އެޕަލް އެޕް ސްޓޯރުން ޑިވެލޮޕަރުންނަށް 20 ބިލިއަން ޑޮލަރު

އެޕް ސްޓޯރުން ޑިވެލޮޕަރުންނަށް 2016 ގައި 20 ބިލިއަން ޑޮލަރު ހޯދައިދީފައި ވާނެ ކަމަށް އެޕަލުން ބުނެފި އެވެ. އެއީ 2015 އާ އަޅާ ބަލާއިރު 40 ޕަސެންޓް އިތުރު މިންވަރެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.


އެޕް ސްޓޯރުން ލިބުނު އާމްދަނީ އިތުރުވި ސަބަބެއް ކަމަށް އެޕަލުން ބުނީ ބޭނުންކުރާ މީހުން ގިނަވުން ކަމަށެވެ. އައިފޯނާއި އައިޕެޑްގައި ބޭނުންކުރާ އާބާދީ އިތުރުވުމުގެ ސަބަުން އެޕްލިކޭޝަން ޑައުންލޯޑްކުރި މިންވަރަށް ބަދަލު އައީ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އައިފޯނާއި އައިޕެޑްގައި ބޭނުންކުރުމަށް އެންމެ ގިނައިން ޑައުންލޯޑްކޮށްފައި ވަނީ އެކި ދަރަޖައިގެ ގޭމްތައް ކަމަށް އެޕަލުން ބުނެ އެވެ. އޭގެ ތެރެއިން ވެސް "ޕޯކެމޮން ގޯ" އަދި "ސުޕަ މާރިއޯ ރަން" ފާހަގަކޮށްފައި ވެ އެވެ.

ވިޔަފާރި ބައިވެރިންގެ ތެރެއިން އެޕަލް އުފާކޮށްދީފައި ވާ ކުންފުނިތަކުގެ ތެރޭގައި، ޖަޕާނުގެ ނިންޓެންޑޯ ހިމެނެ އެވެ. އެޕަލް އަކީ ވާދަވެރިން އަދި ވިޔަފާރި ބައިވެރިންގެ ފަރާތުން ލިބޭ ލުއި ފަސޭހަތަކުގެ ވާހަކަ ދައްކާ ކުންފުންޏެއް ނޫނެވެ. އެހެން ނަމަވެސް މި ފަހަރު އެ ވަނީ ނިންޓެންޑޯގެ ވާހަކަ ދައްކާފަ އެވެ.

ޑިވެލޮޕަރުންނަށް އެ ވަރުގެ ބޮޑު ފައިދާއެއް ލިބުނު އަނެއް ސަބަބަކީ، އެޕްލިކޭޝަންތައް މެދުވެރިކޮށް، ކޮންޓެންޓް ވިއްކުމެވެ. އެޕަލުން ވަނީ މާލީ މަންފާ އަށް ވިޔަފާރި ބައިވެރިންނަށް، ވިޔަފާރިކުރަން ފަސޭހަކޮށްދީފަ އެވެ.

އެޕަލް އެޕް ސްޓޯރަށް އެންމެ ގިނަ ފައިސާ ހޯދައިދިން ގައުމުތަކުގެ ލިސްޓްގައި، އެންމެ ކުރީގައި އޮތީ ޗައިނާ އެވެ.