފި

އެފްއޭއެމްގެ ކޮންގްރެސް، އޮބްޒާވްކުރުމުގައި ބައިވެރިވާ ފީފާގެ އޮފިޝަލް އަހްމަދު ހައްރާޒު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Play Audio News
Powered By Javaabu

ކުރިއަށް އޮތް އޭޕްރީލް މަހު ފުޓްބޯޅަ ސީޒަން ފަށަން، އެފްއޭއެމުން ނިންމާފައި ވަނިކޮށް ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު އަހްމަދު ހައްރާޒު އެކަން ހުއްޓުވައިފި އެވެ.

އެފްއޭއެމުން ނިންމާފައި ވަނީ އަންނަ މަހު 10 ގައި ފުޓްބޯޅަ ސީޒަން ފެށުމަށެވެ.

އެކަމަކު، މިހާރު އަށް އެނގިފައިވާ ގޮތުގައި އާ ސީޒަން ކުރިއަށް ނުގެންދަން ހައްރާޒު ވަނީ އެފްއޭއެމަށް އަންގައިފަ އެވެ. އަދި މިރޭ އެފްއޭއެމުން ވަނީ ފުޓްބޯޅަ ސީޒަން ނުފަށަން ފީފާއިން އަންގާފައިވާ ކަމަށް، ކްލަބްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ.

މި މަހު 16 ގައި އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް، ފީފާ އިން އެފްއޭއެމްގެ މެންބަރު ކްލަބްތަކާ އެކު ބޭއްވި ކޮންފަރެންސްގައި ވެސް ހައްރާޒު ވަނީ ފުޓްބޯޅަ ސީޒަން ނުފަށަން ބާރު އަޅައި ވާހަކަ ދައްކާފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުޓްބޯޅަ ސީޒަން ނުފަށަން ހައްރާޒު، އެފްއޭއެމަށް އެންގީ އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލު ކުރުމަށާއި ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލު ކުރި މައްސަލަތަކަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް ބުނެ އެވެ.

"މިިހާރު" އަށް އެނގިފައިވާ ގޮތުގައި ހައްރާޒު އެފްއޭއެމަށް އަންގާފައި ވަނީ އޭޕްރީލްގައި ސީޒަން ނުފަށައި އޯގަސްޓް މަހު ދިވެހި ޕްރިމިއާ ލީގު ކުޅޭ ގޮތަށް ހަމަޖެއްސުމަށެވެ. އަދި ފީފާ އާއި ގުޅިގެން އަލުން ފުޓްބޯޅަ ކަލަންޑަރު އެކުލަވާލުމަށް ވެސް ހައްރާޒު އަންގާފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

ފީފާގެ ފަރާތުން ރާއްޖެއާ ގުޅޭ ކޭސް ބަލަހައްޓަނީ މިސްރަށް ނިސްބަތްވާ ހައްރާޒެވެ.

އާ ސީޒަނަށް ތައްޔާރުވުމަށް މިފަހަރު ދިވެހި ލީގުގައި ވާދަކުރާ 10 ކްލަބްގެ ތެރެއިން ގިނަ ކްލަބަކުން ވަނީ ޕްރެކްޓިސް ވެސް ފަށައިފަ އެވެ. ސީޒަނަށް ތައްޔާރުވުމަށް ކްލަބްތަކުން ވަނީ ގިނަ ހަރަދުތަކެއްކޮށް ކުޅުންތެރިން ވެސް ސޮއި ކުރުވައިފަ އެވެ. ބައެއް ކްލަބްތަކުން ވަނީ ބިދޭސީ ކޯޗުންނާއި ބިދޭސީ ކުޅުންތެރިން ވެސް ގެނެސްފަ އެވެ.

ފީފާގައި ހައްރާޒު އަދާކުރާ މަގާމުގެ ބޭނުންކޮށް އެފްއޭއެމްގެ ކަންކަމަށް އޭނާ ނުރަނގަޅު ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް ހައްރާޒަށް ކުރިން ވެސް އޮތީ ކުރެވިފަ އެވެ.

މި މަހު 15 ވަނަ ދުވަހުގެ ރޭ އެފްއޭއެމުން ބޭއްވި، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ކޯރަމް ގެއްލުވާލުމަށް ހައްރާޒު މަސައްކަތް ކުރި ކަމަށް ކޮންގްރެސްގައި ބައިވެރިވި ބައެއް ކްލަބްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެރޭ ބޭއްވި ކޮންގްރެސް، ހަ ކްލަބަކުން ބޮއިކޮޓް ކުރި އެވެ. ކޮންގްރެސްގައި ހާޒިރީ އޮތީ ކިރިޔާ ކޯރަމް ހަމަވާ ވަރަށެވެ. އެހެންގެ ކޮންގްރެސްގައި ބައިވެރިވި ސީބީއެލް ކޮންގްރެސްއިން ބޭރު ކުރަން ހައްރާޒު މަސައްކަތް ކުރި ކަމަށް އެ ކްލަބުން ބުނެފައި ވެއެވެ.

އެފްއޭއެމްގެ ކުރީގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފާ ގާތްގުޅުމެއް އޮންނަ ހައްރާޒު މަސައްކަތް ކުރަނީ އެފްއޭއެމްގެ ކުރީގެ ލީޑާޝިޕްގެ ބޭފުޅުންނަށް ކަންކަން މަގުފަހިވާ ގޮތަށް ކަމަށް ވެސް ބައެއް ކްލަބްތަކުން ހައްރާޒުގެ މައްޗަށް ތުހުމަތު ކުރެ އެވެ.

ހައްރާޒަށް ކުރާ އެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ ބަހެއް ހޯދަން "މިހާރު" ކުރި އީމެއިލަށް އޭނާ ޖަވާބެއް ނުދެ އެވެ.

15 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 0%
icon angry icon angry 68%
icon wow icon wow 11%
icon inlove icon inlove 5%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޑޭ33

29 March 2025

ދެން ލީގު ކުޅޭނެ ކަމެތް ނެތް. ފީފާއިންނާ މެދުއިރުމަތިން ލިބޭ ހުރިހާ ފައިސާ އެއް ގޭންގު ތަކަށް ބަހާލާފަ ތިބެންވީ. އަހަރަކު ދެފަހަރު ވެޓެރަންސޭ ކިޔާފަ މުސްކުޅިން ނެރެ ކުޑަ މުބާރާތެތް ކުޅެލީމާ ނިމުނީ ބޮޑު މުސާރަ ހަލާލު ވީ. ދެން ގައުމީ ޓީމޭ ކިޔާފަ ގުރޫޕް ހަދާފަ ރައްޓެހިން ގޮވައިގެން އެއްވެސް ފަރިތަކުރުމަކާ ނުލާ ޝޮޕިން ކޮއްލަން އިނޑިޔާ އަށާ ބަންގާޅަށް ގޮސް މެޗުން ހަޑިކޮށް ބަލިވެ ޕިޗު ކަޑައޭ ކިޔާފަ އަންނަންވީ. މީވެސް ގައުމެއްގަ ބޯޅަ ކުރިއަރުވާ ގޮތް.

ޕަރިސްތާން

28 March 2025

ނޫސްވެރިންވެސް ހީވަނީ ފީފާގެ މި ސޮރާ ޖައްސާލައިގެން އުޅޭހެން

ކޮރަލް

28 March 2025

ސަރުކާރުން އެތައް މިލިއަން ހަރަދު ކުރާ އިރު ބާރު އޮންނަނީ އަދި ގޮތް ކިޔަނީ ފީފާ އިންނެވެ.

ހައްރާޒް ބުއްރާސް

28 March 2025

އެއްވެސް ހައްރާޒެއް ބުއްރާހެއް ނޯންނާނެ. ގައިގަ ބައިކިލޯ ހަމަނުވާ ކަންމަތީ ފެންނުވަރާ ހަކުރޭމެން ލައިގެން ކުޅެވޭނެ ބޯޅައެއް ނޯންނާނެ، ތިޔަ ގަލޮޅުދަނޑު ތަޅާލާފަ އެތަނުގަ އެއްމެ ތިރިން ޕާކިން ކުރެވޭ ގޮތަށް ވިހި ބުރީގެ ފްލެޓް އިމާރާތެއް ޝޮޕިންގް ކޮމްޕްލެކްސްއާ އެކު އިމާރާތް ކުރަންވީ.

މައުރީނު

28 March 2025

“ އެފްއޭއެމްގެ ކުރީގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފާ ގާތްގުޅުމެއް އޮންނަ ހައްރާޒު މަސައްކަތް ކުރަނީ އެފްއޭއެމްގެ ކުރީގެ ލީޑާޝިޕްގެ ބޭފުޅުންނަށް ކަންކަން މަގުފަހިވާ ގޮތަށް ކަމަށް ވެސް ބައެއް ކްލަބްތަކުން ހައްރާޒުގެ މައްޗަށް ތުހުމަތު ކުރެ އެވެ”. މި ޖުމްލަ އިން ދޭހަވަނީ ހައްރާޒްގެ ނިޔަތް ރަނގަޅު ނޫންކަން. ރާއްޖޭގެ ފުޓުބޯޅަ މިހާލަތައް ދިޔައީ ހައްރާޒުގެ އެކުވެރި ބައްސާމާއި ޢަލީ އުމަރު އަދި ޖައުޝަން ގެ ނާގާބިލު ކަމުން

އަހްމަދް

28 March 2025

ހައްޒާރުގެ ނިންމުން ބަރާބަރު. ރަނގަޅަށް ފެހިކަހާ ނިންމާފަ ދެން ފަށަންވާނީ.

ދަނޑުން

28 March 2025

ޥ ރަނގަޅު، މައްސަލަތައް ހައްލުކޮށްގެން ކުރިއަށް ދެވޭނީ. ޢެހެންނޫނީ ސަސްޕެންޝަނެއް އަތުވެދާނެ....

ފޯޅަވަހި ސަރުދާރު

28 March 2025

މަމިހިރީ ބުނާނެ އެއްޗެއްނޭގިފަ... ދިވެހިރާއްޖޭގެ ކޮންޓްރޯން ބިދޭސިއެއްގެ ދަށުވީމަ.. މިގައުމުގެ ކަންކަމާ ހަވާލުވެ ތިބީ ދައްނެތް ސިންގާތަކެއް.. ތިކަމުން ކަޓެއ ލިބޭނަމަ މިހާރު ތިކަން ހައްލުވެއްޖެ

ސަންފުލާވަރު

27 March 2025

އޯކޭއެއްނު. ބާރު ދީފަ އޮތް މީހާ ބުނީމާ އެގޮތަކަށް ހެދީމާ ހުންނާނީ ރަނގަޅަށް. ކޮންމެހެން ހައްރާޒު ބައްރާޒު ކިޔައި ވެރިޔަކަށް ހުރި މީހާ ކުށްވެރިކުރަން އުޅުމަކީ ރަނގަޅު ކަމެއް ކަމަކަށް ނުފެނޭ

ބޮޑޭ .

27 March 2025

މިހާރު ކަރަފުޝަނާއި ތި ޖެހުނީ!!! އެހެންވީމާ އޭނާ އާއި ބައްދަލުކޮށް ކޮނޑާއި ކޮނޑު ޖައްްސާއިގެން އޭނާގެ ކަންތައް ބަރާ ބަރުވާނެ ކަމާއި މިރާއްޖޭގެ މީހުންނަކީ ވަރަށް ހިތް ހެޔޮ ބައެއެްކަން އަންގަާލީމާ އޯކޭ ވާނެ..

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454