އައިފޯނެއްގައި ސިރީ ބޭނުންކުރަނީ
16 ޖޫން 2017 - 08:42
އެޕަލް އިން އައިއޯއެސް 11 ނެރޭއިރު، މިހާރު ސިރީގައި ހުރި އުނި ކަންކަން ނަައްތާލަން ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ އެވެ.
ސީރީގައި ޖެހޭ މައްސަލަތަކާއި ސީރީގެ އަޑު ރަނގަޅުކޮށް އައިއޯއެސް 11 ގައި ހިމަނާއިރު ސިރީގެ އަޑުގައި ކުރިއަށް ވުރެ ގުދުރަތީ ރާގެއް ހުންނާނެ ކަމަށް އެޕަލް އިން ބުންޏެވެ. ފިރިހެން އަދި އަންހެން އަޑަށް ވެސް މި ތަރައްގީ ގެންނާނެ އެވެ.
ސީރީ ތަރައްގީވެގެން އަންނައިރު، ދައްކާ ވާހަކަ ތަރުޖަމާކުރުމުގެ ގާބިލްކަން ވެސް ސިރީއަށް ލިބޭނެ އެވެ. އެންމެ ފުރަތަަމަ ހިމަނަނީ އިނގިރޭސީގެ އިތުރުން ޗައިނީސް، ފްރެންޗް، ޖާމަން، އިޓާލިއަން އަދި ސްޕެނިޝް އެވެ.
މީގެ އިތުރުން ސީރީގެ "ވިސްނުން" އިތުރަށް މުއްސަނދިކޮށްފައިވާ ކަމަށް ވެސް އެޕަލް އިން ބުންޏެވެ. ޖުމްލައެއް ބުނާ ގޮތުން ނުވަތަ ސުވާލެއް ކުރާ ރާގުން ސީރީއަށް މިހާރު އިތުރު މައުލޫމާތު ނަގައިގަނެވޭނެ ކަމަށްވެ އެވެ. އަދި ފޯނުގެ ވެރި ފަރާތް އެންމެ ގިނައިން ކުރާ ކަންކަން ދެނެގަނެ، ދަސްކޮށް، އެކަން ކަން ކުރުމުގައި ސިރީގެ އެހީތެރިކަން ކުރިއަށް ވުރެ ފުރިހަމަ ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯއަވޭ
16 June 2017
އާފަލޭ މެންނަށް ނުވާނެ އެއްވެސް ކަމެއް ހަމަ ޕްރޮޕެގެންޑާ ދޯ ފަތުރަނީ. ޓެކް ކުންފުނި ތަކުގެ ތެރޭން އެންމެ ކުޑަ އާރއެންޑީ ޑިޕާރޓްމެންޓް ވެސް ހުންނަނީ އާފަލޭ މެންގެ ދޯ. އެއީ ބިލްޑިންގް އެއްގެ އެންމެ ފްލޯރ އެއް ދޯ. އެހެނެއް ނޫން ދޯ ސެމްސަންގް. ސައުތު ކޮރެޔާ ގައި ސެމްސަންގް ގެލެކްސީ ސީރީސް އަށް ޚާއްސަ ކޮށްގެން 30 ބުރީގެ 10 ހާސް އަކަފޫޓްގެ އިމާރާތެއް އެހުންނަނީ އާރު އެންޑީ ހަދަން ދީފައި. ކުރިއަށް ސެމްސަންގް އިން ހަދާފައިވާ ރިސާރޗް ތައް ނިކުތުމުން އާފަލޭ މެން އިށީނދެގެން ތިބި ގޮނޑިން އަނގަ ވަތަށް ވެއްޓޭނެއެވެ. އާފަލޭ މެން ޓްރަމްޕްގެ ޕްރެޒިޑެންޝަލް ޑިކްރީ ރިޖެކްޓް ކޮށްގެން ބެލީ އެއިން ވެސް ނާޖާއިޒު ފައިދާ ނެގޭތޯ ދޯ. އެކަމަކު ކަސްޓަމަރުން ބުނީ އާފަލޭ މެން ގާތު ސިމްޕްލީ ގޯ އަވޭ އޭ ދޯ.
މަ
16 June 2017
އަލްހަމްދުލިއްލާހި