ގޫގުލް އެންޑްރޮއިޑް އޯ އަށް ރަަސްމީ ނަމެއް، މި މަހު 21 ގައި
14 އޯގަސްޓް 2017 - 06:18
އެންޑްރޮއިޑް "އޯ" އަށް އަދި ރަސްމީ ނަމެއް ނުކިޔަ އެވެ. އެންޑްރޮއިޑް އޯ އަށް ކިޔާނެ ނަމެއް ވެސް އަދި ނޭނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ އެންޑްރޮއިޑް އޯ، ފޮނި ކާ އެއްޗަކަށް ވާނެ ކަމެވެ.
އެންޑްރޮއިޑް އަކީ ގޫގުލް މޮބައިލް އޮޕަރޭޓިން ސިސްޓަމަށް ކިޔާ ނަމެވެ. އެންޑްރޮއިޑް "އޯ" އަކީ ދެން ނެރޭ އަދަދަށް ކިޔާ ނަން ފެށޭ އަކުރެވެ. ސަޕޯޓަރުން ތިބީ އެ އިންތިޒާރުގަ އެވެ.
އިންޓަނެޓްގައި ފެތުރޭ ޓްވީޓްތަކުގައި ކުޅަދާނަކަމެއް ހުރި ނަމަ، މި މަހު 21 ގައި، އެންޑްރޮއިޑް އޯ އަށް ރަސްމީ ނަމެއް ކިޔާނެ އެވެ. އެއީ ޚާއްސަ ދުވަހަކެވެ. ހަމަ ގައިމު ވެސް އެމެރިކާ އަށް އެ ދުވަސް ވަރަށް ޚާއްސަ އެވެ. އިރުކޭތަ ހިފާތީ އެވެ.
ގޫގުލް އިން އެންޑްރޮއިޑް އަދަދުތަކަށް ނަން ދެނީ އެ މީހުންނަށް ގަބޫލުކުރެވޭ ހާލާތްތަކާ ވެސް ގުޅުވައިގެންނެވެ. އެކަމަކު އިރުކޭތަ ހިފާ ދުވަހަކު ގުޅުވަން އޮންނާނީ އިރު ނޫން ކޮން ހާލަތެއް ހެއްޔެވެ؟
އެންޑްރޮއިޑް އޯ އަށް ނަންކިޔުން: އޯ އަކުރުން ފެށެނީ "އޯރިއޯ ކަމަށް ވެސް ވެދާނެ
އިތުކޭތަ ހިފާއިރު، އިރުން ބައެއް ފޮރުވެ އެވެ. ބާރުގަދަ އަލި ލޮލަށް ނުފެންނަ ގޮތަށެވެ. އެ މިސާލުން މިސާލު ނަގައި، އެންޑްރޮއިޑް އަށް ނަން ކިޔާ ނަމަ އެއް އެއްޗަކަށް ވާނެ ކަމަށް ގިނަ ބަޔަކު ބުނަނީ "އޯރިއޯ" ކަމަށެވެ. އެންޑްރޮއިޑް އޯ އަކީ އޯރިއޯ އެވެ.
ގޫގުލް އިން އެންޑްރޮއިޑަށް ދެން ކިޔާނީ "އޯރިއޯ" ކަމަށް ބެލެވުނު ނަމަވެސް، އެ ނަން ކަށަވަރުކޮށްދޭކަށް ނުކުރޭނެ އެވެ. އެކަމަކު ވެސް ބަލަމާ ހިނގާށެވެ. އެ ނަމަށް ވެދާނެ ވަރަށް ގިނަ ނިޝާންތައް އެބަ ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy