ކުޅިވަރު

މިއީ ވަރަށް ރީތި ގައުމެއް، ފުޓްބޯޅައިގެ ކުރިމަގު އެބައޮތް: ޒަވީ

ޒަވީ މިރޭ ދިވެހި ނޫސްވެރިންނާ ވާހަކަދައްކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ވެސް ފުޓްބޯޅައިގެ ހުނަރު އެބައޮތް ކަމަށާއި ބޭނުންވަނީ ރަނގަޅު ޕްލޭނަކާ އެކު ކުރިއަށްދިއުން ކަމަށް ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅޭ މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ރާއްޖެ އައުމަށް ފަހު މެޗުގެ ކުރިން މިރޭ ރަސްމީ ބޯޅަ ދަނޑުގައި ނޫސްވެރިންނާ ބައްދަލުކުރަމުން ޒަވީ ބުނީ ރާއްޖެ އައިސް މި ފަދަ ހާއްސަ ހަރަކާތެއްގައި ބައިވެރިވެވޭތީ އުފާކުރާ ކަމަށެވެ.

"ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް މިއީ. ވަރަށް ރަނގަޅު ތަޖުރިބާއެއް. މި ފަދަ ހާއްސަ ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނީތީ ޝުކުރު އަދާކުރަން. ރާއްޖޭގެ ރީތި ކަމާއި މިކަމަކީ އެންމެނަށް ވެސް ލިބޭނެ އުފަލެއް،" ރާއްޖެއާ ބެހޭގޮތުން ޒަވީ ބުންޏެވެ.

ޒަވީ ބުނީ ފުޓްބޯޅަ ހުނަރު މުޅި ދުނިޔޭގައި އެބައޮތް ކަމަށާއި ރާއްޖެ ފަދަ ގައުމުތަކަށް ވެސް މަސައްކަތް ކޮށްފިނަމަ ކާމިޔާބު ލިބޭނެ ކަމަށެވެ.

"ފުޓްބޯޅައިގެ ހުނަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބައޮތް. ކުދި ގައުމުތަކަށް އޮތް މަައްސަލަ އަކީ ބޭނުންވާ ވަރަށް ވަސީލަތްތައް ނެތުން. އެކަމަކު ފުޓްބޯޅަ ފެޑެރޭޝަނުން ރަނގަޅު ޕްލޭނަކާ އެކު ހަރަދުކޮށްގެން މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭނެ. އެކަމަށް ބޭނުންވަނީ ރަނގަޅު ޕްލޭނެއް،" ރާއްޖެ ފަދަ ގައުމުތަކުގެ ފުޓްބޯޅަ އޮތް ހާލަތާ ގުޅޭގޮތުން ސުވާލުކުރުމުން ޒަވީ ބުންޏެވެ.

މިރޭގެ މެޗުގައި ޒަވީ އަށް ނުކުޅެވެނީ އޭނާގެ މިހާރު ކުޅެމުން އަންނަ ގަތަރުގެ އަލް ސާދް މި ވަގުތު ޓްރެއިނިން ހަދަމުން އަންނާތީ އެ ކްލަބުގެ ހުއްދަ ނެތުމުންނެވެ. ރާއްޖޭގެ ފުޓްބޯޅައާ ބެހޭގޮތުން އޭނާ ވާހަކަދެއްކި އިރު އޭނާ ވަނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ގަތަރު އަތުން ފަހު ވަގުތު 1-0 އިން ރާއްޖެ ބަލިވި މެޗު ބަލައިފަ އެވެ.

މިރޭގެ މެޗު ފެށުމުގެ ކުރިން ޒަވީ އާއި އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ އަޔާލާ ވަނީ ސަޕޯޓަރުންނަށް އަތުގެ އިޝާރާތުން ސަލާމްކޮށްފަ އެވެ.

"އައްސަލާމް އަލައިކުމް،" ސަޕޯޓަރުންނާ މުހާތަބުކޮށް ސްޕެއިނާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އަދި 2012 ގެ ޔޫރޯ ކާމިޔާބުކުރި ޒަވީ ބުންޏެވެ.

އަދި ހާފް ޓައިމްގައި ޒަވީ އާއި އަޔާލާ ވަނީ އެ ދެ ކުޅުންތެރިންގެ ސޮއި ޖަހާފައިވާ ބޯޅަ ސަޕޯޓަރުންނަށް ހަދިޔާކޮށްފަ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު އެއްބަސްވާ ޒަވީ ވަނީ ސްޕެއިނުގެ ބާސެލޯނާ އަށް 1998 އިން 2015 އަށް 505 މެޗު ކުޅެދީފަ އެވެ. އެ ކްލަބާ އެކު އޭނާ ވަނީ ސްޕެނިޝް ލީގު އަށް ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކުރި އެވެ

11 ކޮމެންޓް, 145 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 2%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުނާއަނޑު !

01 September 2016

السلام عليكم ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، ޒާވީ ތިޔބުނީ ތެދުވާހަކައެއް މީ الله ދެއްވި ނިއުމަތެއް އެކަމަކު މީގަވެސް ދެރައީ އެވަރު މިދިވެހިރާއްޖެ އިންސާނުން ދެނެނުގަންނަ ކަން އަދި ޒާވީ އައް ތިބުނެވުނީ ދޮގުބަހެއް އޮޅުމެއް އެއީ ދެން މިހާރު މިއޮތް ވަރަށް ވުރެ ފުޓްބޯޅަ ކުޔައް ދާނޭކޭ ބުނާކައް ނެތިން ، GoodLuck Zaavee , Thanks انشاءالله ، أمين ،،،،،!.

The name is already taken The name is available. Register?

ސޯބިރު

31 August 2016

ޒަވީ އެވެ، މީ ގައމެއް ނޫނެވެ، މީ ތިހެން އަންނަ ދަތުރު ވެރިން ޕިކްނިކް ދާން އޮންނަ ފިނޮޅެކެވެ، އަހަރުމެންނަކީ ވެސް އެހެން އައިސް ތިބި ބައެކެވެ، އައި ބޯޓު އަހަރުމެން މިތަނައް ބާލާފަ ދިޔަ ގޮތައް ނައެވެ. ދެން ފިނޮޅެއްގަ އެރުވޭނެ ވަރައް ފުޓުބޯޅައް މިހެރީ ކުރި އަރާފައެވެ.

The name is already taken The name is available. Register?

ކަލޯ

31 August 2016

މިތަނުގެ ފުޓުބޯޅަ ކުރިއެއް ނާރާނެ.. މިތަނުގަ މާ ބޫގަލްކުޅި ވަރުގަދައީ. މެޗެއް ކުޅުނަސް ފުރަތަމަ ހަދާނީ ބޫގަލް. ބޫގަލްކުޅި ނުހުއްޓުވާ މިކަމެއް ނުވާނެ..

The name is already taken The name is available. Register?

ދޮން އާމިރު

30 August 2016

ޒަވީ އަށް އެތެރެ ނުދައްކާތި ނަމަ ނަމަ....

The name is already taken The name is available. Register?

ވިރާޖު

30 August 2016

މިގައުމުގެ ރިތިކަން ބަލާލި ގޮތަށް ވަގުންގެ ވައްކަންވެސް ބަލާލިނަމަ ހުސް ތޮށިގަޑަކަށް ގައުމު ހަދާލި ވަރުވެސް ފެނުނީސް

The name is already taken The name is available. Register?

ސަމާސާ

30 August 2016

ރާއްޖޭގެ ރީތިކަމަށް ތައުރީފުކޮށް އުފާލިބިނުގަންނަ އެއްވެސް މީހަކު ބޭރުގައުމަކުން މިރާއްޖެއަކަށް ނާރާ. މިއީ ދިވެހީންގެ ފަޚުރެއް. ﷲ ދެއްވި ބޮޑު ނިއުމަތެއް. ނަމަވެސް ދެރަކަމަކީ އަދި ހިތާމަވެރި އެއްހަގީގަތަކީ މިއަދު ދިވެހީންގެ ހިތްތައް ކިލަނބު ވެފައިވާތީ. މުޑުދާރު އަމަލުތައް ހިންގުމުގައި ހައްދު ފަހަނައަޅާފައި ވާތީ. ކޮރަޕްޝަނާއި ފަސާދައިގެ ބޮޑުބިޔަ ރާޅުތަކުގެ ތެރޭގައި ޣަރަގުވެފައިވާތީ. ކަންނެތްކަމާއި ގޮތްނެތްކަމުގައި އަޅުވެތި ވެފައިވާތީ. އަތުޖެހުނު ކޮންމެއެއްޗެއް ކައިބޮއި އުޅުމަށް ޖެހިލުން ކުޑަވެފައިވާތީ. ގޯނިގޯނީގައި ރިޝްވަތު ބަހާތީވެ ، ގުދުރަތީ ރީތިކަންވެސް ލަދުވެތިވެ އިސްޖަހާލާފައިވާތީ. އެކަންކަން ބޭރުމީހުންނަށް އެނގިތިބެމެ ތައުރީފުގެ ބަސް ތަކުން އެވެރިން ދިވެހީންނަށް އެދެނީ ނަސޭހަތް. ވިސްނާބަޔަކު އެބަތިބިބާ؟

The name is already taken The name is available. Register?

ޙުސަަައިން އަޒްޒާމް

30 August 2016

ޥަރައް ހަބު. . ދަނޑަށް ނުދެވުނީތީ މުޅިން ކަޑަ. . މައެސް ބޭނުން އޭގެން ބޯޅައެއް

The name is already taken The name is available. Register?

ޙަޤީގަތް

30 August 2016

މި ރިޕޯޓުގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް ފޮޓޯނެގުމުގެ ފުރުސަތު ހުޅުވާލި ވާހަކަ ނެތީ ކީއްވެތަ....؟؟؟؟ އޭފް.އޭ.އެމް އެކަމުގައިވެސް ފެއިލް.... ގުރުވަތުން ހޮވުނު މީހުން ޓިކެޓް ދެއްކީމަވެސް ބައި ގަޑިއިރަށްވުރެ ގިނައިރު ރޮސްޓަމް އާ ހަމައަށް ދިޔަނުދީ ހިފަހައްޓާފަ އެހިސާބަށް ގޮސް ދޮރުމަތީ އަނެއް ބައިގަޑިއިރު ބައިތިއްބާފަ ވަކި ބަޔަކާ އެބަޔަކާ ގުޅުން ހުރި އާއިލާ އާއި ބިޓުންނާ ގުރޫޕް ގަނޑު ވައްދާ ނެގި ފޮޓޮއެއް ނެގިއިރު ގުރުއަތުން ހޮވުނު ނިކަމެތި މީހާ ހުރިގޮތައް ހުރީ..... އެންމެ ފަހުން ބުނީ ވަގުތު ހަމަވެއްޖެއޭ ދެން ނުނެގޭނެއޭ...... ފޮޓޯ މި ނެގުނީ ދެން ކޮންބަޔަކާ ގުޅުން ހުރި މީހުންތޯ ބަލަން ފޭސްބުކް ބަލާލާ.... ދެން އެފް އޭ އެމް އިން މި ކިޔަނީ މެޗުތައް ބަލަން ނުވައްނަނީއޭ..... މިހާ ކޮރަޕްޓް ވެފަ ކޯޑިނޭޝަނެއް ނެތް ބަޔަކަށް ކޮން ސަޕޯޓެއްތަ ލިބޭނީ.... ގައިމު އެ ގުރުވަތާ އެއްޗެހި ނުލާ ފޮނި ނުކަނޑާ ކަމެއް ނުވިޔަސް ވާކަންް ދައްކަން ނޫޅެ އެމީހުން ބޭނުން މީހުން ވައްދައިގެން ގައިން ގަނޑެއް ގަންނަމަ މާ ތާހިރު ވީހެއްނު.......

The name is already taken The name is available. Register?

މަޒް

30 August 2016

ކަލޯ ރުޅި މަޑު... ތީ މި ދިވެހި ރާއްޖޭގެ ހާލަތު... ބުނާ ބަހާ އަމަލު ދިމައެއްނުވާނެ.. ފިޔާތޮށި ވެއްޖެޔާ އޮޅުވާނުލާ މަކަރު ނުހަދާ ހިތްހަމައެއް ނުޖެހޭނެ

The name is already taken The name is available. Register?

މަންސޫރު

30 August 2016

ހަވާ އަރުވާ ނިމުނީ ދެއްތޮ؟

The name is already taken The name is available. Register?

މުހައްމާ

30 August 2016

ތިހެން ހަމަ ކޮންމެ މީހެއްގެ ކާރީން އެހިޔަސް ބުނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454