އައިފޯން 8 ކޮންސެޕްޓް: އައިފޯން 8އާ އެކު ފޯނުގެ އަގުތައް ވާދަވެރިންގެ ފޯނުތަކަށް ވުރެ ބޮޑުވާނެ ކަމަށް ބުނެވޭ
30 ޖޫން 2017 - 07:35
އެޕަލް އައިފޯނުގެ ހަޔާތަށް މި އަހަރު ސެޕްޓެމްބަރުގައި 10 އަހަރު ފުރޭނެ އެވެ. އެއާ އެކު އައިފޯނު ބޭނުންކުރާ މީހުންނަށް ބޮޑު ބިރަކާ ކުރިމަތިލާން ޖެހޭނެ އެވެ. އައިފޯނެއްގެ އަގު 1000 ޑޮލަރަށް އަރާނެތީ އެވެ.
އައިފޯން 8ގެ އަގު އުފުލޭނެ ކަމަށް ތުންތުންމަތިން ވާހަކަ ދެކެވުނު ނަމަވެސް، އެ ފޯނުގައި ހުރުމަށް ވަފާތެރިން އެދޭ ފީޗާތަކާ އެކު، އަގު ބޮޑުވާނެކަން ހަމަ ކަށަވަރެވެ. އައިފޯނަށް ބޭނުންވާ ހުރިހާ ހާޑްވެއާއެއް އުފެއްދުމުގެ ގާބިލްކަން އެޕަލްގެ ކިބައިގައި ނެތުމަކީ އަގު ބޮޑުވާނެ ކަމަށް ނިންމަން ޖެހޭ މައިގަނޑު ސަބަބެވެ.
އައިފޯނު 8ގެ ހައިސިއްޔަތާ މެދު ބުނެވެނީ އެއީ އައިފޯނު މަރުކާގައި މިހާތަނަށް ނެރުނު ހުރިހައި ފޯނަކަށް ވުރެ ރީތި އަދި އެހައި ކުޅަދާނަ ފޯނަކަށް ވާނެ ކަމަށެވެ. އައިފޯނު 8ގެ އިންޓާނަލް ސްޓޯރޭޖަށް ގެންނަ ބޮޑު ބަދަލުގެ އިތުރުން، 3ޖީބީ ރޭމް ހިމަނާނެ ކަމަށް ވެސް ބުނެވެ އެވެ.
ސްމާޓްފޯން މާކެޓްގައި މިހާރު ނެތް ފީޗާއެއް، އައިފޯން 8 ގައި އިންނާނެ ކަމަކަށް ނުބެލެވެ އެވެ. މާނަ އަކީ އައިފޯން މަރުކާ އަށް އެ ފީޗާއެއް އަދި މުޅިން އާ ނަމަވެސް، ވާދަވެރިންގެ ފޯނުތަކަށް ބާ ފީޗާތަކެއް ވެސް އައިފޯން 8 ގައި ހިމަނާފާނެ ކަމެވެ. ނަމަވެސް ފޯނުގެ އަގަށް ގެންނަ ބަދަލާ މުނާސަބު މިންވަރަކަށް އެ ފީޗާއެއް އޮމާންކޮށް ތަހުޒީބުކުރާނެ ކަމެވެ.
އައިފޯން 8 ގައި އިންނާނެ ކަމަށް ބުނެވެނީ އައިއޯއެސްގެ އެންމެ އޮމާން އަދަދެވެ. ވަޔަލެސް ޗާޖިން އަދި ޓަޗްއައިޑީ ވެސް ވަނީ އައިފޯން 8 އަށް ޚާއްސަ ބަދަލުތަކެއް ގެނެސްފަ އެވެ. އެހެންކަމުން އެޕަލް އަށް ކުޅަދާނަ ހުރިހާ މޮޅެއް، އައިފޯން 8 ގައި ހިމަނާނެ އެވެ.
އައިފޯން 8އާ އެކު އައިފޯނުގެ އަގު އުފުލޭނެ ކަމަށް ބުނެވުނު ނަމަވެސް، އެޕަލުން މިހާރު މިސްރާބު ޖަހާފައި ހުރި ދިމާ އަށް ބަލާއިރު، އައިފޯން 8 ވަކިވަކި ބައްރުތަކަށް ޚާއްސަކޮށްގެން ނެރުމަކީ ވެސް ބެލެވޭ ގޮތެވެ.
އިންޑިޔާ އަށް ޚާއްސަ އައިފޯން 8 އަދި އޭޝިއާގެ އެހެން ގައުމުތަކަށް ހާއްސަ އަދަދުތަކެވެ. އަދި އެ ގައުމުތަކަށް ތައްކަތުކުރުމަށްޓަކައި އައިފޯން 8ގެ ތަފާތު މޮޑެލްތަކުގައި، ތަފާތު ހާޑްވެއާ ބޭނުންކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަވޭ
30 June 2017
އާފަލޭ މެންގެ ފޯން ދިހައަހަރު ވީއިރު ވެސް 1000 ޑޮލަރަށް ވިއްކަނީ ހަގީގަތުގައި މިފޯންގެ އެފްއޯބީ ޕްރައިސް އަކީ އެއީ 90 ޑޮލަރެވެ. އާފަލޭ މެން ޕްރޮޕެގެންޑާ ފަތުރައިގެން އެތައް ގުނައެއް ޕްރޮފިޓް ދަމައިގަތުމަށް ޓަކައި މިފޯންގެ އަގު ބޮޑު ކޮށްގެން އުޅެނީ. މީގެ ސަބަބުން ވެސް ގްލޯބަލް މާރކެޓް ގައި އިންފްލޭޝަން މައްޗަށް ދެއޭ. އާފަލޭ މެންގެ ފޯންގެ ހާރޑްވެއަރ އަކީ އެއީ އެހާ ސްމާރޓް ހާރޑްވެއަރ އެއް ނޫނޭ އެއަށް ވުރެން ސެމްސަންގް އަދި ސޮނީގެ ހާރޑްވެއަރ ވެސް ވަރުގަދައޭ. ދެން ސޮފްޓްވެއަރ އިންޖިނިއަރިންގް އަކީ އެއީ އެއް ފަހަރު ހެދުމަށް ފަހު އެއަށް މާ ބޮޑު ޚަރަދެއް ދާ އެއްޗެއް ނޫނޭ މިސާލަކަށް މައިކްރޮސޮފްޓް އެކްސެލް ބޭނުން ކުރާ މީހަކު އެ އަޕްޑޭޓް ކުރަން ވެސް ނުޖެހެއޭ އަހަރަކު އެއް ފަހަރު ވެސް. ކަން މިހެން ހުރުމުން ކޮންޒިއުމަރުންގެ ވޮލިއުމް އަށް ބަލާ ޖެހޭނެއޭ އާފަލޭ މެންގެ ފޯން އަގު ހެޔޮވާން. މިކަން ނުކުރެވޭނެއޭ އެެމެރިކާގައި ކޮންސިޓިޓިއުޝަނަލް ގަވަރމެންޓް ސިސްޓަމެއް އޮވެގެން. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ގައި މިހާރު އޮތް ކޮންސިޓިޓިއުޝަނަލް ގަވަރމެންޓް ސިސްޓަމް ބަދަލު ކޮށްލަންވީ އޭގެ %90 ކޮމްޕޮޒިޝަން އެއީ ޓޯޓަލިޓޭރިއަން ގަވަރމެންޓް ސިސްޓަމް އަކަށް. އެއިރުން ދުނިޔޭގެ މާރކެޓް ގައި ކޮންޒިއުމަރ އިލެކްޓްރޯނިކްސް އައިޓަމްގެ އަގު އިންތިހާ އަށް ހެޔޮ ވެގެން ދާނެއެވެ. ކެޕިޓަލިޒަމް އެއީ ރައްޔިތުންނަށް ވެސް އަދި ދުނިޔެ އަށް ވެސް އަދި ދުނިޔެ އިމާރާތް ކުރުމަށް ވެސް އެންމެ ރަނގަޅު ނިޒާމް ނޫން ކަން މިހާރު ވަނީ ޕޮލިޓިކަލް ސައެންސް ސްޓަޑީ ކުރާ ހުރިހާ ސައެންޓިސްޓުން އެެއްބަސް ވެފައޭ.
ަްްަްއާފަލޭ
30 June 2017
ދަވޭ ނެތޭ އެހާ ފެންވަރެއް އަައިފޯން ނަގާކަށް
ރިހާނާ
30 June 2017
ދިވެހިންނަށް ނެރޭ ފޯން 100000 ހެދިޔަސް ގަންނާނެ. މިތާ އުޅެނީ ފޮނިދައްކަން ވެއްޖާ ވަރިހަމަ ނުފޯރާ ފޮތިން ފޫގަޅަން ޖެހުނަސް. ތިމާއަށް އެކަށީގެންވާ މިންވަރު ދެނެގަންނަން ނޭނގޭ ބައެއް ދިވެހިންނަކީ. އެހެންޏަ ފޯނަށް މަހަކު ޑާޓާ ޕެކޭޖެއް ނޭޅޭ ފެންވަރު މީހުންވެސް މިތިބެނީ އައިފޯނު ހިފައިލަން. ފޯނުން ކުރާކަމަކީ ހަމަ އެއްކަމެއް.... ދޫނިރާއްޖެ
ނާސިދު
30 June 2017
ސްޓީވްޖޮބް މަރުވުމަށްފަހު އައިފޯންއަށް މާބޮޑު އިނޮވޭސަން އެއް ނުވަތަ މޮޅު ފީޗާއެއް ނުއުފެއްދެ.1000 ނޫން 2000 އަށް ވިއްކިޔަސް ގަންނަ މީހުން ގަންނާނެ.މިހާރު އައިފޯންއާއި އެއްވަރު ނުވަތަ މޮޅު ބައިވަރު ބުރޭންޑްތައް މާރކެޓްގަ އެބަހުރި .މިސާލަކަށް ހުވާވޭ ،ސަމްސަންގް.އައިފޯނާއި ހިލާފަށް މިދެބައި މީހުންނަކީ އަމިއްލައަށް ފޯނުގެ ބައިތައް އުފެއްދުމުގެ ގާބިލިއްޔަތު ކަން ހުރި ކުންފުނިތައް.
ކާސިމު
01 July 2017
ބަޔަކު ކޮޕީ ކުރާ ކުރުމަކަށް އަމިއްލަ އުފެއްދުމެކޭ ނުކިޔާނެ. ތިއުޅެނީ އަދި އޮޅިގެން. ފެންވަރު ނެތީ އޭ ކިޔާބަލަ އެ ގަންނަން. މާ ތާހިރު ވާނެ.
ޢަހްމަދު
30 June 2017
ތީދެން މާ ބޮޑު ވާހަކައެއް 2000 ޑޮލަރައް ވިއްކިއަސް ދިވެހިން ވެސް ތިގަންނާނެ..މިހާރުވެސް ތި ފޯނުތައް މާކެޓައް ނިކުންނައިރު ހުންނަނީ 15000-20000 ރުފިޔާ އާއި ދެމެދު އަގުތަކެއްގައި..އެހެންވީމާ 1000 ޑޮލަރު ތީ އަދި ކޯއްޗެއް..