ނިމިދިޔަ ކްލަބް ވޯލްޑް ކަޕްގައި ސިޓީން ކުޅުނު މެޗެއްގެ ތެރެއިން: ޕޫމާ އާ އެކު އެ ކްލަބުން ވަނީ ބިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ
16 ޖުލައި 2025 - 10:52
ޖޯޒީ އާއި ކިޓް ފޯރުކޮށްދޭ ޕޫމާއާ އެކު 1.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގައި މެންޗެސްޓާ ސިޓީން ސޮއި ކޮށްފި އެވެ.
ޖަރުމަނުގެ ކުޅިވަރު ސާމާނު އުފައްދާ ކުންފުންޏާ އެކު ސިޓީން ހެދި އެއްބަސްވުން އާ ކުރީ2035 ގެ ނިޔަލަށެވެ. މި އެއްބަސްވުމުގެދަށުން 10 އަހަރުތެރޭ 1.3 ބިލިއަން ޑޮލަރު ޕޫމާއިން ސިޓީ އަށް ދޭނެ އެވެ. އެއީ އަހަރަކަށް 100 މިލިއަން ޑޮލަރެވެ.
މި އެއްބަސްވުމާ އެކު ސިޓީން ވަނީ އިނގިރޭސި ފުޓްބޯޅައިގައި ކިޓް ސަޕްލަޔުންނާ އެކު އެއް ބިލިއަން ޑޮލަރަށް ވާސިލުވި ފުރަތަމަ ކްލަބަށް ވެފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑުން އެޑިޑާސްއާ އެކު 2023 ގައި އެއްބަސްވުން ހެދީ 900 މިލިއަން ޑޮލަރަށެވެ.
ސިޓީން 2019 ގައި ޕޫމާއާ އެކު ހެދި އެއްބަސްވުމުން އެ ކްލަބަށް ލިބުނީ އަހަރަކަށް 65 މިލިއަން ޑޮލަރެވެ.
ސިޓީ ފުޓްބޯޅަ ގުރޫޕްގެ ސިއީއޯ ފެރާން ސޮރިއާނޯ ބުނީ ޕޫމާއާ އެކު އެއްބަސްވުން އާ ކުރީ އެހެން ބަޔަކާ ޗެލެންޖެއް ކުރުމުގެ މަގްސަދުގައި ނޫން ކަމަށެވެ.
"ސިޓީ ގުރޫޕްގެ އަމިއްލަ ޗެލެންޖެއް. އަހަރެމެން މި ބަލަނީ އަހަރެމެން އަމިއްލަ އަށް ކަނޑައަޅާފައިވާ ޓާގެޓްތަކަށް ވުރެ މައްޗަށް ދެވޭތޯ،" ސޮރިއާނޯ ބުންޏެވެ.
ސިޓީ ގުރޫޕުން ހިންގާ ބައެއް އެހެން ކްލަބްތަކަށް ވެސް ޕޫމާއިން ޖޯޒީ އާއި ކިޓް ފޯރުކޮށްދެ އެވެ. އެއީ ޖިރޯނާ، ޕަލޭމޯ، މެލްބަން ސިޓީ އަދި މުމްބާއީ ސިޓީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފް ދީދީ
16 July 2025
ދުނިޔޭގެ އެއްމެ ހިންގުންތެރި ކުލަބަކީ މިވަގުތު ސިޓީ ކަމަށް ފެންނަނީ. ވަަރަށް ހަރުދަނާ ހުރިހާ ކަމެއްވެސް ކުރާ ގޮތް. ހަރަދު ކުރާ ގޮތްވެސް. އަދި ހާއްސަކޮށް އެކަޑަމީ ކުޅުންތެރިން ބޮޑު އަގުގައި ވިއްކާލުން މީގެން ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭ. މިކަންކަން އެހެން ބޮޑެތި ކްލަބްތަކުން ނަމޫނާއަކަށް ނަގާ ދަސްކުރަން ޖެހޭ.
ލެއްގިކޮމިޝަނަރ
17 July 2025
ވަރަށް ރަނގަޅުވާހަކައެއް އޮނަރަބަލް އަފީފް ދީދީ ތިބުނުއްވީ. ހަމަ އެގޮތަށް އައްޑޫ މީހުންވެސް މަމެންގެ މާލޭގަ އުޅެއިރު އެބަޖެހޭ ތަހުޒީބީ މީހުން އުޅޭހެން އަހުލާގީ ރަނގަޅު ގޮތްތައް ދަސްކުރަން. މަގުފޭރި، ވައްކަންކޮށް، މާރާމާރީ ހިންގާ، ކަނޑި ގެންގުޅެ، މަސްތުވުމާ އަދި އެތަކެތީގެ ވިޔަފާރި އެބަޖެހޭ ހުއްޓާލަން. މަމެންގެ ފުރަމާލެ އަމަންވާނީ އަފީފް ދީދީ މެންގެ އައްޑޫ މީހުން މިކަންކަން ހުއްޓާލައިގެން