މެޗަށް ފަހު ޔުނައިޓެޑްގެ ކެޕްޓަން ފެނާންޑޭޒް.-- ފޮޓޯ: އޭއެފްޕީ
27 ސެޕްޓެމްބަރ 2025 - 21:14
ކެޕްޓަން ބްރޫނޯ ފެނާންޑޭޒްގެ ޕެނަލްޓީ ނާކާމިޔާބުވެ، މެވްޗެސްޓާ ޔުނައިޓެޑް 3-1 އިން ބްރެންޓްފޯޑް އަތުން ބަލިވެއްޖެ އެވެ.
މެޗު ނިމެން 15 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ނަތީޖާ އެއްވަރު ކުރަން ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ފެނާންޑޭޒް ފޮނުވާލުމުން ބްރެންޓްފޯޑްގެ ގޯލްކީޕަރު ކޯއިމިން ކެލެހާ ވަނީ ދިފާއު ކޮށްފަ އެވެ. މިއީ މި ސީޒަންގައި ފެނާންޑޭޒް އަށް ނާކާމިޔާބުވި ދެވަނަ ޕެނަލްޓީ އެވެ. ފުރަތަމަ ނާކާމިޔާބުވީ މިދިޔަ މަހު ފުލަމްއާ އެއްވަރުވި މެޗުގަ އެވެ.
ބްރެންޓްފޯޑް ވަނީ ފުރަތަމަ 20 މިނިޓު ތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ދެ ގޯލު ވެސް ޖަހައިދިނީ އެ ޓީމުގެ ބްރެޒިލް ފޯވާޑް އީގޯ ތިއާގޯ އެވެ. ޔުނައިޓެޑްގެ ހަމައެކަނި ލަނޑު 26 ވަނަ މިނިޓުގައި ޖަހައިދިނީ ސްލޮވޭނިއާ ފޯވާޑް ބެންޖަމިން ސެސްކޯ އެވެ. މިއީ 89 މިލިއަން ޑޮލަރަށް ގެނައި ފޯވާޑް އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
އެމްބެއުމޯ ޔުނައިޓެޑަށް ޕެނަލްޓީ ހޯދައިދިން ވަގުތު.-- ފޮޓޯ: އޭއެފްޕީ
ޔުނައިޓެޑުން ބްރެންޓްފޯޑަށް 94 މިލިއަން ޑޮލަރު ދައްކާފައި މި ސީޒަނަށް ގެނައި ފޯވާޑް ބްރަޔަން އެމްބެއުމޯ މެޗުގައި ޕެނަލްޓީ ހޯދުން ފިޔަވާ މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
ބްރެންޓްފޯޑުން ތިންވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ އަށްވަނަ މިނިޓުގައި، އެންމެ ފަހު ވަގުތު އީގޯ ތިއާގޯގެ ބަދަލުގައި އެރުވި މެތިއަސް ޔެންސެން އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މިއާ އެކު ޔުނައިޓެޑް މިވަނީ މިހާތަނަށް ކުޅުނު ހަ މެޗުން ތިންވަނަ މެޗުން ބަލިވެފަ އެވެ. މިހާތަނަށް ދެ މެޗު ކާމިޔާބު ކުރެވިފައި ވާއިރު، އެއް މެޗު ވަނީ އެއްވަރު ވެފަ އެވެ. ޔުނައިޓެޑާއި ބްރެންޓްފޯޑަށް ވެސް ހަ މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.
ހަމައެއާއެކު މިއީ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް އެ ޓީމަށް ލީގުގައި ކޯޗު ކޮށްދިން 33 މެޗުން ބަލިވި 17 ވަނަ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާގަސަން
28 September 2025
ރުބެއްޔާ އަމޯ ، ކަލޭގެ ބޮލުގަ ފުނާ އަޅާފަ ހުންނަ ގޮތުންވެސް އެނގޭ ޓީމު ބަލިވާނެކަން. މީ ޕޯޗުގަލް ލީގެއް ނޫނޭ.. ދުނިޔޭގެ އެންމެ ވަރުގަދަ ލީގު. 1 ޓީމް ލީގް ތަކަށް ގޮސް ކޯޗު ކޮށްދީ.. މިތާ ނުކުރެވޭނެ ތިކަމެއް.
ކެޔޮޅު އާދަނު
28 September 2025
މެންޔޫ މަހަށް ދޭބަލަ. މަހަށް ، މަހަށް ، މަހަށް.......
ގވޔހު
28 September 2025
މޮޅުމީހާ ދޭބަލަ ޕުރެމިއަރ ލީގު ޓީމަކަށް އަޅެ ބެންޗުންވެސް ޖާގަ ލިބޭތޯ
ބޭރު ކުރޭ
27 September 2025
100 ޕަސެންޓް މިހާރު ކޯޗު ބޭރު ކުރަން ވެއްޖެ. ލީގުގަ 6 މެޗް ކުޅުނު އިރު 3 ބަލި. 2 މޮޅު 1 މެޗް އެއްވަރު. މީ 38 މެޗް ކުޅޭ ލީގެއް. ދެން ވިސްނާލާ މެންޔޫ ސީޒަން ނިމޭއިރު އޮންނާނެ ހިސާބު. ކަަރަބޯ ކަޕުން ކަޓައިފި. މި ކޯޗުގެ އެއްވެސް ގޭމް ޕުލޭނެއް ނެތް. ބޮޑު ޚަރަދު ކޮށްފަ ކުޅުންތެރިން ގެނެސް ގެން ކޮންކަމެއް ވަނީ. މި ސީޒަނުގަ ކުޅޭނެ އިތުރު މުބާރާތެއް ނެތް އެފްއޭ ކަޕް ފިޔަވާ. ޓީމުގަ ރޫހެއް ނެތް. ޓީމް އެއްކޮށް ކުޅުވާކަށް ނޭގެ. މިފަހަރުވެސް ހަމަ ލީގު ފުލުގަ.
ރަދީފްއޮފިޝަލް /
27 September 2025
ވެޓިކަންގެ ޕޯޕް ބުންޏަސް ތިމަންނާގެ މެންޓަލިޓީ ބަދަލު ނުކުރާނެކަމަށް ރުބެން އަމޯރިމް ވަނީ ބުނެފަ. މިއީ ވަރަށް ވާހަކަ އެހެން ނޫން ތޯ.
މަބޭ
27 September 2025
ގޯޒީ ކިތަންމެހާވެސް ރީތި. އާޗާ