ޗައިނާއިން އުފެއްދި ސުޕަކޮމްޕިއުޓަރު ސަންވޭ-ޓައިހުލައިޓް: ސުޕަކޮމްޕިއުޓަރު އުފެއްދުމުގައި ޗައިނާ ވަނީ ހުޅަނގަށް ދޫނުކުރާ ވަރުގެ ބާރުގަދަ ގައުމަކަށް ވެފަ އަދި އެ ވާދަ އަންނަނީ ދަމަހައްޓަމުން
22 ޖޫން 2016 - 07:54
ދުނިޔޭގައި މި ވަގުތު ހުރި އެންމެ ބާރުގަދަ ސުޕަކޮމްޕިއުޓަރު ހުރި ގައުމަކަށް ޗައިނާ ވެއްޖެ އެވެ. އެކަން ވަނީ ޝައްކެއް ނެތް މިންވަރަށް ކަށަވަރުވެފަ އެވެ. ޖަރުމަނުގައި އޮތް "އިންޓަނޭޝަނަލް ސުޕަކޮމްޕިއުޓިން ކޮންފަރެންސް"ގައި އެ ލަގަބު "ސަންވޭ-ޓައިހުލައިޓް" ސުޕަކޮމްޕިއުޓިން ސިސްޓަމް އަށް ދީ ވަނީ ތައްގަނޑު ޖަހާފަ އެވެ.
ސަންވޭ-ޓައިހުލައިޓް ލިބިގެންވާ ކުޅަދާނަކަން ލިޔުމަކުން ބުނެދެވެން އޮތީ މި ކަހަލަ ގޮތަކަށެވެ؛ އެ ކޮމްޕިއުޓަރުން އެއް މިނެޓް ތެރޭގައި ކުރެވޭ މަސައްކަތެއް، އިލެކްޓްރޯނިކް ކަލްކިޔުލޭޓަރުން ކުރުމަށް 7.2 ބިލިއަން މީހުންނަށް 32 އަހަރު ބޭނުންވެ އެވެ. ހަމަ އެ މަސައްކަތް އެއް މިނެޓުން ކުރުމަށް ދެ މިލިއަން ޑެސްކްޓޮޕް ކޮމްޕިއުޓަރު ބޭނުންވެ އެވެ.
ސަންވޭ-ޓައިހުލައިޓް ހިންގައި ބެލެހެއްޓުމަށްޓަކައި 1،000 އަކަމީޓަރު ޖާގައެއްގަ ބޭނުންކޮށްފައިވެ އެވެ. އެ ސިސްޓަމްގައި 40،960 ޕްރޮސެސާ އަޅުވާފައި ވެ އެވެ. ބޭނުންހިފަން ހަމަޖައްސާފައި ވާ މަސަކަތްތަކުގެ ތެރޭގައި މޫސުން ކުރިއަށް ލަފާކުރުން، އުފެއްދުންތެރި ކަމުގެ ތަފާތު މަސައްކަތްތައް (ރޮބޮޓިކްސް) އަދި ފަންނީ މަސައްކަތްތަކާ ގުޅުން ހުރި ހިސާބުތައް ހައްލުކުރުން ހިމެނެ އެވެ.
ސުޕަކޮމްޕިއުޓަރު އުފެއްދުމަކީ ބޮޑު ދުވުމެއް ކަހަލަ ރޭހެކެވެ. މިއަދު އިރު އޮއްސުމާ ހަމަ އަށް އެންމެ ބާރުގަދަ ކޮމްޕިއުޓަރު ހުރީ ޗައިނާގައި ނަމަވެސް އެންމެ ގާތީ މާދަމާ އަށް އިރު އަރާއިރު ކޮންމެވެސް އެހެން ގައުމަކުން އެ ޝަރަފަށް ދައުވާކުރުމެވެ. އެންމެ ބާރުގަދަ މެޝިންތައް ހުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ޖަޕާން، ޖަރުމަން އަދި ސައޫދީ އަރަބިއާ ހިމެނެ އެވެ.
އެމެރިކާ މިހާރު ވެސް އޮތީ އެއްވަނަ ދަރަޖާގައޭ ބުނާ ވަރުގަ އެވެ. އެ ޝަރަފަށްޓަކައި އެއިން ކޮންމެ ގައުމަކުން ވެސް ގުނަން ނޭނގޭ ވަރަށް ފައިސާ ޚަރަދުކުރެ އެވެ. އެ ސިނާއަތުގައި އިންވެސްޓްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްމުދިޝް
22 June 2016
ޖައްވީދިރާސާތަކަށް ބޭނުން ކުރާވަރުގެ އެއްޗަކަށް ނުވިއެވެ.
ޖަމަ
22 June 2016
ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖިއްޔާ މަރުގެ އަދަބު ދެވިދާނެ ދޯ
ޖަމަލު
22 June 2016
ކޮންމެކަމެއް ސިޔާސީ ނުކޮށްބަަލަ. ލީވް އިންފޮމޭޝަން ޓެކްނޮލޮޖީ އެލޯން އެންޑް ގޮ ބެކްޓު ޕޮލިޓިކްސް