އައިއޯއެސް 11 ގައި ސިރީ މާ ފުރިހަމަވާނެ

އެޕަލް އިން އައިއޯއެސް 11 ނެރޭއިރު، މިހާރު ސިރީގައި ހުރި އުނި ކަންކަން ނަައްތާލަން ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ އެވެ.


ސީރީގައި ޖެހޭ މައްސަލަތަކާއި ސީރީގެ އަޑު ރަނގަޅުކޮށް އައިއޯއެސް 11 ގައި ހިމަނާއިރު ސިރީގެ އަޑުގައި ކުރިއަށް ވުރެ ގުދުރަތީ ރާގެއް ހުންނާނެ ކަމަށް އެޕަލް އިން ބުންޏެވެ. ފިރިހެން އަދި އަންހެން އަޑަށް ވެސް މި ތަރައްގީ ގެންނާނެ އެވެ.

ސީރީ ތަރައްގީވެގެން އަންނައިރު، ދައްކާ ވާހަކަ ތަރުޖަމާކުރުމުގެ ގާބިލްކަން ވެސް ސިރީއަށް ލިބޭނެ އެވެ. އެންމެ ފުރަތަަމަ ހިމަނަނީ އިނގިރޭސީގެ އިތުރުން ޗައިނީސް، ފްރެންޗް، ޖާމަން، އިޓާލިއަން އަދި ސްޕެނިޝް އެވެ.

މީގެ އިތުރުން ސީރީގެ "ވިސްނުން" އިތުރަށް މުއްސަނދިކޮށްފައިވާ ކަމަށް ވެސް އެޕަލް އިން ބުންޏެވެ. ޖުމްލައެއް ބުނާ ގޮތުން ނުވަތަ ސުވާލެއް ކުރާ ރާގުން ސީރީއަށް މިހާރު އިތުރު މައުލޫމާތު ނަގައިގަނެވޭނެ ކަމަށްވެ އެވެ. އަދި ފޯނުގެ ވެރި ފަރާތް އެންމެ ގިނައިން ކުރާ ކަންކަން ދެނެގަނެ، ދަސްކޮށް، އެކަން ކަން ކުރުމުގައި ސިރީގެ އެހީތެރިކަން ކުރިއަށް ވުރެ ފުރިހަމަ ވާނެ އެވެ.