24 އެޕްރީލް 2017 - 06:15
އެޕަލް އިން މާފަށް އެދި "އައިކްލައުޑް" ބޭނުންކުރާ މީހުންނަށް ސިޓީއެއް ފޮނުވައިފި އެވެ. އެޕަލް އިން މާފަށް އެދުމަކީ ގިނަ ބަޔަކު ހައިރާންވި ކަމެކެވެ. އެ ސިޓީ އަށް ގިނަ ބަޔަކު ވަނީ މަލާމާތް ވެސް ކޮށްފަ އެވެ. އެ މީހުން ބުނާ ގޮތުގައި އެޕަލް އިން މާފަށް އެދޭނީ އެ ކަމަކަށް އެޕަލް އިން އެއްވެސް ޚަރަދެއް ކުރަންނުޖެހޭ ނަމަ އެވެ.
އައިކްލައުޑް ސްޓޯރޭޖް ބޭނުންކުރާ މީހުންނަށް އެޕަލް އިން ފޮނުވި ސިޓީގައި އޮންނަނީ، "ކުރިން ލިބުނު އީމެއިލް އެއީ އީމެއިލްއެއް ނޫން" ކަމަށެވެ. މާނަ އަކީ އެއީ އޮޅިގެން ފޮނުވުނު އީމެއިލްއެއް ކަމަށެވެ. އެޕަލް އަށް އޮޅިގެން ފޮނުވުނު އީމެއިލްގައި އޮންނަނީ "އައިކްލައުޑް ބޭނުންކުރަން ދޫކުރެވިފައި އޮތް ހުއްދަ ކެންސަލްވެއްޖެ" ކަމަށެވެ. އެ ޚިދުމަތް އަލުން ބޭނުން ނަމަ ފައިސާ ދައްކަން ޖެހޭ ކަމަށެވެ.
އެޕަލް އިން މާފަށް އެދުނީ އައިކްލައުޑް ޚިދުމަތް ދިނުމަށް ބޭނުންކުރާ ސާވާ އަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެއީ ސާވާއާ ގުޅުން ހުރި ހާޑްވެއާ ނުވަތަ ސޮފްޓްވެއާގައި އުޅޭ މައްސަލެއް ކަމަކަށް އެޕަލް އިން ނުބުނެ އެވެ. އެހެން ނަމަވެސް އެޕަލް އިން ބުނީ އައިކްލައުޑް ސްޓޯރޭޖް ބޭނުންކުރާ ބައެއް މީހުންނަށް، އަލުން ފީދައްކަން އެދި ފޮނުވުނު އީމެއިލް އެއީ އޮޅުމެއް ކަމަށެވެ. އެހެންވެ އެ ޚިދުމަތް ހޯދާފައި ތިބި މީހުންނަށް، ބުރޫއެރުމެއް ނެތި، އެ ޚިދުމަތް ބޭނުންކުރެވޭނެ ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ތަކުލީފެއް ޖެހިއްޖެ ނަމަ މާފަށް އެދޭ ކަމަށެވެ.
އެޕަލް ސާވާއަކަށް މައްސަލައެއް ދިމާވެއްޖެކަން އަހަރެމެންނަށް އެނގުނީ އައިފޯން 7ގެ ސެޓިން ހަދަން އުޅުމުގެ ތެރޭގަ އެވެ. އެޕަލް އައިޑީއެއް ހަދަން ކުރި މަސައްކަތުގެ ތެރޭގައި، އިރުއިރުކޮޅާ މެސެޖެއް އަރާތީ ބެލިބެލުމުންނެވެ. އެހެން ނަމަވެސް އެ މައްސަލަ މިހާރު ވަނީ ހައްލުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy