ކުޅިވަރު / މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ސައުތު އޭޝިއަން ގޭމްސް ކަނޑައެޅި ތާރީހުގައި އޮންނާނެތަ؟

2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ރިލޭ އިވެންޓުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސް އަންނަ މަހު ނޭޕާލުގައި ބާއްވާނެކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް އެ ތާރީހުގައި އެ މުބާރާތް ކުރިއަށްދާނެ ކަމާ މެދު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ސުވާލު އުފައްދައިފި އެވެ.

ޑިސެމްބަރު 1-10 އަށް ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކާރާގައި ބާއްވަން ތާވަލުކޮށްފައިވާ މި ގޭމްސްގެ ކުޅިވަރުތައް ކުރިއަށްގެންދާ ސްޓޭޑިއަމްތަކުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ. އޮލިމްޕިކް ކޮމިޓީގެ ޑެލިގޭޓެއް މިދިޔަ ހަފްތާގެ ތެރޭގައި ނޭޕާލަށް ގޮސް އެހެން ގައުމުތަކުގެ އޮފިޝަލުންނާ އެކު ގޮސް ތަންތަން ބަލާފައިވާއިރު، ފެނުނީ މާޔޫސްވާ ވަރުގެ ކަންތައްތަކެއް ކަމަށް ވަނީ ބުނެފަ އެވެ.

އިއްޔެ އޮލިމްޕިކް ކޮމިޓީގެ ބޯލް ރޫމުގައި ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގައި އޮލިމްޕިކް ކޮމިޓީގެ ޓްރެޝަރާ ހުސެއިން ރަޝީދު ވިދާޅުވީ ނޭޕާލުން މިހާރު އޮތް ތާރީހުގައި މުބާރާތް ބޭއްވޭނެ ކަމާ މެދު ޝައްކު ކަމަށެވެ. އެކަމަކު ކުރަން ހުރި މަސައްކަތްތައް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ނިންމާލައި ތައްޔާރުކުރާނެ ކަމުގެ ޔަގީންކަން ނޭޕާލުން ދެމުން އަންނަ ކަމަށެވެ.

އެ ވާހަކަތަކަށް އިޝާރާތްކޮށް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު މިސާލު ޖެއްސެވީ ރާއްޖޭން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕަށް ވެސް ތައްތާރުވީ މިފަދަ ގޮތަކަށް ކަމަށާއި ހުރިހާ ކަމެއް ވެސް ނިމިގެންދިޔައީ އެންމެ ފަހު ވަގުތު ކަމަށް ވިދާޅުވެފަ އެވެ.

އިއްޔެ އާންމު ޖަލްސާ އަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ ސާކްގެ ހުރިހާ ގައުމުތަކުން ވެސް ނޭޕާލުގެ ތައްޔާރީތަކާ މެދު ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައި ކަމަށެވެ.

"ސާކް ޗާޓަރު ބުނާގޮތުން ސާކްގައި އުޅޭ ކުޅިވަރު ކުދިންނަށް ފެސްޓިވަލެއް ބޭއްވުމަކީ ސާކް ޗާޓަރު ބުނާ ކަމެއް. އެ އަށް އޮނޯ ކުރުމުގެ ގޮތުން ހަގީގަތުގައި މީގެ ބައިވެރިވާން ނިންމަނީ. ހަގީގަތުގައި މި ފަސް ވެއްޖިއްޔާ ކިހާ ދުވަހަކުންތޯ ބޭއްވޭނީ. އެއީ ދެން ފޯލް މި ވަނީ ޕާކިސްތާނަށް. އެ ތަނުގައި ނޭނގެ އެއްވެސް ގޮތަކަށް ބޭއްވޭނެ ކަމެއް،" މަރޭ ވިދާޅުވި އެވެ.

"ހުރިހާ ގައުމަކުން އެއްބަސްނޫންނަމަ އަޅުގަނޑުމެން ހަގީގަތުގައި މިހާރު ބޭނުމެއް ވެސް ނޫން. އެ ކަހަލަ ދަނޑިވަޅެއްގައި މި އޮތީ."

ޑިވެލޮޕްމަންޓްގެ ވިސްނުމާއި މެޑަލް ޓާގެޓް؟

އިއްޔެގެ އާންމު ޖަލްސާގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ބޮޑު ބަޖެޓަކާ އެކު މެޑަލްތަކަކަށް ޓާގެޓްކޮށްގެން ބޮޑެތި ތައްޔާރީތަކެއް ވެފައިވާ ކަމަށެވެ. އެކަމަކު އައިއޯއައިޖީ އަށް ވުރެން ސައުތު އޭޝިއަން ގޭމްސްއާ މެދު އެހާ ކުޑަ ގޮތަކަށް ވިސްނައިގެން ކުރިއަށްދާއިރު، ގޭމްސްތަށް ގިންތި ކުރުމުގައި އޮލިމްޕިކް ކޮމިޓީން ވަކި އުސޫލެއް ގެންގުޅެނީތޯ ބައްސާމް ސުވާލުކުރެއްވި އެވެ.

އިއްޔެ އޮތް އޮލިމްޕިކް ކޮމިޓީގެ އާންމު ޖަލްސާގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު އޮޅުންފިލުވާލަން ބޭނުންވަނީ ސައުތު އޭޝިއަން ގޭމްސް ޑިވެލޮޕްމަންޓް އެއްޗަކަށް ހަދަން އެމްއޯސީން ބޭނުންވަނީ ހަގީގަތުގައި ކީއްވެތޯ. ޔަގީނުން އަޅުގަނޑުމެން ފުޓްބޯޅަ އިން މި ގޭމްސް މި ނަގަނީ ރަން މެޑަލް އަށް ޓާގެޓްކޮށްގެން،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް އެއްސެވި ސުވާލުގެ ޖަވާބުގައި މަރޭ ވިދާޅުވީ ހަގީގަތުގައި އޮލިމްޕިކް ކޮމިޓީން މި އަހަރު ފެށިއިރު ވިސްނުން ހުރީ އައިއޯއައިޖީ އާއި ސައުތު އޭޝިއަން ގޭމްސް އަށް އެކުގައި ތައްޔާރުވުމަށް ކަމަށާއި އެކަމަކު ހުރިހާ ކަމެއް ބަދަލުކުރަން ޖެހުނީ ސައުތު އޭޝިއަން ގޭމްސް ޔަގީންކޮށް ބާއްވާނެ ތާރީހެއް އެނގުން ފަސް ވުމުން ކަމަށެވެ.

"މުބާރާތަށް ތައްޔާރުވާން ވަގުތު ލިބުނު ނަމަ ޓާގެޓްތަކެއް ހެދޭނެ. ސެޕްޓެމްބަރު މެދުތެރޭގައި ޔަގީނުން ވެސް ބޭއްވޭނެ ތާރީހެއް ދިނީ. މި ގޭމްސް އަކީ މިދިޔަ ޑިސެމްބަރުގައި ބާއްވަން ކިޔާފައި. މި އަހަރު އޭޕްރީލް ދެން ސެޕްޓެމްބަރު އަނެއްކާ މި ޑިސެމްބަރަށް ފަސްވި މުބާރާތެއް. އެހެން ދާތީ އަޅުގަނޑުމެން ބައެއް ކުޅިވަރު އެސޯސިއޭޝަނާ މަޝްވަރާކުރީ ޑިވެލޮޕްމަންޓް އެއްޗަކަށް ހަދަން،" މަރޭ ވިދާޅުވި އެވެ.

އިއްޔެ އާންމު ޖަލްސާ އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރޭ ވަނީ ސައުތު އޭޝިއަން ގޭމްސް އަށް އެކި ކުޅިވަރުން އެކި ޓާގެޓްތައް އޮތް ސަބަބު އިތުރަށް އޮޅުންފިލުވައިދީފަ އެވެ. އޭނާ ވިދާޅުވީ އެތުލީޓުން ތައްޔާރުވުމުގައި ހުންނަ ތަފާތުތަކެއްގެ ސަބަބުން ކަމަށެވެ.

"އެއްބައި ކުޅިވަރުތަކުން މެޑަލަށް ޓާގެޓް ކޮށްފައި އަނެއް ބައި އެސޯސިއޭޝަންތަކުން 2023 ވަނަ އަހަރަށް ޓެލެންޓް އައިޑެންޓިފައި ކުރާ މުބާރާތެއްގެ ގޮތުގައި މި އޮތީ. އެބަ ތިބި ބައެއް ކުޅިވަރުތައް ބާސްކެޓް، ވޮލީ، ފުޓްބޯޅަ މެޑަލް އަށް ޓާގެޓް ކޮށްގެން ކުރިއަށްދާ. އެއީ އެ ކުޅިވަރުތަކުން ގިނަ މުބާރާތްތައް ކުޅެ ރަނގަޅަށް ޕްރެޕެއާ ވެފައި ވަނީ. އެކަމަކު އެތުލެޓިކްސް އާއި ސްވިމިން ކަހަލަ އެއްޗަކީ މިއަދު ބުނެގެން މާދަމާ އޮންނަ މުބާރާތަކަށް ޕީކަށް ނެގޭނެ ބައެއް ނޫން. އެހެންވީމަ އެ ކަހަލަ ކުޅިވަރުތަކަށް ފަސޭހައެއް ނޫން،" މަރޭ ވިދާޅުވި އެވެ.

އިންޑިއާގައި 2016 ވަނަ އަހަރު ބޭއްވި، ސައުތު އޭޝިއަން ގޭމްސް އިން ރާއްޖެ އަށް މެޑަލް ހޯދައިދިނީ ދުވުންތެރިންނާއި ފެތުންތެރިންނެވެ. އެތުލެޓިކްސް އިން ދުވުންތެރިޔާ ހަސަން ސާއިދު ވަނީ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. ސްވިމިން އިން ފެތުންތެރިޔާ އައިމިނަތު ސަޖަން ލޯ މެޑެއްޔެއް ހާސިލްކުރި އެވެ. އޭގެ ކުރިން 2010 ވަނަ އަހަރުގެ ގޭމްސްގައު ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރާއްޖެ ލޯ މެޑަލް ހޯދިއިރު 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ވެސް ލޯ މެޑެއްޔެއް ހޯދި އެވެ.

3 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާނިމް

17 November 2019

ގޭމްސް އޮންނާނެ ކަލޭމެންތިބޭ ތިހެންކިޔާލަ ކިޔާލާ، ގޭމްސް އަށް ކުދިން ތައްޔާރު ނުކުރެވުނަސް އޮފިޝަލުން ގެ ޓީމުއޮތީ ތައްޔާރަށް ބާޒާރުކުރަން ދާން ލަދުގަނޭތަ؟

The name is already taken The name is available. Register?

ކައިލީ

17 November 2019

ތި ހީކުރާކަހަލަ ބަޔެއްނޫން ގައުމީ ޓީމް ތަކާ ހަވާލުވެގެން މިހާރަކު ތިބީ...ވަރަށް ގޭމްސް ވަރަށް ދަތުރު ގޮށްސިން ތި ކަހަލަ މަނަޒަރެއް މީހާރަކު ނުފެނެޔޭ ބުނިޔަސް ދޮގަކަށް ނުވާނެ...ގޭމްސް ތަކަށް ދާ މީޑިޔާ މީހުން ވެސް މަދެއް ނުވާނެ... އެ މީހުންންށް ވެސް ފެންނާނެ މިހާރު...ތި ވާނީ ހާނިމް އަށް ދެވުނު އިރު ކަން ހިންގާ ގޮތް

The name is already taken The name is available. Register?

ދޭސީ ބިދޭސީ

17 November 2019

ކުޅިވަރު އެސޯސިއޭޝަންތަކަށާ އެމްއޯސީ އަށް މަޖާކޮށްލަންލިބޭ ބޮޑު ޗުއްޓީއެއް ކަޓާތީ ކަންބޮޑުވަނީތާ؟ ތިޔަ ގޭމްސް އެއް ނުބޭއްވިއްޖެއްޔާ ލައްކަ ފައިސާ ސަލާމަތްވާނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454