ޓްވިޓާ އިން މިހާރަށް ވުރެ ދިގުކޮށް ޓްވީޓް ކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނޭ.
16 މެއި 2016 - 23:44
ޓްވިޓާގައި ފޮޓޯ އާއި ލިންކަކީ އޭގެ ކެރެކްޓާ ލިމިޓް ތެރޭގައި ނުހިމަނާ އެއްޗެއްގެ ގޮތުގައި ނިންމައިފި އެވެ. ލިންކުތައް ޓްވީޓްކުރާއިރު، ލިޔާނެ ޖާގަ ނުލިބުމުގެ މައްސަލައަށް މިކަމުން ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ.
މި ބަދަލު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ގެންނާނެ ކަމަށް ބްލޫމްބާގު ނޫހުން ބުނެފައި ވިޔަސް ޓްވިޓާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ނަމަވެސް، ޓްވިޓާގެ ފައުންޑާ ޖެކް ޑޯސީ ޖެނުއަރީ މަހު ވިދާޅުވެފައި ވަނީ، ޓްވިޓާ ބޭނުންކުރާ ފަރާތްތަކަށް މިހާރަށްވުރެ ދިގުކޮށް ލިޔެވޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.
މިހާރު ޓްވިޓާގައި ޝެއާ ކުރާ ލިންކުތަކަށް 23 ކެރެކްޓާސްގެ ޖާގައެއް ނަގަ އެވެ. މިކަމުގެ ސަބަބުން ލިންކެއް ޝެއާކުރާއިރު، އަމިއްލައަށް އެއްޗެއް ލިޔުމުގެ ޖާގަ ވަރަށް ބޮޑުތަން ހަނިވެ އެވެ.
ޓްވިޓާ 2006 ވަނަ އަހަރު ތައާރަފް ކުރިއިރު، 140ގެ ކެރެކްޓާ ލިމިޓް ހިމަނާފައިވަނީ ކޮންމެ ޓްވީޓެއް ވެސް އެސްއެމްއެސްގެ ދިގުމިނަށް ފެއްތުމަށެވެ. ނަމަވެސް، ފާއިތުވި އަހަރު ތަކުގެ ތެރޭގައި އިތުރު ޔޫސާސް ހޯދަން އުނދަގޫވެ، އެ ކުންފުނީގެ ޝެއާގެ އަގު ވަނީ މިދިޔަ އަހަރު 70 ޕަސަންޓަށް ވުރެ ދަށަށް ގޮސްފަ އެވެ.
މިދިޔަ ޖޫން މަހު، ޓްވިޓާއިން ވަނީ ޑިރެކްޓް މެސެޖުތަކުގެ ކެރެކްޓާ ލިމިޓް 10،000 އަށް އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy