ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ހުއްޓާލި މެޗުން ގްރީން އަތުން މާޒިޔާ މޮޅުވި ކަމަށް ނިންމައިފި

އެންމެ ފަހުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އުމެއިރު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ކާޑެއްގެ މައްސަލައިގައި ހޫނުވެގެން ހުއްޓާލި މެޗުން ގްރީން ސްޓްރީޓްސް އަތުން މާޒިޔާ މޮޅުވީ ކަމަށް އެފްއޭއެމުން މިރޭ ނިންމައިފި އެވެ.

މާޒިޔާ 1-0 އިން ކުރީގައި އޮއްވާ ދެ ވަނަ ހާފުގެ 51 ވަނަ މިނެޓުގައި ގްރީންސްޓްރީޓްސްގެ ކުޅުންތެރިން ހިތްހަމަނުޖެހުނީ އެ ޓީމުގެ ސޮބުލް އިލިއާ އަށް ދެއްކި ރީނދޫ ކާޑާ ގުޅިގެންނެވެ. އިލިއާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ނުދެއްކެނީސް އެ ޓީމުގެ ޝައްފާޒް މުހައްމަދު (ސައްޕޭ) މައްސަލަ ޖައްސަމުން ރެފްރީ މުހައްމަދު ނިއުޝާދު ފަހަތުން ދުވަން ފެށުމުން ރެފްރީ ފަހަތަށް ޖެހެމުން ގޮސް ދަނޑުން ފޭބި އެވެ. އެތަނުގައި ގްރީންސްޓްރީޓްސްގެ ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީ ވަށާލައިގެން ނުރުހުން ފާޅުކުރިއިރު މެޗު ކުރިއަށްނުގެންދެވޭނެ ކަމަށް މެޗު ކޮމިޝަނަރު ނިންމީ އެގޮތުގައި ތިރީހަކަށް މިނެޓު ދިޔަ ފަހުންނެވެ.

މުބާރާތުގެ ކޮމިޓީ އަށް މެޗުގެ ރެފްރީ އާއި މެޗު ކޮމިޝަނަރު ހާޒިރުކޮށް އެމީހުންގެ ވާހަކަ އާއި މެޗުގެ ރެފްރީސް ރިޕޯޓާއި މެޗު ކޮމިޝަނަރު ރިޕޯޓަށް ބެލުމަށް ފަހު ކޮމިޓީން ނިންމީ މެޗު އެ ހިސާބުން ނިމުނީ ކަމަށެވެ. އަދި މުބާރާތުގެ ގަވައިދުގެ 11.6 އާއި 11.7 އަށް ރިއާޔަތްކޮށް މާޒިޔާ އަށް ތިން ޕޮއިންޓާއި ފައިދާ ދެ ލަނޑު ލިބުނު ކަމަށް ވަނީ ނިންމައިފަ އެވެ.

މި މެޗުގައި ހިނގާދިޔަ ކަންތައްތަކާ ގުޅޭގޮތުން ގްރީން ސްޓްރީޓްސްގެ ކޯޗު ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) މީގެ ކުރިން "މިހާރަ"ށް ބުނީ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު ފުރިހަމަކުރަން ގްރީންސްޓްރީޓްސް އިން ދެކޮޅު ނަހަދާ ކަމަށާއި އެ ކްލަބުން އެދުނީ މެޗުގެ ރެފްރީ ނިއުޝާދު ބަދަލުކޮށްގެން ކުރިއަށްގެންދަން ކަމަށާއި މެޗު ނުކުޅެ ޗޭންޖިން ރޫމަށް ދިޔައީ އެހެން ރެފްރީ އަކު އަރުވައިގެން މެޗު ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބުނެފައި އޮއްވައި މެޗާ މެދު ދެން ގޮތެއް ނިންމާނީ ކޮމިޓީން ކަމަށް މެޗު ކޮމިޝަނަރު އެންގުމުން ކަމަށެވެ.

މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗާއި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރެފްރީ ނިއުޝާދުގެ ފަރާތުން ވަރަށް ގިނަ މައްސަލަތަކެއް ފެނިފައިވާތީ ގްރީން ސްޓްރީޓްސް އިން ވަނީ އެފްއޭއެމަށް ނިއުޝާދުގެ މައްސަލަ ހުށަހަޅައިފަ އެވެ. އެހެން އޮއްވައި އޭނާ މެޗަށް އަރައިގެން މިކަން ހިނގާފައިވާއިރު، އެފްއޭއެމުން ދާދި ފަހުން ވަނީ ނިއުޝާދު ސަސްޕެންޑް ކޮށްފަ އެވެ. އަދި ރެފްރީޒް ޑިޕާޓްމަންޓުގެ އިސްވެރިއާ އަދި ރެފްރީ އަހުމަދު އަމީޒް މަގާމުން ވަކިކޮށްފަ އެވެ.

ގްރީންސްޓްރީޓްސްގެ ކެޕްޓަން ސައްޕޭ (ވ) ރެފްރީގެ ފަހަތުން ދަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގެ ގަވާއިދުގެ 11.4 ގައިވާ ގޮތުން ލީގުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ދުވަހު އެ މެޗުގައި ކުޅެން ހަމަޖެހިފައިވާ ޓީމެއް ދަނޑަށް ހާޒިރުނުވެއްޖެނަމަ ނުވަތަ ހާޒިރުވެ މެޗު ނުކުޅެފިނަމަ، އަދި އެއްވެސް ސަބަބަކާ ހުރެ މެޗެއްގެ ފުރިހަމަ ވަގުތު ހަމަނުވަނީސް މެޗުގެ ބާކީ އޮތް ބައި ފުރިހަމަ ނުކޮށް ދެ ޓީމުން ކުރެ ޓީމެއްގެ އިހުމާލުން މެޗު ހުއްޓާަލަން ޖެހިއްޖެނަމަ އެ އަމަލެއް ހިންގި ޓީމެއް 5000 ރުފިޔާ އާއި 25000 ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އިދިކޮޅު ޓީމު މެޗުން މޮޅުވި ކަމުގައި ހަމަަޖައްސާނީ އެވެ. މި ފަދަ ބައެއް ހާލަތްތަކުގައި އެ ޓީމެއް އެ މުބާރާތަކުން ވަކިކުރުމާއި ނުވަތަ ކުރިއަށް ހުރި މެޗުތަކާއި މުބާރާތްތަކުގައި ބައިވެރިނުކުރާ ގޮތަށް ނިންމުމުގެ އިހުތިޔާރު އެފްއޭއެމަށް ލިބިގެންވެ އެވެ.

ކޮމިޓީން މި މެޗުގެ ގޮތެއް ނިންމާފައިވާއިރު، ގަވާއިދުގެ މި މާއްދާ އަށް ބަލާފައިނުވާތީ މެޗު ހުއްޓާލަން ޖެހުނީ ކޮން ޓީމެއްގެ އިހުމާލުން ކަމެއް ނޫނީ ރެފްރީންގެ އިހުމާލުން ކަމެއް މިރޭ އެ އިދާރާ އިން ނެރުނު ބަޔާނުގައި ސާފެއް ނުވެ އެވެ.

މާޒިޔާ މި މެޗުން މޮޅުވުމާ އެކު އެ ޓީމަށް ވަނީ އަލުން ލީގުގެ އެއް ވަނަ ލިބިފަ އެވެ. މާޒިޔާ އަށް ފަސް މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި ނިއު އޮތީ ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.

14 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 34%
icon sad icon sad 3%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލައިލާ

16 September 2017

ކޮބާ އަދި އެމްއޯޔޫ ކުދިން ގްރީން ސްޓްރީޓްސްގެ ހައްގުހޯދަން މުޒާހަރާކުރަން ފަށާކަށް ނުވޭތަ؟

The name is already taken The name is available. Register?

ޖަމަލޭ

15 September 2017

ސޮބާގެ ބޮޑާކަމާ ފޮނިކަމުން މިމެޗް ފުރިހަމަ ނުކުރެވުނީ. ޓީމެއްގެ ހެޑް ކޯޗަކަށް އާދެވުނީމަ ތިމާއަށް ތިމާ ފެނުނީ. ކުލަބެއް ހިންގަން ލިބޭފައިސާއިން ދެކޮޅު ނުޖެހޭއިރު ސޮބާ މިހެދި އެއްޗަކުން ހުރިހާ ގެއްލުމެއް ޓީމު ހިންގާ ފަރާތަށް. ބާސެލޯނާއަށް ދެވުނަސް މީބޮޑުވަރު!

The name is already taken The name is available. Register?

ރޭޑިއަންޓް

15 September 2017

އަހަރެން މީ ނިއުގެ ސަޕޯޓަރެއް. ބުނެލަން އޮތީ މިފަހަރު އެފްއޭމްއެމް އިން އެޅި ފިޔަވަޅުތައް ހަމަ ރަނގަޅޭ.

The name is already taken The name is available. Register?

ބްލެކް

15 September 2017

ސޮބާ އަމިއްލައަށް ބުއި ބޮނޑިއެއް! އެނގޭނެ ތިހެންކަން ވާނީ ހަމަ! އަހަރެމެން މިތާނގައި ކޮމެންޓުކުރާ މީހުންނަށްވުރެ ސޮބާމެން ފުޓުބޯޅައިގެ ތެރޭގައި އުޅޭމީހުންނަށް ފުޓުބޯޅަ ގަވާއިދު އެނގެންޖެހޭނެކަމަށް އަހަރެން ދެކެން! ރެފްރީގެ ފަރާތުން ކިތަންމެ ގޯސްތަކެއް ފެނުނަސް އެއްވެސް ޓީމަކަށް މެޗު ނުކުޅޭނަމޭ ކިޔާފައި ފައިބައިގެން ނުއެއްދެވޭނެ އެގޮތަކަށް! އެކަންއެގޮތަށް ކޮށްފިއްޔާ އިދިކޮޅު ޓީމަށް މެޗު ލިބޭނެ 3-0 އިން! ސޮބާމެން ބާސެލޯނާ އަށާއި ތަންތަނަށް ގޮސްގެން ތި ދަސްކުރީ ކޯންޗެއްކަމާއި ދޭތެރޭ ސުވާލު އުފެދޭ!

The name is already taken The name is available. Register?

މާނު

15 September 2017

ގްރީން ސްޓްރީޓް ކުޅޭދުވަހަކު ދަޑަށް ކުޑްކުއްޖެއްގޮވައިގެން ވަންނަންވެސް ލަދުގަނޭ ސޮބާވެސް މިފެންވަރުގެ ޓީމެއްގެ ކޯޗަކަށް ތިހިރީ އެހެންޓީމެއް ނުލިބުނީތަ ސޮބާގެ ބާރެއްވެސް ނުހިގާ ރާކަނިމަސްކެވިފަތިހިރީ

The name is already taken The name is available. Register?

ބޯޅަ

15 September 2017

ވަރަށް ތާއީދު ނިންމުމެއް. ގްރީން އަކީ މުބާރާތް ކުޅުވާ ވަރުގެ ޓީމެއް ނޫން.

The name is already taken The name is available. Register?

ޙުސެއިން

15 September 2017

މަހީކުރީ ސޮބާމެންނަށް ވިސްނޭނެކަމަށް މިހެދޭއެތި މިހެންމިކަންވާނެކަން ސޮބާޔަށް ހަމަރަގަޅައްއެގޭނެ މަބުނާނީމީ ސޮބާ ގަސްތުގަ ގްރީންނަށްދިން ލަޑެކޭ

The name is already taken The name is available. Register?

އެމިހާ

15 September 2017

ގްރީން ސްޓްރީޓްސް ތީ ސައިޒް އޮޅިގެން އުޅޭ ކުލަބެއް. ހުރިހާކަމެއްވެސް ގަދަބާރުން ކުރަން އުޅޭބައެއް.

The name is already taken The name is available. Register?

ތަކުރު

15 September 2017

ތިނިންމުން ހަމަ ރަގަޅު

The name is already taken The name is available. Register?

އައްމަޑު

15 September 2017

ވަރަށް ރަނގަޅު ނިންމުމެއް. ހަމަ ރެފްރީ ކަމުނުދަނީއޭ ކިޔާފަ ކޮންމެ ބަޔަކު ދަނޑުން ފައިބައިގެން ދާންވެއްޖެއްޔާ އެއްވެސް މެޗެއް ކުޅެވޭވަރެއް ނުވާނެ. ރެފްރީގެ ބޮޑެތި މައްސަލަތަކެއް އުޅެންޏާ ރެފްރީއާ މެދު ފިޔަވަޅު އަޅަންވީ. އެކަމަކު ދަނޑުން ފައިބައިގެން ދާ ޓީމަކަށް އަލުން މެޗު ކުޅެވޭ ގޮތަށް ހަދައިގެން ނުވާނެ. ވަރަށް ތާއީދު ތި ނިންމުމަށް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454